ކޮވިޑް-19

ބޭރުތެރޭގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުކޮށްފި

މާލޭގެ މަގުމަތީގައި ބަޔަކު ދުއްވާފައި ދަނީ.

30 ޖުލައި 2020 - 18:04

51 comments
happy icon 79%

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާތީ، ބޭރުތެރޭގައި އުޅޭއިރު މާސްކް އެޅުން ސަރުކާރުން ދެންމެ މަޖުބޫރުކޮށްފި އެވެ.

މިގޮތަށް ނިންމީ ކޮވިޑް-19 އާ ގުޅިގެން އުފައްދާފައިވާ ނެޝަނަލް ޓާސްކްފޯހުގެ މިއަދުގެ ބައްދަލުވުމުގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްވެ ހުންނަވައިގެން، އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުމަށް ފަހު ރައީސް އޮފީހުން ކުރި ޓުވީޓެއްގައި ބުނީ، އަމިއްލަ މީހާ އާއި އެހެން މީހުންގެ ރައްކަލަކަށްޓަކައި، ބޭރުތެރޭގައި އުޅޭއިރު މާސްކް އެޅުން މިހާރު މަޖުބޫރު ކަމަށެވެ.

ރައީސް އޮފީހުން ބުނީ، މި މަހުގެ 1 ން ފެށިގެން ލޮކްޑައުން އަށް ދިން ލުއިތަކާ އެކު، ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މިދިޔަ ދެ ހަފުތާގައި މާލެ ސަރަހައްދުގައި އިތުރުވަމުންދާ ކަމަށެވެ. އެހެންވެ، ދެވަނަ ލޮކްޑައުންއަކަށް ނުގޮސް ވާނެ ގޮތަކަށް ކަންކަން ކުރުމަކީ އެންމެންނާ ގުޅިފައިވާ ކަމެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުގެ ޓުވީޓުގައި ވަނީ، ތަންތަނަށް ދިއުން މަދުކުރުމާއި ސޯޝަލް ޑިސްޓެންސިން އަދި ކޮންމެހެން ގޭގައި ތިބެގެން އޮފީސް މަސައްކަތް ކުރުމަށާއި އަތްދޮވުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.

ރާއްޖެ އިން މިދިޔަ މާޗް 7 ގައި ކޮވިޑް ޖެހުނު ފަހުން މިދިޔަ އަންގާރަ ދުވަހު ވަނީ ރެކޯޑް އަދަދަކަށް ދިވެހިންނަށް އެ ބަލި ޖެހިފަ އެވެ. އެ ދުވަހު 137 މީހަކަށް ކޮވިޑް ޖެހުނުއިރު ދިވެހިންގެ އަދަދަކީ 92 އެވެ. އެއީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ދިވެހިންނަށް އެ ބަލި ޖެހުނު ދުވަހެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ގައި ރޭ ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު އެޅުން މަޖުބޫރު ނުކުރަންވީ ސަބަބެއް މިހާރު ނެތް ކަމަށެވެ. އެހެންވެ، ކަމާ ގުޅޭ ފަރާތްތަކާ އެކު މަޝްވަރާ ކުރެއްވުމަށް ފަހު، އެކަމަށް ގޮތެއް ނިންމަވާނެ ކަމަށް އޭނާ އޮތީ ވިދާޅުވެފަ އެވެ.

އަމީން ވެސް ވަނީ ކޮވިޑުން ރައްކާތެރިވުމަށް މާސްކުގެ ބޭނުންތެރިކަން ބޮޑު ނަމަވެސް މާލޭގައި މާސްކު ނާޅާ އުޅޭ މީހުން މަގުމަތިން ފެންނަލެއް ގިނަ ކަމުގެ ކަންބޮޑުވުން ރޭގައި ފާޅުކުރައްވައިފަ އެވެ.

51 ކޮމެންޓް, 105 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 4%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވައިސޫރި

31 July 2020

ސޯސަލް ޑިސްޓެންސް ބެހެއްޓުމައްޓަކާ ސައިކަލު ފަހަތައް މީހުން އަރުވާގެން ދިއުންވެސް މަނާކުރަން އެބަޖެހޭ

The name is already taken The name is available. Register?

ބާބާ

01 August 2020

ސައިކަލް ފަހަތަށް އަރުވަނީ ނުދަންނަ މީހުނެއް ނޫން. ސޯޝަލްޑިސްޓެންސް ނުބެހެއްޓޭ ހާ ގާތް މީހުން އަރުވަނީ.

The name is already taken The name is available. Register?

