އެެންއީއޯސީގެ ތަރުޖަމާން އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް، މިރޭގެ މީޑިއާ ބްރީފިން ގައި ވާހަަކަ ދައްކަވަނީ.
11 މެއި 2020 - 01:05
ރާއްޖެ އަށް 75 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްފައިވާ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ކުންފުނި، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން މި މަހުގެ ތެރޭގައި ރާއްޖެ އަށް 45 ވެންޓިލޭޓަރު ގެންނާނެ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލަކަށް އެ ސެންޓަރުގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ދުބާއީގެ ކުފުނިން މި މަހުގެ 18 ވަނަ ދުވަހު 10 ވެންޓިލޭޓަރު އަދި މި މަހުގެ 25 ހާ ތާނގައި 35 ވެންޓިލޭޓަރު އަދި އަނެއްބައި އަންނަ ޖޫން މަހު ގެންނާނެ ކަން އަންގާފައިވާ ކަމަށެވެ.
ވެންޓިލޭޓަރު ގެންނަން ދުބާއީގެ ކުންފުންޏާ ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއެޗްއޯ މެދުވެރިވެގެންތޯ ކުރި ސުވާލަށް އޭނާ ވިދާޅުވީ އެކުންފުންޏާ މުއާމަލާތްކުރީ ސަރުކާރުން ކަމަށާއި ޑަބްލިއެޗްއޯ އިން ފާހަގަކޮށްދިނީ ވެންޓިލޭޓަރު ލިބިދާނެ ކުންފުނިތައް ކަމަށެވެ.
އެފަަދަ ކުންފުނިތައް ދެނެގަތުމަށް ޑަބްލިއެޗްއޯގެ އެހީއަށް ސަރުކާރުން އެދުނީ ވެންޓިލޭޓަރު ލިބުން މުޅި ދުނިޔޭގައި ވެސް ދަތިވެފައިވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވެންޓިލޭޓަރު ހޯދުމަކީ އުނދަގޫ ކަމަކަށް ވެފައި، އެ ވަގުތު ދުނިޔޭގެ ގައުމުތަކުން ވެންޓިލޭޓާސް ގެނައުމުގައި ދަތިތަކެއް ހުރީމާ އަޅުގަނޑުމެން ޑަބްލިއުއެޗްއޯގެ އެހީއަށް އެދުނީ ހަމަ ރާއްޖޭގައި ހުންނަ ޑަބްލިއެޗްއޯ އޮފީހުގައި އަޅުގަނޑުމެންނަށް މި ކަމުގައި އެހީތެރިކަމެއް ފޯރުކޮށްދިނުމަށް. ޑަބްލިއުއެޗްއޯގެ ފަރާތުން ގެންނަ ވެންޓިލޭޓަރުތަކެއް ނޫން. އަޅުގަނޑުމެންނަށް (ވެންޓިލޭޓަރު) ހުރެދާނެ ކުންފުނިތައް އަޅުގަނޑުމެންނަށް ހޯދައި ދިނީމާ ސަރުކާރާ އެކުންފުނިތަކާ މަޝްވަރާކުރީ،" މަބްރޫކް ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރޭތީ ތައްޔާރުވުމަށް ޓަކައި ރާއްޖެ އަށް 145 ވެންޓިލޭޓަރު ގެންނަން ސަރުކާރުން ހަވާލުކުރީ ތިން ކުންފުންޏަކާ އެވެ.
އެގޮތުން މެޑްޓެކް މޯލްޑިވްސްއާ 50 ވެންޓިލޭޓަރު ގެންނަން ހަވާލުކުރިއިރު، ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއާ ވަނީ 75 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްފަ އެވެ. އަދި ނާޑް ނަމަކަށް ކިޔާ ކުންފުންޏަކާ 20 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުށި
11 May 2020
ބަލަ އެީހުންނަށް ވީ ދުވަހަކުން ގެންނަންތަ ހަވާލުކުރީ. ގަވާއިދާއި ކިލާފަށްކުރި ކޮންޓްރެކްޓް ބާތިލުކުރޭ.
އާރީ
11 May 2020
ތޮއްޖެހިގެން ބިދޭސީން ދިރިއުޅޭ އިތުރު ފަސް ތަނެއް ހޯދައިފި. މި ބިދޭސީން ގެ ވާހަކަ ނުދަށްކާ ނޫސްކޮށްފަރެސް އެއް ބޭންވޭ ކަމަކަށް ނުވޭ. އަހަރަމެން ބޮލަށް ވަރަށް އުދަގޫވޭ އެބަ އިގޭ.
