ޚަބަރު / އެމްއެންޑީއެފް

ދިޔަވި ސަފާރީ އަޑިއަށް ހިނގައްޖެ؛ ބައެއް މީހުން ހޮސްޕިޓަލަށް ގެންގޮސްފި

ކަނޑުގަދަ ވަގުތެއްގައި ކޯސްޓްގާޑުގެ އުޅަނދެއްގެ ފޮޓޯއެއް -- ފޮޓޯ: އެމްއެންޑީއެފް

ތިލަފުށި ކައިރިން 17 މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ސަފާރީއެއް، މޫސުން ގޯސްވުމުގެ ސަބަބުން ދިޔަވެ އަޑިއަށް ހިނގައްޖެ އެވެ.

އެމްއެންޑީއެފުން ބުނީ "ހޭންޑީ ކްރޫޒާ" ސަފާރީ، އަޑިއަށް ދިޔައީ ތިލަފުށީގެ ހުޅަނގު ދެކުނުން ހަތަރު ނޯޓިކަލް މޭލު ބޭރުން ދިޔަވެގެން އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޯސްޓްގާޑުން އެހީވަމުން ދަނިކޮށް ކަމަށެވެ. ސަފާރީގައި ތިބި މީހުންގެ ތެރެއިން ހަ މީހެއްގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބައެއް އަތޮޅުތަކަށް އޮރެންޓް އެލާޓް ނެރެފަ އެވެ. އަދި ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ މައުލޫމާތު ކޯސްޓްގާޑަށް ލިބެމުންދާ ކަމަށް ބުނެ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްފަހު ދަތުރުތައް ކުރުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސް ކުރެ އެވެ.

5 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 40%
icon angry icon angry 0%
icon wow icon wow 40%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑުވަޒީރު

27 September 2021

ދުވާލަކު ދެތިން މިލިޔަނެއް ހާ ރުފިޔާ ޓެކްސް ފައިސާއިން ހަރަދުކުރާއިރު ދިވެހި ރައްޔިތުން ހިމާޔަތްކޮށް ސަލާމަތުން ބައިތިއްބުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރުްން އެވެރިންނަށް ލާޒިމު!!!

The name is already taken The name is available. Register?

އ.ރ.އ

26 September 2021

އެމްއެންޑީއެފްގެ ހީވާގި ލޮބުވެތޮ ސިފައިން ތިޔަކުރަމުންދާ މަސައްކަތަށާއި ގައުމަށް ތިޔަ ކޮށްދޭ ޚިދުމަތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ތިބޭފުޅުން ތިކުރަމުން ގެންދާ މަސައްކަތްތަކަކީ ދިވެހި ރައްޔިތުންނަށް ދުވަހަކު ކޮޅުންވެސް އަގުނުކުރެވޭހާ މުހިއްމު ކަމެއް!! ސޯ ސޯ ޕްރައުޑް އޮފް ދަ ކޯސްޓްގާޑު ♥️

The name is already taken The name is available. Register?

ޢަހުމަދުވަގާރު

26 September 2021

ކީކޭ ދެން ބުނާނީ

The name is already taken The name is available. Register?

ކޮމާ

27 September 2021

އިޓްސް ދެއަރ ޖޮބް މައި ލަވް.

The name is already taken The name is available. Register?

ތެރެބިނާ

27 September 2021

ސެލިޔުޓް ޔޫ ކޯސްޓް ގާރޑް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454