ފޮރިން މިނިސްޓަރު ޝާހިިދާއި އިންޑިއާގެ ސަފީރު ބައްދަލު ކުރައްވަނީ: ބަލި މީހުންގެ ދެވަނަ ބެޗެއް ގެންދަން ވަނީ ހުއްދަ ދީފައި -- ފޮޓޯ/ފޮރިން މިނިސްޓްރީ
01 ޖުލައި 2020 - 20:07
ރާއްޖެ އިން ފަރުވާ ނުކުރެވޭ ބޮޑެތި ބަލިތަކުގެ މީހުންގެ އިތުރު ބަޔަކު އިންޑިއާ އަށް ގެންދިއުމުގެ ހުއްދަ ދޭނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ސަރުކާރުން ދީފި އެވެ.
ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ ބޯޑަރުތައް ބަންދު ކޮށްފައި އޮތަސް، ރާއްޖެ އިން ފަރުވާ ނުކުރެވޭ ބޮޑެތި ބަލިތަކުގެ މީހުން ފަރުވާ އަށް އިންޑިއާ އަށް ގެންދިއުމުގެ ހުއްދަ އެ ގައުމުގެ ސަރުކާރުން ދިނެވެ. އެހެންވެ، ފުރަތަމަ ބުރުގައި އާސަންދަ މެދުވެރިކޮށް 28 މީހަކު އިއްޔެ ވަނީ އިންޑިއާ އަށް ގެންގޮސްފަ އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރު ބޭއްވެވި ބައްދަލުވުމުގައި، އިތުރު ދިވެހިންނަށް ވެސް ފަރުވާ އަށް އިންޑިއާ އަށް ގެންދިއުމުގެ ހުއްދަ ދޭނެ ކަމުގެ ޔަގީންކަން ސަފީރު ދެއްވި ކަމަށެވެ. އެހެންވެ، އެ މަސައްކަތް އާސަންދައާ ގުޅިގެން އެ މިނިސްޓްރީން ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އިންޑިއާ އަށް އެތެރެވާ އެ ގައުމުގެ މީހުންގެ ވެސް ވަކި މުއްދަތަކަށް ކަރަންޓީންގައި މަޑުކުރަން ޖެހޭ އުސޫލުން ރާއްޖެ އިން ގެންދާ ބަލި މީހުންނާއި އެހީތެރިން ވެސް ކަރަންޓީންގައި ތިބެން ޖެހެ އެވެ. އެކަމަކު އެ މީހުންނަށް ހޮސްޕިޓަލްގެ ވަކި ސަރަހައްދެއްގައި ކަރަންޓީންގައި ތިބެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
އާސަންދަ މެދުވެރިކޮށް ބަލި މީހުންނާއި އެހީތެރިން އިންޑިއާއަށް ފޮނުވުމުގެ ކުރިން ކޮވިޑް-19 އަށް އެ މީހުން ޓެސްޓް ކުރާނެ އެވެ. އިންޑިއާ އަށް ދިއުމުން އެ ގައުމުން ވެސް އެ މީހުން އެ ބައްޔަށް ޓެސްޓް ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޑީ
02 July 2020
ކީއްކުރާނީ!!! ހަސަދަވެރިކަން އިންތިހާއަށް ދިޔައީމަ ދެންނޯންނާނެ ރަގަޅު ހަމަ އެންމެ ކަމެއްވެސް!! މަވެސް ބޭނުންވަނީ، އެހެން އެންމެނެކޭ އެއްފަދައިން ރާއްޖޭމީ އެންމެ ބާރުގަދަ އެންމެ ފުދުންތެރިކަންބޮޑު މިހެންގޮސް ހުރިހާ މޮޅުކަމެއް ނޫނީ އެމެރިކާ ފަދައިން ދުނިޔޭގެ ވެރިކަން ކުރަން އެކަމު "ފޫކޮޅުގާނެތް ކާށިފޮއްޗަކާ ޖަހާލައިގެން ކާލާނެ މަސްކޮޅެއްވެސް"، ތިބުނާ "ތަރައްޤީ" ގެނެވުނުނަމަ، މިއަދު އަވަށްޓެރިންނަށް ސަލާންޖަހަން ނުޖެހުނީސް ދޮތްތޯ؟
ރާއްޖެ
02 July 2020
ސަލާން ޖެހުމުގަ. ކުރިއަށް އޮތީ ވެސް ސަލާން ޖެހުން. މިއީ ރާއްޖޭގެ ސިއްހީ ނިޒާމު ތަރައްގީ ކުރަންވީ ވަގުތު. އަމިއްލަ ފައިއްމައްޗަށް ތެދުވާން ޖެހޭ. ޢާސަަންދައިން ބޭރަށް ހޭދަ ކުރެވޭ ފައިސާ އިން ރާއްޖޭގެ ސިއްހީ ނިޒާމް ތަރައްގީ ކުރަންވީ. ދިވެހިން ބިނާ ކުރަންވީ.
