ފަސް އަހަރުގެ ހުކުމުން ސަލާމަތްވުމާއެކު، އިދިކޮޅު ލީޑަރު ޔާމީން ގެންދަވަނީ އިންޑިއާއާ ދެކޮޅަށް ހިންގާ ހަރަކާތްތައް ފުޅާކޮށްފައި. އެކަމުގެ ކެމްޕެއިނަށް ރަށްރަށަށް ވަޑައިގެންފައިވޭ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން، "އިންޑިއާ އައުޓް" ޓީޝާޓު ތުރުކުރައްވައިގެން-
25 ޑިސެމްބަރ 2021 - 14:37
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ސިޔާސީ މަގުސަދެއްގައި ރައްޔިތުންގެ ޝުއޫރުތަކާ ކުޅެން ހިންގާ ނޭއްގާލީ އަމަލުތަކެއް ކަމަށް، އަދާލަތު ޕާޓީން ރޭ ބުނެފި އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ޕާޓީ، އަދާލަތުން ނެރުނު ބަޔާނެއްގައި ބުނީ މުޅި ދުނިޔެ ގުޅިލާމެހިފައިވާ ޒަމާނެއްގައި ބައިނަލްއަގްވާމީ މަސްރަހުގައި ވަކިވެގަތުން އިސްކުރުމަކީ ދިވެހިންނަށް އެންމެ މަސްލަހަތު ހުރި ގޮތް ނޫން ކަމަށެވެ.
ތަރައްގީގެ ކަންކަން އަދި އެ ނޫން ވެސް ދިވެހިން އެދޭ ދިރިއުޅުން ހާސިލް ކުރުމަށް އަވަށްޓެރި ގައުމުތަކުގެ އިތުރުން ހެޔޮއެދޭ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަކީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށް ބަޔާނުގައި ބުންޏެވެ.
އިންޑިއާ ކަނޑުގައި އޮންނަ ރާއްޖޭގެ ކުރިއެރުމާއި ދިވެހިންގެ ސަލާމަތާއި ހުރިހާ މަސްލަހަތެއް ހިމާޔަތް ކުރުމުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ވަރަށް މަތީ ދައުރެއް އަދާކުރާ ކަމަށާއި ބައިނަލްއަގްވާމީ ވިޔަފާރީގައި އިންޑިއާ ކަނޑުގެ އަހައްމިއްޔަތުކަން އިތުރުވަމުން އަންނައިރު، ކަނޑުގެ މަސްލަހަތު ހިމާޔަތް ކުރުމަކީ ވެސް ހާރިޖީ ސިޔާސަތު ރިއާޔަތް ކުރަންވާ ކަމެއް ކަމަށް އަދާލަތުން ބުނެ އެވެ.
ވަކިން ހާއްސަކޮށް އަވަށްޓެރި އިންޑިއާއާ މެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ކުރައްވަމުން ގެންދަވާ ޒިންމާދާރުކަން ކުޑަ ކަންކަމާ މެދު މި ޕާޓީން ކަންބޮޑުވަމެވެ."--- އަދާލަތު ޕާޓީ
ނަމަވެސް ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ސިޔާސީ ބަޔަކު ކުރަމުންދާ މަސައްކަތް އެ ޕާޓީން ވަނީ ކުށްވެރިކޮށްފަ އެވެ.
އަދާލަތު ޕާޓީން ބުނީ "އިންޑިއާ އައުޓް" ކެމްޕޭނަކީ ސިޔާސީ މަގުސަދެއްގައި ރައްޔިތުންގެ ޝުއޫރުތަކާ ކުޅެގެން ހިންގާ ނޭއްގާނީ އަމަލުތަކެއް ކަމަށެވެ. އެކަމުގެ ނަތީޖާއަކަށް ވާނީ، ބަޔާނުގައި ބުނިގޮތުގައި، ބައިނަލްއަގްވާމީ މަސްރަހުގައި ދިވެހިން އެކަހެރިވެ، ގައުމާއި ރައްޔިތުންނަށް ފޫނުބެއްދޭ ގެއްލުން ލިބުމެވެ.
"ރާއްޖޭގެ އަވަށްޓެރިންނާއި ދިވެހިންގެ ކުރިއެރުމާއި ތަރައްގީ އަށް އެހީތެރިވެދޭ ބައިވެރިންނާ މެދު އާއްމު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށް ސިޔާސޯ ބަޔަކު ކުރަމުންދާ މަސައްކަތް އަދާލަތު ޕާޓީން ކުށްވެރި ކުރަމެވެ،" އަދާލަތުން ބުންޏެވެ.
