ޚަބަރު / ގުޅިފަޅު

ގުޅިފަޅު ހިއްކުން ހުއްޓުވަން ޖެހޭ ވަރެއް ނޫން: އީޕީއޭ

ގުޅިފަޅު ހިއްކަމުން އަންނައިރު އެ މަޝްރޫއު ހުއްޓުވާވަރުގެ ގެއްލުމެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

ގުޅިފަޅުން ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް، ނެދަލެންޑްސްގެ ބޮސްކާލިސް އިން ކުރަމުން އަންނައިރު އޭގެ ސަބަބުން އެ ސަރަހައްދުގެ ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާ ކަމަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ މީހުން އަންނަނީ ބުނަމުންނެވެ. އަދި އެ ޕްރޮޖެކްޓް ވަގުތުން ހުއްޓުވަން ވެސް ދަނީ ގޮވާލަމުންނެވެ.

ގުޅިފަޅު ހިއްކުމުގެ ޕްރޮޖެކްޓްގެ ތެރެއިން މިހާރު ކުރިއަށް ދާ މަސައްކަތަކީ ހިއްކާ ސަރަހައްދުގެ ވަށައިގެން ފަސް އެޅުމެވެ. އޭގެ ބޭނުމަކީ ހިއްކަން ފެށުމުން ކިސަޑު ބޭރުވިޔަ ނުދިނުމެވެ. ނަމަވެސް ހިއްކާ ސަރަހައްދު ވަށައިގެން ބަންޑަ ވޯލް ޖަހަން ފެށުމާ އެކު އޭގެ ސަބަބުން ކިސަޑު ފެތުރި ފަރުތަކަށް ގެއްލުންވުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

Hikkumuge sababun gulheefalhaai kanduge dhirunthakah bodethi gehlunthakeh libeyne: Save Maldives

Hikkumuge sababun gulheefalhaai kanduge dhirunthakah bodethi gehlunthakeh libeyne: Save Maldives

The most trusted news source in the Maldives

Mihaaru

ގުޅިފަޅު ހިއްކުން ވަގުތުން ހުއްޓުވުމަށް ސޭވް މޯލްޑިވްސްއިން ގޮވާލުން

އެކަމާ ގުޅިގެން މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން އޮންލައިންކޮށް މިއަދު އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި އީޕީއޭގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ނައީމް ވިދާޅުވީ އެ ޕްރޮޖެކްޓް ފެށިއިރު ތިމާވެއްޓަށް ގެއްލުން ކުޑަވާނެ ގޮތަށް ރަނގަޅަށް ފިޔަވަޅުތައް އަޅާފައި ނުވާ ކަމަށެވެ. ނަމަވެސް މިހާރު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި އޭގެ ސަބަބުން ކިސަޑު ފެތުރޭވަރު ދަށް ވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނައީމް ވިދާޅުވި ގޮތުގައި މިހާތަނަށް ބެލި ބެލުމުން އެ ޕްރޮޖެކްޓް ހުއްޓުވަން ޖެހޭ ހާލަތަށް ކަންކަން ގޮސްފައެއް ނުވެ އެވެ.

އޭނާ ވިދާޅުވީ ހިއްކާ ސަރަހައްދު ވަށައިގެން ޖަހާ ބަންޑަ ވޯލްއިން ކިސަޑު ބޭރުނުވާ ގޮތް ހަދަން ވެލި ބަސްތާތައް ޖަހާފައި ހުރީ ތަންކޮޅެއް ތިރިކޮށް ކަމަށެވެ. އޭގެ ސަބަބުން ބޮޑު ދިޔައިގައި ވެލި ބަސްތާތަކުގެ މަތިން ކިސަޑު ބޭރުވާ ކަމަށާއި އެހެންވެ އެކަންކަން ރަނގަޅުކުރަން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަށް ޖަވާބު ދެއްވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އެ ވެލި ބަސްތާތައް އުސްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އެފަދަ މައްސަލައެއް ފާހަގަވާއިރަށް އެކަން ހައްލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކިސަޑު ބޭރުވިޔަ ނުދިނުމަށް އެ ސަރަހައްދުގައި "ސިލްޓް ސްކްރީން" ޖެހި ނަމަވެސް އެއިން ރަނގަޅު އަސަރެއް ނުކުރާނެ ކަމަށެވެ. ސިލްޓް ސްކްރީން އާންމުކޮށް ޖަހަނީ ތަންކޮޅެއް އޮއިވަރު ދަށް ހިސާބުތަކުގައި ކަމަށާއި މިހާތަނަށް ރާއްޖޭގައި ގިނައިން އެ މައްސަލަ ހައްލުކޮށްފައި ވަނީ ބަންޑަ ވޯލް ޖަހައިގެން ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