ސުހާ

31 July 2020

ވާނެހާ އެއްޗެއް ވީމަ އެ މަޖްބޫރުކުރީ. ކުރިންވެސް މަޖްބޫރު ކުރަން ޖެހޭ ކަމެއް. އެއީ ކަމަުގެ ބިރުބޮޑު ކަމުން އަދި އެހާ ފަސޭހައިން އަރާ ބައްޔެއް!

The name is already taken The name is available. Register?

ސަރުމީލާ

31 July 2020

ވާނުވާ ނޭނގެންޏާ މޮޅު ވާހަކަ ނުދައްކާ ހުރޭ. ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ލޮކްޑައުންއަށް ފަހު ލުއިތައްދިން. އަދި ލުއިތަކާއެކީ މީހުންނަށް އުޅޭވޭތޯވެސް ބެލި. ބަލާފައި އެކަން ނުކުރެވޭނަމަ އަނެއްކާވެސް ފިޔަވަޅުތައް ހަރުކަށި ކުރި. އާންމު ދިރިއުޅުމުގައިވެސް ހަމަޔާ އުސޫލެއް ނުގެންގުޅޭ މީހުންނަށް މިފަދަ ކަންކަމެއް ދޭހައެއް ނުވާނެ. އެއީ މައްސަލައެއް ނޫން.

The name is already taken The name is available. Register?

ޚިޔާލު

31 July 2020

މާލޭގައި ބަލި ފެތުރުން ކޮންޓްރޯލްކުރަން ފުރަތަމަ ޖެހެނީ މާލެއިން މީހުން މަދުކުރަން! މިނޫން ގޮތަކަށް މާލޭގައި ބަލިތަކާއި ރޯގާތައް ފެތުރުން ކޮންޓްރޯލް ކުރަން ވަރަށް އުދަގޫވާނެ! އެކަމަކު މާލެއިން މީހުން މަދުކުރުމުގެ ވިސްނުމެއް ސަރުކާރުގެ ފަރާތުން ނުގެންގުޅޭ! ބިދޭސީ މަސައްކަތު މީހުންނާއި މާލޭގައި ދިިރިއުޅޭ ދިވެހިން ތޮއްޖެހިގެން ދިރިއުޅޭތީ މާލެ އޮންނަނީ އަބަދުވެސް ގޮވަން ކައިރިވެފައިވާ ޓައިމް ބޮމެއްގެ ގޮތުގައި!

The name is already taken The name is available. Register?

ބޯގޯސް އަފީފް ދީދީ

31 July 2020

އާނ. ކަލޭގެ ރަށަށް ދާންވީދޯ. ބަލަގަ މާލެޔަށްވުރެން މާގައިގޯޅި މާ ތޮއްޖެހިގެން އުޅޭ ސަރަހައްދުތައް އެހެން ގައުމުތަކުގައިވެސް ހުރޭ. އެކަން ފާހަގަ ނުކުރެވެނީ ހުސްބިންތައް ހިމަނައިގެން ބިން މިންކުރާތީ. ލަންކާ ތައިލެންޑްގައިވެސް ހުރޭ މާތޮއްޖެހިގެން އުޅޭ ތަންތަން. އިންޑިޔާ ތަންތާގައިވެސް އެތައްމިލިޔަން ދިރިއުޅޭ ކުދިކުދި ސަރަހައްދުތައްހުރޭ. ތަފާތަކީ ގާނޫނާއި ގަވައިދާއި އުސޫލުތަކަށް އެތަންތާގައި އިހުތިރާމް ކުރާކަން.

The name is already taken The name is available. Register?

30 July 2020

ވަރަށް ރަގަޅު ނިންމުމެއް.... ފިހާރަ، ކެފޭ، ރެސްޓޯރަންޓްތަކަށް މާސްކް ނާޅާ ވަދޭ... މަގުމަތީގަ ވެސް ނުލާހިކު ކައިރި ކައިރީގަ މާސްކް ނާޅާ ތިބެގެން ކެއްސާ ހަދާ.... ވަރަށް ނުރައްކާ ކަންތަށް.... މާސްކް އަޅަން މަޖުބޫރި ކުރި ކަން އެއީ ވަރަށް ރަގަޅު ކަމެއް

The name is already taken The name is available. Register?

އަލްފާ

30 July 2020

ހުރިހާކެފޭ ހޮޓާތަކެއް ބަންދުކޮށްބަލަ. ހަމައެކަނި ޓޭކްއަވޭ ނޫނީ ޑެލިވަރީއަށް ހަދާބަލަ.

The name is already taken The name is available. Register?