ވަކިން ހާއްސަކޮށް އަވަށްޓެރި އިންޑިއާއާ މެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ކުރައްވަމުން ގެންދަވާ ޒިންމާދާރުކަން ކުޑަ ކަންކަމާ މެދު މި ޕާޓީން ކަންބޮޑުވަމެވެ."
މި ސަރުކާރު ވެރިކަމަށް ގެނައުމަށް އިސް ދައުރެއް އަދާކުރި އަދާލަތު ޕާޓީން ބުނީ، އެ ޕާޓީން ބައިވެރިވާ ސަރުކާރެއްގައި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލަށް ލޮޅުމެއް އަތުވެދާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
މަނީލޯންޑަރިންގެ ފަސް އަހަރުގެ ހުކުމުން މިދިޔަ މަހު ސަލާމަތްވުމާއެކު، އިދިކޮޅު ލީޑަރު ޔާމީން ގެންދަވަނީ އިންޑިއާއާ ދެކޮޅަށް ހިންގާ ހަރަކާތްތައް ފުޅާކޮށްފަ އެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޓީމުތައް ރަށްރަށަށް ގޮސް، އިންޑިއާއާ ދެކޮޅަށް ޖަލްސާތައް ބޭއްވުމާއި ރެލީތައް ދަނީ ބާއްވަމުންނެވެ. އެ ހަރަކާތްތައް ސަރުކާރުން ވަނީ ކުށްވެރިކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލީ
26 December 2021
ނޭއްގާނީ ހަރަކާތެއް ހިންގައިގެންވިއަސް ތިޔަ އިންޑިއާއިން މިގައުމުގެ ހުންގާނު އަތުލާތަން ބަލަން ތިބޭކަށް ބޭނުމެއް ނޫން. ދަތްކޮށްޓާ އިލޮށި ކަނޑުމެދަށް ޖަހައިގެން ހިއްލަން އުޅޭ ދެދުވަހުން ވެއްޓޭ ކަހަލަ ފާލަމެއް ފެންނާނެކަމަށް ބަޔަކަށް ވަރަށް ހީވެގެން ތިތިބެނީ. އިންޑިއާ އައުޓްވެގެން މިގައުމަށް ކުރިއެރުން އަންނަން އޮތީ. 12 އަހަރުވަންދެން މާލޭގެ ބޮޑު ބިމެއް ހިފަހައްޓައިގެން ކަމެއްނުކޮށް ތިބުމަކީ ނޭއްގާނީ ކަމަކަށް ކަލޭމެންނަކަށް ނުވެއެއްނު؟
ހަސަނު
26 December 2021
އަދި މާކަ ގިނަ ދުވަހެއް ނުވޭ، މުޅި ގައުމު ލޫޓު ވާލާ ބައިތުލް މާލު އަމިއްލަ އެކައުންޓަށް އަޅާލާ ގައުމު އެކަހެރި ކުރިތާ... މިހާރު އެއުޅެނީ އެ ބޮޑު ވައްކަން މަތި ޖަހަން.. ކޮންމެސް އޭޗެކޭ މީއްޗެކޭ އިންޑިޔާއޭ ފަޅޮލޭ ކިޔައިގެން މީހުން މޮޔަހައްދައިހެން މަގު މައްޗަށް ނެރެ ތާކުން ތާކު ނުޖެހޭ ވާހަކަ ދައްކުވާ އަލުން އެ ވައްކަން ތަކުރާރު ކުރުން މަގްސަދަކީ.. ވިސްނާތި ދެވަނަ ފަހަކު ކަށި ޖެހިޔަދީގެން ނުވާނެ މުސްލިމަކު....
