01 އޯގަސްޓް 2020 - 13:16
އައްޑޫ ހިތަދޫގައި ހާއްސަ އެހީ އަށް ބޭނުންވާ އަންހެނަކު އިއްޔެ ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ހާއްސަ އެހީ އަށް ބޭނުންވާ، އުމުރުން 48 އަހަރުގެ އަންހެނަކު ރޭޕްކުރި މައްސަލައިގެ ތުހުމަތަށް ކޯޓު އަމުރެއްގެ ދަށުން އައްޑޫން އިއްޔެ ހައްޔަރު ކޮށްފައި ވަނީ އުމުރުން 30 އަހަރާއި 19 އަހަރުގެ ދެ ފިރިހެނަކު ކަމަށެވެ.
އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.
Addu gai khaassa ehee ah beynunva anhenaku rape kuri massalaeh balanee
The most trusted news source in the Maldives
Mihaaru
ހާއްސަ އެހީއަށް ބޭނުންވާ މީހާ ރޭޕް ކުރުން
ރޭޕްކުރުމާއި ޖިންސީ ގޯނާގެ މައްސަލަތައް ރާއްޖޭގައި ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެފަދަ މައްސަލަތައް އިތުރުވަނީ އެކަށީގެންވާ ފިޔަވަޅު ނާޅާތީ ކަމަށް ބުނެ މާލޭގައި މި ފަހުން އިހުތިޖާޖުތަކެއް ވެސް ވަނީ ކޮށްފަ އެވެ.
އެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެފައި ވަނީ ޖިންސީ ގޯނާ އާއި ރޭޕް ފަދަ ކުށުގައި އަންހެނުންނާއި ކުޑަކުދިން ރައްކާތެރިކޮށް، ހިމާޔަތް ކޮށްދިނުމުގައި ދައުލަތުގެ ނިޒާމު ފެއިލް ވެފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ.
އެކަމާ ކަންބޮޑުވުން ފާޅުކޮށް އަޑު އުފުލާ މީހުންގެ އަޑު އިވިވަޑައިގެންފި ކަމަށާއި މައްސަލަ އަށް ހައްލެއް ހޯދަން އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަންފަތް
02 August 2020
އަޅުގަޑަށް އެނގިފަ އޮތް ގޮތުގައި މިހާރު "ނުކުޅެދޭ" މި ބަހުގެ ބަދަލުގައި ބޭނުން ކުރެވެނީ "ޚާއްސަ އެހީއަށް ބޭނުންވާ" އެއް ނޫންތޯ؟ ރޭޕް، ވައްކަން، ކޮވިޑް.... ހުރިހާ އެއްޗެއް މެކުހައް ޖަހާފަ މިއޮތީ، ޤައުމެއްގަ ދޯ މިއުޅެވެނީ!!!
ކޮކްޓެ
02 August 2020
ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އަޑު އުފުލާ މީހުންގެ އަޑު އިވިވަޑައިގެންފި ކަމަށާއި މައްސަލަ އަށް ހައްލެއް ހޯދަން އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެ އެވެ.މިއޮތީ ހައްލުވެފައެއްނޫންތޯ އެވީދާޅުވަނީ ކަންބޮޑުވާވާހަކަ މާދަމާ ވިދާޅުވާނެ ކަންނޭންގޭން ނޫންތޯ މިކަމާބެހޭ ގާނޫނެއް ނެތިގެންނޭ މިހެންވަނީ ކީއްތޯއޭ ކުރާނީ އެނިމުނީ ވައސަލާމް
ރީތި މޫސަ
02 August 2020
ރޭޕްކުރާމީހުން ގަންހިންގަންވީ ސަފާރީ އެހެންފާރީއެއްނޯންނާނެ އެމީހުންނަށްއެއްވެސް ހިމާޔަތެއްޑެކަށްނުޖެހޭނެ ނުކުދޭމީހާ ރޭޕްކުމީހުން މަގައްނެރެފަ ރައްޔިތުންނާ ހަވާލުކުރޭ އޭރުންހުންނާނީ ރޭޕްހިންގިފަ
8494
01 August 2020
ސިދާތާ އޭކިޔާފަ ކޮންމެ މީހަކު މިދެން މާ މަޖާކަމަށްކަށް ހަދައިގެން ސަކަރާްތްޖަހާކަހަލަ ވާހަކަތަ.
ކަތްދައްތަ
01 August 2020
އެ ދެ މީހުންގެ އިންސާނީ ޙައްގުތައް ފަރަށް ފުޅާވާނެ. ދެން ދެފަރާތުން ފިރުމާފަ މޮއްޓާ. ތިއްތިކޮށް އުޅޭށޭ ކިޔާފަ ދޫކޮއްލާ. އޭރުން ދެންތިބި މީހުންގެ ދުވަސް ދުއްވާލާނީ.
ދަރަނި ދަންތުރަ
01 August 2020
ކޮބައިތޯ ހޯރައިއްބެ އިބޫ އެއީއޭ މީގެ އަސްލަކީ ހިއްވަރުދިނީ އިބޫއޭ
އައްޑޫބެއްޔާ
01 August 2020
ގައިމު މަމެންގެ އިއްޒަތުން ފުރިގެންވާ މަޖިލީހުން ނިންމީ ޝިދާތާ އާއި އެކީ މިފަދަ ކަންކަންވެސް ނިމިގެންދާނެ ކަމަށް. ކީއްވެބާ އިއްޒަތުންފުރިގެންވާ މަޖިލީހުގެ ނިންމުމާ އެއްގޮތަށް ކަންކަން ނުކުރެވެނީ. މަޖިލީހު އިއްޒަތްތެރި ރައީސް ރައީސް ރައީސް ނަޝީދު ކޯފާ ފުޅު ވެދާނެ
ބައިރޯ
01 August 2020
މިކަން ކުރާ މީހުންނަ އެއްވެސް އަދަބެއް އެބަލިބޭތަ؟
އާމިނާދީ
01 August 2020
ޝިދާތާ ވަކި ކުރީމަ މަހީކުރީ މިކަން ހައްލުވީ ކަމަށް