ބޮޑުމީހާ
02 July 2020
އަބަދު ކިޔަނީ ރާއްޖެއިން ފަރުވާ ނުކުރެވޭ ބޮޑެތި ބަލިތައް. ބަލިތަކުގެ ފަރުވާއަކީ އެގައުމެެއްގައި ވަސީލަތްތައް ގާއިމުކޮށް މޮޅެތި ޑޮކްޓަރުން ގެނެސް މަޖްލިސް މެމްބަރަކަށް ދޭ މުސާރަ ދިނީމަ ﷲގެ އިރާދަފުޅާއެކު ފަރުވާލިބޭނެ. ބޮޑެތި ފްލައިޓތަކުގައި އިންޑިއާއަށް ދެއިރު ކާ ބޭހެން ހެން ބަލި މީހުން ފޮނިވިޔަސް ހަގީގީ މައްސަލައަށް ހައްލެއް ނާންނާނެ
ޝޮކްތެރަޕީ
01 July 2020
އިންޑިޔާގެ ސަބަބުން ރާއްޖެ ކުރިނާރަނީ.
އާދަމް ބާއީ
01 July 2020
ބެޗެއް ޗައިނާއަށްވެސް ފޮނުވާލަބަލަ. އެމީހުން މާކޮލިވާނެ އެކަމަށް.
ފޮނުވަނީ
01 July 2020
ފޮނުވަނީ އެގައުމަކުން ހުއްދަ ދީގެން ދިވެހިން ބޭނުންވާ ތަނަކަށް އާސަންދަ ލިބިގެން އަގުހެޔޮކޮށް އެ ބޭނުން ވަސީލަތެއް ލިބޭތަނަކަށް. ބޮޑު ޙަރަދު ކޮށްގެން މަޖާނަގާ ސަކަރާތް ޖަހާކަށް ނޫން. ބައެއް މީހުންނަށް ހީވާކަހަލަ ގޮސް ތިބޭއިރު ތިމަންނަމެން މަޖާ ނަގަންށޭ ފޮނުވީ. އެހެންނޫން ޒަރޫރީ ޙިދުމަތް ހޯދަން
ދޭސީ
01 July 2020
މި އިންޑިޔާއަށް ޑިޕެންޑުވުން ހުއްޓޭނީ އަޅެ ކޮންދުވަހަކުންތަ؟ އާސަންދައިން އިންޑިޔާގެ ހޮސްޕިޓަލް ތަކަށް އޮއްސާ ފައިސާ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރަން ބޭނުން ކުރަން ޖެހޭ. އާސަންދައިގެ ނާޖާއިޒް ފައިދާ އިންޑިޔާގެ ހޮސްޕިޓަލް ތަކާ ގުޅިގެން އާސަންދައިގެ ބޭބޭފުޅުން ނަގާކަން އެންމެންނަށް އެނގޭ
ހަސީބ
01 July 2020
ދިވެހި ރާއްޖެ އިންޑިއާ ކަނޑުން އެހެން ކަނޑަކަށް ބަދަލު ކުރެވޭ ދުވަހަކުން.