ޚަބަރު / އެންމެ ކުޑަ އުޖޫރަ

ރާއްޖޭގައި މި ކަނޑައެޅީ ނިސްބަތުން ތަނަވަސް ވޭޖެއް: ސަރުކާރު

ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް: ރާއްޖޭގެ މިނިމަމް ވޭޖަކީ 4500ރ. ކަމަށް ވަނީ ކަނޑައަޅާފައި.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ކުދި ޖަޒީރާ ގައުމުތައް އަދި ސަރަހައްދީ ގައުމުތަކާ އަޅާ ބަލާއިރު ވެސް ރާއްޖޭގެ އެންމެ ދަށް އުޖޫރައިގެ ގޮތުގައި މިއަދު ކަނޑައެޅީ ނިސްބަތުން ތަނަވަސް ވޭޖެއް ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހްމަދު ހަމްދާން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިނިމަމް ވޭޖް ނުވަތަ އެންމެ ދަށް އުޖޫރަ ކަނޑައެޅުމުގެ ވާހަކަ ދައްކާތާ އެތައް އަހަރު ތަކެއް ފަހުން ސަރުކާރުން މިއަދު ވަނީ މުވައްޒަފަކަށް ދެވޭނެ އެންމެ ދަށް އުޖޫރައަކީ 4،500ރ. ކަމަށް އިއުލާންކޮށްފަ އެވެ. މިނިމަމް ވޭޖް އެކި ބޭންތަކަކަށް ބަހާލާފައިވާއިރު، އެކި ދާއިރާތަކުން އެންމެ ދަށް މުސާރައިގެ ގޮތުގައި ދެވޭނެ ވަރު ތަފާތެވެ.

އެކި ދާއިރާތަކަށް ކަނޑައެޅި މިނިމަމް ވޭޖްގެ އިންފޮގްރެފިކްސް: އަލީ ނަހުޒާން/ މިހާރު

މިނިމަން ވޭޖަކީ މި ސަރުކާރުގެ ވައުދެއްކަން ފާހަގަކުރައްވަމުން ހަމްދާން "މިހާރު" އަށް މިއަދު ވިދާޅުވީ، ކުދި ގައުމުތަކާ އަޅާބަލާއިރު ޖީޑީޕީގެ ނިސްބަތުން ވެސް ރާއްޖޭގައި މި ކަނޑައެޅި އުޖޫރަ ރަނގަޅު ކަމަށެވެ. ރާއްޖޭގެ މިނިމަމް ވޭޖް ގައުމުތަކާ އަޅައިކިޔައި އެ ތަފާތު ވެސް އޭނާ އާއްމު ކުރެއްވި އެވެ.

ގައުމުތަކުގެ ވޭޖްތައް: ރާއްޖޭގައި ހުރިހާ ދާއިރާތަކަށް ވެސް ކަނޑައެޅީ ނިސްބަތުން ރަނގަޅު އަދަދެއް.

ހަމްދާން ވިދާޅުވީ، މިނިމަމް ވޭޖުގެ ވައުދު ފުއްދުމުގެ މަސައްކަތް ކޮށްފައި ވަނީ މަސައްކަތްތެރިންނާއި ވަޒީފާ ދޭ ފަރާތްތައް ތަމްސީލުކުރާ މެމްބަރުންނާ ވާހަކަ ދެއްކެވި މަޝްވަރާތަކަކަށް ފަހު ކަމަށެވެ. މި ބައްދަލުވުންތަކަށް ހުށަހެޅި ކަންބޮޑުވުންތަކަށް ވެސް ރިއާޔަތްކޮށް، ހައްލު ހޯދަން ވެސް މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ.

މިނިމަމް ވޭޖުގެ ސަބަބުން ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ 16,000 ދިވެހިންގެ ތެރެއިން 13,000 މުވައްޒަފުންނަށާއި ސަރުކާރުގައި މަސައްކަތްކުރާ 15,400 މުވައްޒަފުންނަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ 5,100 މުވައްޒަފުންނަށް ފައިދާކުރާނެ. -- ހަމްދާން

މި ސިޔާސަތުން، އޭނާ ވިދާޅުވި ގޮތުގައި، ދިވެހި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށާއި ނުހައްގުން ދަށް މުސާރަ އާއި އިނާޔަތްތައް މަސައްކަތްތެރިންނަށް ދިނުމުގެ މައްސަލައަށް އެކަށޭނެ ހައްލެއް ލިބޭނެ އެވެ.

"މިނިމަމް ވޭޖުގެ ސަބަބުން، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ 16,000 ދިވެހިންގެ ތެރެއިން 13,000 މުވައްޒަފުންނަށާއި ސަރުކާރުގައި މަސައްކަތް ކުރާ 15,400 މުވައްޒަފުންނަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ 5,100 މުވައްޒަފުންނަށް ފައިދާ ކުރާނެ،" ހަމްދާން ވިދާޅުވި އެވެ.

ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުން، މިނިމަމް ވޭޖް ކޮންމެ ދެ އަހަރަކުން މުރާޖައާ ކުރަން ޖެހެ އެވެ. އިގްތިސާދަށް އަންނަ ހެޔޮބަދަލުތަކާ އެކު އެ ބަދަލު މިނިމަމް ވޭޖަށް ވެސް ގެނެވޭނެ ކަމަށް ހަމްދާން ވިދާޅުވި އެވެ.

އެންމެ ހެޔޮ ބަދަލެއް ޓޫރިޒަމްގެ މުވައްޒަފުންނަށް

މިނިމަމް ވޭޖު ކަނޑަނާޅައިގެން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރަމުން ދިޔައީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނެވެ. ބައެއް ރިސޯޓްތަކުގައި އަސާސީ މުސާރައިގެ ގޮތުގައި 250 ނުވަތަ 300 ޑޮލަރު ކަނޑައަޅާފައިވެ އެވެ. މިއީ، 5،000ރ. އަށް ވުރެ ވެސް ދަށް އަދަދެކެވެ.

އެކަމަކު މިނިމަމް ވޭޖް ކަނޑައެޅި އިރު ޓޫރިޒަމް ދާއިރާގެ އެންމެ ދަށް އުޖޫރައަކީ 8،000ރ. އެވެ. އެހެންކަމުން އެ ދާއިރާގެ މުވައްޒަފުންނަށް އަސާސީ މުސާރައިގެ ގޮތުގައި 518 ޑޮލަރަށް ވުރެ މަދުން އެއްވެސް ރިސޯޓެއްގައި ނުދެވޭނެ އެވެ.

ހަމްދާން ފާހަގަކުރެއްވި ގޮތުގައި އަންނަ ޖެނުއަރީން ފެށިގެން މިނިމަމް ވޭޖް ތަންފީޒުކުރަން ފަށާއިރު، އެންމެ ހެޔޮ ބަދަލެއް އަންނާނީ ޓޫރިޒަމް ދާއިރާގެ ދިވެހި މުވައްޒަފުންނަށެވެ.

"މިއާއެކު ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވެސް ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަ އަށް ހެޔޮ ބަދަލު އަންނާނެ،" ހަމްދާން ވިދާޅުވި އެވެ.

"ޕްރައިވެޓް ސެކްޓާ އަށް މިނިމަމް ވޭޖް ތަންފީޒުކުރެވޭނީ ވިޔަފާރިތަކުގެ ކުޑަބޮޑުމިނަށް [ބިޒްނަސް ކްލެސިފިކޭޝަނަށް] ބަލައި ތަފާތު ކުރެވިގެން. މިގޮތުން އެންމެ ކުދި ނުވަތަ "މައިކްރޯ" ވިޔަފާރިތަކުގެ މާލީ ހާލަތަށް ރިއާޔަތްކޮށް މި ވަގުތަށް އެ ވިޔަފާރިތައް އިސްތިސްނާކުރެވިފައި ވާނެ."

ހަމްދާން ވިދާޅުވީ، ކުދި ވިޔަފާރިތަކުގެ މާލީ ހާލަތަށް ރިއާޔަތްކޮށް، މިނިމަމް ވޭޖުގެ ސިޔާސަތު ތަންފީޒު ކުރުމުގައި އެހެން ގައުމުތަކުން ވެސް އަމަލުކުރާ އުސޫލުން ގަޑިއަކަށް ޖެހޭ މިންވަރު ކަނޑައެޅިފައި އޮތުމުން، މިނިމަމް ވޭޖަށް އަމަލުކުރުމުގައި ވިޔަފާރިތަކަށް ފަސޭހަވާނެ ކަމަށެވެ. މިނިމަމް ވޭޖަކީ ގަޑިއިރަކަށް ޖެހޭ އަދަދެއްގެ ގޮތުގައި ހިސާބުކުރުމުން، ދާއިމީ ނުވަތަ ފުލްޓައިމް ވަޒީފާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން، ޕާޓްޓައިމް އަދި ސާވިސް ކޮންޓްރެކްޓްތަކުގެ ދަށުން ނަގާފައިވާ މުވައްޒަފުން ވެސް މިނިމަމް ވޭޖު ތެރޭގައި ހިމެނުމަށް ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ހަމްދާން(ކ) ރައީސް އާއެކު: މިނިމަމް ވޭޖުގެ ވައުދު ސަރުކާރުން ފުއްދީ ގިނަ ބަޔަކާ މަޝްވަރާ ކުރުމަށްފަހު ކަމަށް ހަމްދާން ވިދާޅުވި.-- ފޮޓޯ: ރައީސް އޮފީސް

ވަޒީފާ ދޭ ފަރާތުން ކެއުމާއި ހުރުން ހަމަޖައްސައިދީފައިވާ ނަމަ އެއިން ކަމަކަށް ހޭދަވާނެ ފައިސާ މިނިމަމް ވޭޖުގެ ތެރޭގައި ނުހިމެނޭނެ އެވެ.

