23 ޖޫން 2020 - 14:15
ފުލުހުން ރ. އަތޮޅުގައި ހިންގި އޮޕަރޭޝަނެއްގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި މިއީ އެކި ރަށްރަށުގައި ހިންގާފައިވާ ހުޅުޖެހުމުގެ ހާދިސާތަކާއި ވައްކަމުގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ ބައެކެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލާގައި ފަސް ފިރިހެނަކު ހައްޔަރުކުރީ ކޯޓު އަމުރަކަށް ކަމަށެވެ.
ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ ކޮވިޑް-19 ފެތުރޭތީ އެއްރަށުން އަނެއް ރަށަށް ދިއުން މަނާކޮށްފައި އޮތް އިރު ވެސް ރަސްމީ އެއްވެސް އިދާރާއަކަށް އެންގުމެއް ނެތި ރ. އަތޮޅުގެ ފަޅު ރަށެއްގައި އުޅެމުން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓްތަކަށް އަރައި ރާވައިގެން ބޮޑެތި ވައްކަންތައް ކޮށް މުދަލަށް ގެއްލުންދޭ މައްސަލާގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި އަހަރު އެކި ރަށްރަށުގައި ހުޅުޖެހުމުގެ އަމަލުތަކެއް ހިންގާފައި ވާއިރު މިއީ ފުލުހުންގެ އުޅަނދުތަކަށް ގެއްލުންދީ ފުލުހުންގެ މަސައްކަތަށް ހުރަސްއެޅުމަށް ބަޔަކު ރާވައިގެން ކުރާ ކަމެއް ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. އަދި ރަށްރަށަށް އަރައި ސަރުކާރުގެ އެކި އޮފީސްތަކުގެ ތިޖޫރީ ވަގަށް ނެގުން ފަދަ އަމަލުތައް ވެސް ހިންގާފައިވެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް ފުލުހުންނާއި ސިފައިން މަޑުއްވަރީގައި ބޮޑު އޮޕަރޭޝަނެއް ހިންގައި ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ހައްޔަރުކޮށްފައިވެ އެވެ.
އެ އޮޕަރޭޝަންގެ ތެރެއިން ހަ މީހަކު ހައްޔަރުކޮށް އެ ހަމީހުންނަށް ވަނީ ދައުވާ ވެސް ކޮށްފަ އެވެ.
މަޑުއްވަރީން ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި ފުލުހުން މިފަހަރު ހިންގި އޮޕަރޭޝަންގައި ވެސް ބަލާފައި ވަނީ ހަރުކަށި ފިކުރުމުގެ މީހުން އުޅޭ ތަންތަން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޝީދޮ
25 June 2020
ތިޔައީ ބޭރު މީހުން ލާރި ދިނީމަ ނަޝީދު ކުރުވާ ކަންކަން. ހެއްކެއް އެޔެއް މިޔެއް ނުބަލާ ދައުވާތައްކޮށް ހަދަނީ
ޙުސޭނު22
25 June 2020
ދީނީ ހަރުކަށި މީހުން ހައްޔަރު ކުރަން ހޭވައްލާ ތައްޔާރު.... ލާދީނީ މީހުންނަށް ފިޔަވަޅު އަޅަން ފަހަތުފަޔަށްބުރަ
ސާދާސީދާ
24 June 2020
މަޑުއްވަރީ ސައޫދީއަށް ވިއްކާލާ!
އަބްދުއްالله
23 June 2020
މި މީހުން ބަލާ ގޮތުގަ އެހެން އެންމެން އެއީ ކާފަރުން. ކާފަރުތަކުންގެ ދައުލަތާއި މުދަލާއި އަނބިދަރީން އެއީ މުސްލިމްތަކުންގެ މިލްކިއްޔާތުގެ ތެރެއިން ހިމެނޭ ތަކެތި ވީމާ ކުރާކަމެއް މިއީ.
