ޚިޔާލު

ކޮލަމް 27: އާސިއްޕެގެ ބާތުޑޭ ޕާޓީ އަނެއްކާ ވެސް!

އާސިއްޕެ (މައިކް ހިފައިގެން) އޭނާ ފެޅި ކޭކު އަދި އެ ޕާޓީ އަށް ހާޒިރުވި ބައެއް މީހުން -- ފޮޓޯ: ދިވެހި ރާއްޖެ ޑިމޮކްރަސީ އަށް ކުރި ދަތުރު

ޑިމޮކްރަސީއޭ ކިޔައިގެން މި ސަރުކާރުން ކޮންމެ ވާހަކައެއް ދެއްކިޔަސް، އެ ވާހަކަ ގަބޫލުކުރާނެ ކަމެއް ނެތެވެ. ޑިމޮކްރަސީއާ މުޅިން ދެކޮޅު އެތައް ބައިވަރު އަމަލުތަކެއް މި ސަރުކާރުން ވަނީ ހިންގައިފަ އެވެ. އޭގެ ތަފުސީލުތަަކަށް ދިއުމުގެ މާ ބޮޑު ބޭނުމެއް ނެތެވެ. މާލޭގެ މަގުތަކުގައި އެއްވުންތަކާއި މުޒާހަރާތައް ނެތުމަކީ، ގައުމުގެ އަމާންކަން އޮތް މިންވަރު ދައްކައިދޭ ކަމެއް ކަމަށް ދޭހަވާ ގޮތަށް ޚުދު ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ހިސާބުން، ރާއްޖޭގެ ޑިމޮކްރަސީ މަރުވެއްޖެ ކަމަށް ޚުދު އަޅުގަނޑަށް ވެސް އިހުސާސް ކުރެވުނެވެ.

ހަގީގަތަކީ ރައްޔިތުންނަށް ލިބިފައިވާ އަސާސީ އެންމެ ބޮޑު ހައްގު ބޭނުން ކުރަން ހުރަސްތައް ކުރިމަތިވެފައިވާ ކަމެވެ. އެއީ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމެވެ. އެއްވެ އުޅުމާއި ހަޅުތާލު ކުރުމާއި ދުލާއި ގަލަމުން ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ސަރުކާރުން ތަކުރާރުކޮށް އަރައިގަންނަ ކަން އެއީ އިތުރަށް ދެއްކުމުގެ ބޭނުމެއް އޮތް ވާހަކައެއް ވެސް ނޫނެވެ. މާލޭގައި މުޒާހަރާއެއް ކުރާ ނަމަ، ޓްރެފިކަށް ދަތިވާ ވާހަކަ ދައްކައިގެން އެކަން ހުއްޓުވުމަކީ މިކަހަލަ ޒަމާނެއްގައި މީހުން ހިނިފަޅައިގެން ދާނެ ވާހަކައެކެވެ. މިކަހަލަ ތާކުންތާކު ނުޖެހޭ އުޒުރުތައް ފެންމަތި ކޮށްގެން ސިޔާސީ ޕާޓީތަކުގެ އެއްވުންތައް ހުއްޓުވާނެ ކަމަށް ފުލުހުން އިއުލާންކޮށް އަދި އެ އެއްވުންތައް ހުއްޓުވާފައި ވެސް އެބަހުއްޓެވެ.

މިކަން ދަނީ ތަކުރާރުވަމުންނެވެ. ފަހަރަކަށް ވުރެ ފަހަރެއް ގޯސްވަމުންނެވެ. އެއްވުންތަކަކީ ސަރުކާރު ވަރަށް ބިރުގަންނަ އެއްޗަކަށް ވެއްޖެ އެވެ. މިގޮތަށް ގޮސް، މީގެ އެތަކެއް އަހަރު ކުރިން އޮތް ހާލަތަށް ރާއްޖެ ނުދާނެ ކަމުގެ ޔަގީންކަމެއް މިހާރަކު ނެތެވެ. ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި މުޒާހަރާ ކުރުމުގެ މިނިވަންްކަމަކީ މީގެ އަހަރުތަކެއް ކުރިން ވަރަށްް ގިނަ ބަޔަކު ބިރު ކަނޑާލައިގެން ހޯދާފައިވާ މިނިވަން ކަމެކެވެ. އެ މިނިވަންކަން ވަރަށް ރަނގަޅަށް ޕްރެކްޓިސް ކުރަމުން އަންނަނިިކޮށް މިއޮއް ސޮއްސާލަނީ ސިޔާސީ "އަޅުވެތިކަމުގައި" ކަސްތޮޅު އެޅިފައި ތިބި ދުވަސްވަރަކަށެވެ. އެއީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު، މިހާރު މިއޮތް ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ހޯދަން ގުރުބާން ވަަމުން އައި ދުވަސްކޮޅަށެވެ.

