އަދާލަތު ޕާޓީގެ ޖަލްސާއެއް ކުރިއަށް ގެންދަނީ: އިންތިޚާބު މައްސަލައަށް އެ ޕާޓީން ވެސް ވަނީ ހުށަހަޅާފައި..--ފޮޓޯ:އަދާލަތު ޕާޓީ
24 ނޮވެމްބަރ 2016 - 10:41
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ޕީޕީއެމުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ތަދައްޚުލް ވުމަށް (ވަނުމަށް) އަދާލަތު ޕާޓީން ވެސް ހުށަހަޅައިފި އެވެ.
އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ދެ މަހަށް ފަސްކުރަން ޕީޕީއެމްގެ ނަމުގައި ކޯޓަށް ހުށަހެޅީ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުންނެވެ. އެ މައްސަލައިގެ ތެރެއަށް އިދިކޮޅު އެމްޑީޕީ އާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ތަދައްޚުލް ވެފަ އެވެ.
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ އެ މައްސަލަ އަށް ތަދައްޚުލް ވާން މިއަދު ހުށަހަޅާފައިވާ ކަމަށާއި އެކަމަކު އަދި ކޯޓުގެ ޖަވާބެއް ނުލިބޭ ކަމަށެވެ. ތަދައްޚުލް ވާން އެދި ހުށަހެޅުމުން އެ ފުރުސަތު އެ ފަރާތަކަށް ދިނުމާ މެދު ގޮތެއް ނިންމާނީ ކޯޓުންނެވެ.
އެ މައްސަލަ ކޯޓުގައި އޮތުމުން، އިންތިޚާބަށް ރީ-ރަޖިިސްޓްރީ ކުރުން ވަކި މުއްދަތެއް ނެތި ކުރިއަށް ގެންދަން ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ.
އިންތިޚާބު ފަސްކުރަން ރައީސް ޔާމީންގެ ފެކްޝަނުން ހުށަހެޅީ ޕީޕީއެމްގެ ތެރޭގައި އޮތް ބައިބައިވުމާ ހެދި އިންތިޚާބަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
24 November 2016
ދިވެހި ކޮންމެ ރައްޔަތުކުވެސް މިމައްސަލައިގެ ތެރެއަށް ވަންނަން ސިޓީލާންފޭނޭ.