ޖެކް ބައުއަރ

30 July 2020

ބޭރުމަގުގަ ދުވަންދާ މީހުން މިގަވައިދުން އިސްތިސްނާ ކުރަން ފެނޭ. އިނގޭ މިހެންބުނީމަ މިތާގަ އުޅޭ އަތުންފައިން އެއްވެސް ކަސްރަތެއް ނުކޮށް ތިބޭ މީހުންނަށް ވަރަށް ބާރުކުރާނެކަން. މިކަން އިހުސާސް ކުރެވޭނީ މިގޮތައް ކަސްރަތު ކޮށް އުޅޭ ބަޔަކަށް.

The name is already taken The name is available. Register?

ހާމަ333

30 July 2020

މިގައުމު ހިންގަން ޖެހެނީ ވަކިމީހަކު ދުރުގަހުރެފަ ބުނާގޮތަށްތަ? ..ވެރިމީހާ އެއީ ރަމްޒީ މަގާމަކަށްވެއްޖެ..އޭނަ އެއްބަސްވެގެންނޫނީ ލޮކްޑައުންއަކަށް ދެވެންނޯންނާނެ.

The name is already taken The name is available. Register?

ސިޔާސީ މޮޔައިން

30 July 2020

ކޮވިޑް ކަންތަކާ ޖެހި ނަޝީދުގެ އަސްލު ސޫރަ ފާޅުވެ އަގު ވެއްޓުނު ފަހުން ހަދާނެ ގޮތް ހުސްވެފައި ހުއްޓާ އެއްކަލަ އަދުރޭ ބުޅީގައި ޖެހިއްޖެއެވެ. މިހާރު އަދުރޭ ސްކޭޕްގޯޓަކަށް ހަދާފައި ނަޝީދު ބޭނުންވާ ކުޅިވަރެއް ކުޅުވަނީ އަދުރޭމެން ލައްވައެވެ. އަދުރޭމެން ބޮލުގައި ތެތްކަމެއް ނެތުމުގެ ސަބަބުން އެމީހުން މި ބުޅީގައި ޖެހި ރައްޔިތުން ކުރިމަތީގައި ފަޟީހަތް ވަނީއެވެ. ނުވިސްނެއެވެ. އަދިވެސް ނުވިސްނެއެވެ. ނަޝީދަށް މުޒާހަރާ ކޮށްދެނީއެވެ.

The name is already taken The name is available. Register?

މުވައްކިލް

30 July 2020

މި ގައުމުގައި މި ނޫން ގޮތަކަށް އެއްވެސް ކަމެއް ނުވޭ. ބޭރު ޔުނިވާސިޓީއެއްގައި ކިޔާވާ ނިންމާފައި އެނބުރި ރާއްޖެ އަންނަ މީހާގެވެސް ނުހުރޭ އެއްވެސް ޒިންމާއެއް ނެގުމުގެ ހަރުދަނާ ކަމެއް. އަބަދުވެސް ކޮންމެވެސް މީހެއް ބޮލުގައި ކަންކަން އަޅުވާ ކަންކަމުން ރެކުމުގެ ސަގާފަތް އޮތް ތަނެއްގައި މިގޮތް ހަމަ އޮންނާނީ.

The name is already taken The name is available. Register?

ބޯބޫރާސްފަތި

30 July 2020

ތިގަވައިދު ވާނީ ހޮޓާހޮޓަލުގައި ސިނގިރޭޓުނުބޯން ހެދި ގަވައިދުފަދަ ގަވައިދަކާ. ޚާއްސަކޮށް ބޭފުޅުންގެ މައްޗަށް ތިގަވައިދު ނުހިނގާނެ. މިހާރުވެސް އަތިރިމައްޗަށް އޮންނަ ތޮށިގަނޑުމަތީގައި ބޭފުޅުން ދަތްދޮޅީގައި މާސްކް އަޅުއްވައިގެން ތިއްބަވައި ސައްލާކުރައްވަމުން ސިނގިރޭޓްބައްލަވަން ތިއްބަވަނީ. ހިނގަންދާއިރު އެބޭފުޅުންގެ ދޭތެރެއިންލާފައި ހިނގަންޖެހެނީ. މިގޮތަށް ތޮށިގަނޑުމަތީ ސައްލާކުރައްވަން ތިއްބަވަނީ ބޭފުޅުން. ދިވެހީންނެއް ނޫން.

The name is already taken The name is available. Register?

ރައްޔެތު.

30 July 2020

+ ވާ ނަމްބަރު ތަކުން މާސްނާލާ އުޅެނީ ކޮންބައެއްކަން އެބަ އިނ ގޑ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!