23 ޖޫން 2020 - 12:32
ރ. މަޑުއްވަރީގައި ހަރުކަށި ފިކުރުުގެ މީހުން އުޅޭ މައްސަލާގައި ސިފައިންނާއި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް އަނެއްކާ ވެސް ފަށައިފި އެވެ.
އެ ރަށުން "މިހާރު" އަށް މައުލޫމާތު ދިން މީހަކު ބުނީ ފުލުހުން އެ ރަށަށް ދިޔައީ މިއަދު ކަމަށެވެ. އެ މީހާ ބުނިގޮތުގައި ފުލުހުން ހަރަކާތްތެރިވަމުން ދަނީ މީގެ ކުރިން ވެސް ފުލުހުންގެ އޮޕަރޭޝަންގައި ބަލައި ފާސްކޮށްފައިވާ ގެއެއްގެ ކައިރީގަ އެވެ.
މިކަމާ ގުޅިގެން އަދި ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ރ. މަޑުއްވަރީގައި ހަރުކަށި ފިކުރުގެ މީހުންނާ ގުޅޭ މައްސަލައެއްގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް ފުލުހުންނާއި ސިފައިންގެ ވަރުގަދަ އޮޕަރޭޝަނެއް ވަނީ ހިންގައިފަ އެވެ. މި މައްސަލަ ފެންމަތިވީ ލަނޑާ ނަގަން ދިޔަ މަޑުއްވަރީގެ ދޯންޏެއްގައި ހިންގި މާރާމާރީއެއްގައި ވަޅި ހަރައި ކަނޑަށް އެއްލާލި މީހަކު ފަތާފައި ގޮސް އއ. މާޅޮހަށް އެރި ހިސާބުންނެވެ.
މި މައްސަލަ ބެލުމުގެ ތެރެއިން ފުލުހުން ވަނީ އެ ރަށުން ޖުމްލަ ހަ މީހަކު ހައްޔަރުކޮށްފަ އެވެ. އެ މީހުންގެ މައްޗަށް މިހާރު ވަނީ ދައުވާ ވެސް ކޮށްފަ އެވެ. އަދި އެ ރަށުގައި ހަރުކަށި ފިކުރުގެ މީހުން ކަމަށް ބުނާ ގެތައް ފާހަގަކޮށް އެގެތައް ބަލައި ފާސް ވެސް ކޮށްފައި ވެއެވެ.
ހަރުކަށި ފިކުރުގެ މައްސަލަތަކުގެ ތެރެއިން މި އަހަރުގެ ފެބްރުއަރީ މަހު ވެސް ހުޅުމާލޭގައި ވަޅީގެ ހަމަލާއެއް ދީފައި ވެއެވެ. އެ މައްސަލާގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި އެއީ މަޑުއްވަރީ މައްސަލައިގަ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ހަމަލާ އެކެވެ. މިކަމުގައި ހައްޔަރު ކުރި އަށް މީހުން ދައުވާ ކުރުމެއް ނެތި ދޫކޮށްލާފައި ވާއިރު އެ މީހުން ގައިގައި ވަނީ ޓްގް އަޅުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޑަހަންޖާ
23 June 2020
ރިޕޯޓު ލިޔުމުގެ ވިޔަފާރިކުރާ އައުވާނުން ބޭރުގައުމުތަކުގެ ގޭގޭ ހިތާނީތަކާއި ކައިވެނި ސައިތަކަށް ރިޕޯޓު ވިއްކަންދާއިރު މިކަހަލަ ކަންތައް ސަރުކާރުން ކުރަނީ ރިޕޯޓުވިޔަފާރި ކުރިއަރުވަން. އެހެންނޫނީ އަންނަންޖެހޭނީ ހުސްއަތާ. ގައުމު މިހިންގަނީ އަޑީދައުލަތުން.
ުވައިސޫރި
23 June 2020
ކޮބައިތޯ ދާއިރާރާގެ މެންބަރު ރައިއްޔަތުންގެ ހައްގުގާ ވަކާލާތުނުކޮއް ބޮޑުމުސާރައެއް ނަންގަވާގެންހުރެ ކުރައްވަންޖެހޭ ކަމަކީ ޖަލުގާހުރި ދޮންނަމެސިނެއް ސަލާމަތްކުރުމައް ދުދާލު ދެދަޅަޔައް ނޫސްބަޔާން ނެރުންތޯ ކެމްޕޭނުގާ ވައުދުވެފާއޮތީ
ރަދީފްއޮފިޝިއަލް
23 June 2020
އަހަރުމެންނަށް މާބޮޑަށްހަރުކަށި 7 އުޑު މަތިން މާތްﷲ ބާވައިލެއްވި ކީރިތި ގުރްއާނުންގެ އާޔަތްތައް ބަދަލުކޮށްގެން ޓްވީޓްކުރާ ދިވެހިން.މިފަދަ މައްސަލަތައް ވެސް ބަލައި ފިޔަވަޅު އަޅަންޖެހޭ.
ތެދު
23 June 2020
ޙޫން ލާދީނީ ރިޕޯޓެއް ލިޔާއިރަށް ހަރުކަށިފިކުރޭ ކިޔާ މަޑުއްވަރީ އަށް ސަމާލުކަން އަނބުރާލަނީ ނޫންބާ.ނޫނީ ތިޔައީ އިއްތިފާގެއްބާ.
ތެރަޕީ
23 June 2020
އެމެރިކާ އިންޑިއާ އަދި ޔޫރަޕާއި ދުނިޔޭގެ ކަންކޮޅުތަކުގައި ކުރިއަރާފައިވާ އެތައް ޤައުމަކުން ގޮތް ހުސްވެ ކުޑަކަކޫ ޖަހާމަންޒަރު ފެންނަމުން ދާއިރުވެސް އަޅުގަނޑުމެން ދިވެހިން އިބްރަތް ހާސިލުކުރަން ހަމަ ނުވަނީތޯއެވެ؟ އަޅުގަނޑުމެންގެ މައްޗަށް އަމުރު މައުރޫފު ހިންގުމަށް ހަވާލުވެ ތިބި ފަރާތްތަކުގެ ކިބައިން އާދޭސް ކޮށްދަނަވަމެވެ. ފުރަބަންދަށް ލުއިތައްދީ ސޮކޫލުތައް ހުޅުވާ ގައުމުގެ ރައްޔިތުން ނުރައްކަލަށް ވެއްޓުނަ ނުދެއްވާށެވެ. މިވާހަކަ ފޯރުކޮށްދޭށެވެ.
މިނިވަން ރިޕޯޓަރ
23 June 2020
ކުރިންވެސް އެމްޑީއެން މައްސަލަ އޮއްބާލަން ރ.މަޑުއްވަރީއަށް އަަރާ ހަރުކަށްޓޭ ކިޔާ ބަޔަކު ބަންދުކުރި މިފަހަރު އުތެމަގެ އަޑު އޮއްބާލަން އުޅޭ އުޅުމެއް. މި ސަރުކާރަކީ މިފަދަ ޖަމުއްޔާތަކުގެ ހިމާޔަތުގަ އަބަދުވެސް ތެދުވާ ސަރުކާރެއް
ސަސި
23 June 2020
މިފަހަރު މިއީ އުތެމާގެ ވާހަކަ ފޯކަސް ގެއްލުވާލަން ކުރާ ކަމެއް އުތަ؟