ނަޝީދު: އެމަނިކުފާނަކީ ލާދީނީ ބޭފުޅެއް ކަމަށް ތުހުމަތު ކުރާ މައްސަލަ ބަލައިދޭން އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައި --- ފޮޓޯ/މިހާރު
04 ޖެނުއަރީ 2022 - 19:06
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ލާދީނީ ބޭފުޅެއް ކަމަށް ބުނެ ދައްކާ ވާހަކަތަކާ މެދު ފިޔަވަޅު އަޅަން އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
ކްރިސްމަސް ތަހުނިޔާ ނަޝީދު ފޮނުއްވާފައިވާތީ ރާއްޖޭގައި އެހެން ދީންތަކުގެ ޝިއާރު ފަތުރަން ނަޝީދު މަސައްކަތް ކުރައްވާ ކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ އިއްތިހާދުގެ ފަރާތުން ފުލުހުންނަށް ދާދިފަހުން މައްސަލައެއް ހުށަހަޅާފައިވެ އެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ އިދާރާ މެދުވެރި ކުރައްވައި، ނަޝީދު ނެރުއްވި ބަޔާނެއްގައި ވަނީ އެމަނިކުފާނަކީި އިސްލާމްދީނާ ދެކޮޅު ބޭފުޅެއްގެ ގޮތުގައި ސިފަކުރަން މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެ ކަމަށާ އަދި ދީނީ ހަރުކަށި މީހުން ހިތްރުހޭ ރާގަށް އެމަނިކުފާނާ މެދު އެފަދަ ތުހުމަތުތައް ކުރަމުންދާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ބޭނުމަކީ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާ ކުރުން ކަމަށާއި އެހެންވެ، އެކަންކަން ބަލައި، ފިޔަވަޅު އަޅަން އެދިވަޑައިގަންނަވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"އޭގެ ހަމައެކަނި މަގްސަދަކީ އަޅުގަނޑުގެ ޖާނަށް ނުރައްކާ ދިނުމެވެ. ލާދީނީ މީހެއް ކަމަށް ބުނެ ފަތުރާ އިލްޒާމުތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އުއްމީދުގައި ހުރީމެވެ." އެ ބަޔާނުގައި ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީދު އެގޮތަށް ވިދާޅުވިއިރު، އެމަނިކުފާނަށް އެފަދަ ތުހުމަތުތައް ކުރަނީ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާ ކުރަން ކަމަށް ބުނެ އެމްޑީޕީގެ އިސް ބޭފުޅުން ގެންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ވަނީ ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައިފަ އެވެ. އެ ހަމަލާ އިން ލިބުނު ޒަހަމްތަކަށް އެ މަނިކުފާން ވަނީ ރާއްޖެ އިން ބޭރުން ފަރުވާ ހޯއްދަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސޭހަތުއްޒަހަބިއްޔާ
04 January 2022
ކޮންމެ މަޚްލޫގެއްގެ ޖާނުގަނޑުވަނީ ކަނޑައެޅިބަޔާންވެގެންވާ އަޖަލެއްގައެވެ. ފަހެ އެޖާނުގަނޑުގެ ވެރިފަރާތުން ރައްކާތެރިކަމަށް އެދޭށެވެ. މަކަރުވެރިން ރާވާ މަކަރުވެރި ރޭވުންތަކަށްވުރެ މަތީގާ އެއަށްވުރެ ވަރުގަދަ މަކަރުވެރިކަމެއް ވާނެއެވެ.ފަހެ ތިބާ ތިޔަ ބިރުގަންނަ ކަންތަކާ ކުރިމަތިލާން ނުޖެހޭ ހަމަ އެއްވެސް މަޚްލޫގަކު ނުވެއެވެ. އެކަމަށް ތައްޔާރުވެ ހުރެއްޖެ މީހާ ކާމިޔާބު ވެއްޖެއެވެ.
