ޚަބަރު / ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ އެކުވެރިންގެ ގޮތުގައި މެމްބަރުން ތިއްބަވާ: ނަޝީދު

ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި އޮންލައިންް ޖަލްސާގައި ނަޝީދު ވާހަކަ ދައްކަވަނީ. އެމަނިކުފާނު ވިދާޅުވީ މެމްބަރުން ވާންވީ ރައްޔިތުންގެ ރަހުމަތްތެރިންނަށް ކަމަށް.

ރާއްޖެ އިން ވެސް ކޮވިޑް ބަލީގެ 17 މީހަކު ފެނިފައިވާއިރު، ރައްޔިތުން ތިބީ ހާސްކަމާއި ހިތާމައިގައި ކަމަށާއި މިފަދަ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވަން ވާނީ ރައްޔިތުންގެ އެކުވެރިންގެ ގޮތުގައި ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ގިނަ ބަޔަކު އެއްތަނަކަށް އެއްވުން ހުއްޓުވުމަށް ސަރުުކާރާއި ސިއްހީ އޮފިޝަލުން ބާރު އަޅުއްވާތީ، މަޖިލީހުގެ ތަޅުމުން ބޭރުން، އޮންލައިންކޮށް މިއަދު ބޭއްވި ފުރަތަމަ ޖަލްސާގަ އެވެ. މިއަދު ހެނދުނު 11:00 ގައި ފެށި މި ޖަލްސާ، މަޖިލީހުގެ ތަޅުމުގައި ނަޝީދު އިންނަވައިގެން ކުރިއަށް ގެންދެވީ ވީޑިއޯ ކޮންފަރެންސެއްގެ ގޮތުގަ އެވެ.

"ވާޗުއަލް ޖަލްސާ" ފައްޓަވަމުން ނަޝީދުު ވިދާޅުވީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަަސައްކަތްކުރާ މި ދަނޑިވަޅުގައި، މަޖިލީހުގެ ޖަލްސާތައް ބޭއްވުން ވަރަށް މުހިއްމު ކަމަށެވެ. ރައްޔިތުންނަށް ބޮޑު ކަމެއް ކުރިމަތިވާ ކޮންމެ ފަހަރަކު އެ މީހުން އެންމެ ފުރަތަމަ ގުޅާނީ މެންބަރުންނަށް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި މެމްބަރު އާދަމް ޝަރީފް އޮންލައިންކޮށް ވާހަކަ ދައްކަވަނީ.

"އަޅުގަނޑު ދެކޭގޮތުގައި ތިޔަ އިއްޒަތްތެރި މެމްބަރުން މި ވަގުތުގައި ތިއްބަވަން ޖެހޭނީ އެ ރައްޔިތުންނަށް ފަސޭހައިން ގުޅޭ ގޮތުގައި. އަބަދުވެސް ރައްޔިތުންގެ ޝަކުވާ އަޑު އަހަން ތައްޔާރަށް. އަޅުގަނޑަށް ވެސް އެނގޭ އަޅުގަނޑުމެންނަށް މިއަދު ރައްޔިތުންގެ ހުރިހާ ޝަކުވާތަކުގެ ޖަވާބެެއް ނުދެވިދާނެ،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރައްޔިތުން އެދޭ ހުރިހާ ކަމެއް ނުކޮށްދެވުނަސް އަދި ރައްޔިތުންގެ ފަރާތުން މެމްބަރުން އެދިވަޑައިގަންނަވާ ހުރިހާ ކަމެއް (ސަރުކާރަށް) ނުކޮށްދެވުނަސް މެމްބަރުން ތިއްބަވަން ވާނީ ގުޅިފަ އެވެ.

"އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންގެ ހަގީގީ ރަހުމަތްތެރިންނަށް ތިޔަ އިއްޒަތްތެރި މެމްބަރުން ވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް މުހިއްމު ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވާ އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް ކުރަމުުން އަންނަ ކަންކަން ކާމިޔާބުވާނެ ކަަމަށް ވިދާޅުވެ، ސަަރުކާރުގެ މަސައްކަތަށް ނަޝީދު ތައުރީފު ކުރެއްވި އެވެ. ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަޅުއްވަމުން ގެންދަވާ ކަމަށާއި ސިއްހީ މާހިރުންގެ ލަފާ އައްސަަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުން، އާދެ އަޅުގަނޑުމެން އެންމެން ވެސް ކަންބޮޑުވޭ، އެހެން ނަމަވެސް އިތުބާރު ކުރައްވާ. އަޅުގަނޑުމެން މި ތިބީ މި ރާއްްޖޭގެ ރައްޔިތުންނާ އެކީގައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި ދުވަހުން އަރައިގަނެވޭނެ" ނަޝީދު ވިދާޅުވި އެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު 17 މީހުންގެ ތެރެއިން 13 މީހަކު ރަނގަޅު ވެފައިވާ ކަމަށް ސަރުކާރުން ރޭ އިއުލާން ކުރި އެވެ. ރާއްޖެ އިން އެ ބަލި މިހާތަނަށް ޖެހިފައި ވަނީ ދެ ދިވެއްސެކެވެ. އެ ދެ މީހުންގެ ތެރެއިން ފުރަތަމަ މީހާ ޕޮޒިޓިވްވީ މިދިޔަ ހުކުރު ދުވަހު އެވެ. ދެވަނަ މީހާ ޕޮޒިޓިވްވިކަން އިއުލާން ކުރީ އިއްޔެ އެވެ. އެއީ، ވެސް އިނގިރޭސި ވިލާތުން ރާއްޖެ އައިސް ކަރަންޓީން ފެސިލިޓީތަކުގައި ތިބި ދެ ދެ މީހެކެވެ.

