ޚަބަރު / ޓްރާންސްޕޭރެންސީ މޯލްޑިވްސް

އާންމު ސިއްހަތުގެ ބިލުން، މައުލޫމާތު ހޯދުމަށް އަސަރުކުރޭ: ޓްރާސްޕޭރެންސީ

ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު (ވ) އަދި ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އެޑްވޮކަސީ އެންޑް ކޮމިއުނިކޭޝަން މެނޭޖަރު އައިމަން ސަލާމްކުރައްވަނީ.-- ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް/ މިހާރު

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލް، އެ ގޮތަށް ފާސްވެއްޖެ ނަމަ މައުލޫމާތު ހޯދައި ލިބިގަތުމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން މުހައްމަދު ދީދީ މަޖިލީހަށް ހުށަހެޅުއްވި "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލް 2020" އަދި އޮތީ މަޖިލީހުގެ ބަހުސްގެ މަރުހަލާގަ އެވެ. އެ ބިލް މަޖިލީހުން ފާސްކުރާނީ އާންމު އުސޫލުގެ މަތިން ކޮމިޓީ އަށް ގެންގޮސް އިސްލާހު ގެންނަންޖެހޭ ނަމަ އެކަން ކުރުމަށް ފަހު އެވެ.

އެ ބިލްގައި ހުރި ބައެއް މައްސަލަތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، ޓްރާސްޕޭރެންސީން ނެރުނު ބަޔާނެއްގައި ބުނީ، އެއީ ޖުމްލަ ގޮތެއްގައި ރަނގަޅު ބިލަކަށް ވިޔަސް އޭގެ 41 ވަނަ މާއްދާގައިވާ ގޮތުން، މައުލޫމާތު ލިބިގަތުމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

އެ މާއްދާގެ ހ. ގައި ވާ ގޮތުން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ހަމައިން، ގާނޫނުގައި ވަކި ގޮތެއް ކަނޑައަޅާފައި ނުވާ ނަަމަ، އެހެން ގާނޫނުތަކުން ވަކި މުއްދަތަކަށް ކުރަން ކަނޑައަޅާފައިވާ ކަންކަން މެދުކެނޑޭނެ އެވެ. ބިލްގެ ތިންވަނަ މާއްދާގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ 60 ދުވަސް ހަމަވަން ދެން ވެސް އެ ގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ.

ޓްރާންސްޕޭރެންސީން ބުނީ މި މާއްދާ އޮތް ގޮތުން، ދައުލަތުގެ މުއައްސަސާތަކުން ވަކި މުއްދަތެއްގެ ތެރޭގައި މައުލޫމާތުތައް ފޯރުކޮށްދޭން ޖެހޭ ޖެހުން ކުއްލި ނުރައްކަލުގެ ހާލަތަށް ފަހު ވެސް 60 ދުވަސް ވަންދެން މެދުކެނޑޭނެ ކަމަށެވެ. އެހެންވެ، އޭގެ ސަބަބުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް އަސަރުކުރާނެ ކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.

އެ މާއްދާގެ ހ. ގައި ވާ ގޮތުން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ހަމައިން، ގާނޫނުގައި ވަކި ގޮތެއް ކަނޑައަޅާފައި ނުވާ ނަަމަ، އެހެން ގާނޫނުތަކުން ވަކި މުއްދަތަކަށް ކުރަން ކަނޑައަޅާފައިވާ ކަންކަން މެދުކެނޑޭނެ އެވެ. ބިލްގެ ތިންވަނަ މާއްދާގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ 60 ދުވަސް ހަމަވަން ދެން ވެސް އެ ގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ.

ޓްރާންސްޕޭރެންސީން ބުނިގޮތުގައި، މިފަދަ ޚާއްސަ ހާލަތެއްގައި ދައުލަތުގެ މުވައްޒަފުން ގޭގައި ތިބެ މަސައްކަތް ކުރަން ޖެހުނަސް އާންމުނަށް ދޭންޖެހޭ މައުލޫމާތު ނުދެވޭ ވަރު ވެދާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. ވަކިން ޚާއްސަކޮށް ކޮވިޑް-19އާ ގުޅުން ހުރި މަސައްކަތްތައް ކުރާ އިދާރާތައް މިހާރު ވެސް ހުންނަން ވާނީ މައުލޫމާތުތައް ފޯރުކޮށްދެވޭ ވަރަށް ކަމަށް ދެކޭ ކަމަށް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ވެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުން، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މައުލޫމާތު ދިނުމަށް ދަތި ވެއްޖެ ނަމަ އިތުރު ދެ ހަފުތާގެ މުއްދަތު ދިނުމަށް އެދުމުގެ ފުރުސަތު ވެސް އޮވެ އެވެ. އެފަދަ ފުރުސަތު ވެސް ފަހިކޮށްދީފައި ވަނިކޮށް، ވަކި މުއްދަތެއްގައި ކުރުން ލާޒިމް ކަންކަން ފަސްކުރަން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލުގައި ހިމަނާފައި އޮތުން މުހިންމު ނޫން ކަމަށް ވެސް ޓްރާންސްޕޭރެންސީން ބުނެ އެވެ.

3 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަޝީދު.

19 June 2020

ވެރިކަން ލިބެންދެން މޮޅެތި ވާހަކަ ދައްކާނީ. ލިބުނީމާ ހަންދާން ނެތޭނެ. މީ 2008 އިން ފެށިގެން ހަމަ ވަމުން އަންނަގޮތް. ދެން އެމްް.ޑީ.ޕީ ރާއްޖޭގެ ވެރިކަމަށް އާދެވޭނެހެނެއް ހިޔެއް ނުވޭ. ވެރިކަމާ މަޖިލީހާ ހުރިހާއެއްޗެއް ދިނީމާ ވީކަމެއް ހަމަ ހަރާން.

The name is already taken The name is available. Register?

ޝޮކްތެރަޕީ

19 June 2020

ކަލޯ މި ޤައުމު ހަލާކޮއްލަން ފަހަރަކު ބައެއް އިސްލަހު ކުރުމުގެ ނަމުގަ ފުނޑާލަނީ. ދެންއަންނަ ރައިސް ސަކައްވެސް ޤައުމު ހިންގަން އުދަގޫވާނެ. މިކަމުން އަރާގަނެވޭނީ ވަރައް ޒަމާނުން މީ ދިވެހިން ވިސްނާ ނުލާ އެމްޑީޕީޔައް މަޖުލީސް ދިނީމަ ވާގޮތް.

The name is already taken The name is available. Register?

ހަގީގަތަކީ މިއޭ

18 June 2020

އެންމެންނަށްވެސް އެނގޭ ތިކަން ކުރަން އުޅެނީ ކޮންމެހެން ރައްޔިތުންނަށް ފާއިދާވާ ގޮތަކަށް ގާނޫނަށް ބަދަލު ގެންނާކަށް ނޫންކަން. ތިޔައީ ނަޝީދު ބޭނުންވާ ގޮތަށް ގާނޫނަށް ބަދަލު ގެނެސް، ސިއްހީ އެމަޖެންސީއެއްގައި ހެލްތު މިނިސްޓްރީ މަސައްކަތުގެ ތެރެއަށް ވަންނަން ގަންނަ ގަނޑު ހަމަ. ނަޝީދު މެޔަށް ތަދުވެގެން ހަލާކުވަނީ އޭނާގެ އެއްވެސް ދައުރެއް ނެތި މި ކޮވިޑް ކާރިސާގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުން ފެނި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454