"މިނިމަމް ވޭޖުގެ ގޮތުގައި މަގާމުގެ އަސާސީ މުސާރަ އަދި ފިކްސްޑް އެލަވަންސް [މަގާމަށް ކަނޑައަޅާފައިވާ އަސާސީ މުސާރައާ އެކު މަހުންމަހަށް އެއްވެސް އުނިއިތުރެއް ނާންނަ ގޮތަށްދެވޭ އެލަވަންސް] ހިމެނޭނެ. ނަމަވެސް އެއްވެސް ބާވަތެއްގެ އިން-ކައިންޑް ބެނެފިޓެއް ނުހިމެނޭނެ." ހަމްދާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަމިއްލަ ވިޔަފާރިތަކުގެ އިތުރުން މިނިމަމް ވޭޖް އެކަށައަޅާފައި ވާނީ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ވެސް ހިމެނޭ ގޮތުންނެވެ.

މިނިމަމް ވޭޖް އިއުލާން ކޮށްދެއްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވީ މިނިމަމް ވޭޖްގެ ވާހަކަ ދެއްކެވޭތާ ވިއްސަކަށް އަހަރުވެއްޖެ ކަމަށެވެ. އަދި އެކަން ތަންފީޒު ނުކުރެވި ލަސްވި ލަސްވުމަކީ، މިހާރު އެކަން ކުރަން ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭރު އެކަން ކުރެވުނު ނަމަ މިހާރު މިކަން ކުރަން އޮތް ގޮންޖެހުންތައް އެހާ ބޮޑެއް ނުވީސް،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވެސް ވިދާޅުވީ މިއަދު އިއުލާންކުރި މިނިމަމް ވޭޖްގެ އަދަދުތަކަކީ އިގްތިސާދަށާއި ވަޒީފާ އަދާކުރާ އަދި ވަޒީފާ ދޭ ފަރާތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ އަދަދުތަކެއް ކަމަށެވެ.

23 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 6%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަޚަބަރުބަޖި

09 November 2021

މިކޮމެންޓް ލިޔާ މީހުންނަށް ހީވާހެން ހީވަނީ މީހަކު ޓައި އަޅ ައިގެން ހުރިއްޔާ އެއއީ ސިވިލްސާވެންޓެއްހެން. ސިވިލްސާވަންޓު މިހާރު އެންމެ ގިނަވާނީ ޓީޗަރުންގެތެރޭގައި. އެއީ ތިކިޔާ ގޮތަށް އަޗާތަޅަން ތިބެވޭ ބައެއް ނޫން. ގިނަ ތަންތާގައި ޓީޗަރުންނަކީ ސިވިލްސާވަންޓުންނެއް ނޫން. ރާއްޖޭގެެ ސިވިލް ގަވައިދު ތައް ނުލާހިކު ހަރުކަށި. މަގުމަތިން ތިފެންނަނީ ސިވިލްސާވަންޓުންތޯ ޔަގީން ކުރަންވީނުން.

The name is already taken The name is available. Register?

ޜސސ112

09 November 2021

މެކްސިމަމް ވޭޖްވެސް ހަދާބަލަ. 25،000 އިން މތި އެއްވެސް ސިޔާސީ މީހަކށް ނުލިބޭގޮތަށް

The name is already taken The name is available. Register?

ސަރުކާރު ހަބޭސް

09 November 2021

ސިވިލް ސާރވަންޓުންގެ މިނިމަމް ވޭޖަށް 12000 ދީފަ ކުލި އެލަވަންސް 10000 ދީފަ، ގޭގެ މެއިންޓަނަންސް ޚަރަދަށް 10000 ދީފަ ޖުމްލަ ބޮލަކަށް 32000 ދީފަ އަހަރަކު އެއްފަހަރު ބޭނުން ގައުމަކަށް ޗުއްޓީ ޓިކެޓް ޚަރަދު ސަރުކާރުން ދެއްކީމަޔޯ މިނިމަމް ވޭޖަކަށް ވާނީ. ލަދުން ބޯހަލާކު. ސަރުކާރު އެންމެ ދަށް މުސާރަ 7000 ރަނގަޅު. ބޭނުން ނެތިއްޔާ ވަޒީފާ ދޫކޮށްލާ. ވަޒީފާ ނުލިބިގެން ސަލާންޖަހާ ކުދީން ބައިވަރު އެބަތިބި. ކޮން ޗަރުކޭހެއް ދައްކާކަށްތަ.