ކޮން ކައްޓެކޭކިޔާކަށް
26 December 2021
އިންޑިއާއާ ޖައްސާލާތީ ކަންބޮޑުވާން ތިހާ ދީނީ މީހުން ކަންބޮޑެއްނުވޭތަ ސައުދީއާ މިހާރުގެ އެތިބަ ވެރިން ޖައްސާލައިގެން އޭރު އެމީހުންގެ އަގުވައްޓާލީމަ މިތަނުގަ ހުޅުވަން ހުރި ބޮޑު މިސްކިތް ހުޅުވަނުދޭން އެމީހުން ނައިސްގެން އުޅޭތީ؟ ޗައިނާއާ ސައޫދީއާ ޖައްސާލައިގެން ވީ މާމޮޅުތަކެއް އެބައޮތްތަ މިސަރުކާރަށް؟ އެއިރުވެސް ފަޅޮލޭ ކިޔައިގެން ބަޔަކު ހެއްދި ގޮތަށް ތިޔަ ތިބީ އަދިވެސް ހެދިފަ.
ވަޠަނީލޯބި
26 December 2021
މައްސަލައަކީ ގުޅި ލާމެހެމުންދާ ދިޔުން. އެބައި މީހުން ބޭނުންވާހާ ގޮތަކަށް ކަންކަން ގެންދިޔުން. މައްސަލައަކީ އެބައި މީހުންނަށް އަޅުވެތި ވަމުންދާ ދިޔުން
މަރުދުރުހަސަނު
26 December 2021
މިފަސްއަހަރު ނިމޭއިރު އަދާލަތުގެ ކަންތައްވެސް ނިމޭނެ އަދާލަތު އުވާލަން އިލެކްސަންގެ ކޮމިސަނުން ގެނައި ބަދަލުގެ ސަބަބުން އަދާލަތު އުވުނަނުދީ ސަލާމަތް ކޮއްދިނިނީ ޕޕއެމް މެންބަރުންގެ ބުރަމަސައްކަތުން މިފަހަރު އުވޭނެ
ޕޮޢް
25 December 2021
ކޮން އިންޑިއާ އަޢުޓެކޭ ކިޔާކަށް ސްޓީލިން ޕެރެޑައިސް ކިޔާބަލަ އެ ދޮގުކޮށް ގޮންޖަހާކަށް ނުކެރޭ
ކޮންޕޮކެއް
26 December 2021
ޕޮއްވާކަށް ނުޖެހޭ ބަޔަކު ހަދައިގެން ނެރޭހާ ރިޕޯޓެއް ބަލަބަލާފަ. ސްޓީލިންގެ ޕެރަޑައިސްގެ އިސް މީހުން ތިބީ މިސަރުކާރުގެ ހިމާޔަތުގަ. ދެން ޕޮއްކިޔާބަލަ.
ބެއިރޫތުން ކިޔެވީ ވައްކަން
25 December 2021
ވަގަކަށް ހާސް ދުވަސް ރައްޔަތު މީހާއަށް އެއްދުވަސް
ޖަމަލު
25 December 2021
ހަމަ އަސްލައްވެސް މިއަދު އަދާލަތައް އޮތް ފަނޑު އިތުބާރުވެސް މިއަދު މިގެއްލުނީ. ދެން މަގޭވޯޓު އޮތީ މުޅިން އައު ބަޔަކަށް. ރަނގަޅު މީހަކު ލާނެ ކަމަށް އުއްމީދު ކުރަން.
އަބޫބަކުރުބެ
25 December 2021
ރަނގަޅު އެކަކުވެސް ނެތް.
ސީޒަން ޖެކުހަން
25 December 2021
މިއޮތީ އެމްޑީޕީގެ ތެލާ އަދާލަތުގެ ފެން އެކުވެފާ............. ދައްކަވާންހުރިތަނެއް ދައްކަވާނެ.
ބޮޑުމީހާ
25 December 2021
އަދާލަތަކީ ޕާޓީއެއް ކަމަށް އަހަރުމެން ގަބޫލެެއް ނުކުރަން. ހެޔޮ ހިތުންތާއިދުކުރާ 200 މީހުން ތިބޭނެ ކަމާއިމެދު ޝައްކު. އަދާލަތު އުވާލާ، އިންޑިއާ އައުޓް
އިސްލާހު
25 December 2021
އަދާލަތު ޕާޓީއަކީ މިހާރު އުވާލަން ވެފައިވާ ޕާޓީއެކެވެ. އެންމެ ރަނގަޅަށް ކެނެރީގޭ ނަޝީދު ސިފަކޮއްދީފައިވަނީވެސް އަދާލަތުޕާޓީގެ ރައީސެވެ. މިހާރުވެސް ޔޫޓިއުބް އިން ފަސޭހަކަމާއެކު ފެންނަން އެހެރީއެވެ.