ޚަބަރު / ކޮވިޑް-19

ރާއްޖޭން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ނުވެ ހަތަރު ދުވަސް

ކޮވިޑް-19 ފެތުރުން ހުއްޓުވަން ތައްޔާރުވުމުގެ ގޮތުން ބޭއްވި ޑްރިލް އެެއްގައި ބަޔަކު ހަރަކާތްތެރި ވަނީ. ރާއްޖޭން މީހަކު ޕޮޒިޓިވް ނުވާތާ މިހާރު ހަ ދުވަސް ވެެއްޖެ. --ފައިލް ފޮޓޯ/މިހާރު

ކޮވިޑް-19 އަށް ރާއްޖޭން މީހަކު ފުރަތަމަ ޕޮޒިޓިވް ވިތާ ދެ ހަފްތާ ވާން ކައިރިވި އިރު، އެބައްޔަށް މީހަކު ޕޮޒިޓިވް ނުވާތާ ހަތަރު ދުވަސް ވެއްޖެ އެވެ.

ގިނަ ގައުމުތަކެއްގައި ބާރަށް ފެތުރޭ ކޮވިޑް-19 އަށް ރާއްޖޭން ފުރަތަމަ ޕޮޒިޓިވްވީ ޅ. އަތޮޅުގައި އޮންނަ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ޑޮކްޓަރާއި އޭނާއާ އެކު މަަސައްކަތް ކުރި ނަރުހެކެވެ. އެ މީހުންނަށް ބަލި ޖެހުނީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ޓޫރިސްޓެއްގެ ފަރާތުންނެވެ.

މާޗް 7 ގައި ކޮވިޑް-19 ގެ ރާއްޖޭގެ ފުރަތަމަ ކޭހަށް ފަހު ދެވަނަ ކޭހެއް ފެނުނީ އޭގެ ދެދުވަސް ފަހުން މާޗް ނުވައެއް ގަ އެވެ.

ރާއްޖޭން އެބަލި ފެތުރުނު ދުވަހު ވެސް އަދި އޭގެ ކުރިން ވެސް ހެލްތު މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދެމުން އައި ޔަގީން ކަމަކީ އެބަލި ފެތުރުން ހުއްޓުވަން ރާއްޖޭގެ ތައްޔާރީތައް ރަނގަޅުކަމުގެ ޔަގީންކަމެވެ.

ރާއްޖޭން ކޮވިޑް-19 ގެ ކޭހެއް ފެނުނުކަން ހާމަކުރަން މާޗް 7 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އައިޖީއެމްއެޗްގެ އެެތެެރެހަށީގެ ހާއްސަ ޑޮކްޓަރު އަލީ ލަތީފް ވިދާޅުވީ މީގެ ކުރިން އައި މިފަދަ ރޯގާތަކާ ދެކޮޅަށް ވެސް ރާއްޖޭން ކުރި މަސައްކަތް ރަނގަަޅު ކަމަށެވެ. އެހެންކަމުން މިފަހަރު ވެސް ރަނގަޅަށް މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އާންމު ރައްޔިތުންނަށް ޔަގީންކަން ދެއްވަމުން އޭނާ މިސާލު ދެއްކެވީ 2017 ގައި ރާއްޖޭގައި ފެތުރުނު އިންފްލެއެންޒާ އިންނެވެ.

"އޭގައި ވެސް އަޅުގަނޑުމެން ވަނީ ރަނގަޅު ރެސްޕޮންސެއް ދައްކުވައިދީފައި. އެހެންވީމާ މި ރޯގާގައި ވެސް އަޅުގަނޑުމެންނަށް ޔަގީން ފުދޭވަރަކަށް ރަނގަޅަށް މިކަން ކުރެވިދާނެކަަން،" ޑރ. އަލީ ލަތީފްް ވިދާޅުވި އެވެ.

އެބަލި ފެތުރުން ހުއްޓުވަން ރާއްޖޭން ދެން އަޅަން ފެށި ފިޔަވަޅުތަކުގެ ތެރޭގައި ބަލީގެ އަލާމާތެއް ހުރި މީހަކު ފެނިއްޖެ ނަމަ ވަގުތުން ކަރަންޓީނުކޮށް ޓެސްޓް ކުރުމެވެ. އެގޮތަށް ކަރަންޓީނު ކުރަން ޖެހޭ މީހުން އިތުރުވަމުން އައި ވަރަަކަށް ކަރަންޓީނު ފެސިލިޓީތައް އަންނަނީ އިތުރުކުރަމުންނެވެ.

