ބާޒާރުމަތީގައި ހުރި ފިހާރައަކުން މީހަކު ޕިކަޕަކަށް މުދާ އަރުވަނީ: މާލެ އިން ފެނުނު ކްލަސްޓާސްތަކުގެ ތެރެއިން އެންމެ ބޮޑީ ބާޒާރުމައްޗާ ގުޅުން ހުރި ކްލަސްޓާ- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު
06 މެއި 2020 - 10:05
މާލޭގައި ކޮވިޑް-19 ފެތުރުނު އަވަސް މިނުގައި، އެންމެ ބޮޑުވީ ބާޒާރުމަތި ނުވަތަ (ބީޒެޑްއެމް) ކްލަސްޓާ އެވެ. އެ ކްލަސްޓާގެ ގިނަ ބަޔަކު ޕޮޒިޓިވްވި އިރު އެންމެ ގިނަ ބަޔަކު އެކަކު އަނެކަކާ ގާތުން ބައްދަލުވެފައި ވަނީ ވެސް މި ކްލަސްޓާގަ އެވެ. ކޮންޓެކްޓް ޓްރޭސިންގައި މިހާތަނަށް ހޯދުނު މައުލޫމާތުތަކުގައި އެންމެ ކަންބޮޑުވާން ޖެހޭ އެއް ކަމަކީ ބަލީގެ އަލާމާތްތަކާ އެކު ވެސް ބައެއް މީހުން ވަޒީފާ އަށް ނުކުތުމެވެ!
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. ނަޒްލާ ރަފީގް މިދިޔަ ހޯމަދުވަހު "މިހާރު" އަށް ވިދާޅުވީ ބަލީގެ އަލާމާތްތަކާ އެކު މާސްކް ފަދަ ރައްކާތެރި ކަމުގެ އެއްވެސް ފިޔަވަޅަކަށް ސަމާލުކަން ނުދީ ގިނަ ދުވަސްތަކެއް ވަންދެން ބައެއް މީހުން ވަޒީފާ އަށް ނުކުތް ކަން ބާޒާރުމަތި ކްލަސްޓާގެ ކޮންޓެކްޓް ޓްރޭސިން އިން ދެނެގަނެވުނު ކަމަށެވެ.
މާލެ ލޮކްޑައުންކޮށްފައި އޮތްއިރު ވިޔަފާރީގައި އެންމެ ހަރަކާތްތެރިވެ އުޅެނީ ބާޒާރުމަތީގައި ކަމަށް ވާތީ އެއީ ހައި ރިސްކް ސަރަހައްދެއްގެ ގޮތުގައި ބަލައި ކޮންޓެކްޓެކްޓް ޓްރޭސިން ފުރަތަމަ ހަދަން ފެށީ ވަކިވަކި ފިހާރަތަކަށް އިސްކަން ދީގެންނެވެ. ހައި ރިސްކް މީހުން ފުރަތަމަ ފެނުނީ، ބާޒާރުމަތީގެ ފިހާރަތައް ހިންގާ އޮފީސްތަކުންނެވެ. ބާޒާރުމަތީގެ އެކި ފިހާރަތަކާ ހިސާބަށް ދިޔައީ އޭގެ ފަހުން ކަމަށް ނަޒްލާ ވިދާޅުވި އެވެ.
މި ކްލަސްޓާ ބޮޑުވަމުން އައި މިހާރު ވަނީ ބާޒާރުމަތީގައި ހިންގާ ހަ ވިޔަފާރިއަކާ ގުޅިފަ އެވެ. އަދި މާލެ އިން ފެނުނު ބޮޑެތި އެހެން ކްލަސްޓާސްތަކާ ވެސް ބީޒެޑްއެމް ކްލަސްޓާއާ ވަނީ ގުޅިފަ އެވެ.
"ބައެއް މީހުން އެބަހުރި ރޯގާގެ އަލާމާތްތައް ހުއްޓައި ވަރަށް ގިނަ ދުވަހު އޮފީހަށް ނުކުމެ މަސައްކަތުގައި ވެސް އުޅެފައި. އަލާމާތްތައް ހުރިއިރު މާސްކެއް ވެސް ނާޅާ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އެ މީހުން މަސައްކަތުގައި އުޅެފައި ގޮސް ނިދައި ހަދަނީ މާލެތެރޭގައި އިތުރު ބަޔަކާ އެކުގައި ކަމަށް ވުމުން އެ މީހުންނަށް ބަލި ފެތުރި ކްލަސްޓާ ބޮޑުވީ އެވެ.