34 ކޮމެންޓް, 54 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 2%
icon angry icon angry 76%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

‫ކޮވިޑް

01 April 2020

‫ކޮބާތަ ތި މެމްބަރިންނާ މިނިސްޓަރުން..މުޅިގައުމު ހިންގަނީ މަބޫ....ޒިއްމާއެއް ފިކުރެއް ހިޔާލެއް..ރައްޔިތިންނަށް ދޭނެ ނަސޭހަތެއް...ކުރާކަމެއް އަހަރުމެއް ނަކަށް ނުފެނޭ...ގައުމާޓަކާއި ހޮވާފަ ތިބި މީހުން ނޯލަ...ބޯހަލާކު

The name is already taken The name is available. Register?

123321

31 March 2020

ބޮޑު އަނގަ ނުތަޅާ، ނިކަން ކެރެންޏާ، ރަތްޔިތުންގެ ބައިތުލްމާލުން އެެއްމެ މީހަކައް ތިނަގާހާ އެލަވަންސްތައް ދޫކޮށްބަލަ، ކުރީގެ ރައީސެކޭ ކިޔާފަ ތިނަގާލާރިގަނޑާ، ޖޭއެސްސީގެ އެލަވަންސް އާ، މަޖިލީހުގެ އެލަވަންސްތައް ދޫކޮއްބަލަ، ތިހާ ދިވެހި ރަތްޔިތުންނައް ހެޔޮއެދޭމީހެއް ނަމަ، އަތުން އެއްމެ ރުފިޔާއެއްވެސް ރަތްޔިތުންގެ ކަމަކައް ދުވަހަކު ޙަރަދު ކުރިމީހެއްނޫން، ބަދަލުގައި އެމީހުންގެ އަތުން ދަމައިގަންނަނީ އަބަދުވެސް

The name is already taken The name is available. Register?

ޙނގފ

31 March 2020

ހެއްދެވިފަރާތާއި ރަސޫލާއައްގޮންޖެހުން ހުއްޓާލައި އެފަރާތައް އީމާންވާބަޔަކައް މެންބަރުންނާއި އަދި ރައްޔިތުންވާންވީ.

The name is already taken The name is available. Register?

ރައްޔިތު ބޭކަލުން

31 March 2020

ޜައްޔިތުންގެ މަޖުލީހުން މިވަގުތު ރައްޔިތުނަށް އުނދަގޫ ނުކުރުމަށް ގޮވާލަމެވެ.

The name is already taken The name is available. Register?

ޝޮކްތެރަޕީ

31 March 2020

ރާއްޖެ ހިފަން އިންޑިޔާ ސިފައިންނަ ދައުވަތުދިން މީހާ. ތި ފެންނަނީ.

The name is already taken The name is available. Register?

ބޯބުރާންތި

31 March 2020

ތިތާނގައި ނެތް ރައްޔިތުންނަށް ހެޔޮ އެދޭ އެކަކުވެސް. ރައްޔިތުންނަށް ހެޔޮ އެދޭނަމަ ކޮންމެ ރަށެއްގައި ކްލާހެއް މަކުތަބެއް ހެދުމުގެ ބަދަލުގައި 5 އަހަރަށް ޕްލޭންކޮށްގެން ރައްޔިތުންނަށް އުޅެވޭނެ 1 ރަށް ހުޅުމާލެ އެއޮތް ފެންވަރަށް މަގު ހަދާފައި ގެދޮރު ހަދައިދީބަލަ. އޭރުން އެރަށަކަށް ރައްޔިތުން ޖަމާވާން ފަށާނެ. މާލެއަށް ރައްޔިތުން އައީ މީހަކު ބުނެގެނެއް ނޫން. އެތައް ކަމެއް ފުރިހަމަވެފައި ހުރީމާ އައީ. މި ނޫނީ ދާއިމީ ހައްލެއް ނެތް.

The name is already taken The name is available. Register?

ހާމަ333

30 March 2020

ނަޝީދު ރަނގަޅުވާނީ ދެން ބައިސިކަލް ކިކްޖަހަން ދަސްކުރަން ފުޓްބޯޅަ އެކެޑަމީއަކީ ގުޅުނިއްޔާ...

The name is already taken The name is available. Register?

ހައްގުބަސް

30 March 2020

އިންޑިޔާއިން އެދަނީ އިންޑިޔާ ބޭނުންވާގޮތަށް ރާއްޖެގެ ޤަނޫނު ބަދަލުކުރަމުން. އިންޑިޔާއިން މޮޑޭ ފުއްގަޑަކަށް ރާއްޖެ މި ހަދަނީ.

The name is already taken The name is available. Register?

ޝޮކްތެރަޕީ

30 March 2020

މިހާރު އެމްޑީޕީ މީހުންވެސް ބޭނުން ވަނީ ނަޝީދު ޕާޓިން ދުރުކޮއްލަން.

The name is already taken The name is available. Register?

މަންނާނު

30 March 2020

މީކޮންސަކަރާތެއް ޖަހަން އުޅޭބަަޔެއްތަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454