ރައީސް މައުމޫނަށް ކުރިމަތިވެ ވަޑައިގަތް ސިޔާސީ ފިއްތުންތަކާ އެކު 2004ގެ ޖޫންގައި އިސްލާހީ އެޖެންޑާއެއް އިއުލާން ކުރެއްވި އެވެ. އެ އެޖެންޑާގައި އެ މަނިކުފާނު އިއުލާން ކުރެއްވި އެންމެ މުހިންމު ކަމަކީ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ހައްދެއް ނެތި ދޫކޮށްލުމެވެ. އެ އެޖެންޑާއާ އެކު، އެ ފުރުސަތަށް ބަލަބަލައި ތިބި ސިޔާސީ މީސްމީހުން ބައްދަލުވުންތައް ބާއްވަން ފެށި އެވެ. ސްކޫލުތަކާއި އާންމު އެހެނިހެން ހޯލްތަކުގައި ވެސް ސިޔާސީ ފޯރަމްތައް ބޭއްވި އެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރުވެގެން ދިޔައީ "މިނިވަން ބަހުސް"ގެ ސިލްސިލާ އެވެ.

2004ގައި ފެށިގެން ދިޔަ މިނިވަން ބަހުސްގެ ބައެއް ފޮޓޯތަައް -- ފޮޓޯ: ރާއްޖެ ޑިމޮކްރަސީ އަށް ކުރި ދަތުރު

މި މިނިވަން ބަހުސް ވެގެން ދިޔައީ ސަރުކާރަށް ކެތްވާ ވަރަށް ވުރެ މާ ގަދަ ދިލައެއް ނެގި އެއްޗަކަށެވެ. ރާއްޖޭގައި އޭރު ތިއްބެވި ސަރުކާރާ ދެކޮޅު ހުރިހާ އެންމެންހެން ގޮސް، އެ ޖަލްސާތަކުގައި ސަރުކާރު އަލިފުން ޔާ އަށް "އޮރިޔާން" ކޮށްލި އެވެ. ނަތީޖާއަކަށް ވީ މައުމޫން ހުޅުއްވައިލެއްވި މިނިވަންކަން އަނބުރާ ގެންދެވުމެވެ. މިނިވަން ބަހުސް ހުއްޓުވާލުން ސަރުކާރަށް މަޖުބޫރު ކަމަކަށް ވެއްޖެ އެވެ. އެހެންވެ ސްކޫލުތަކާއި އާންމު މައިދާންތައް ސިޔާސީ ކަންކަމަށް ދޫނުކުރަން ސަރުކާރުން ނިންމި އެވެ. މިހާރު ދައްކަ ކަހަލަ އެކި އުޒުރުތައް ދައްކަން ފެށި އެވެ. އުފެދިފައިވާ ނުތަނަވަސްކަން ބޮޑުވެ އިދިކޮޅު ފަރާތްތަކުގެ ރުޅިގަނޑު އިންތިހާ އަށް ގަދަވި އެވެ.