މާލެ އިން މިހާތަނަށް ފެނުނު ބޮޑެތި ކްލަސްޓާތައް
ނަޒްލާ ވިދާޅުވި ގޮތުގައި އެ ރޯގާއަކީ ކޮވިޑަށް ނުވެދާނެ ކަމަށް ބައެއް މީހުން ވިސްނުން އެކަށީގެންވެ އެވެ. އެކަމަކު އޭރު ވެސް އެޗްޕީއޭ އިން އައީ ބައްޔާ ގުޅުން ހުރި މައުލޫމާތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ކިޔައިދެމުން ކަން ނަޒްލާ ފާހަގަކުރެއްވި އެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑަށް 550 އަށް ވުރެން ގިނަ މީހުން ޕޮޒިޓިވްވެފައިވާ އިރު ޕީކަށް އަރާނީ މި މަހުގެ ފަހުކޮޅު ކަމަށް ވަނީ ލަފާކޮށްފަ އެވެ. ބަލި ޖެހޭ މީހުންގެ އަދަދު ކުރިއަށް އޮތް ދުވަސްތަކުގައި މަތިވަމުން ގޮސް ޕީކް ދުވަހު އެކަނި ބަލި ޖެހިފައިވާ 6،000 މީހުން ފެންނާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
06 May 2020
މީކޮންބަޔެއްގެ އިހް މާލުންވީކަ މެއްތޯ؟ސީދާ މަޖްލީހުގެރައީސާއި، މަޖުލީހުގަތިބި ބަޔެއް މެންބަރުންގެ ޑަބްލިޔޫއެޗްއޯއާއި،ރާއްޖޭގެ ޑޮކްޓަރުންގެ ލަފާތަށް ބޮލާޖަހައި މީއެއްވެސްކަ މެއްކަ މަނުހެދު މުގެ ސަބަބުން ކިތަން މެވަރަކަށް އިންކާރުކުރިޔަސް މީހަޤީގަތް
ޙާޖަރާ
06 May 2020
ޕީކު ޓައިމްގައި 6000 މީހުން ބަލިޖެހޭ ކަމަށް ލަފާކުރާއިރު އެއްދުވަހާ 6000 މީހުންގެ ޓެސްޓް ނަތީޖާ ލިބޭނެފަދަ މެޝިންތައް މިހާރު ރާއްޖޭގައި އެބަހުރިތ؟
ދިވެހިމީހާގެ ދަރި
06 May 2020
ބަލި ފެތުރޭކަމުގެ އަލާމާތެއް ނެތްކަމަށާއި މާސްކް ނާޅާށޭ ބުނީމާ ރައްޔިތުން ތިބީ ގަބޫލުކޮށްގެން. ރައްޔިތުންނަށް މިމެސެޖް ދީފައިއޮތީމާ އަރިދަފުސް ރޯގާއަކީ އަބަދާ އަބަދު ޖެހިޖެހިފައި ރަނގަޅުވާ ބައްޔަކަށްވާތީ ކާކުތޯ އެކަމާ އަޅާލާނީ. ބައެއް މީހުންނަކީ ސައިނަސްގެ ސަބަބުންނާއި ނޭފަތުގެ ހިދުރި ހުންނަގޮތުން ކޮންމެ ދުވަހަކު ނޭފަތް ބެދި ބޮލުގައި ރިއްސާ އުނދަގޫވާ މީހުން. އެމީހުންނަށް ޖެހުނަސް ނުޖެހުނަސް ފާހަގަކުރާކަށް ނޭނގޭނެ. ދާއިމީ ކަމަކަށްވާތީ އަޅާނުލާނެ.
