17 ޖޫން 2020 - 17:14
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އުމުރުން އެންމެ ދުވަސްވީ މީހާ ބަލިން ރަނގަޅުވެ ގެއަށް ފޮނުވާލައިފި އެވެ. އެއީ ކުރީގެ މަޝްހޫރު ކުރެހުންތެރިޔާ ސަރުދާރު ދޮންމަނިކު (ސަރުދާރު ދޮންބެ) އެވެ.
ރާއްޖޭގައި އުމުރުން އެންމެ ދުވަސްވީ މީހަކަށް މި ބަލި ޖެހިފައި ވަނީ 92 އަހަރުގެ ދެ މީހަކަށެވެ. ސަރުދާރު ދޮންމަނިކު ނުވަތަ ސަރުދާރު ދޮންބެ އަކީ އޭގެ ތެރެއިން އެކެކެވެ. ބަލިން މުޅިން ރަނގަޅުވުމާ އެކު އޭނާ މިއަދު ވަނީ ގެއަށް ބަދަލުކޮށްފަ އެވެ.
ސަރުދާރު ދޮންމަނިކު މި ބައްޔަށް ޕޮޒިޓިވްވީ މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން އޭނާއަށް ފަރުވާ ދީފައި ވަނީ ޓްރީޓޮޕް ހޮސްޕިޓަލުުގެ އައިސީޔޫގަ އެވެ.
ސަރުދާރު ދޮންމަނިކުގެ ދަރިފުޅު އަަހުމަދު ޝުއައިބް "މިހާރު" އަށް ބުނީ ކޮވިޑް-19 އަށް ބައްޕަ ޕޮޒިޓިވްކަން އެނގުނީ އެހެން ކަމެއްގައި ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރުންގެ ލަފާގެ މަތިން ޓެސްޓު ކުރި ހިސާބުން ކަމަށެވެ.
ގޭގައި އުޅޭ އެހެން ދެ މީހަކު ވެސް ޕޮޒިޓިވްވެފައިވާ ކަމަށް ޝުއައިބު ބުންޏެވެ. ނަމަވެސް އެ ދެ މީހުން އަދި ތިބީ އައިސޮލޭޝަންގައި ކަމަށާއި އެ މީހުން ބަލިން އަދި ރަނގަޅު ނުވާ ކަމަށް ވެސް ބުންޏެވެ.
"ބައްޕަގެ ހާލު ބޮޑެއް ނުވޭ. ގެންދިޔަތާ 19 ދުވަސް ފަހުން ރަނގަޅުވެގެން ދޫކޮށްލި އިރު ވަރަށް ރަނގަޅަށް ކަންތައް ކުރީ ހޮސްޕިޓަލުން ބައްޕައާ މެދު. ވަރަށް ހިތްހަމަޖެހޭ،" ޝުއައިބު ބުންޏެވެ.
ސަރުދާރު ދޮންމަނިކަކީ ރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ ކަރުދާސް ރުފިޔާގެ ޑިޒައިންތަކުގެ ކުރެހުންތެރިޔާ އެވެ. އުމުރުން 15 އަހަރުގައި 1940 ގައި ކުރެހުމުގެ ތެރެއަށް ވަން ސަރުދާރު ދޮންމަނިކަކީ ކުރެހުމުގެ އިތުރުން އަތްތެރި މަސައްކަތާއި ޑައިވް ވެސް ކުރާ މީހެކެވެ. އެގޮތުން ލަކުޑީގެ މަސައްކަތް، މުތްތޮށީގެ މަސައްކަތް، ކަހަނބު ފަތުގެ މަސައްކަތް އަދި ކުރެހުމުގެ ރޮނގުން ވެސް ރާއްޖޭގެ ގިނަ މައުރަޒުތަކުގައި ބައިވެރިވެ ވަނަތައް ހޯދާފައި ވެއެވެ.