އެއްދުވަހަކު ކުއްލިއަކަށް މާލޭގެ މަގުތަކުން ފެނުނީ، މިނިވަން ބަހުސް އިންތިޒާމު ކުރުމުގައި އިސްކޮށް އޭރު ހަރަކާތްތެރިވި އެކަކު ކަމަށްވާ އިސްމާއިލް އާސިފް (އާސިއްޕެ)ގެ 33 ވަނަ އުފަންދުވަހުގެ ޕާޓީގެ ދައުވަތު ކާޑުތަކެކެވެ. މި ވާހަކަ ވަރަށް ތަފުސީލުކޮށް، މުހަންމަދު އަބްދުﷲ ޝަފީގުގެ "ދިވެހިރާއްޖެ ޑިމޮކްރަސީ އަށް ކުރި ދަތުރު" ގައި ލިޔެފައި ވެ އެވެ.

"ޖަމާލުއްދީން ސްކޫލަށް ގިނަ ބަޔަކު ޕާޓީ އަށް ދިޔަ ވަގުތު އެ ޕާޓީ ކުރި އަށް ގެންދިއުމަށް ސްކޫލުގެ ފަރާތަކުން ކޮންމެވެސް ވަރަކަށް ހުރަސް އެޅި އެވެ. ކުރިން ހުއްދަ ހޯދައިގެން ސްކޫލު ހޯލް ކުއްޔަށް ހިފައިގެން މި ޕާޓީ ބޭއްވުމުގެ އިންތިޒާމުތައް ކުރި ނަމަވެސް، ޕާޓީ ކުރި އަށް ގެންދިޔަ ނުދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލަށް އަންގަވާފައިވާ ކަމަށް ސްކޫލުގެ މެނޭޖްމަންޓުން ވިދާޅުވި އެވެ،" އެ ފޮތުގައި ވެ އެވެ.

ހަގީގަތުގައި، އުފަންދުވަހުގެ ޕާޓީއެއްގެ ގޮތުގައި ބޭއްވީ ސިޔާސީ އެއްވުމެކެވެ. އެކަމަކު ބާތުޑޭ ޕާޓީއެއްގެ ކުލަޖެހިގެންނެވެ. ކޭކު ވެސް ފެޅި އެވެ. ލަވަ ވެސް ޖެހި އެވެ. ހަގީގަތުގައި އެއީ އާސިއްޕެގެ އުފަން ދުވަހެއް ނޫނެވެ. އެހެން ނަމަވެސް، ހޯލު ހިފީ ސިޔާސީ ޖަލްސާތައް ބާއްވާނެ ތަނެއް ނުދޭތީ، ބާތުޑޭ ޕާޓީގެ ނަމުގަ އެވެ. ކޭކުގައި އޮތީ "ޑިކްޓޭޓާ" ޖަހައިފަ އެވެ. ހޯލުގައި ހުރީ "ޔެ އަންދާ ގާނޫނުހޭ" ކިޔާ ހިންދީ ލަވައެއް ޖަހައިފަ އެވެ.

ހަގީގަތުގައި އެއީ އާސިއްޕެގެ އުފަން ދުވަހެއް ނޫނެވެ. އެހެން ނަމަވެސް، ހޯލު ހިފީ ސިޔާސީ ޖަލްސާތައް ބާއްވާނެ ތަނެއް ނުދޭތީ، ބާތުޑޭ ޕާޓީގެ ނަމުގަ އެވެ. ކޭކުގައި އޮތީ "ޑިކްޓޭޓާ" ޖަހައިފަ އެވެ. ހޯލުގައި ހުރީ "ޔެ އަންދާ ގާނޫނުހޭ" ކިޔާ ހިންދީ ލަވައެއް ޖަހައިފަ އެވެ.

މި ހިސާބަށް އޭރު ކަންތައްތައް ދިޔައީ، ހުޅުވިފައި އޮތް މިނިވަންކަމެއް ސަރުކާރުން ހިފެހެއްޓި ހިސާބުންނެވެ. މިހާރު މިއޮތީ ހަމަ އެ ދުވަސް އައިސްފަ އެވެ. މާލޭގައި ސިޔާސީ ޕާޓީގެ އެއްވުންތަކާއި ޖަލްސާތައް ބާއްވަން މިހާރު ތަނެއް ހޯދުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. މިހާރު މި އުޅެނީ އިއްތިހާދުގެ ޖަލްސާއެއް ބާއްވަން ވެސް ހުއްދަ ނުލިބިގެންނެވެ. އިއްތިހާދުން ބުނަނީ، އާސިއްޕެގެ ބާތުޑޭ ފަދައިން ކޮންމެ ގޮތެއް ހަދައިފައި ވިޔަސް ބާއްވާނެ ކަމަށެވެ.

