ފެމިލީ ކޯޓު: އެ ކޯޓުގެ ކުރީގެ ކައިވެނީގެ ރަޖިސްޓްރާއަށް އަލުން ވަޒީފާދޭން ތިން ދުވަހުގެ މުއްދަތެއް ސިވިލް ކޯޓުން ވަނީ ދީފައި -- ފޮޓޯ/މިހާރު
10 އެޕްރީލް 2022 - 15:14
ފެމިލީ ކޯޓުގެ ކުރީގެ ކައިވެނީގެ ރަޖިސްޓްރާ އަށް ތިން ދުވަހުގެ ތެރޭގައި އެ ވަޒީފާދޭން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އަބްދުﷲ 2019 ވަނަ އަހަރު ވަޒީފާ އިން ވަކިކުރި މައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލާއި ހައި ކޯޓުން ވެސް ނިންމާފައިވަނީ އޭނާ އަށް އަލުން ވަޒީފާ ދިނުމަށެވެ. އަދި ގެއްލުނު މުއްދަތު މުސާރަ އާއި އިނާޔަތްތައް ވެސް ދޭން އަމުރުކުރި އެވެ.
އެ ނިންމުން ތަންފީޒުކުރަން އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު އަމުރުކުރީ ތިން ދުވަހުގެ ތެރޭގައި ވަޒީފާ ދިނުމަށާއި އަދި ގެއްލުނު މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް 10 ދުވަސް ތެރޭގައި ދިނުމަށެވެ.
ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކޯޓުގައި ބުނެފައިވެ އެވެ. ނަމަވެސް އިތުރު ފުރުސަތެއް ދޭން އަހުމަދު އަބްދުﷲ ބޭނުމެއް ނުވި އެވެ.
ފެމިލީ ކޯޓުގައި ކައިވެންޏާއި ވަރީގެ ކަންކަން ބަލަހައްޓާ މަގާމުން އަހުމަދު އަބްދުﷲ ވަކިކުރި ފަހުން މިއަދާ ހަމައަށް ވެސް މަގާމު އޮތީ ހުސްކޮށެވެ. އެ މަގާމަށް މީހަކު ނަގަން ޑީޖޭއޭ އިން ދާދި ފަހުން މަސައްކަތް ކުރަނިކޮށް އެކަން ހައި ކޯޓުން ހުއްޓުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭކު
12 April 2022
ބިރެއް ނުގަނޭ މުވައްޒަފުންނެއް. ޝޭހު އާއި ކުރިމަތިލާން މިތިބީ ތައްޔާރަށް ހުރިހާ މުވައްޒަފުންއެއް ގަލަކަށް އަރާ.
މުވައްޒަފެއް
11 April 2022
ދެން ތި މީހާ އައިސް މުވައްޒަފުންނަށް ޖެއްސުންކޮށް ބަދަލު ނުހިފާނެކަމަށް އުންމީދުކުރަން، އިސްގާސީ ހުޒައިފާ މިކަން ބަލާދެއްވާތި
ޜަދުން2
10 April 2022
ފެމިލީ ކޯޓުގައި އަނެެއްކާވެސް ހައްޖު ވިޔަފާރިއާކޮންސްޠްރަކްޝަން ވިޔަފާރި ފަށަން ސިވިލް ކޯޓުން ތިޔަ ދޮރު ހުޅުވާލަދިނީ. ޜިޒްނާ އަށް ދަންނަވަންތިކަން ކުރާއިރު ވަރަށް ސަމާލުވާތި
ރަދުން 3
10 April 2022
ރަދުން 2 ހިތުން މީހެއްގެ ބޮލުގައި އިލްޒާމެއް އަޅުވާލުމަކީ މާމޮޅުކަމެކޭތަ؟ ބަލަ އަމިއްލަ އޮފީސް އަމިއްލަ ގޭގައި ހުންނައިރު ކީއްކުރަންތަ ފެމެލީކޯޓު ބޭނުންކުރަންވީ؟ ހަމަޖެހޭ ވާހަކަދައްކަބަލަ؟ ޙަމަޔަގީނުންވެސް ރޯން ނުފަށާނެ. ރޯރަދުންއަކާ ރަދުން 2 ހާދަ ވައްތަރޭ. ޒާހިދު އަމާނާތްތެރި ދީލަތި ތެދުވެރި މީހުންނަށް އިލްޒާމު އަލުވައިގެން މޮޅުވާނެ ކަމަށް ހީކުރުމީ ދެރަކަމެއް.
