އިދިކޮޅު ޕީޕީއެމް އިން އިންތިޒާމުކޮށްގެން މާލޭގައި ބޭއްވި ހަރަކާތެއްގައި ސަޕޯޓަރުން އިންޑިއާ އައުޓް ޓީޝާޓް ލައިގެން- --. ފޮޓޯ: ނިޝާން އަލީ/މިހާރު
07 ޖެނުއަރީ 2022 - 13:41
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމުން ފަށާފައިވާ ހަރަކާތްތަކުގައި ބޭނުންކުރާ "އިންޑިއާ އައުޓް" ޖެހި ޓީޝާޓް ނުލާން އަންގާފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތައް ފުލުހުން މިއަދު ދޮގުކޮށްފި އެވެ.
"އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓް ލައިގެން ނުތިބެވޭނެ ކަމަށާއި އެ ޓީޝާޓްގައި ހަމައެކަނި ދިވެހި ބަހުން "އިންޑިއާ އައުޓް" ޖެހުމަށް ފުލުހުން އެންގި ކަމަށް އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައި ވެ އެވެ.
"އެފަދަ އެންގުމެއް އެއްވެސް ފަރާތަކަށް ފުލުހުން އަންގައިފައެއް ނުވާނެ،" އިދިކޮޅުގެ ވާހަކަތައް ދޮގުކުރަމުން ފުލުހުން ބުންޏެވެ.
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންކުރި ފަހުން "އިންޑިއާ އައުޓް" ހަރަކާތްތައް ވަރުގަދަ ކޮށްފައިވާއިރު މި ހަފުތާގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޕީޕީއެމްގެ އޮފީސް ކުރިމަތީގައި އެއްވުމެއް ބާއްވަ އެވެ. އަދި އެ އެއްވުން ރޫޅާލައި، އެއްވުމުގައި އިސްކޮށް އުޅޭ މީހުން ފުލުހން ހައްޔަރުކުރި ނަމަވެސް 24 ގަޑިއިރު ނުވަނީސް ދޫކޮށްލަ އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ ހުރިހާ ޕާޓީތަކުން ވެސް ބުނަނީ "އިންޑިއާ އައުޓް" ހަރަކާތަކީ އިިދިކޮޅުން ހިންގާ ޖަރީމާއެއް ކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ރާއްޖެ އެތެރެވާ ޑްރަގް ބޯޓުތަކުގެ މައުލޫމާތު އިންޑިޔާ އިން ދޭތީ މި ކެމްޕެއިނަކީ ޑްރަގް ވިޔަފާރި ކުރާ މީހުންނާ ގުޅުން އޮތް ކަމެއް ކަމަށް ތުހުމަތު ކުރައްވައި އެކަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
08 January 2022
ވަޒަން ދެކެ ލޯބިވާ ދިވެހީންގެ ބަޔަކު، އިންޑިޔާ އިސްތިއުމާރު ރާއްޖެއިން ބޭރު ކުރުމަށް އިއްވާ ޝިޢާރަކާ ދަކޮޅު ހަދާނަމަ، ފުލުހުންނަކީ އެންމެ މަތީ ޚާއިނުން. ކޮނެމެ ފުލުހަކު، ފަރުދީ ގޮތުގަ، މި ޚިޔާނާތުން ކުށްވެރިވާނެ.
އިގޭގަ ތިބޭ
07 January 2022
ފޮޓޯގަ ތިޔަތިބި ބޭބެމެން އިންޑިޔާ އަށް ނުދާތި.
1828
08 January 2022
ކީއްވެ؟
ކެރެޓް
07 January 2022
ތިޔަ މުޒާހަރާތަކުންް ފެންނަނީ ހަމަ މުޅިން އެއްބައެއް. ޢެއީ ކޮންބައެއް؟
މުޒާހަތާ ކުރިމީހެެއް
07 January 2022
އެމްޑީޕީޔަ ވޯޓް ދިނުން ނިމުނީ.
މީދާ
07 January 2022
އިންޑިއާ އައުޓް ޓީޝާޓް އަށް ފުލުހުންގެ އެންޑޯޒްމެންޓް ލިބިއްޖެ.
ރެޓޭ
07 January 2022
ދެން މީހަކު ޓީޝާޓެއްލާއިރަށް އެމީހެއްގެ ވަށައިގެން ފުލުހުން އެނބުރެނީ ކީއްވެ! ފުލުންވެސް ތަންކޮޅެއް ހޭޖެހޭގޮތަކަށް އުޅެބަލަ!
