މަޖިލީހުގެ ކޮމިޓީއެއްގައި ޖާބިރު: އޭނާ ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރަން ވަނީ އަންގާފައި --- ފޮޓޯ/މިހާރު
13 ފެބުރުއަރީ 2022 - 14:19
ޑީއާރުޕީން އެމްޓީސީސީ އަށް ދައްކަންޖެހޭ ފައިސާގެ މައްސަލަތަކެއްގައި އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަަބްދުﷲ ޖާބިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ޑީއާރުޕީން 2007 ވަނަ އަހަރާއި 2009 ވަނަ އަހަރާ ދެމެދު އެމްޓީސީސީން ހޯދި ޚިދުމަތްތަކަށް 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓާއި ހައި ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ. އަދި އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހުއްދަ ނުދޭން ސުޕްރީމް ކޯޓުން އޮތީ ނިންމައިފަ އެވެ.
ސިވިލް ކޯޓުން މިއަދު ބުނީ، ޖާބިރު ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މާދަމާ ކޯޓަށް ހާޒިރުކުރަން އެންގީ އެމްޓީސީސީން ޑީއާރުޕީގެ މައްްޗަށް ދައުވާކުރާ މައްސަލައިގަ އެވެ. ބަންދުގައި ބަހައްޓައިގެން އާންމުކޮށް މީހުން ކޯޓަށް ހާޒިރުކުރަނީ ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން ހުކުމް ތަންފީޒު މަރުހަލާގަ އެވެ.
ކުރިން އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޑީއާރުޕީގެ އިސް ބޭފުޅުންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ޕާޓީ ދޫކުރައްވައި، ވަޑައިގަތްއިރު އެ ޕާޓީން އެކި ފަރާތްތަކަށް ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހިފައި އޮތެވެ. އެމްޓީސީސީގެ އިތުރުން ހަބް ކުންފުންޏާއި މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރަށް ވެސް ފައިސާތަކެއް ދައްކަން ކޯޓުތަކުން ހުކުމް ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްތާ
14 February 2022
މައުމޫން ޖާބިރަށް ދޭން އޮތް ލާރިކޮޅުކަމަށް ބުނާ ލާރިކޮޅު ދެނިކޮށް ތިކަން އެންމެ ރަގަޅަށް ހަމަޖެހިގެން ދާނެނޫންބާ.
ރައްދު
14 February 2022
އެމްޑީޕީން ގޮނޑި ކާމިޔާބު ކުރަން ރަގަޅު ފުރުޞަތެއް.. އެކަމަކު އެމްޑީޕީ އަކަށް މީނަ މަޖުލީހުން ބޭރުކޮށްލާކަށް ނުކެރޭނެ
ރައްދު
14 February 2022
ޔޮޓް ޓުއަރސް ގެ ދަރަނި ވެސް އެހާ ބޮޑު! މި ގައުމުގަ ހަމަ އެކަނި ދަރަނި އަދާކުރަން ޖެހޭނީ އާދައިގެ ރައްޔިތުން، މުއްސަނދިން ގެ މުއްސަނދިކަމަށް ވުރެ ދަރަނި ބޮޑު. އެކަމަކު ދަރަނިތަށް ނުދައްކާ ތިބޭނީ!
އަލީބެ
13 February 2022
އެހެންބަޔަކު އިސްވެތިބެ ޑީއާރޕީއިން ކުރިޚަރަދުތަކެއްގެ ދަރަނި ޖާބިރު ދައްކަންޖެހޭ ސަބަބަކީކޮބާ.
ވާނުވާ.
13 February 2022
އަމިއްލަޔަށް ހަވާލުވީމަ. ނަމުގެ މަންފާ އެކަންޏެއްނޫން އޭގައި އޮތް ޒިންމާއެއްވެސް އަންނާނެ ހަވާލުވީމަ.
ސިމްޕަލް
13 February 2022
ޓީ ވަރަށް ސިމްބަލް ކަމެއް، ލީޑަރުކަމުން އިސްތިއުފާދެއްވާ، އެހާހިސާބުން އެނިމުނީ
މަންދި
13 February 2022
މީނަގެ 8 ރިސޯރޓް އޮތްނައިރު މީކިހިނެތްވެގެން އުޅޭ އިއްޒައްތެރި މެމްބަރެއް.
ހުސެން
13 February 2022
ބޮޑުދަރަނިބޮނޑިޔަކާ ހަވާލުވުންތީ ޖާބިރެއްކަމަކު ހެދިވަރަށްބޮޑު ގޯހެއް، ޕާޓީގެނަމުގައި ހުރި ދަރަނިތަކުގައި ޒިންމާވާންޖެހޭނީ ނުވަތަ ދަރަނިއަދާކޮށް ކަންކަންކުރަންޖެހޭނި އެއިރަކު ޕާޓީގައި ތިބި އިސްވެރިންކަމަށްވާތީ ކުރީގެ ވެރިންގެ ވާހަކަ މިތަނުގައި ދެއްކުމުގެ މާނައެއްނެތް، ނަމަވެސް މިމައްސަލަ އިސްތިޢުނާފު ކުރުމުގެ ފުރުސަތު ނުދިނުމަށް ސުޕުރީމްކޯޓުން ނިންމަންޖެހުނީ ކީއްވެބާ، އިސްތިއުނާފުކުރުމަށް ފުރުސަތުނުދިނުމަކީ އިންސާފަށް ވާސިލުވުމަށް ހުރަސްއެޅުން
ވަނީސާ މަކިއުރޭ
13 February 2022
ދަރަންޏަށް ޒިންމާވާން ބޮލުގައިއެޅިފައި ޑީރޕީ ލިބުނީމަ ދެން ރެކެން އުޅުމަކީވެސް ގޯހެއްދޯ.
ވަހީދު
13 February 2022
ޖާބިރު ކޯޓަށް ގެންދަންޏާ މައުމޫނު ވެސް ގެންދަން ޖެހޭނެ.
އިއްލަބޭ
13 February 2022
އެކަމަކުވެސް ރަންތިރީސް ބާނީ އަދިވެސް ރައްޔިތުންނަށް ހެޔޮގޮތް ހޯދަން ފުލުފުލުގަ ޕާޓީ ހަދަނީ.