ސަރުދާރު ދޮންބެގެ މަސައްކަތުގެ އަގުވަޒަންކޮށް ސަރުކާރުން ވަނީ އާންމު ހިދުނަތުގެ އިނާމް ވެސް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
19 June 2020
الحمد لله
އަހަންމާފުތާ
18 June 2020
ސަރުދާރު ދޮންބެއަށް އަވަސް ޝިފާއެއް ދެއްވިކަމަށްޓަކައި މާތްﷲއަށް ޝުކުރުވެރިވަން. ފަރުވާދިން ޓްރީޓޮޕް ހޮސްޕިޓަލުުގެ ސްޓާފުންނަށް މިތަނުގައި ކޮމެންޓްކުރާ އެކަކުވެސް ޝުކުރުވެރިވާކަށް ބޭނުމެއްނުވޭހެން ހީވަނީ. ޓްރީޓޮޕް ހޮސްޕިޓަލުުގެ އެންމެނަށް ޝުކުރިއްޔާ. އަދި ކުރައުން އެންޑް ޗަމްޕާ ގުރޫފަށްވެސް ޝުކުރުވެރިވަން. އާއިލާ މީހަކަށް ޓްރީޓޮޕް ހޮސްޕިޓަލުުގަ ފަރުވާދެވެމުން ދިޔައިރު ސްޓާފުންގެ އޯގާތެރިކަން އަޑުއިވިފައިހުރީ.
ރަންދެލި
18 June 2020
އަލްހަމްދްލިއްލާހި. ވެލްކަމް ބެކް، ބްރޯ...
ސީނުން
18 June 2020
الحمد لله
ދޮޅިދާން
17 June 2020
الحمد لله
ވާއު
17 June 2020
ދެން ކީއްކުރަންތަ މަޖްލިސް މެމްބަރުން ވައިރަސްއެއް ދެކެ ބިރުން މަޖްލިސް ހުއްޓާލަންވީ؟ މިފެންނަ މިސާލުތަކުން ވައިރަސް އަރާފާނެތީ ގަންނަ ބިރު ފިލާނެ. އެއުމުރުގެ އަދި ސިއްހީ ގޮތުން އެހާ ނާޒުކު މީހަކުވެސް ކޮވިޑްގެ ހަނގުރާމައިގަ އެ ގަދަވީ.
ޖުނައިދު
18 June 2020
ކަލޭތީ ސަރުދާރު ދޮންބެހާ ސިއަހަތު ރަގަޅު މީހެއްތަ؟
އަޅު-ގަނޑު
18 June 2020
މަޖިލިސް ހުރިހާ މެމްބަރުންވެސް އެހާ ސިއްހަތު ރަގަޅު ނުވެދާނެ، އިއްޒަތްތެރި މެމްބަރުން ނާ އެބޭޅުން ގެ އާއިލާ ބެލުމަކީ މިނަކަމެތި އަޅު-ގަނޑު މެން ރައްއިތުންނަށް ލާޒިމު ކަމެއް. އެހެން ކަމުން އެބޭޅުން ގޭގަ ބައިތިއްބުން ބުއްދިވެރި،
އަންޑާޕޫލްމާ
17 June 2020
الحمد لله. އަދި ދޮންބެއަށް މަރުހަބާ.
ހަސީނު
17 June 2020
ދިވެހި ސިއްޚީ ޕރޮފެޝަނަލުން ގެ މަސައްކަތްތަކަށް އައސަރިބަހާއި ސާބަސް.
marshmello
17 June 2020
ހުރިހާ ޝުކުރެއް ހުރީ ހެއްދެވިފަރާތަށް.
ސަރަފް
17 June 2020
އަދި ދިވެހި ސިއްޚީ ޚިދުމަތްތެރިންނަށް ވެސް ޝުކުރު ވެރި ވަމެވެ.
ގިނިހިލަ
18 June 2020
ޢެހެންވީމަ މަރުވި މީހުން ގެ ނަފްރަތު އޮތީ ކޮންބަޔަކަށް ނޫނީ ކާކަށް .
ފަރސިިމެ
17 June 2020
ދިވެހި ޑޮކްޓަރުންނާއި ނަރުހުންނަށް މަރުހަބާ. އަހަރެން ތިޔަބޭފުލޫންނަށްޓަކައި ފަޚުރުވެރިވަން.