ރިލީފް ޕްރޮގްރާމްތަކާ ބެހޭ ގޮތުން މަޖިލީހުން އެކުލަވައިލި ރިޕޯޓް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
08 ޖޫން 2020 - 15:03
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކަށް ކުރި ނުރަނގަޅު އަސަރުތަކުން އަރައިގަތުމަށް އެހީވާން ސަރުކާރުން ހިންގާ ރިލީފް ޕްރޮގްރާމްތަކާ މެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ބަޔާންކުރާ ރިޕޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ރިޕޯޓު ރައީސަށް އެރުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
މި ރިޕޯޓުގައި ހިމެނޭނީ ރިލީފް ޕްރޮގްރާމްތަކާ ބެހޭ ގޮތުން މަޖިލީހުން ދެކޭ ގޮތް ކަނޑަައަޅަން ހުށަހެޅި މައްސަލަ، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުން ދިރާސާކޮށް، އެއްކުރި މައުލޫމާތާއި ކޮމިޓީތަކުން ހުށަހަޅާފައިވާ ހުށަހެޅުންތަކެވެ.
ރިލީފް ޕްރޮގްރާމްތަކާ ބެހޭ ގޮތުން މަޖިލީހުން އެކުލަވައިލި ރިޕޯޓް މަޖިލީހުގެ ރައީސް ނަޝީދު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު އަރުވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
ސަރުކާރުގެ ރިލީފް ޕްރޮގްރާމްތަކާ ބެހެ ގޮތުން މަޖިލީހުން ދެކޭ ގޮތް ކަނޑައަޅަން ހުށަހެޅުއްވީ މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮންނަ އަދި ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމެވެ. އެ މައްސަަލަ މަޖިލީހުގެ ކޮމިޓީތަކުން ދިރާސާކޮށް އެކުލަވައިލި ރިޕޯޓުތައް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަަށް މީގެ ކުރިން ވަނީ ފޮނުވައިފަ އެވެ.
މަޖިލީހުގެ އިދާރާ އިން މިއަދު ބުނީ، ރައީސަށް އެ ރިޕޯޓު އެރުވުމުގެ ބޭނުމަކީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ ހާލަތުން އަަރައިގަތުމަށް ސަރުކާރުން ކުރަން ގަސްދުުކުރާ މަސައްކަތްތަކާ ބެހޭ ގޮތުން މަޖިލީހަށް ފެންނަ ލަފައެއް ދިނުން ކަމަށެވެ. ރާއްޖެ އަށް މިހާރު ކުރިމަަތިވެފައިވާ މާލީ، އިގުތިސާދީ އަދި އިޖުތިމާއީ ދަތިކަމުގެ ތަފްސީލާއި ދައުލަތުގެ އާމްދަނީ ހުރިި ވަރުގެ ތަފްސީލު އެ ރިޕޯޓްގައި ހިމެނޭނެ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެއްވަދޫ
09 June 2020
މަޖިލީހުގައި އުޅުއްވަނީ ހާދަ މޮޅު ޑޮކްޓަރުންނޭ ، އަސާސީ ތަޢުލީމުން ޝަރުތު ހަމަވެގެން މަޖިލިސް ގޮނޑި އަށް ވަޑައިނެންނެވި ބޭފުޅުން ރާއްޖޭ ގެ އެޗްޕީއޭ ގެ ބޭފުޅުންނަށް ވުރެ މޮޅުވީ ކިހިނެއްތޯ ؟ މޮޅެތި ޤާނޫނީ ބޭފުޅުންވެސް އެބަތިއްެވި އެވެ. އެކަމަކު ގިނައީ ރޯނު އެދުރުންނެވެ. ގާނޫނީ ބޭފުޅުން ހެލްތާއި ބެހޭ ގޮތުން ލަފާދެއްވުމަކީ ނުރައްކާތެރި ކަމެކެވެ. އޭރުން ވާނީ ޔާމީނު އާއި އައްނި ޕޯޑިއަމަކށް އަރުއްވާފައި ދައްކަވާފައިވާ ވާހަކަތަކުގައިވާ ވާކަލަ...........
ރަދުން999
08 June 2020
ތިޔަ ރިޕޯޓުގައި ކޮވިޑް ގެ ބަލީގައި މަރުވި މީހުންނަށްވުރެ ގިނައިން އިހްމާލުން މަރުވި މީހުންގެ އަދަދު އެގެން އޮތްބާ. އަދި ހާލަތައް ބަލައިރު މަރުނުވެ ސަލާމަތް ކުރެވިދާނެ މީހުން މަރުވެގެން ދިޔަކަން ފާހަގަކޮށްފައިވޭތޯ؟
މަރޭމިރުތާ
08 June 2020
ސުރުހީ ރަގަޅުކޮށްލާ، ހެޔޮ ގޮތަކީ، ސަރުކާރު ހިންގަންވީގޮތް ރައީސް ނަޝީދު އިބޫ ސޯލިހަށް އަރުވައިފި މިގަދައިން އޮތުމެވެ! އ ހ
ޝޮކްތެރަޕީ
08 June 2020
މީ ޤައުމުދެކެ ލޯބިނުވާ ބައެެއް. ރާއްޖެ ފުޑާލަން މަސައްކައް ކުރިމީހުން ވެރިކަމަށް މިއެރީ.