އިލްޔާސް
06 May 2020
އަހަރެންމާސްކުއަޅާތީ ގޭމީހުންވެސްމަލާމާތްކުރަނީ. މުޖުތަމައުގެއެންމެންކަހަލަގޮތަކައް. މަލާމާތްކުރަނީ
މުދިމު ކަތީބު
06 May 2020
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ ސަރުކާރު ރޭޑިއޯ ޓީވީތަކުން މާސްކު ނާޅަން އޭރު ގޮވީ!
އިލްޔާސް
06 May 2020
މާސްކުއަޅާފިއްޔާ އެމީހަކުބަންދުކުރާދަރަޖައައް ސަރުކާރުންމާސްކުއެޅިއަނުދެންމަސައްކަތްމޮއްފަވަނީ. އަހަރެންމާސްކްއަޅާއިގެންއުޅެންފެށީމަ. ވަރައްގިނަމީހުންމަލާމާތް ވެސްކުރޭ. އެހެންވާނީ. ޑޮކްޓަރުންކެނޑިނޭޅިގޮވަމުންދަނީމާސްކުނާޅާށޭ
ޢހުސައިން
06 May 2020
އަލާ މާތް ހުންނަ މީހުން މާސްކް އަޅަން އަބަދުވެސް ބުނަ މުން ގެންދިޔައީ.
ކަކުނިބޯ
06 May 2020
ބަލަ ސިވިލްސަރވިސް ގަވާއިދުގަވެސް އޮންނާނެ އަރުދަފުސް ރޯގާއަކީ ބައްޔެއްނޫނޭ
ހަމަ ބުއްދި
06 May 2020
ކޮން ބައްޔެއްކަން ނޭގެންޏާ ބަލި ޖެހިގެން ތިބެ ވެސް ވަޒީފާ އަށް ދާނެ ތާއެވެ؟ ތިވިދާޅު ވާގޮތުން ނަމަ ޢަލާމާތް ތަށް ސޭމް ވިއްޔާއެވެ. އެކަމުގެ ޒިންމާގެ ވެސް %50 އުފުލަން ޖެހޭނީ ސިއްހީ ދާއިރާ އިން ނެވެ.
ހުޅުލޭ ބޮޑުމީހާ
06 May 2020
ބިދޭސީން ބަލިވިޔަސް އެމީހުން ގެންގުޅޭ މީހުން ގަބޫލެއް ނުކުރާނެ ބަލިވީ ކަމަކަށް..ދިވެހިން ދެކޭ ގޮތުގައި ބިދޭސީ މަސައްކަތްތެރިން ބަލިވެގެން ނުވާނެ..މަސައްކަތް ނުކުރަންޏާމުން ޖެހޭނީ ރަށަށްދާން ނުވަތަ ކާން ނުލިބޭނެ ކަމަށް ބުނެ ބިރުދައްކައިގެން މަސައްކަތަށް ނެރޭނެ..ސިކުނޑީގެ އެއްފަޅިން ވިސްނިއަކަސް ނުވާނެ..
މާސްކު
06 May 2020
މާސްކު ނާޅައޭ ތިބޭފުޅުން ވިދާޅުވީމާ، ތިޔަ ކުރެއްވެނީ އަމިއްލަ ފުޅަށް މަލާމާތް. މާސްކް ނާޅާށޭ ރައްޔިތުން ކައިރީގައި ވިދާޅުވީ ތިިބޭފުޅުން. މާސްކު އަޅަން ބުނީ ފުރަތަމަ ކޭސް ފެނުނުތާ 3 ދުވަސް ފަހުން. ތިޔަ ބޭފުޅުން މާސްކް ނާޅާށޭ ވިދާޅުވިޔަސް ބައެއް ބިދޭސީންނާއި ބައެއް ދިވެހިން ތިބީ ދުރާލައި މާސްކު އަޅައިގެން ރައްކާތެރިވެގެން.
ކުދީނާފަތް
06 May 2020
މާސްކް އަޅަންވާނީ ރޯގާ ޖެހިގެން އުޅޭ މީހުންނޭ. ކެއްސާ މީހުންނޭ ބުނެދިން އެތައް ފަހަރަކު. އަހަރެންގެ 3 އަހަރުގެ ކުޑަ ދަރިފުޅުވެސް އެ ކިޔާދިން އެއްޗެހި ހިތުދަސް. އެވަރަށް އެހެން ކީ.