މިއީ، 2004 ގެ އެ ހާދިސާ ހިނގިތާ 12 އަހަރު ފަހެވެ. އޭގެ ފަހުން ވަރަށް ގިނަ ކަންކަން ބަދަލުވެއްޖެ އެވެ. އޭރު ނެތް މިނިވަންކަން ގާނޫނުއަސާސީގައި މިހާރު ކަށަވަރުވެއްޖެ އެވެ. އަދި، އޭގެ ފަހުން އެތައް ސަރުކާރެއް ބަދަލުވި އިރު ވެސް، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހިނދެއްގައި އެއްވުންތަކާއި ޚިޔާލު ފާޅު ކުރުމަށް މާލެ އިން ތަންތަން ދީ، ފުލުހުން ގޮސް ޓްރެފިކް ވެސް ބަލަހައްޓައިދެމުން އަ އެވެ. ކޮންމެ ބަޔަކު ޖަލްސާ ބާއްވަން ވިޔަސް އެކަމަށް އެއިން އެއްވެސް ސަރުކާރަކުން ހުރަހެއް ނާޅަ އެވެ. އެއީ ރަޖިސްޓްރީވެފައިވާ ބައެއްތޯ ނުވަތަ ނޫންތޯއެއް ވެސް ނުބަލަ އެވެ. މި ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު ވެސް ކަން ހިނގީ ހަމަ މިފަދައިންނެވެ.

އެކަމަކު މިހާރު އެކަން ބަދަލުވެއްޖެ އެވެ. ޚިޔާލު ފާޅު ކުރަން ހުއްދަ ނަގަން ޖެހޭ ހިސާބަށް ކަންކަން ހިނގައްޖެ އެވެ. ތަންތަން ދޫނުކުރުން އެއް ފަރާތުގައި ބާއްވާފައި، މާލޭގައި މުޒާހަރާ ކުރުން ވެސް މި ވަނީ މަނާވެފަ އެވެ. މުޒާހަރާ ކުރާނެ އެއްވެސް ތަނެއް ނެތެވެ. ހުސް ބިމެއްގައި ވެސް ނުކުރެވެ އެވެ. ގްރީން ޒޯނު ނޫން ތަނެއް މާލެއަކު ނެތެވެ. އާންމުންނަށް އުނދަގޫ ނުވާ ތަނެއް ނެތެވެ.

ގާނޫނުއަސާސީ ހަދާފައި އޮތީ އެ ހުރިހާ ކަމަކަށް ވެސް ވިސްނައިގެންނެވެ. އާންމުންނަށް އުނދަގޫ ވިޔަސް، ޚިޔާލު ފާޅު ކުރުމަކީ ކިހާ މުހިންމު ކަމެއްކަން އެ ގާނޫނުއަސާސީގައި ކަށަވަރު ކޮށްދެނީ އެހެންވެ އެވެ. ގާނޫނުއަސާސީގައި އެ މާއްދާ ހިމެނިފައި އޮތީ، މިނިވަން ކަމަކީ ގުރުބާނެއް ވެގެން ނޫނީ ނުލިބޭނެ ކަމެއް ކަމަށް ވާތީ އެވެ.

26 ކޮމެންޓް, 159 ރިއެކްޝަންސް

icon happy icon happy 45%
icon sad icon sad 38%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެއްވުން

24 August 2016

ގޭ ފާހާނާ ތެރޭ މުޒާހަރާ ކޮއްބަ

The name is already taken The name is available. Register?

