އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި މުޒާހަރާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
27 ޖުލައި 2020 - 23:21
އިދިކޮޅު ފަރާތްތަކުން ރޭ ކުރި މުޒާހަރާއާ ގުޅިގެން، ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލް މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
މުހައްމަދު އިސްމާއިލް ފުލުހަށް ހާޒިރުވާން އަންގާފައިވާނީ މާދަމާ މެންދުރު ފަހު 3:00 އަށެވެ. ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް، ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގާފައި ވަނީ މާދަމާ ހަވީރު 4:00 އަށެވެ.
އެ ދެ ބޭފުޅުންނަށް ވެސް ފޮނުވި ޗިޓުގައި ބުނެފައިވަނީ، ރޭ ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް، ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި އެ ގާނޫނާ ހިލާފަށް އަމަލުކުރަން އާއްމުންނަށް ހިތްވަރު ދިނުމާއި ގާނޫނުއަސާސީގައި ބަޔާންކުރާ އެއްތަނުން އަނެއް ތަނަށް ދިއުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް، މަގުގައި ހިނގާ މީހުންނާއި ދުއްވާ މީހުންނަށް ހުރަސް އަޅައި، ގާނޫނު ތަންފީޒުކުރާ މުވައްޒަފުންނަށް ހުރަސްއަޅައި ދައުލަތުގެ މަސައްކަތް ކުރުމަށް ދަތިކޮށް ހުރަސް އެޅި ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ބައްދަލުވުމުގައި، ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ނިމާލް އަދި މުހައްމަދު އިސްމާއިލަށް އެ ލިބިވަޑައިގަތީ އިތުރު "ސެޓްފިކެޓެއް" ކަމަށެވެ. އެއީ ރައްޔިތުންގެ ހައްގުގައި މަގުމައްޗަށް ނުކުމެގެން ލިބުނު، މާސްޓާސް ޑިގްރީއަށް ވުރެ ވެސް މަތީ ސެޓްފިކެޓެއް ކަމަށް ވިދާޅުވި އެވެ.
ރޭގެ މުޒާހަރާ ފެށީ މަޖިދީމަގާއި ޗާންދަނީމަގު ގުޅުނު ސަރަހައްދުގަ އެވެ. އެ ޕާޓީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެން އަޑުއުފުލި މުޒާހަރާގައި ދެ މީހަކު ހައްޔަރުކުރި އެވެ. އަދި މުޒާހަރާ ހުއްޓުވަން ފުލުހުން ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރި ނަމަވެސް ހުއްޓާނުލައި ކުރިއަށް ގެންދިޔަ އެވެ.
މަޖީދީ މަގުން ފެށި މުޒާހަރާ ޕީޕީއެމްގެ އޮފީހާ ހަމައަށް ކުރިއަށް ގެންދިޔަ އެވެ.
މުޒާހަރާއާ ގުޅިގެން ނިމާލާއި މުހައްމަދު އިސްމާއިލް ފުލުހަށް ހާޒިރުވާން އެންގިއިރު، ލިއުމުން ހުއްދަ ހޯދައިގެން ނޫނީ މާލޭގައި މުޒާހަރާ ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ އަންގައިފި އެވެ. އެ މިނިސްޓްރީން މި މަހުގެ 14 ވަނަ ދުވަހު ކުރި އިއުލާނުގައި ބުނީ ލިއުމުން ހުއްދަ ނުހޯދައި މާލޭގައި ދެން މުޒާހަރާކުރެވޭނީ ކުރީގެ ސަރުކާރުން ގެނައި އިސްލާހުގައިވާ ގޮތަށް، މާލޭގެ ކާނިވާ ސަރަހައްދުގައި އެކަންޏެވެ. އެހެން ތަނެއްގައި އެއްވުމެއް