މާލެ ސަރަހައްދުގައި ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ފުރަތަމަ ފަރުކޮޅުފުށި ބޭނުންކުރަން ފަށައި މިހާރު ވަނީ ވިލިވަރާއި ހުޅުލޭ އައިލެންޑް ހޮޓަލާއި ފަން އައިލެންޑް ވެސް އަންނަނީ ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުއި ބޭނުންކުރަމުންނެވެ. މާލެ ސަރަހައްގައި ހުރި ތަންތަނުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 641 ފެސިލިޓީ ވަނީ ގާއިމްކޮށްްފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ގާބިލުކަން ވެސް ވަރަށް އަވަހަށް އިތުރުކޮށް ޓެސްޓް ކުރެވޭ މީހުންގެ އަދަދު ވަނީ އިތުރުކޮށްފަ އެވެ. ކުރިން ޓެސްޓްކުރަމުން އައީ ހަމަ އެކަނި ޓްރެވެލް ހިސްޓްރީ އޮތް މީހުންނާއި ބަލި ޖެހުނު މީހުންނާ ކޮންޓެކްޓްވި މީހުން ކަމަށް ވިޔަސް، މިހާރު އަންނަނީ ރެންޑަމްކޮށްް، މާލެ ތެރޭން ވެސް މީހުން ޓެސްޓް ކުރަމުންނެވެ.

އެގޮތުން މިއަދާ ހަމައަށް ބައްޔަށް ޕޮޒިޓިވްވި މީހުންގެ އިތުރުން 517 ސާމަޕަލް ނަގާފައި ވާއިރު ޓެސްޓް ކުރި އިރު ނަތީޖާ ނުލިބި އޮތީ 15 ސާމްޕަލެކެވެ. އެހެން މީހުން ނެގެޓިވް އެވެ.

20 ކޮމެންޓް, 112 ރިއެކްޝަންސް

icon happy icon happy 94%
icon sad icon sad 4%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

333223

20 March 2020

އިންކިއުބޭޝަން ޕީރިއަޑް ބޮޑުވީމަ ފަހަރައެއްގައި ކުއްލިއަކަށް އަރައިގެންވެސް ހިނގައިދާނެ.

The name is already taken The name is available. Register?

ސްޓާފުން

20 March 2020

ޢަލްހަމްދުލިއްލާހި

The name is already taken The name is available. Register?

އުންމީދު

19 March 2020

މެލޭޝިޔާގަ ވެސް 22 މީހުން ޕޮޒިޓިވް ވެފައި އެއްވެސް ކޭހެއް ނުފެނި 11 ދުވަސް ދިޔަ. ދެން ރާސްލާފަ މައްޗަށް ދިޔައީ ދެތިން ދުވަސް ތެރޭގައި. މިހާރު 900. ރާއްޖޭން ކުޑަކޮށްވެސް ހިތްވަރު ދޫނުކުރާތި. މިހާރު އަޅައިފައި ފިޔަވަޅުތަކަށް ހަމަ ސާބަސް. އިންޝާ ﷲ އަޅުގަނޑުމެންނަށް މިކަން ކާމިޔާބު ވާނެ

The name is already taken The name is available. Register?

ވަގު ކަދުރު

20 March 2020

އިންޝާ ﷲ . ބޭނުންވަނީ އެކުވެރިކަމާއި އެކުވެރިކަމާއި އެއްބައެއްވަންޔަކަށް. މާތް ﷲ އަށް ޚަމްދުކޮށް، ދިވެހި ދަޢުލަތާއި ސަރުކާރަށް ފަންފަށުން ޝުކުރު ދަންނަވަން.

The name is already taken The name is available. Register?

ބިކޯޒް

20 March 2020

ޓީމަށް ހަމަ ހިތްވަރާއި ސާބަސް! މާތްﷲ ހެޔޮ ރަޙުމަތް ލައްވާށި! އާމީން

The name is already taken The name is available. Register?

އިޙްސާސް

19 March 2020

މާޝާﷲ

The name is already taken The name is available. Register?