ބޭނުމީ މިނިވަންކަން / އައްޑޫ ސިޓީ

22 August 2016

އެހެންވީމާ ޕާޓީ ނުބޭއްވިޔަސް Maldives United Opposition އިސްވެރިންނާއި ބައްދަލު ކުރާން ރައްޔިތުން އެދޭތީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު ބަންޑާރަ މިސްކިތު ގައި (ބޮންބޭ މިސްކިތް) އަސްރު ނަމާދު ކުރުމަށް ފަހު Maldives United Opposition ވެރިންނާއި އެކު ''ކަޅެއްޖަހާލަން'' ޑޯން ކެފޭ އަށް ރައްޔިތުންނަށް ދައުވަތު ދެއްވަންވީ ނޫންތޯ ؟ / މިނިވަންކަން ، އައްޑޫ ސިޓީ

The name is already taken The name is available. Register?

އަލީ

19 July 2016

ނޫނޭ ،އިސްމާއީލު ސާބަސް. ތިފަދަ ކިޔަވައިގެން ހުރި މީހަކު މިފަދަ ހަމަ ނުޖެހޭ އެއްޗެއް ލިޔުމުން މަ މިހިރީ ކޮސްވެފަ. މަވެސް މިސަރުކާރަށް ތާއީދެއް ނުކުރަން،، އެކަމަކު މަވެސް ހަގީގަތާ މިހާވަރަކަށް ދުރަކަށް ނުދަން. ސާބަސް އިސްމާއީލް

The name is already taken The name is available. Register?

އެނޮނީމާ

23 August 2016

އަލީ ހަމަޔެއްނޫން. ކޮޅަށްނުހުރެ އަވަހަށް އިށީންދޭ. ވެއްޓިދާނެ

The name is already taken The name is available. Register?

ކަޅު އުބުށޭމު

19 July 2016

މަށަކަށް ލާހިކެއްނޫން މިހާރު މަގުމައްޗަށް ނުކުންނާކަށް. މިހާރު އެތިބަ ފުލުހުންނާ ހެދި.އެކަމަކު މި އަނިޔާވެރި ކޮރަޕްޓް ސަރުކާރުގެ އަތްދަށުން މި ޤައުމު ސަލާމަތްކުރަން ނުކުންނަ ކޮންމެ ބަޔަކަށް އަހަރެން ތާއީދުކުރަން. ގެއްލުނީ ހަމައެކަނި މިނިވަންކަމެއް ނޫން، ރައްޔިތުންގެ ބައިތުލްމާލުގައި ހުރި ފައިސާއެއް ވެސް ނޫން، ރާއްޖޭގައި ހުރި ހަމައެކަނި ގުދުރަތީ ރައުސްމާލް ކަމުގައިވާ ފަޅުރައްތަކާ ފަރުތަކާ ފަޅުތަކާ ގިރިތައް ވެސް ވިއްކާ ހުސަކޮއްފި. ނުވިކުނު ބައި ގާތް މީހުންނަށް ބާ ހުސްކޮއްލައިފި. އަންނަން އޮތް ޖީލްތަކަށް ވާސިލްކޮއްދެވޭނެ އެއްވެސް އެއްޗެއް ނެތް.

The name is already taken The name is available. Register?

މުރާސިލް

19 July 2016

ނޫސްތަކުގެ އެޑިޓަރުންގެ ލޯ މިވަރަށް ކަނުވެ ކަންފަތުގެ އިވުން ހުއްޓި ބީރުވީމާ ކުރެވޭނީ ކޮން ނޫސްވެރިކަމެއްތޯ މިހާރު ނޫހުގެ އެޑިޓަރ އިސްމާޢިލް ނަސީރުގެ އަރިހުން ސުވާލުކޮށްލަން ބޭނުމެވެ. ޤާނޫނު އަސާސީން ލިއްބައިދެނީ އެއްބަޔަކަށް މަގުމަތީގައި ހޭބޯލެވުމުގެ ހައްޤު އެކަންޏެއް ނޫނެވެ، އިސްމާއިލެވެ. މަނިކުފާނަކީ އަޅުގަނޑުގެ ގާތް ޢަހަކަށްވިއަސް މިލިޔުމުން ވަކި އަތަކަށް ގޮސް ހުސްވެ، އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ލީޑަރު ވާހަކަ ދައްކާ ބީދައިން ވާހަކަ ދައްކަވަން ފެށީމާވެސް، ހަމަ މާދަމާވެސް މިނޫހުގައި ސަކުރާރަށް ފާޑުކިޔާ އިތުރު ލިޔުމެއް ލިޔުނަސް އެފުރުސަތު ލިބެމުން އެދަނީ ޚީޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ތެރެއިންނެވެ. ޓީވީތަކާއި ރޭޑީޔޯތަކާއި ނޫސްތަކުގައި ހިތު ހުރިހާ އެއްޗެއް ލިޔެ ކިޔާ ހަދަމުން އެއްވެސް ހުރަހެއްނެތި އަދަނީ ޚިޔާލުފާޅުކުރުމުގެ ހައްޤު މިޤައުމުގައި ނެތިގެން ހެއްޔެވެ؟ ޚިޔާލު ފާޅުކުރުމުގެ ނަމުގައި ގަޢުމުގައި ހުޅު ޖެހިމީހުނަށް އަނެއްކާ ހުޅު ޖެހުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އެއީ ޚީޔާލުފާޅުކުރުމުގެ މިނިވަންކަން ނެތި ގެެނެއް ނޫނެވެ.