The name is already taken The name is available. Register?

ބޮޑުމީހާ

09 November 2021

އެލަވަންސްތަކާއިއެކު މިހާރުވެސް 6000 ނުޖެހޭ ސިވިލްސާވެންޓެއް ނެތް. ދެން 7000 އެލަވަންސްތަކާއިއެކު ކަނޑައަޅައި ކޮންހާ އޮޅުވާލުމެެއް ތި ހަދަނީ.

The name is already taken The name is available. Register?

އަބުދުލް ޤާދިރު

08 November 2021

އަސާސީ މުސާރައަށް ގާތަގަނޑަކަށް ހާހެއްހާ ރުފިޔާ އިތުރުވާއިރު މަސައްކަތްކުރާ ވަގުތު 8 ގަޑިއިރަށް ބަދަލު ކުރުމުން މުސާރަ ބޮޑުވީތަ؟ ނޫނީ ކުރިއަށް ވުރެ ޙަޤީގަތުގަ ކުޑަވީތަ؟

The name is already taken The name is available. Register?

ރައީސް ސޯލިހަށް

08 November 2021

ކުދިމެދު ފަންތީގެ ވިޔަފާރީގެ ޑެފިނިޝަން ގައިޑްލައިނެއް އޮންނަން ވާނެއެވެ. އަދި އެގައިޑްލައިން އަށް ބެލި އަހަރަކު ވަކި އަދަދަކަށްވުރެ ދަށުން އާމްދަނީ ނެރޭ ވިޔަފާރިތަކަށް ޖީ.އެސް.ޓީ ޓެކްސް މާފެއް 2 އަހަރަށް ސަރުކާރުން ދެއްވުމަކީ، އިގްތިސޯދީ ހާލަތު ބަދަލުވެ ވިޔަފަރިތައް ކުރިއަރާދާނެ ކަމެކެވެ. ދައުލަތުގެ އާމްދަނީން އުނިވާ ޓެކްސް ދައުރުވަމުން ދާނީ ސާރކިއުލޭޝަން ތެރޭގައެވެ. ސަބްސިޑީއެއް އެކުލަވާލައި އުނިވާ ބައި ނެގިދާނެއެވެ.

The name is already taken The name is available. Register?

ރައްޔިތުންނަށް

08 November 2021

މިނިމަމް ވޭޖަކީ ސަރުކާރުގެ ވައުދެއް ނަމަވެސް ކޮވިޑްގެ ހާލަތާއި ގުޅިގެން ދުނިޔޭގެ އިގްތިސޯދަށް އެރި ހުއްޓުން ދިވެހިރާއްޖެ އަށް ކުރިގޮތް އެންމެންގެ ލޮލަށް ފެނިފަވާނެއެވެ. މިނިމަމް ވޭޖެއް ކަނޑަ އަޅާއިރު ގައުމެއްގެ އިގްތިސޯދުގައި އެންމެ ބޮޑު ބުރައެއް އުފުލާނީ ޕްރައިވެޓް ސެކްޓަރގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކެވެ. ވީމާ، ގާނޫނަކުން ރައްޔިތުންނަށް ބުރައެއް ޖެއްސުމުގެ ކުރީން ސަރުކާރުން ބަލަންވާ ވަރަށް ބެއްލެވިކަން ފާހަގަކުރަމެވެ.

The name is already taken The name is available. Register?

ޖާބެ

08 November 2021

މޮޑަން ސްލޭވަރީ

The name is already taken The name is available. Register?

އަނެތްކާ ނަންނުބައިކޮށް

08 November 2021

ފެބްރުއަރީ މަހު ފުރަތަމަ ދުވަހުގެ ފަލަސުރުހީ ( ވިޔަފާރިތަށް ބަގުރޫޓްވާތީ ރާއްޖޭގައި ވިއްކާ ހުރިހާ މުދަލެއްގެ އަގު 30 ޕަސަންޓަށް އުފުލަން ނިންމައިފި ( ވިޔަފާރި ވެރިންގެ ޖަމުއިއްޔާ ) ފެބުއަރީ މެދުތެރޭ އޭރު އިދިކޮޅުގައި އޮންނަ ބަޔަކު މިކަމާ ދެކޮޅަށް ތެދުވާ ކަމަށް ދައްކާނެ މާރޗްމަހު އިންޕުލިމެންޓް ކުރާނެ.

The name is already taken The name is available. Register?

ނަން ނޭންގޭ

08 November 2021

މިނިމަމް ވޭޖް އިއުލާންކުރަން ބޭއްވި ހަފްލާއަށް ހިގި ހަރަދު އެގޭނަމަ ބުނީސް ނިސްބަތުން މި ކަޑައެޅުނީ ގޯސް ވޭޖެއްކަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454