Thimaavettah gellun viyas Gulhifalhu hikkan jehey: Aslam

Thimaavettah gellun viyas Gulhifalhu hikkan jehey: Aslam

The most trusted news source in the Maldives

ތިމާވެއްޓަށް އަސަރު ކުރިޔަސް ގުޅިފަޅު ހިއްކަން ޖެހޭ: ޕްލޭނިން މިނިސްޓަރު

ނައީމް ވިދާޅުވި ގޮތުގައި ކިސަޑުގެ އަސަރު ކުރުމުގެ ސަބަބުން ގުޅިފަޅުގެ ފަރުގެ ގިނަ މުރަކަތަކަކަށް އަސަރުކޮށް، މުރަކަތަކެއް ވަނީ މަރުވެފަ އެވެ. ނަމަވެސް ވިލިމާލޭ ފަރަށް އަދި މާ ބޮޑު ގެއްލުންތަކެއް ކިސަޑުގެ ސަބަބުން ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކޮމެޓީގެ މުގައްރިރު އަދި ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ވިލިމާލޭގައި ހަރަކާތްތެރިވާ "ސޭވް ދަ ބީޗް" އިން ފޮޓޯ އާއި ވީޑިއޯ އެ ކޮމެޓީއާ އިއްޔެ ހިއްސާ ކޮށްފައިވާ ކަމަށެވެ. އޭގެން ފެންނަ ގޮތުގައި ވިލިމާލޭގެ އުތުރު ފަރާތުގެ ފަރުގެ ހާލަތު ރަނގަޅަސް ހިއްކަމުން އަންނަ ފަރާތް ކަމަށްވާ ވިލިމާލޭގެ ދެކުނު ފަރާތުގެ ފަރުގައި ކިސަޑު ކޮންމެވެސް ވަރަކަށް އެބަ ހުއްޓެވެ. އަދި ހިއްކާ ސަރަހައްދުން ކިސަޑު ބޭރުވިޔަ ނުދިނުމަށް ޖަހާފައިވާ ބަންޑަ ވޯލްއިން ކިސަޑު ބޭރުވާތަން ވެސް ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮރަލް ބްލީޗިން ނުވަތަ ގާ ހުދުވުމުގެ މައްސަލަ ކޮންމެވެސް ވަރަކަށް ވިލިނގިލި ފަރަށް ކުރިމަތިވެފައިވާ ތަން ފެނޭ. ކޮރަލް ބްލީޗިންއަކީ ސީދާ މި މަޝްރޫއާ ގުޅިގެން ދިމާވާ ކަމެއް ނޫން. އެއީ އަޅުގަނޑުމެން އެންމެނަށް ވެސް އެނގޭ ކަނޑުގެ ލޮނުގަނޑު ހޫނުވުމާ ގުޅިގެން ރާއްޖޭގެ އެތަން މިތަނުން ރިޕޯޓް ކޮށްފައިވާ ކަމެއް. މިކަން އަޅުގަނޑު މި ފާހަގަކޮށްލަނީ ކޮރަލް ބްލީޗިންގެ ހާދިސާއަކާއި ސެޑިމެންޓޭޝަނާ ދިމާވެއްޖެ ނަމަ އޭގައި މި ނުކުންނަނީ ވަރަށް ނޭދެވޭ ނަތީޖާއެއް ކަމަށް ވާތީ. އެ މައްސަލަ ވެސް ވިލިނގިލީ ފަރުން ފެންނަމުންދާ ދުވަސްވަރެއްގައި ސެޑިމެންޓޭޝަން ވެސް މިފެންނަނީ،" ސަލީމް ވިދާޅުވި އެވެ.

ތިމާވެށީގެ ދާއިރާ އިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ މެމްބަރު ވިދާޅުވީ ވިލިމާލެ ފަރުގެ މުރަކައިގެ ދިރުން ހުރީ މީހުން ދިރިއުޅޭ އެހެން ރަށްތަކުގެ ފަރުތަކުގައި ވެސް ދިރުން ހުންނަ ވަރަށެވެ. އެއީ ދިރޭ މުރައިގެ ޕަސެންޓް 25 ޕަސެންޓާއި 26 ޕަސެންޓާ ދޭތެރޭގައި ހުރުމެވެ.

ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަ ރެވޭނީ ކިހިނެއް އަމަލު ކޮށްގެންތޯ މެމްބަރަކު ސުވާލު ކުރުމުން ނައީމް ވިދާޅުވީ ރާއްޖޭގައި ތަރައްގީގެ މަޝްރޫތައް ކުރިއަށް ގެންދާއިރު ހިއްކުމުގެ ހުއްދަ ދޭނީ ކޮންކޮން ސަރަހައްދަކުން ކަން ކުރިއާލައި ކަނޑައަޅަން ޖެހޭ ކަމަށެވެ. އޭރުން މިހާރު ދިމާވާ މައްސަލަތައް ކުރިމަތި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު މިވާ ގޮތަކީ އެކަހަ ޕްލޭނެއް ނެތި ކޮންމެ ބަޔަކު ވެސް އައިސް ހަމަ އެ ބަޔަކަށް ފެންނަ ތަންތަން ހިއްކައި މިކަހަލަ ކަންކަން ކުރަމުން މިދަނީ. މިހެންވީމަ އަޅުގަނޑުމެން ވެސް މިޖެހެނީ ބައެއް މަސައްކަތްތައް ހުއްޓާލަން. މިކަހަލަ ކަންކަން ރަނގަޅު ކުރެވޭނެ ދުރާލާ ވިސްނައިގެން މާސްޓާ ޕްލޭނެއް މުޅި ގައުމަށް ނެޝަނަލް ޑިވްލޮޕްމެންޓް ޕްލޭނެއް ހަދައިގެން ކުރިއަށް ދިޔައީމަ،" އޭނާ ވިދާޅުވި އެވެ.

7 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 11%
icon angry icon angry 78%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ށައްލެ

07 June 2020

ނައީމުވެސް ބިރުން އަމާން ދިނީ ދޯ!

The name is already taken The name is available. Register?

ާާއަލިބެ

06 June 2020

އެއްކަލަ އެޗްޕީއޭ އަށް ވެސް މިފަހަރު ތިމާވެއްޓެއް ނެތް. މާތްކަލާކޯ ދެބޯގެރި އެޗްޕީއެއްނު މީ

The name is already taken The name is available. Register?

މަރޭމިރުތާ

06 June 2020

ބުރިޖް އެޅުން ހުއްޓުވަން އުޅުނީ ރާޅާ އަޅާ ކުދިންނަށް އެކަން ނުކުރެވޭތީއޭ ކިޔާފަ! ވަށައިގެން އޮތް ޑައިވް ސައިޓްތައް ހަލާކުވިޔަސް މާބޮޑު މައްސަލައެއްނޫން ވިއްޔަ! ތިމާމެންގެ ވެރިކަމުގަ ނުކުރާނެ ހަމަ ގޯސް އެންމެ ކަމެއްވެސް. އެކަމަކު ކިޔާ ޖަޒީރާ ވެރިކަމުގަ ބިންހިއްކުމާ ކޮންކްރީޓް ތަރައްޤީއެއް ނޫނޭ ގެންނާނީވެސް!

The name is already taken The name is available. Register?

ރައްޔިތު ސޮރު

06 June 2020

ފަހުގެ ގޮތަކީ ކޮންމެ ޤައުމެއްގަވެސް "އެންވެއިރުމެންޓް ޕްރޮޓެކްޝަން އެޖެންސީ" އެއް ހަދާ އެތަނުން ހުއްދަ ހޯދައިގެން ތިމާވެށި ހަލާކުކުރުން!

The name is already taken The name is available. Register?

ރަދީފު ބުން ކުމާރު

06 June 2020

ތިމާވެށި ހަލާކުކޮށްގެންނުވާނެ!

The name is already taken The name is available. Register?

ޝޮކްތެރަޕީ

06 June 2020

ކަލޭމެން އަމިލްލަޔަ ކޫޅޭ ޑުރާމާގަޑެއް މީ. ކާކުތަ އެޅެނީ ތިކަން ހުއްޓުވަން؟

The name is already taken The name is available. Register?

އުދުހޭ

06 June 2020

ބޭރު ކުންފުންޏަކުން ބޯޓެއް ފަރަށް އަރައިފިއްޔާ ޖޫރިމަނާކުރުން ފިޔަވާ ދެން ހުންނަ ކަންކަން އެއީ މާ ބޮޑެތި ކަންކަމެއްނޫން ދެއްތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454