ޚަބަރު / ރައްޔިތުންގެ މަޖިލިސް

އިދިކޮޅު މެމްބަރުން ޖަލްސާގައި ނެތްކަން ފާހަގައެއް ނުވޭ: ނަޝީދު

އިދިކޮޅު ޕާޓީތަކުގެ މަޖިލިސް މެމްބަރުން މަޖިލީހަށް ވަޑައިނުގަތަސް އެކަން ފާހަގަ ނުވަނީ އެއީ ކުރިން ވެސް އެހާ ގިނައިން މަޖިލީހަށް ވަޑައިގަންނަވާ މެމްބަރުންނަށް ނުވާތީ ކަމަށް ވެދާނެ ކަމަށް، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިހާރު ތިބި ކައުންސިލަރުންގެ މަގާމުގެ މުއްދަތު ދަންމަން ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ މެންދަމު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްގެ ނަން ރިޔާސަތުން މަޖިލީހުގެ ރައީސް ނަޝީދު އިއްވެވުމުން ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުމަށް ނަޝީދުގެ އެންގެވުމަކަށް އެމްޑީޕީގެ ބައެއް މެމްބަރުން އުޅުއްވުމުގެ ތެރޭގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޕީޕީއެމާއި ޕީއެންސީގެ މެމްބަރުން ވަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރައްވައިފަ އެވެ. ޝިޔާމަށް އަނިޔާވީ ނަޝީދު އެންގެވި ގޮތަށް އެމްޑީޕީގެ މެމްބަރުން އަމަލު ކުރެއްވުމުން ކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެ.

ޖަލްސާތައް ބޮއިކޮޓް ކުރަން އިދިކޮޅުން ނިންމީ އެ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ސުވާލު އުފެދޭތީ އެވެ. ޝިޔާމަށް އެމްޑީޕީގެ މެމްބަރުން އަނިޔާކުރި ކަމަށް އިދިކޮޅުން ތުހުމަތު ކުރާއިރު، އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. އެކަމަކު، އެ މައްސަލަ ފުލުހުން ބަލާތީ އެކަމާ ދެކޮޅަށް ވެސް އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ވަނީ ނުކުންނަވައިފަ އެވެ.

Hamanujehunthakaa gulhigen Idhikolhun maadhamaa ge jalsaa boycott koffi

Hamanujehunthakaa gulhigen Idhikolhun maadhamaa ge jalsaa boycott koffi

The most trusted news source in the Maldives

Mihaaru

އިދިކޮޅު މެމްބަރުން މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކުރުން

މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތް އެއް ކަމަކީ ވ. ފުލިދޫ ގިރަމުންދާ ދާތީ އެކަމުގައި ކުރެވެން ހުރި ކަންކަން ކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައި ފެލިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ފަޒުލް ރަޝީދު ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރެއްވުމެވެ.

އެހެންވެ، މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ގޮތުން ނަޝީދު ވިދާޅުވީ، ފަޒުލްއާ އެކު، ދެތިން މެމްބަރަކު މަޖިލީހަށް ވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް އެއީ އާންމުކޮށް ވެސް އެހެން އުޅުއްވާ މެމްބަރުންނަށް ވާތީ އެކަން ފާހަގަ ނުވަނީ ކަމަށް ވެދާނެ ކަމަށެވެ.

މަޖިލީހަށް ގަރާރު ހުށަހަޅުއްވާ މެމްބަރަކު ވަޑައިނުގަންނަވާ ނަމަ ބައެއް ފަހަރު ސިޔާސީ ޕާޓީ ތަކުން އެހެން މެމްބަރަކު ގަރާރާ ހަވާލުވާ ކަމަށާއި ފަޒުލް ނެތް ތަނެއްގައި އެ ގަރާރާ ހަވާލުވާން ހުރީ އެ މަނިކުފާނު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެ އަށް ފަހު ވިދާޅުވީ، ފުލިދޫގެ ރައްޔިތުންނަށް ދެއްވަން ބޭނުންފުޅުވާ ޔަގީން ކަމަކީ އެ ރަށް ގިރާ މައްސަލައިގެ ހައްލު ހޯދައި ދެއްވަން މަސައްކަތް ކުރައްވާނެކަން ކަމަށެވެ. ފަޒުލް މަޖިލީހަށް ވަޑައިގަތުމުން އެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބަކުން އޭނާއާ އެކަން ހަވާލު ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ އިއްޒަތްތެރި މެމްބަރު [ފަޒުލް] ވަޑައިގެން މި މަސައްކަތުގައި އުޅުއްވުން. އަޅުގަނޑަށް ޔަގީން ރަށު ރައްޔިތުން ވެސް އެދޭނީ، ދާއިރާގެ ރައްޔިތުން ވެސް އެދޭނީ އިއްޒަތްތެރި މެމްބަރުން މިތަނަށް ވަޑައިގެން އެ އިއްޒަތްތެރި މެމްބަރުންގެ މަސައްކަތުގައި މިތަނުގައި އުޅުއްވުން. އެހެން ނަމަވެސް އެގޮތަކަށް ކަންތަކެއް ދިމައެއް ނުވި ކަންކަމެއް މިއަދަކު،" ނަޝީދު ވިދާޅުވި އެވެ.

