ފުވައްމުލަކު: އެރަށު ގެއެއްގެ ރުކަކުން ވަގަށް ކުރުނބާ އެޅި މީހަކު 300 ގަޑިއިރު މުޖްތަމައުއަށް ޚިދުމަތް ކުރަން ކޯޓުން ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/ދި އެޑިޝަން
17 މާޗް 2022 - 19:14
ގެއެއްގެ ރުކަކުން ވަގަށް 12 ކުރުނބާ އެޅި މީހަކު 331 ގަޑިއިރު މުޖްތަމައުއަށް ޚިދުމަތްކުރަން އަންގައި، އަދި 18 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޏ. ފުވައްމުލަކު ދިގުވާޑު އަވަށުގެ ގެއެއްގެ ގޯއްޗަށް ހުއްދަ ނެތި ވަދެ، އެ ގޭގައި ހުރި ރުކަކުން 12 ކުރުނބާ އެޅި މައްސަލާގައި އެރަށު މީހަކަށް ކުރި ދައުވާއަށް އޭނާ ކޯޓުގައި އެއްބަސްވެ، ލުއި އަދަބެއް ދޭން އެދުނެވެ. އެކަމަށް ދައުލަތުން ދެކޮޅު ހެދި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ބަންދު މުއްދަތު މަޖިލީހާއި އިބްތިދާއީ މަރުހަލާގައި އޭނާ އެކަމަށް އެއްބަސްވުމުން ކޯޓުގެ ގިނަ ވަގުތުތަކެއް ސަލާމަތް ކުރެވިފައިވާތީ އެ ކުށަށް އޮންނަ ދެ މަހުގެ ޖަލު އަދަބު މުޖްތަމައުއަށް ހިދުމަތް ކުރުމުގެ އަދަބަކަށް ބަދަލުކުރަން ނިންމީ ކަމަށެވެ. އެހެންވެ، ވައްކަމުގެ އަދަބެއްގެ ގޮތުން 331 ގަޑިއިރު މުޖްތަމައުއަށް ހިދުމަތް ކުރަން އެ ހުކުމުގައި އަންގާފައިވެ އެވެ.
އެކަމަކު ހުއްދަ ނެތި ގޯއްޗަށް ވަދެފައިވާ މައްސަލާގައި އޭނާގެ އަދަބު ބަދަލުކޮށެއް ނުދިނެވެ. އެ ކުށަށް ގާނޫނުލް އުގޫބާތުގެ ދަށުން ދެވެން އޮންނަ 18 ދުވަހުގެ ޖަލު ހުކުމް އޭނާގެ މައްޗަށް ވަނީ އިއްވައިފަ އެވެ.
ދާދިފަހުން ވަނީ ޖުވެނައިލް ކޯޓުގެ އަނބު ގަހުން ވަގަށް އަނބު ބިން މީހަކު ހަ މަހަށް ޖަލަށްލާން ވެސް ކްރިމިނަލް ކޯޓުން ހުކުމްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން މަނިކު
19 March 2022
ހުކުމް ކުރެވެނީ ދެރަ ނިކަމެތިން ނަށް. ރިހާކުރު ވަގަށް ނެގުމާއި، ކޮ ފީ ވަގައް ނެގުމާއި، ވަގަށް އަނބު އަދި ކުރުބާ އެޅުން. ބޮޑެތި ވައްކަންތަކާއި ޓަނުން އެތެރެ ކުރެވޭ މަސްތުވާ ތަކެތީގެ މައްސަލަ ތައް ސާވިތެއް ނުވޭ.