ޢަރުތަ
07 January 2022
ދެންޓީޝާޓު ލައިގެން ނުކުމެ މަގުތަކުގަ ހިނގާބިނގާވެ އުޅޭ މީހުނާ ދުއްވާއެއްޗިއްސަށް ދުއްތުރާކުރަން މަގުތަކުގަ ހޫރެނީ ކީއްވެގެން، ޓީޝާޓު ލައިގެން ހޭޖެހިގެން ގޭގަ އޮންނަނަމަ...........ރަނގަޅު ހަމަ ހައްޔަރުކުރަންވީ، މީހަމައެކަނި ސިޔާސީ މީހުންގެ ތަނެއް ނޫން، އެހެންމީހުނަށް ދުއްޕާކުރަން މަގުތަކުގަ ހޫރޭކަށް...........
1828
08 January 2022
ޢަރުތަ، އިނގޭތަ ރާއްޖޭގައި ޤާނޫނު އަސާސީއެއް އޮންނަކަން؟ އަދި އޭގައި ދިވެހި ރައްޔިތުންނަށް ހައްޤުތަކެއް ކަށަވަރުކޮށްދީފައިވާކަން؟ އޭގެން ހައްޤުތައް ބޭނުންކުރުމަށްޓަކައި މަގުމައްޗަށް ނިކުމެވޭނެކަމަށް ޤާނޫނު އަސާސީގެ 02 ވަނަ ބާބުގެ 32 ވަނަ މާއްދާ ކަށަވަރުކޮށްދޭ.
އުދުހޭ
07 January 2022
ޑްރަގު މައްސަލައެއްވިއްޔާ ހެެއްކާއެކު ދައުވާ ނުކުރަނީ ކީއްވެ؟ ދައުވާނުކޮށް މިކަހަލަ ވާހަކަ ދައްކަންޏާ ދެން ކުރެވޭނީ ކޮރަޕްޝަނުގެ ތުހުމަތުދޯ؟
އެމްސް
07 January 2022
ވެރިކަމަށް އަންނަންވީ ރަޢިއްޔަތުންނަށް ލާބައާއި، މަންފާއާއި، ލުއި ގޮތްތައް ހޯދަދޭން! މިނިމަމް ވޭޖް ލިވިން ވޭޖަކަށް ހަދާދޭން! ދާޚިލީ ކަންކަން ރަގަނޅުކޮށް، ޤައުމު އެއްބައިވަންތަ ކުރަން! ބައިނަލްއަޤްވާމީ ގޮތުން ދުނިޔެ ބަލައިގަންނަ ފަދަ ތަނަކަށް ޤައުމު ހަދަން! ސަލާމްޖެހުމުން އަރާ ފުދުންތެރި ރަޢިއްޔަތެއް ބިނާކުރަން!
ޑީއެންއޭ
07 January 2022
ސަރުކާރަށް ނޭގެނީތޭ ހޮޅީންގެ އަތް ދަށުން ރާއްޖެ ސަލާމަތް ކުރި ދިވެހި ޖީލުގެ ދަރިންނޭ ޕީޕީއެމް ގައި މިއަދު އެތިބީ އެއިރު ވެސް ގައުމަށް ގައްދާރުވި ދިވެހިން ތަކެއް މާލޭގައި ތިއްބޭ އެމެންގެ ދަރިންގެ ދަރިންގެ ދަރިންގެ ދަރިންގެ ދަރިންނޭ މިއަދު ވެސް އިންޑިއާ އައުޓާއި ދެކޮޅަށް އެ ކެމްޕެއިން ކޮށް ބަޔާން ތައް ނެރެނީ އެއީ ދިވެހި ގައުމު ދެކެލޯބިވާ ބައެއް ކަމަށް އަދި އެއީ އޮރިޖިނަލް ދިވެހި ޑީއެންއޭ ކަމަށް ނުބެލެވޭނެއޭ މަމެން ޕިންކީން މީ އޮރިޖިނަލް ދިވެހި
ކުޗީ
07 January 2022
" ހޮޅީންގެ އަތް ދަށުން ރާއްޖެ ސަލާމަތް ކުރި ދިވެހި ޖީލުގެ ދަރިންނޭ ޕީޕީއެމް ގައި މިއަދު އެތިބީ " .... ހީހީ ހަލާކު ވެދާނެ. ބަލަގަ ބޭސް ހަދައިގެން ހަތިޔާރާއެކު ތިބޭ އަސްކަރީ ސިފައިންނާ ، ޓެރެއިނިންގް ނުވަތަ ޓެކްނިކަލް އެހީދޭން އައިސްތިބޭ ސިފައިންނާ މުޅީން ތަފާތު ވާނެ. ވުޖޫދުގައި ނުވެސް ނެތް ކަމެއް އެބައޮތްކަމަށް ހަދައިގެން އުޅުނަސް ހުރިހާ އެންމެން ތިމަޅީގައި ނުޖެހޭނެ.
ޢަރުތަ
08 January 2022
އޮރިޖިނަލް ޕިންކީން ވިއްޔާ ތިޖޫރިއަށް ވަރަށް ދޯޅުވާނެ، ހީހީހީ
48325
07 January 2022
އެއްވެސްޔަކު ދޮގެއްހެދެންއޮތާކު ތެދެއްނުހަދާނެ.