ކޮންއިއްތިހާދެއް
04 January 2022
މީކޮން ރައްޔިތުންގެ އިއްތިހާދެއް. އަހަރެންވެސް މިއީ ރައްޔިތެއް. އެކަމަކު މީހަކު ގުޑުމޯނިންގް ކިޔައިފިނަމަ ޣައިރު ދީނުގެ ޝިއާރު ފަތުރާކަމަށް ވާނެތަ؟ އަދި ދީނުގައި ޚިލާފު ހުންނަ މައްސަލަތައް ނަގައިގެން ފިތުނަ ފަސާދަ ކުރުމަކީ ކޮންކަހަލަ ކަމެއް. އިސްލާމީ މުޖުތަމައެއްގައި ފަތުވާ ނެރެންވާނީ ރަސްމީ ޖަމާއަތަކުން. ވަކިވަކި ފަރުދުން އެކަން ކުރަންވެއްޖެނަމަ އެތަނެއް ފަސާދަވެދާނެ.
ޙަލީމުދޮންބ
04 January 2022
ދީނާ ޚިލާފު ވާހަކަ އެއްވެސް މީހަކު ދައްކައިފިއްޔާ އޮންނަނީ ފުލުހަށް ރިޕޯޓުކުރަން! އެއީ މައްސަލައެއް ނޫން! ތަޙްޤީޤުކޮއް ހެކި ހުރެއްޖެއްޔާ ދައުވާކުރާނެ! މައްސަލައަކަށް ވާނީ ކާފަރެކޭ ބުނެގެން ނުވަތަ އަމިއްލައަށް ތަންފީޒުކުރަން އުޅުނީމަ! ޤާނޫނީ ޙުކޫމަތު ދަމަހައްޓަވާ! އަދި ދީނޭ ކިޔައިގެން ދީނީ ވާހަކަ ދެއްކުމުގެ ހުއްދަ ނެތް މީހުން ވާހަކަ ނުދައްކާ އަދި ދީނުގައި ކަނޑައެޅިގެން އައިސްފައިވާ ޙުކުމްތަކަށް ފާޅުގައި އިންކާރުނުކުރޭ! އޭރުން މައްސަލަ ޙައްލުވީ!
މުލޭ
04 January 2022
މީސްމީހުންގެ ޢަމަލުތައް / ބަސްމަގު ހުންނަގޮތުން / އުޅޭ ގޮތުން ދޭހަކޮށްދޭ / މާނަކުރެވޭ ކަންކަމާއި އެމީހަކާ ގުޅުވައި ތުހުުމަތުތައް ކުރުުމަކީ ވަރަށް ޢާންމު ކަމެއް. "ހަރުކަށި ފިކުރު" ނުވަތަ "މަޑުކަށި ފިކުރު" އޭ ކިޔައިގެން މީސްމީހުންނަށް އިނގިލި ދިގުކުރަނީ އެހެންވެގެން. މިއިން ކަމަކާ ގުޅުވައި އިނގިލި ދިގުނުރެވޭ މީހުން މި ރާއްޖޭގައި ގިނައީ. މިފަދަ ތުހުމަތު އެންމެންގެ މައްޗަކަށް ނުކުރޭ. ތުހުމަތެއް ކުރުމަކީ އެފަދަ މީހަކަށް ވުމެއް ވެސް ނޫން.
ހަސަނު
04 January 2022
މި މައްސަލަ ސީރިއަސް އެންޑް އޮގަނައިސްޑް ކްރައިމް އެއްގެ ގޮތުގަ ބަލަން ޖެހޭ.. ނަޝީދު ކްރިސްމަސް ތަހުނިޔާ ފޮނުވުމަކީ ކަފަރުވުން ކަމުގަ އެ ޖަމާއަތުން އެ ބުނަނީ ނަފްރަތާ ބިރުވެރިކަން ފަތުރަން. އެއީ ޓެރަރިޒަމް ގެ އަމަލެއް...