އީމާ
19 March 2022
މީ ރާއްޖޭގެ ޖުޑިޝަރީ ގެ އެންމެ އުސްމިން. ރިހާކުރު ފުޅިއެއް ވަގަށް ނަގައިގެން، އޮފީހުގަ ހުންނަ ކޮފީފުޅިން ކޮފީކޮޅެއް ގެޔަށް ގެންގޮސްގެން، ގެ އެއްގެ ބަދިގޭގަ ހުންނަ ގަރުދިޔަތެލިން ގަރުދިޔަ ކޮޅެއް ވަގަށް ނަގައިފިއްޔާ ވަގުކަލޭގެ އަތުވާނެ، ހެކި ހުންނާނެ، ޤާނޫން އަސާސިން ދެވެން އޮންނަ އެންމެ ބޮޑު އަދަބުވެސް ދެވޭނެ. ޤައުމަށް ވަބާ އަކަށް ވެފަ އޮތް މަސްތުވާ ތަކެއްޗާ، މާރާމާރީއާ މީހުން މެރުންފަދަ މައްސަލަތައްދަނީ ފަނުފުލުން.
ޝެލަރީ
18 March 2022
ބޮއެގެން ވެއްޓިފައޮތައްސް އޯކޭ ޑުރަގުސް ޓަނުން އަތުލައިގަތަސް ވާކަމެއްހަރާމުން ހަރާން މުޅިޤައުމުގާ ބަންގާޅީން ފައިހިއްޕާލައިފި ކަންމަތީފިހާރަތައް ބެލޭނެ މުއަށްސަސާއެއްނެތް
ޢައިމިނަ
18 March 2022
މީހުން މަރާމީހުންގެ މައްޗަށް ނާދޭ މިވަރުހުކުމެއްވެސް ދުވަހަކު ހެކިހުރިކަމަކަށް ނުވޭ ތިއޮތީ ނޫހުގަ ލިޔާވަރުބޮޑު ކަމެއކުރެވިފަ
އައިމިނާ
18 March 2022
12 ކުނރުބާ އަޅައިގެން 18 ދުވަހަށް ޖަލަށްލާ 331 ދުވަހު މުޖުތަމަޢަށް ޚިދުމަތް ކުރަން ޖެއްސީ. މަރެއްގެ ތުހުމަތުގަ ޖަލުގަ ތިބި ބަޔަކު ދޫކޮށްލީ.މަސްތުވާ ތަކެތީގެ މައްސަލަ ތަކުގައި ތުހުމަތު ކުރެވޭ މީހުން ސާބިތު ނުވެގެން ދޫކޮށްލަނީ. ފައްކާ.
ޙިނި
18 March 2022
ބިލިޔަނުން ވައްކަން ކުރީމަ 5 އަހަރު. ޥަގައް ކުރުބާ އެޅީމަ 38 ދުވަހު ހިލޭސާބަލައް މަސައްކަތް ކުރަން މިޖެހުނީ. ރަންގަޅައް އެބަ އިންސާފުގާއިމްކުރެވޭ ދޯ. ޢުމުރު ހުސްވަންދެން ފަންޑިޔާކަން ކޮއްފަ ނޫނީ ވަކީލުކަން ކޮއްފަ ދެން ދާންއޮތްތަނާ ދޭތެރޭވެސް ވިސްނާލާ.
ނަބީޅާ
18 March 2022
ޕާޓޭންގެ ނުހޮރޮއްޕާނާ ހެދީ އާނމު ދިރިއުޅުމަށްވެސް ވެސް ބޮޑު ވޭނަކަށް ވެފަ
މެޓާ
18 March 2022
ވަގުން ގިނަވެ މީހުންގެ މުދަލަށްއެރުން މަޖާ ކަމަކަށްވެފަ މިއޮންނަނީ
ބޮޑުމީހާ
17 March 2022
4 ބިލިއަންވަގަށް ނެގީމަ ވީކަމެއް ނެތް. ކުރުބައެއް ބޯލީމަ ކޮށްލާވަރު. ގާނޫނުގެ ދިގުއަތް ނިކަމެތި މީހާ ފަހާ ދުވާނެ
އިންސާފުއާވާޒް
17 March 2022
އެމްއެމްޕީއާރއެސް ބުރޯ މެން ގޭޔގަ އަރާމުކޮށް ބިލިޔަނުން ދަވާލީމަ، އެހެންވީމާ ވައްކަންވެސް ރިހާކުރުފުޅިއާ ކޮފީސަމުސަލާ، ކުރުނބަލާއި އަނބުގަހުން ކުރުން ކަޑަ