ޝިޔާމް ކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ މެމްބަރުން އޭނާގެ ގަޔަށް އަތްލައި، މަޖިލީހުގެ ތަޅުމުން ނެރުމުގެ ތެރޭގައި އޭނާގެ މައިބަދައިގެ ތިރީ ބަދައެއް، ކޮންމެވެސް ވަރަކަށް އެތެރެއަށް ޖެހި، ބަދައިގައި ރެނދުލުމުގެ އިތުރުން މޭކަށިގަނޑަށް ވެސް އަނިޔާ ލިބިފައިވާ ކަން ޓެސްޓުތަކުން އެނގޭ ކަމަށެވެ. އެހެންވެ، ހިނގައިބިނގާވެ އުޅުމަށް މިހާރު ދަތިވާ ކަމަށާއި އެހެން ސިއްހީ މައްސަލަތަކެއް ދިމާވާތީ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހިދާނެ ކަމުގެ އިޝާރާތެއް ޑޮކްޓަރުންގެ ފަރާތުން ލިބިވަޑައިގެންފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

މަޖިލީހުގެ ޖަލްސާގައި ނަން އިއްވާ މެމްބަރުން ނުކުތުމަށް ދެކޮޅު ހަދާނަމަ މީގެ ކުރިން އެ މެމްބަރުން ތަޅުމުން ނެރެމުން އައީ މަޖިލީހުގެ ސެކިއުރިޓީ މެދުވެރިކޮށެވެ. ނަމަވެސް އެ ރޭ ޝިޔާމް މަޖިލީހުން ނެރުމަށް މަޖިލީހުގެ ރައީސް ނަޝީދު މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ މެމްބަރުންނަށް އެންގެވުމުން އެކަމަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުމުގައި އަމަލުކޮށްފައިވާ ގޮތަށް ސަރުކާރު ކޯލިޝަންގެ އެހެން ޕާޓީތަކުގެ މެމްބަރުންނާއި އަމިއްލަ ބައެއް މެމްބަރުންވެސް ވަނީ ފާޑު ވިދާޅުވެފަ އެވެ. މަޖިލީހުގެ ތަޅުމުގައި ވެސް އެފަދަ ގޮތަކަށް ހަމަނުޖެހުން ހިންގުމުން އެކަމުގައި ޖިނާއީ ތަހުގީގެއް ކުރަން ޖެހޭ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

މި ހަމަނުޖެހުން ބަލައި އިންސާފުވެރިކަމާ އެކު ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ދެއްވައިފަ އެވެ. މި މައްސަލައިގައި އެމްޑީޕީގެ ޗެއާޕާސަން އަދި މަޖިލީހުގެ މެމްބަރު ހަސަން ލަތީފްގެ ފާޑުވިދާޅުވުން އިމްރާނާއި އަދާލަތަށް އަމާޒުވެ، އެމްޑީޕީ އާއި އަދާލަތު ޕާޓީއާ ދެމެދު ވަނީ ނުތަވަނަސްކަން ވެރިވެފަ އެވެ.

29 ކޮމެންޓް, 72 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގުނބޯ

09 June 2020

ޑިމޮކްރަސީގެ ޗެމްޕިއަން ކަމަށް ދައުވާކުރާ ބޭފުޅަކު ބުނަން ވަރަށް ހުތުރުވާހަކައެއް. އަޅުގަނޑުގެ އެދެނީ މިވާހަކަ އަނބުރާ ގެންގޮސް މާފަށް އެދެން. ޑިމޮކްރަސީއެއްގެ ބުރު ފުރިހަމަ ވަނީ މެޖޯރިޓީ އަދި މައިނޯރިޓީ އެކުގައި ފެނުމުން. ރަނގަޅުކޮށްލާ ނޫނީ ޑިމޮކްރަސީގެ ރީތި މިސާލު ދައްކަން ވާޖިބު މަޖްލީހުގެ ގޮނޑި ދޫކޮށްލާ. ޗޮއިސް އީޒް ޔޯރސް.