މާ ރިޔާ

19 March 2020

އަލްޙަމްދުލިއްލާހި....

The name is already taken The name is available. Register?

ރިދޮރ

19 March 2020

ގުޑް އެފަރޓް. ބީ ވިޖިލަންޓް

The name is already taken The name is available. Register?

ކަންބޮޑުވާ

19 March 2020

ހެއްދެވި ފަރާތަށް حمد ހުރި! އެކަމަކު ހަމައެކަނި ހުކުރު جماعة ގައި ކުރިނަމަ ވަރަށް އުފާވީސް! ސަރުކާރުން ބޭނުންނަމަ، ނިތްކުރިން ޓެމްޕަރޭޗަރ ނަގާފައި މީހުން ހުކުރަށް އެރުވުނީސް! ޓެމްޕަރޭޗަރ ނަގާފައި ތިންފަހަރު ފުންކޮށް ނޭވާލާން ބުނެވުނީސް ރޯގާގެ ކެއްސުމާ ކޮށި ހުންނަ ނަމަ އެވަގުތު ކެއްސާ ކޮށިއަރާނެ! ހުން ހުރި މީހުންނާ ކެއްސާ މީހުން މިގޮތަށް ފިލްޓަރކޮށް ހުކުރަށް އެރުވުނީސް! ބޭނުންވާނީ އިސްލާމީ މަރުކަޒަށް ވެސް 30 ހަކަށް ތާމޯ މީޓަރ. ދެން ކުރަންޖެހޭނެކަމަކީ ހުކުރު ފެށުމުގެ ދޮޅު ގަޑިއިރުކުރިން މީހުން އައުމަށް އަންގާ، ހުކުރު ފެށުމުގެ 15 މިނިޓްކުރިން މިސްކިތް ބަންދުކުރުން! 300 200 މީހުންނަށް ވަދެވޭ ވަރުގެ ރެސްޓޯރަންޓްތައް ހުޅުވާފައި! އަތްއުގުޅާފައި ހުރީ ކޮން ބައެއްކަން ނޭގޭ މީހުން އަތް ހާކާފައި ހުންނަ ހެދިކާތައްވެސް ކާންވީ! އެކަމަކު 2 ހުކުރު އަޅަން މިއޮތީ މާލެ ސަރައްދު މީހުންނަށް މަޖުބޫރުކޮށްފައި!

The name is already taken The name is available. Register?

މަ ތާއީދު

19 March 2020

ރެސްޓޯރަންޓުތަށް ޑެލިވަރީ އަށް ފިޔަވައި އެހެން ގޮތަކަށް ހުޅުވާފައި ތިބުން ހުއްޓުވަން ޖެހޭ. މިސްކިތަށް ވެސް މީހުން އެއްވާނެ ކަމެއް ނެތް. ގޭގައި ނަމާދު ކޮށް ތަކުބީރު ކިޔާ.

The name is already taken The name is available. Register?

ސުރީކާ

19 March 2020

ސަރުކާރުން މިކަމުގަ ޕްރޮފެޝަނަލުންގެ އޮޕީނިއަން އާ އެއްކޮށް އަޅަމުންދާ ފިޔަވަޅުތަކާ އެޗްޕީއޭގެ ރޭވުންތެރިކަމާއެ އެކު އަޅާފަވާ ފިޔަވަޅުތަކަށް ފަށްފަށުން ޝުކުރުދަންނަވަން، އަދިވެސް އަޅުގަނޑުގެ އަމިއްލަ ނަފްސަށާ އެންމެހާބޭފުޅުންނަށް ފަރުދީ ޒިންމާޔަށް އިސްކަންދިނުމަށް ނަސޭހަތްތެރިވަން... ޔާ ﷲ އަޅަމެން މިކަމުން އަވަހަށް މިންޖުކޮށްދެއްވާންދޭވެ... އާމީން...

The name is already taken The name is available. Register?

ގޮއްޔެ.

19 March 2020

ހަމްދުލިއްލާހި. ދުޢާއަކީ އިތުރު އެއްވެސް ކޭސް އެއްނުފެނުން. އަދި މިހާރު ބަލީގައި ފަރުވާދެމުން އަންނަ މީހުންނަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން.

The name is already taken The name is available. Register?

ޛުހާ

19 March 2020

ޢަލްހަމްދު ﷲ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454