ރައީސް އޮފީސް: އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ދެ ވަނަ ފަހަރަށް ވަނީ އިއުލާނުކޮށްފައި.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
21 ޖެނުއަރީ 2022 - 18:04
ރައީސް އޮފީސް ކައިރިއަށް ގޮސް އެ ތަނުގެ ވެރިން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހަކު އިއްޔެ ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހު ރައީސް އޮފީހުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި އެމްއެންޑީއެފްގެ އޮފިސަރުން ކައިރިއަށް ގޮސް، އެތެރޭގައި ތިބި ވެރިން ބޭރަށް ނުކުތުމަށާއި ގޮއްވާލާނެ ކަމަށް ވެސް އެ މީހާ ބުނެފައިވާ ކަމަށެވެ.
އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ހަތް ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމުގެ ހުއްދަ ހުޅުމާލޭގެ ކޯޓުން މިހާރު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ ރަސްމީ ގެކޮޅު މުލީއާގޭ ކައިރިއަށް ގޮސް ގޮއްވާލާނެ ކަމަށް ބުނި މައްސަލައެއްގައި ވެސް ދެ މީހަކު ކުރިން ހައްޔަރު ކުރި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާ އަށް ފަހު އެފަދަަ ގޮތަށް ދޭ އިންޒާރުތައް ސަލާމަތީ ބާރުތަކުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރީސް
22 January 2022
އިސްލާމްދީނަށް ފުރައްސާރަކުރަމުންދާ މީހުން ހައްޔަރުކޮއްލާއިރަށް ސިކުޑި ހަމަނުޖެހޭ ކަމަށް ބަލާ ދޫކޮއްލާ ، އެކަމަކު މީހަކު ޖެއްސުމަށްވެސް ސަރުކާރަށް އެއްޗެއް ބުނެގެން މޮޔައަކަށް ވެ ދޫކޮއްނުލާނެ ، މޮޔަ މީހަކަށްވިއަސް ޖަލަށްލާނެ ،
ހިމާރުލްގައުމު
22 January 2022
ރާއްޖޭގެ ހުޅުޖެހި ބައިގަނޑު ވެރިކަމުގަ އޮތީ. ދެން މާ ބޮޑު ކަމެއްތަ އެއީ އެސޮރު އެހެން ބުންޏަސް.
ގިތެއޮގުޅި
22 January 2022
ރައީސް އޮފީހ ޖެހިގެން ހުރި ތަން ވަރަށް އަވަހަށް ގޮވާނެ، ބޮލަށް ވެއްޓެންދެން މިތިބެނީ، ނާސިރު ދައުރުގައި އަޅާފައިހުރި، ބިލްޑިންގެއް، ހުރަވީއެއްތޯ ގާޒީއެއް
ނޭނގޭވާހަކަ
22 January 2022
ނާޞިރު އެޅި ތަންތަނެއް ނޫން. މައުމޫން އެޅި ތަންތަން. ހުރަވީ ބިލްޑިންގއާއި ވެލާނާ ބިންލްޑިންގ އާއި ޣާޒީ ބިލްޑިންގއާއި އިސްލާމީ މަރުކަޒަކީ މައުމޫން އެޅި ތަންތަން.
ށސސ1
22 January 2022
މޫނުބުރުގާ ވަހަކަަ ދައްކާތީ ޑްރާމާކުޅުނީދޯ
8 ފެބްރުވަރީގެ ބޮޑުހުޅު،
22 January 2022
ތިވާނީ ސިކުނޑި ހަަމަނުޖެހޭ މޮޔައަކަށް، 8 ފެބްރުއަރީ 2012 ގައި ރާއްޖޭގެ އިންފްރާސްޓްރަކްޗަރގައި ހުޅު ޖެހި މީހުންނަކީވެސް އެފަދަ ބައެއް ނޫންތޯ؟
7 ފެބްރުއަރީގެ ބޮޑުބަގާވާތް
22 January 2022
7 ފެބްރުއަރީ 2012 ގަ ސިފައިގެއަށް ހަމަލާދީ ފުލުސްއޮފީހުގެ ތަކެތި ފުނޑާލީވެސް އެފަދަބައެއް ނޫންތޯ؟
ޣޮޅި
22 January 2022
ތިވެދާނެ ޖަލަށްބުކިން ހަދާލާ ހިތުން ކުރިކަމަކަށް، މާދަމާ ތިމީހާ ވާނީ ސިކުނޑީގައި މައްސަލައެއް ހުންން މީހަކަށް ކަންނޭނގެ! ޕިސް ޕިސް ޕިސް…
އައްބެ
22 January 2022
ރައީސް އޮފީސް ގޮއްވާލަން ބުނާމީހާއަކީ ނަފްސާނީ ބަލިމީހަކަށް ނުވޭބާ? މިސްކިތް ނަޖިސްކުރާ މީހާއާއި ދީނަށް ފުރައްސާރަކުރާ މީހާ ވަނީ ނަފްސާނީ ބަލިމީހަކަށް އަދި އެމީހުން ހައްޔަރު ކުރެވެނީވެސް ވަރަށް ދުވަހުން.
ތަކުރުބޭ
21 January 2022
މިއީ ސަމާސާއެއްކަމަށް ވިއަސް ޖެއްސުމަކަށްވިއަސް ސީރިއަސް އަދަބުތަކެއް ދޭންޖެހޭކަމެއް. މީނަގެ އަތުގައި އޮތީކޯޗެއްތޯ ނެތީ ކޮންއެއްޗެއްތޯ ފަހަތުގައިހުރީ ކާކުތޯ ހަކުރުބޯ މީހެއްތޯ ފިލިން ފިއްޔަށް ބަލަންޖެހޭ. ހާއްސަކޮށް ރައްޔިތުން ހޮވާ މަތިކޮށްފަ ހުރިވެރިއަކާއި އޭނަގެ އޮފީސް ގޮއްވާލަން އުޅުމުގެ ކުށަށް، އަދަބު ދެވެންޖެހޭ.
ނޫރާ
21 January 2022
ކޮމެންޓެއް ލިޔަންވެސް ނުކުރޭރެ މަބުނަން އޮތް އެތި ބުނެފިޔާ މަވެސް ހައްޔަރު ނުކުރާނެކަމެއް ނޭގެ
ބޭސްކުރޭ
22 January 2022
ތިވަރު ވާއިރުވެސް ބޮލަށް ބޭސް ކުރަން ދާކަށް ނުވޭތަ؟
ދިއްދޫމީހާ
21 January 2022
ކުރިން އަހަރެމެން ގޮއްވާލާނެ ވާހަކަ ބުނީމަ ވަރަށް އުފާވޭ އެއީ ފަރު ގޮއްވާލާނެ ވާހަކަ، ފަރު ގޮއްވާލީމަ އޮޑިދޯނި ފަހަރު ގެންގުޅެން ފަސޭހަވީމަ، އެކަމް މިހާރު މިގޮއްވާ ގޮވުން ކަމަކު ނުދޭ، އެއްވެސް އިންސިޔަކަށް އަނިޔާވާ ގޮތައް އަދި ބިރު އުފެދޭ ގޮތައް ގޮއްވާ ގޮއްވާލުން ބަލާނުގަންނަ….