The name is already taken The name is available. Register?

ބޮންބުރޯ

19 July 2016

ހަބޭސް ލިޔުމެއްމީ....މިކަހަލަ ލިޔުމެއް ދިވެހި ނޫހަކުން ކިޔާލަން ކެއްމަދުވެފައި ހުއްޓާ މިކަން މިވީ...ހަމަ އައްސަރިބަހާއި ސާބަސް

The name is already taken The name is available. Register?

ސުވާދީބު ކަލޯ

19 July 2016

މިނިވަންކަން އޮތްކަމުގެ ހެތްކެތް މިލިއުމަކީވެސް (ސޯޝަލްމީޑިއާގައިވެސް) އެކަމަކު ތިމާމެން ބޭނުންހާ ވާހަކައެއް ދައްކާ މީސް މީހުންގެ އަބުރު ނަގާލާ ހިތަށް އެރިހާ ދުލަށް އައިހާ ވާހަކައެއް ދެއްުކުމެއްނޫން މިނިވަންކަމަކީ އަދި މަޖަލަކަށް ހަދައިގެން ނުވަތަ މުނިފޫހި ފިލުވުމުގެ ގޮތުން ސިޔާސީކަންކަން ބައްޓަން ކުރާނަމަ އޭގެ ފޮނިކަން ރައްޔިތުންނަށް ގެއްލި ހިގައި ދާނެ ސިޔާސީކަންކަންވެސް މަޖަލަކަށް ނަހަދާ ރަގަޅު ބަޔަކު ނިކުމެގެން ހަގީގަތާއި އެއްގޮތްވާ ގޮތުގެ މަތިން ވާހަކަ ތައް ހުންނަނަމަ ގައުމު މާބޮތުތަން ރަގަޅުވީސް ކަން ކަށަވަރު. ދެހާހުގެ އަހަރުތަކުގައި ސިޔާސީ ގޮތުން އަދި ވަކިން ހާއްސަކޮށް މައުމޫންއާއި ބެހޭ ގޮތުން ދެއްކި އެއްވެސް ވާހަކައެއް ހަގީގަތަކަށް ނުވި އަދި ނަޝީދުގެ ވެރިކަން ވެއްޓުމުގެ އެއްމެ ބޮޑުއެއްސަބަބަކީވެސް މައުމޫން ވެރިކަމުން ދުރުކުރަން ދެއްކި އެއްވެސް ވާހަކައެއް ހަގީގަތަކަށް ނުވުން ގަލަމާއި ދުލުގެ މިނިވަންކަން އިންތިހާއަށް އެބައޮތް އެކަމަކުއެއީ އާމުރައްޔިތުންނާއި އުދަގޫވާގޮތަށް ރައްޔިތުންގެ އަބުރު ނަގާލާގޮތަށް އޮތް ކަމެއްނޫން.

The name is already taken The name is available. Register?