ނުވަތަ ހިނގާލުމެއް ބާއްވާ ނަމަ ފުލުހުންގެ ހުއްދަ ލިއުމުން ހޯދަން ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މުޒާހަރާ ކުރުމަށް ހުއްދަ ހޯދަންޖެހޭނެ ކަމަށް ހަމަޖެއްސީ ކުރީގެ ސަރުކާރުންނެވެ. އެ ނިންމުމަށް، މިހާރު ވެރިކަމުގައި އޮތް އެމްޑީޕީ އޭރުގެ އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެ ފާޑު ކިޔައި އެއީ ގާނޫނުއަސާސީއާ ހިލާފް ނިންމުމެއް ކަމަށް ބުނެފައިވެ އެވެ. އެކަން ބަދަލުކޮށް، މުޒާހަރާކުރުމަށް ހުރަސްތައް ނައްތާލާނެ ކަމަށް ބުންޏަސް އެމްޑީޕީ ވެރިކަމަށް އައުމަށް ފަހު ކުރީގެ ނިންމުން ދަމަހައްޓާތީ ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިންވަރު
28 July 2020
ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ގެލީޑަރޝިޕްގެ ދަށަށް ރާއްޖޭގައި ތިބި ތައުލީމީ މީހުންވަދެތިބޭތަން ފެނުމަކީ އެބޭފުޅުންގެ ތައުލީމީ ގޮތުން ލިބިފައިވާ ކާމިޔާބަށް އަމިއްލައަށް ފައިންއެރުންފަދަ ކަމެއްނޫންތޯއެވެ. އޭގެތެރޭގައި ޑިގްރީ، މާސްޓާރސް އަދި ޕ.އެޗް.ޑީ ހިމެނޭއިރު އަޅެފަހެ އެމީހުންހަމަ ބުއްދިވޭތޯ ސުވާލު ނުއުފެދޭތޯއެވެ. ވައްކަންކުރުމާއި،ނެތިމޮށުމާއި އައުގުރާނި ގޮވަންދަސްކުރަން ބޭނުންވަނީތޯއެވެ.
ެއެއްކަލަރަށުމީހާ
28 July 2020
ވެރިކަމެއް ހަމަ ބަދަލުވާއިރަކަށް ފުލުހުންގެ އަމަލުތަކަށް މިއަންނަ ބަދަލުތަކަކީ ބަލައިގަނެވޭނެ ކަނތައްތަކެއް ނޫން. މީގޭ ކުރިން މަގުމައްޗައް ނިކުތް މީހުނަށް ދިނީ ކޮންކަހަލަ އަނިޔާތަކެއް. ހައަޔަރު ކުރީ ރެއެއްގެ މައްޗއް ކިތައް މީހުން. ކިތައްމީހުންގެ މައްޗައް ދައުވާ އުފުލުނު. މިހާރު މިފެންނަނީ އެމީހުން ބޭނުން އިރަކު ނިކުމެ މަގުތައްމަތީގައި ބޭނުންގޮތަކައް އުޅެފައި ހިތައް އެރީމައި މަޑުމަޑުން ގޮސް ގެއަށް ވަންނަ ތަން.
ހާސަރު
28 July 2020
ގާނޫނީގޮތުން ކުރެވެން އޮތް ދައުވާއެއް ކުަަރަންވީ. ކޮވިޑްގެ ދަތިވަގުތުގެ ބޭނުން ނާޖާއިޒް ގޮތުގައި ކޮށް ގައުމު ހަލަބޮލި ކުރަން ފުރުސަތު ދީގެންނުވާނެ. އެހެންނޫނަސް އެއްވެސް ސަޕޯޓެއް ނެތްކަންއެގުނީ ނުކުތް މީސްކޮޅުގެ މަދުކަމުން.
ގަބުޅި ބޯ
28 July 2020
ކޮވިޑުގެ ދަތިކަމުން އަރައިގަތުމަށް ސަރުކާރުން އަޅަން ގަސްތުކުރާ ފިޔަވަޅުތަކަކީ ދަނޑިވެރިކަން ކުރިއރުވުމާއި ، ލާމަރުކަޒްކުރުން ކަމަށް ވުމާއެކު ދަންނަވަމެވެ. މިއިން އެއްވެސް ކަމަކީ ރާއްޖެއަށް އިންތިހާއަށް ބޭނުންވާ ބޭރުފައިސާ ވަންނާނެކަމެއް ނޫން. މި ޕްލޭނުން ފެންނަ ތަސައްވުރަކީ މުނިކާފަމެންގެ ޒަމާން.
އެމްޑީޕީމީހާ
28 July 2020
ކުރީގެ ސަރުކާރުގެ ހިންގުންވެސް ރަނގަޅު ޤައުމު ތަރައްގީވެސް ކޮއްދިން. މީ ސުމެއްގެ ސަރުކާރެ.
ހަކީމް
28 July 2020
ތަރައްޤީ އަކީ ލޯނުތަކެއް ނަގައިގެން ބްރީޖް ތަކާއި ބޮޑެތި އިމާރާތްތަކެއް އެޅުންތަ!