The name is already taken The name is available. Register?

ޙަބީބު

09 June 2020

ތިޔަދުވަސް ނަޝީދައްވެސް ދައްކަވަން ﷲ ކުޅަދުންވަންތަ އެމްޑީޕީގެ މެންބަރަކައް ނަޝީދު އެކަނި ހޮވާފަ ދެންމުޅިން އެހެންޕާޓީގެ މެންބަރުން ހޮވާފަ ނަސީދުގެ ސޫރަ ބަލާލަފާނެ

The name is already taken The name is available. Register?

ކޮރަލް

09 June 2020

ހައްދު ފަހަނަ އެޅި އަމަލެއް ހިންގާ ގަދަކަމުން އިދިކޮޅު މެމްބަރު މަޖްލީހުން ބޭރު ކުރީ އެވެ. ކިޔޭ ނުކިޔޭ އެއްޗެއް ނޭނގެ އެވެ.

The name is already taken The name is available. Register?

ބޮއެކަނބުލޮ

09 June 2020

ސާބަހޭ ނަސީދު! ރައީސް ނަސީދަކީ އެކަނިވެރި މައިން ގެ ވިންދު

The name is already taken The name is available. Register?

ޝޮކްތެރަޕީ

09 June 2020

ނަޝީދު އުޅުނީ އިންޑިޔާ ލައްވާ ރައްޖެހިފަން. މިކަން ނުވީ ޗައިނާގެ އިންޒާރާއެކީ. މިކަހަލަ މީހުން މަޖުލީހައް ވެއްދުމަކީ ޤައުމައްދެވޭ އަނިޔައެއް.

The name is already taken The name is available. Register?

އާދަނު2

09 June 2020

ހާދަބޮޑަށް އެގެނީ.. އަބަދު އިންޑިޔާ ޗައިނާ.. ހެހެހެ

The name is already taken The name is available. Register?

ޖަމަލު

09 June 2020

ޝާހިދު އިނދެ އިންޑިއާގެ ޓީވީ ޗެނަލަކުން ލައިވްކޮށް އެވާހަކަ ދެއްކި

The name is already taken The name is available. Register?

ޒުލްފިގާރު އަލީ

09 June 2020

ހުދުމުހުތާރު ވެރިންނައް އަބަދުވެސް ހީވާނި ތިގޮތައް އިދިކޮޅުން ނިކުތަސް ހަޖަމެއްވެސްނުވާނެ ރައްޔެތުން މިވަނީ އަތުގައޮތްނަމަ އެއޮތްބާރެއް އެންޑީޕީ ސަރުކާރާހަވާލްކޮއްފަ އެކަމަކު ރައްޔެތުންނައް ވީމަންފާއެއްފައިދާއެއްވެސްނެތް ގައުމުމިދަނީ ނިކަމެތިވެ އަޅުވެތިވަމުން ވެރިކަން މިދަނީ ހުދުމުހްތާރު އަނިޔާވެރިކަަމާ ދިމާލައް އަދި ކަލޭމެންނައް ވިސްނޭނެ އެކަން ވަގުތު ވާނީ ފާއުތުވެފަ

The name is already taken The name is available. Register?

އިސްމާލު

09 June 2020

ޕެންޝަންފަންޑުހުރިނިކަމެތިންފައިސާ ދީ

The name is already taken The name is available. Register?

އަމާބުނީތީ ފަރަށް

09 June 2020

ކޮބާ ލަދުހަޔާތް. މަޖިލީހުގެ ރައީސަކު މިބަހުރުވަ ގެންގުޅުނު ހަދާނެއް ނުވޭ

The name is already taken The name is available. Register?

ޖަމަލު

09 June 2020

މަޖުލިސް ރައީސް ބުނަންވާ ބަސްތަކާ ނުބުނަންވާ ބަސްތަ ނޭނގަެތީ ވރަށް ދެރަ. މަސީހު މިހާރު ނުވެ އެއްޗެކަށް

The name is already taken The name is available. Register?

ކީކޭ ބުނާނީ

09 June 2020

އިދިކޮޅު ފެންނާނެ ދެން އަންނަ އިންތިހާބަކުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454