އޮނަރަބްލް އަފީފު ދީދީ
11 May 2020
ކޮވިޑް 19 އަށް ވެންޓިލޭޓަރ މުހިންމުނޫންކަމަށް އަދި ކޮވިޑް ޖެހިގެންނޭވާލާންދަތިވެ އުނދަގޫވާމީހާއަށް އެހެންބަލިމީހުނަށްވެސްގުޅާފަދައިން އޮކްސީޖެންގުޅުން މާރަނގަޅުކަމަށް ދުނިޔޭގެސިއްޙީދާއިރާގެ އިސްފަރާތްތަކުންއެދަނީ ލަފާދެމުން. # އަހަރުމެނަށް ތިޔަ 200 ވެންޓިލޭޓަރ އަށްވުރެންމުހިންމީ އޭގެކުރިން ގެންނާންޖެހޭ ކޮވިޑް ޓެސްޓްމެށިނާއި ޓެސްޓްކިޓް. އައްސިވެ ކައްސިވެ އަދި ނައްސިއާއި ވާނުވާއްސި ވާވަރުން ތިޔަ މުޤައްދަސް ރަށަށް ކަފަބުރު އުފުލައިގެން ދެކޮޅުޖެއްސޭކަށްނެތް.
އާރީ
11 May 2020
މި މަހު ލިބޭނެ. 17 ގަ ލިބޭނެ. ފުލައިޓް ދަތުރު ނުކުރާތި. ދުނިޔޭގެ ބާޒާރުގަ ތާށީ. ޑިމާންޑް ބޮޑީ މިހެން ކިޔާތާ 2 މަސްވަނީ. ﷲ ރަހުމަތުން މިކަން ނިމޭއިރުވެސް ތިބުނާ 200 ވެންޓިލޭޓރ ލިބިންޖިންޔާ ކިތަށްމެ ހާ ވެސް ރަގަޅު.
މޯޑޭ
11 May 2020
އަހަރަމެންނަށް ހެޔޮ ތި ނުލިބުނަސް. ތި ދަށްކާވާހަކަ މަތިން ފޫހި ވެއްޖެ. ތެދެއް ހަދާ އެކަކު ވެސް ނެތް.
އިބިލިސް
11 May 2020
100 ފަހަރަށް ތާރިހް ބުނެފި. އިބިލިސް ކައިވެންޏެކާ އެއްގޮތެއްނު.
ބޭކާރު
11 May 2020
އަޅޭ. މަބްރޫކް. ޓެސްޓްތައް ނެހެދެންޏާ ކިހިނެތް ވެންޓިލޭޓަރާއި ހަމަޔަށް ދާނީ. މިއުޅެނީ ބަލިވާ މީހުންނަށް އެޓެންޑް ނުކުރެވި ލަސްވާތީ. އެމީހާ ގުޅާ ގުޅާ ވެސް ޓެސްޓް ނެހެދޭތީ ކިއުގަ މަޑުކުރަން ޖެހިގެން ފަރުވާ ލިބޭއިރު ލަސްވާތީ ނޫންތަ.
ޟާސް
11 May 2020
ސިއްހީ ނިޒާމް ފެއިލް ވެފަ
ބޮޑުމީހާ
11 May 2020
މެޑްޓެކް ވެންޓިލޭޓަރއެއް ގެނެސްދެނީ 2 ލައްކަ ކޮންމެވެސްވަރަކަށް. ދުބާއި ކުންފުނިން 4 ލައްކަވުރެ މަތިން. މިވަރުންވެސް 75 ވެންޓިލޭޓަރ ގެންނަން ހަވާލުކުރީ ދުބާއީ ކުންފުންޏާ. ބަޔަކަށް ކޮރަޕްޝަން ހިންގޭނީ މިހާވަރަށް. ނަންވާނީ އެމްއެމްޕީއާރުސީ
އަލްމާ
11 May 2020
ރަނގަޅު.
ކަލީމް
11 May 2020
ރަނގަޅު. ދެން ބުނެދީބަލަ އެސްޓީއޯއިން އެންމެ ބޮޑު އަގެއް ހުށަހަޅާފައި އޮތްވާ އެސްޓީއޯއިން އޮތީ އެންމެ ކުޑަ އަގު ހުށަަހަޅާފައޭ ހަމަ ނުދިނޭ ކިޔާ އެމްޑީޕީއިން މި ހިންގި ޕްރޮޕެގެންޑާ؟ ނަޝީދު އަޑީގައި ހުރެގެން މިފަދަ ދޮގާއި ފިތުނައާއި ފަސާދަ އުފައްދަނީ ކޮން މޮޅެއް ހޯދަން؟ އެސްޓީއޯގައި އުޅޭ އަމްރުގެ އަންހެނުންނަކީ އެމްޑީޕީ ކެމްޕޭނު މެނޭޖަރު ވީމަތޯ؟ ސާބަހޭ.
ޑްރެކިއުލާ
11 May 2020
އަބަދު ކުޅޭ ގޭމް. ބޭހުގެ ވިޔަފާރިއަކީ މިރާއްޖޭގަވެސް އެންމެ ބޮޑު ވަގު ވިޔަފާރި.