ޔާމީން ޖަލުގައި ހުންނެވުމަކީ އިންސާފެއް ނޫން ކަމަށް ނަޝީދު ވިދާޅުވި މައްސަލަ ޖޭއެސްސީގައި އަށް

ޔާމީން އެކަނި ޖަލުގައި ހުންނެވުމަކީ އިންސާފެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވުމަކީ ޝަރުއީ ދާއިރާ އާއި ތަހުގީގީ އިދާރާތަކާ މެދު އިތުބާރު ގެއްލޭނެ ކަމަކަށް ވެދާނެ ކަމަށް ސިޓީގައިވޭ. ސަބަބަކީ ފަނޑިޔާރުންގެ މައްސަލަ ބަލާ ޖޭއެސްސީގެ މެމްބަރަކަށް ނަޝީދު ހުންނެވުން.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލުގައި ހުންނެވުމަކީ އިންސާފެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުޑީޝަލް ސާވިސް ކޮމިޝަން ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވި ބަލައި ދިނުމަށް އެދި އެ ކޮމިޝަނަށް ހުށަހަޅައިފި އެވެ.


ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީންގެ މައްސަލައިގައި ނަޝީދު ދާދި ފަހުން ލިޔުއްވި ނޯޓެއްގައި ވަނީ އެމްއެެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ޔާމީން އެކަނި ޖަލުގައި ހުންނެވުން އިންސާފެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ޖޭއެސްސީގެ މެމްބަރު ކަން ވެސް ކުރައްވާ ނަޝީދު އެގޮތަށް ވިދާޅުވެފައިވާތީ އަމިއްލަ މީހަކު އެ ކޮމިޝަނަށް ފޮނުވި ސިޓީގައި ވަނީ ނަޝީދު އެ ގޮތަށް ވިދާޅުވުމަކީ ޝަރުއީ ދާއިރާ އާއި ތަހުގީގީ އިދާރާތަކާ މެދު އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށެވެ. އެފަދަ ކަމެއް ކަމެއް ޖޭއެސްސީގެ މެމްބަރަކު ކުރެއްވުމަކީ އެ ކޮމިޝަންގެ މެމްބަރުންގެ ސުލޫކީ މިންގަނޑާ ޚިލާފް ކަމަކަށް ވާތީ ނަޝީދާ މެދު ފިޔަވަޅު އަޅަން މަޖިލީހުގެ ކަމާބެހޭ ކޮމިޓީ އަށާއި ކަމާބެހޭ އިދާރާތަކަށް ފޮނުވައިދޭން އެދޭ ކަމަށް ވެސް ޖޭއެސްސީގެ ރައީސް ހިސާން ހުސައިނަށް އެޑްރެސްކޮށް، ފޮނުވާފަައިވާ އެ ސިޓީގައިވެ އެވެ.

ޖޭއެސްސީގެ މެމްބަރު ކަން ވެސް ކުރައްވާ ނަޝީދު އެގޮތަށް ވިދާޅުވެފައިވާތީ އަމިއްލަ މީހަކު އެ ކޮމިޝަނަށް ފޮނުވި ސިޓީގައި ވަނީ ނަޝީދު އެ ގޮތަށް ވިދާޅުވުމަކީ ޝަރުއީ ދާއިރާ އާއި ތަހުގީގީ އިދާރާތަކާ މެދު އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށެވެ.

ނަޝީދުގެ މައްސަލަ ބަލައިދޭން ޖޭއެސްސީ އަށް ހުށަހެޅިއިރު، އެ މަނިކުފާނަކީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެ ކޮމިޝަންގެ މެމްބަރެކެވެ. އެހެންވެ ނަޝީދު، ޖޭއެސްސީގެ މެމްބަރު ކަމުން މަގާމުން ވަކިވާނީ މަޖިލީހުގެ ރައީސްގެ މަގާމުން އެ މަނިކުފާނު ވަކިކޮށްފި ނަމަ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތަކުގެ ތަހުގީގު ގޮސްފައިވާ ގޮތުގެ މައުލޫމާތު ސާފުކުރަން އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރަކު ދާދި ފަހުން ވަނީ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. އެހެންވެ، މަޖިލީހުގެ ދެ ކޮމިޓީއަކުން މިހާރު ދަނީ އެ މައްސަލަ ބަލަމުންނެވެ.