މިލިޓަރީ
08 June 2020
އަދާލަތު ޕާޓީ ހައްދައިގެން ސަރުކާރުގެ ބޮޑު ޕަސަންޓެއް އަދާލަތްޕާޓީޔަށް ދޭނެމޭ ބުނެގެން އެމީހުން ނަޝީދަކީ އިބޫއެއްނޫނޭ ކިޔައިގެން ރައްއިތުން ހެއްދީ. އާހިރުގެ ނަތީޖާ އަޅުވެތި ކަމަކާދިމާލައް މިސްރާބު ޖަހާފަ މިވަނީ. އަދާލަތް ޕާޓީޔައް ލިބުނީ ބޮޅެއް
ރަދުން999
08 June 2020
ރައީސް އިބޫއާއި ނަޝީދު މޫނު ބުރުގާ އަޅުއްވައިގެންތޯ؟ ވަރަށް ޖޯކު މި
ޑރ. ރާމީ ހަސަން ނިއުޔޯކް/އެމެރިކާ
08 June 2020
އަޅުގަނޑު އެންމެ ފަހުން ލިޔުނު ކޮމެންޓް އަކީ މި މަޒުމޫނާއި ގުޅުން ހުރި ކޮމެންޓް އެއް ނޫން. އެ ކޮމެންޓް ފޮނުވުނީ އޮޅުމަކުން. ވީމާ މަޢާފު ކުރެއްވުން އެދެން. އަދި އެ ކޮމެންޓް، "ޝިޔާމް އަށް އަނިޔާވި މައްސަލައިގައި ނަޝީދު އަށް ދައުވާ ކުރުމަށް އިދިކޮޅުން އެދެފި" މި މަޒްމޫނު ގެ ކޮމެންޓް ޝެކްޝަން ގައި ހިމަނާ ދެއްވައިފި ނަމަ ޝުކުރުވެރި ވާނަމެވެ. ޝޫކުރިއްޔާ !
ޑރ. ރާމީ ހަސަން ނިއުޔޯކް/އެމެރިކާ
08 June 2020
މައްސޫލިއްޔަތު ކަން ހުރި އޮޕޮސިޝަން ޕާރޓީ އަކަށް ވެވޭނީ ސަބް-ސްޓޭންޑަރޑް ކަންކަން ނުކުރާ ބައެއް ކަމުގައި ވެވިގެން. މަޖްލިހު ގެ ރައީސް، ނަން އިއްވެވީމާ ބޭރަށް ނުކުތުމަކީ އަދަބު އަހްލާޤާއި މެމްބަރެއްގެ ސުލޫކީ އަހްލާޤް ގެ އިމުގެތެެރޭގައި ވެސް ހިމެނޭކަމެއް. ޔާމިނު ދޫކޮށްލަން އިދިކޮޅު ބޭފުޅުން ބޭނުންފުޅުވާ ނަމަ މިފަދަ ގޮތަކަށް މަސައްކަތް ކުރެއްުވުމުން ލިބޭނީ ފައިދާ އަށް ވުރެ ބޮޑަށް ގެއްލުން. ސަބް-ސްޓޭންޑަރޑް ކަންތައް ކުރުން ހުއްޓަން އެބަޖެހޭ!
ގިރި
09 June 2020
އަމުރު ކުރަން އެދޭނަމަ ކިޔަމަން ވާށެވެ!އިހްތިރާމް ހޯއްދަވަން އިހްތިރާމް ކުރައްވާށެވެ! އިއްޔެ އަހަރެން ރާއްޖޭ ގެ ސަލާމަތީބާރުތަކަށް ގޮންޖަހާފައި މާދަން މަޖިލީސް ރައީސްކަމަށް އައިސް ޝިޔާމު ބޭރުކުރަން ބުނީމަ އޭނަ ނިކުންނާނެބާ ؟ ވަރަށް ވާހަކަ
އުމަރުބެ
08 June 2020
ތިޔަ ރިޕޯޓް ރައީސް އޮފީހުގެ ކޮންމެވެސް ކޯނާއެއްގައި އޮވެ ހިރަފުން އަރައި ދެން ފެންނާނީ ގޮނޑައް އެއްލާލާތަން، މަޖިލިހުން ސަރުކާރަށް ނުފޮނުވާނެ ރިޕޯޓެއް، މަޖިލިހުން ސަރުކާރަށް ފޮނުވާނީ ޤާނޫނު، އެއިރުން އެއިން ރައްޔިތުންނަށް ފައިދާއެއް ކުރާނީ، އަދި ޤައުމުގެ ތަރައްޤީއަށް ފައިދާ ކުރާނީ
ބިލް ކުލިންޓަން
08 June 2020
އެލެކްސް އަހަންމަދުބޭ ބޭނުންވާ ފޮޓޯ އޭނާ ހޯދައިފިއެވެ.