ކަލޯ

19 July 2016

ކަލޯ ކަލެއަށް ހާދަ އެއްޗެއް ނޭގޭދޯ. ސޯޝަލް މީޑިޔާގަ އެއްޗެއް ލިޔެވެނީވެސް އެކަން ސަރުކާރަށް ނުހުއްޓުވޭތީއެވެ. ހުއްޓުވޭނަމަ އެކަން ވެސް ނުކުރެވުނީހެވެ. ދެން ތިބުނީ އަބުރު ނަގާލާ ވާހަކަ، އަބުރު ގެއްލޭނީވެސް އަބުރެއް އޮންނަ މީހެއްގެދޯ. ތިމާގެ އަބުރު ތިމާ ނަގާލީމަ ދެން އެހެން މީހަކު ނަގާލާނެ އެއްޗެއް އޮންނާނެތަ. ވައްކަން ކުރާ މީހަކާ ދިނާލަށް ވަގެކޭ ބުނުން އެއީ އަބުރު ނަގާލުމެއްނޫނެވެ. ވައްކަން ކޮއްގެން އެވަނީ އަމިއްލަޔަށް އަބުރުނަގާލާފައެވެ. ވަގަކާ ދިމާލަށް ވަގެކޭ ބުނެގެން އަބުރު ގެއްލޭކަމަށް ސުވާދީބުކަލޯ އަށް ހީވާނަމަ ވަރަށް އެއްޗެއް ނޭގެއެވެ.

The name is already taken The name is available. Register?

ކަލޯބޭ

19 July 2016

ކަލޯ ރީނދޫ ކުލައިގެ އައިނެއް އަޅައިގެން ހުންނަހާ ހިނދަކު ފެންނަ މަންޒަރު ކޮންމެވެސް ވަރަކަށް ރީނދޫ ވެފަ ހުންނާނީ. ފެއްސާ ރަތާ ހުދުގެ އައިނެއް އަޅާ ބަލަ

The name is already taken The name is available. Register?

ފާރޫގް ހަސަން

19 July 2016

މިނިވަންކަމާ، އަމިއްލަ ފައިމައްޗަށް ތެދުވުމާ، ތެދުވެރިވުމާއި، ކެއްތެރިކަމާއި، ހިތްވަރު ގަދަކުރުން ކަހަލަ ރީތިއަޚްލާޤްތަކަކީ އޭރު މާބޮޑައްވެސް ވެލިއު ކުރެވުނު ކަންކަމެއެވެ. މިހާރު ވެލިއުކުރެވޭ ހަމައެކަނި ކަމަކީ ކޮޅު ބަދަލުކުރާނީ ކިހާވަރަކަށްތޯ ކުރެވޭ ސުވާލެއެވެ.

The name is already taken The name is available. Register?

ނެވިމީހާ

19 July 2016

މި ލިޔުން ކިޔާފަ ދޭނެ ރިއެކްސަން އެއްވެސް ނޭނގުނު! ވަރަށް އުފާވެސްވި މިފަދަ ލިޔުމެއް ކިޔާފަ ހަމަ އެފަދައިން ދެރަވެސްވި އަހަރަމެންގެ ޙައްޤު ގެއްލިފަ އޮތީމަ، ސަރުކާރު ދެކެ ރުޅިވެސް އައި އެމީހުން ރައްޔިތުންނަށް ކުރާ ޖެއްސުން ފެނިފަ! އަދި މަަައުލޫމާތު މުއްސަންދި ވި އާސިއްޕެގެ އުފަންދުވަހުގެ ވާހަކަ އެނގުނީމަ!

The name is already taken The name is available. Register?

ހަމީދު

19 July 2016

ޔާމީނު ވެސް ހީކުރަނީ އޭނަ ބޭނުންހާ ގޮތަކަށް އަބަދު އުޅެވޭނެ ކަމަށް. އެއީ ބޮޑު އޮޅުމެއް. ވެރިކަމުގެ ބާރުގެ ޔަގީންކަން ހުރި މީހަކު ބިރެއްނުގަންނާނެ މަގުމަތީގަ ބަޔަކު މުޒާހަރާކުރިޔަސް. މީހުން ބުނެއެއްނު ފިރުފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454