Margarita
28 July 2020
ބުރިޖް އަޅާފަ ފުލެޓު އެޅީމާ އެކަން ކުރަން ނެގި ލޯނަށް ދައްކަން ޖެހޭ ޑޮލަރު ލިބޭތަޢް. މިގައުމުގައި ރަގަޅު ދުރު ރާސްތާ ތަރައްގީގެ ޕުލޭނަށް ހަދައިގެން މަސައްކަތް ކުރަން ދަންނަ މީހަކު އަދި ނެއް.
ޝޮކްތެރަޕީ
28 July 2020
މި ސަރުކާރަކީ ޤައުމީޔަތެއް ދީނެ އެގޭ ސަރުކާރެއްނުން އަންނަންއޮތްޖީލު އަޅުވެތި ކަމަކާދިމާލައް މިސްރާބު ޖަހާފަ. މިހެންވަންޏާ ދިވެހިން ނުތިބޭނެ މަަޑަކުން.
1828
28 July 2020
މިއީ ސަރުކާރެއްގެ ނިމުން ފެށުމުގެ ކޮޅުމަތި ކަމަށް ވަރަށް ބޮޑަށްބެލެވޭ. ފުލުހުން ހުއްދަ ދިނުން ވަނީ ވަރަށް ޖޯކުކަމަކަށް. މިނިސްޓްރީއިން ހުއްދަ ދޭ ގޮތަށް އޮވެފައި، އެކަން ފުލުހުން މޮނީޓަރ ކުރާ ގޮތަށް އޮތުން އެއީ އެންމެ ރަނގަޅު ގޮތް.
ރަދީފްއޮފިޝިއަލް
28 July 2020
އެއްވާނަން.ކޮންކަމެއް ކުރެވޭނީ.މިބުނީއެއްނު އެއްވާނަމޭ.
ރޮންދު
28 July 2020
ހާދަ މޮޅު މީހެކޭ މީ... ލޮލް!
ހައިރާން
28 July 2020
އެމްޑީޕީއަކީ ހުއްދަ ނުހޯދައި އެއްވެވޭނެ ކަމަށް އެންމެ ބޮޑަށް ވަކާލާތުކުރި ޕާޓީ. މިނިވަންކަމާއެކު ޚިޔާލު ފާޅުކުރެވޭނެ ކަމަށް އެންމެ ބޮޑަށް ވަކާލުތުކުރި ޕާޓީ. އެކަމަކު އެ ޕާޓީގެ ޕްރިންސިޕަލްތައް މިއަދު މިވަނީ އުވި އޮޔާ ގޮސްފައި. އެހެން ނޫނަސް އެއްބަޔަކު އެއްވީމާ ފުލުސް އޮފީހަށް. އަނެއް ބަޔަކު އެއްވީމާ އަޅާނުލައި ތިބޭނަަމަ ހަމަހަމަ ކަމެއް ނެތް. ގްރީން އޭރިޔާއަށް އެއްވެސް އެއްދުވަހު ހަތަރުދަމު ހަޅޭއްލެވިއިރުވެސް ފުލުހުން އަޅާ ނުލާތިބި.
1828
28 July 2020
އެހެން އެވަނީ ފުލުހުންނަށް އަމުރު މައުރޫފް ހިންގަން ތިބޭ މީހުންގެ ސަބަބުން. ނަޝީދުގެ ވެރިކަމުގައި އިދިކޮޅުން ރައްޔިތުންގެ މަޖިލިސް ދޮށަަށް އެއްވުމުން ރޫޅާލި. އެކަމަކު އެމްޑީޕީ މީހުން މަޖިލިސް ދޮށަަށް އެއްވީމައި ހޯމްމިނިސްޓަރ އޮން ދަ ސީންގައި ހުރެގެން ފުލުހުންނަށް އައުމުރުކުރި ގޮތް ދިވެހިންނަށް ފެންނާނެ. ހޯމްމިނިސްޓަރ ސީންގައި ހުރެގެން ފުލުހުންނަށް އަމުރުކުރީ އެމްޑީޕީ މީހުންނަށް މަޖލިލިސް ކައިރީގައި މުޒާހަރާ ކުރެވޭނެ މާހައުލެއް ގާއިމްކުރުމަށް.
ޖަމީލް
28 July 2020
ހާދަ ބިރެކޭ މިގަންނަނީ ޕޕޕއެންސީދެކެ. މީ ހަމަ ނާގާބިލްކަމުގެ އިންތިހާ....