ބިލް ކުލިންޓަން
23 June 2020
މީ ކުޑަކުދިންނާ މެރީނުކުރެވިގެން އުޅޭ ބައިގަނޑުދޯ؟
ރާވެރިބޭބެ
23 June 2020
ކޮންކަހަލަ ދީނީ ހަރުކައްޓެއް ... ވައްކަމާއި މާރާމާރީ ހިންގާ މީހުންގެ މުދަލަށް ގެންލުންދީ ފޭރުނަސް އެއަށް ދީނީ ހަރުކަށި ފިކުރޭ މިކިޔަނީ ކޮންކަހަލަ ޖާހިލު އެޖެންޑާއެއް ފެރުރުމުގެ ބޭނުމެއްގަބާ...؟
މޯލްދިވިޔަން
23 June 2020
އެީ ހަ މަ ދީނި ހަރުކަށި ފިކުރުގެ މީހުން
ބޮޑުމީހާ
23 June 2020
ތި މީސްމީހުން ދީނީ ތާޖު އަޅަނީ ކިހިނެއްކަމެއް ނޭގެ. ފޭރުމާއި، ވައްކަންކުރުން، މުދަލަށް ގެއްލުންދިނުން އިސްލާމު ދީނުގައި ކަނޑައެޅިގެން ހަރާމް. ދީންވެރިބަޔެކޭ ބުނުމަށްވުރެ ލާދީނީ ޓެރަރިސްޓުންނޭ ކިޔަން މާ ރަގަޅު. އިސްލާމްދީނަކީ ސުލްހަވެރި، އަމާން، ދީނެއްކަން ނޭގެނީބާ! މިމީސްމީހުންނަށް ދީނުގެ ފުރިހަމަ މައުލަުމާތު ލިބުން މުހިންމު.
ވަހީދުއްދީން
23 June 2020
އިސްލާމްދީނުގައި ހަނގުރާމައިގެ ޙާލަތުގައި ދުޝްމިނު ޙަރުބީ ކާފަރުންގެ މުދަލާއި ރުއްދަނޑުގައި ވެސް ހުޅުޖެހުން މަނާ ކޮށްފައިވޭ. އަދި ލޫޓުވުމާއި ވައްކަން ކުރުން ވެސް މަނާ ކުރައްވާފައިވޭ. ދެން ކިހިނެތް ދީނުގެ ނަމުގައި އިސްލާމީ ޤައުމެއްގެ ތަންތަނުގައި ހުޅުޖަހައި ލޫޓުވައި ވައްކަން ކުރެވޭނީ. މިފަދަ މީހުންނަށް އިސްލާމްދީނުގެ ޢިލްމު އުނގަންނާދޭންވީ. އިސްލާމިކް މިނިސްޓްރީން އެބަ ޖެހޭ މިއަށްވުރެ ހަރަކާތްތެރިވާން.
ވަހީދުއްދީން
24 June 2020
އެނގޭ ޑިސްލައިކް ވެފައިވާ މީހުން ވެސް ޑިސްލައިކްވީ ދީނީކަމެއް ވީމަކަން. އެކަމަކު އިސްލާމްދީނުގެ ނަމުގައި މިފަދަ ކަންކަން އެބަ ކުރޭ ބަޔަކު. ރިސޯޓްތަކުގައި ހުރީ ޢަނީމާ މުދާކަމަށް ޤަބޫލު ކުރާ ބަޔަކު ވެސް އެބަތިބި.
ޢަލިފް
23 June 2020
ތިޔަ މަޑުއްވަރީ ސްކޫލްއިން ކިޔަވައިދެނީ ކޮން ކޮން އެއްޗެއްތޯ ބަލަންވެއްޖެ އެއްނު.. ރާއްޖޭއަށް ވެސް ލަދު
ޖަމަލު
23 June 2020
8 ފެބްރުއަރީ ގެ ކުދިން ވެސް ހޯދާލަދޭތި