ކޮވިޑް-19: ދެ ދިވެހިން ނޫން އެންމެން ރަނގަޅުވެއްޖެ

މިއީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އާއި ދުނިޔޭގެ ޚަބަރުތައް ގެނެސްދިނުމަށް ފަށާފައިވާ ބްލޮގެކެވެ. ކޮވިޑް-19 އާ ގުޅޭ ފަހުގެ މައުލޫމާތުތައް ކޮންމެ ދުވަހަކު ވެސް މި ބްލޮގް މެދުވެރިކޮށް ގެނެސްދޭނެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ހާލަތު ވެސް ހިމެނޭނެ އެވެ.

ނިއު ދިއްލީ (މާޗް 29) - ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން 21 ދުވަހަށް ގައުމު ލޮކްޑައުން ކުރުމަކީ އުނދަގޫ ނިންމުމެއް ކަމަށާއި އެކަމަށް ޓަކައި ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.


މަހަކު އެއް ފަހަރު ދެއްވާ ރޭޑިއޯ ތަގްރީރުގައި މޯދީ ވިދާޅުވީ އެ ފިޔަވަޅުތައް އެޅުއްވީ އެހެން އެއްވެސް ގޮތެއް ނެތިގެން، ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި ކަމަށެވެ.

މުޅި އިންޑިއާ ލޮކްޑައުން ކުރުމުގެ ކުރިން ފަހަރަކު ސްޓޭޓެއްގައި ދިޔައީ ފިޔަވަޅުތައް އަޅަމުންނެވެ. ޕަބްލިކް ޓްރާންސްޕޯޓް ހުއްޓާލުމުގެ އިތުރުން ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށް، މޯލްތަކާއި ޖިމް އަދި ސްވިމިން ޕޫލްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ލޮކްޑައުންއަކަށް ރައްޔިތުން ތައްޔާރުވެފައިވާ މިންވަރު ބެލުމަށް އިންޑިއާގައި މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ވަނީ 14 ގަޑިއިރަށް ކާފިއު ހިންގައިފަ އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ 12 އިން ފެށިގެން އިންޑިއާ ލޮކްޑައުންކުރިކަން އިއުލާން ކުރެއްވީ އެރޭ 8 ޖެހިއިރު ގައުމާ މުޚާތަބް ކުރައްވާ މޯދީ ދެއްވި ތަގްރީރުގަ އެވެ. އެހެންވެ އެއް ސިޓީން އަނެއް ސިޓީ އަށް މަސައްކަތު ގޮސް ތިބި މީހުން ވަނީ ތާށިވެފަ އެވެ.