ސޫލާ މޫސާ
10 April 2022
އެތާ އެކަން ކުރާމީހުން މިހާރުވެސް އެބަތިބި އޭނައެއް އެކަން ނުކުރާކަން ކޯޓު ތަކުން ސާބިތު ކޮށްދެނީ
މޫސާ ކައި
10 April 2022
މިއީ މުއައްސަސާ ތަކުން ޢާއްމު ފަރުންންނާއި މެދު ޒާތީވެގެން ކުރާކަމެއްދޯ. ކޮބައިތޯ ޢަދުލު އިންސާފޯ ކިޔާފަ އަޑު ގަޑަ ކުރި އެމްޑީޕީގެ ކުދިން ހިސާނު މަސްތޫރު ރިފްޢަތު ނަޝީދު އަދި އެނޫން ވެސް އެކްޓިވްސްޓުންގެ ލަދު! އެމީހުން ނޫންމީހުންނަ އިންސާފު ލިބެން ނުޖެހޭ ދޯ ؟
ރިންމާން ހުޒައިފާ
10 April 2022
ޖައްސާ ނުލުމަކީ މަގޭ ކޯޓުގެ ތަކެތި ބޭނުންކޮށްގެން ހައްޖު ޖަމާއަތް ހިންގާ މީހާ އަށް ފިޔަވަޅު ނާޅާ ހުރުންތަ؟
ޜިންމާގެ ބައްޕަ
10 April 2022
ޜިންމާ ހީކުރަނީ ކަމެއް ދިމާވާއިރަށް ރޯންފެށުމުން އެންމެ ރަނގަޅުވާނެ ކަމަށްތަ؟ ބަލަ ޖޭއެސްސީއަށް ހާޒިރުކުރުމް ރޯންފަށީ ކާކުބާ؟ ޢެއީތަ ތެދުވެރިންނަކީ؟
ކޫސާ ޙުސައިން
10 April 2022
ވަރަށް ރަނގަޅު ވާހަކައެއް. މިއެމްޑީޕީ އަކީ އެމީހުން ނޫން އެހެން ބަޔަކަށް އިންސާފު ލިބެންޖެހޭކަމަށް ޤަބޫލު ކުރާބައެއްނޫން. އެއީ ޔަހޫދީންގެ ނުބައި ޞިފައެއް.
އެޑްމުންޑޯ
10 April 2022
ލާރިގަޑެއް ލިބުނީއެއްނު އެއްފަހަރާ
ތެދުދޯ
10 April 2022
ތަނުގަ ގާނޫނާ އެއް ގޮތައް އުޅޭ މީހަކު ބަހައް ޓާ ކައް ނު ވާނެ. ކިތައް މީހުން ވަކި ކުރިބާ ކުށެއް ނެތި؟ މި އީ ރާއްޖެ ކޮރަބޓް ވުން މުހިއްމު.
ރިޔާޒު ރަށީދު
10 April 2022
އޮފީހުގެ ވަސީލަތްތައް ބޭނުންކޮށްގެން ހައްޖު ޖަމާއަތް ހިންގި މީހާ އެއީ ހަލާލު ރަނގަޅު މީހާއަށް ވެފަ، އެކަހަލަ ބާރުގަދަ ކަރަޕްޓް މީހުންނަށް ފިޔަވަޅު އަޅާ މީހުންނަކީ ގޯސް މީހުންނަށް ހަދާ ގައުމެއްގެ ފެންވަރު ހުންނާނީ މިހާކަށް ވަރަކަށް.
ވަހިދު
10 April 2022
މުއައްސަސާތަކުން ވަކިވަކި ފަރުދުންނާއި ޖައްސާލުން ހަޑި.
ޖަމީލުބެ
10 April 2022
ތިކަމުގެ ބަދަލުދޭންޖެހެނީ ދައުލަތުންތަ؟ ނުވަތަ ތިގޯސް ހެދިމީހުންގެ ޖީބުންތަ؟
ރިޔާޒު ރަށީދު
10 April 2022
ހައި ކޯޓުގެ ހުކުމުގައި ބުނީ އޮފީސް ކޮމްޕިޔުޓަރުން ވިޔަފާރި ލިޔެކިޔުން ހެދުމަކީ އެވަރު ކަމެއްހޯ؟ ކޮންމެ މީހަކު އަތަކު އެއެއްޗިއްސެއް ނުހުންނާނެޔޯ. އަޅެ އެވަރުން ހައްޖު ޖަމާއަތް ހިންގަން ޖެހޭތަ؟
ޙެޔޮވިސްނޭމީހާ
10 April 2022
ޒާތީ ގޮތުން މީހުންނާއި ޖައްސާލިޔަސް ތީ ބޮޑުވަރު. ތިކުރާ ޚޮމެންޓް ތަކަކީ ޒާތީ ހަސަދަ ފިލުވަން ކުރާ ކޮމެންޓްތައް މީހުންގެ އަބުރާއި ބެހުމާއި ، ސާބިތު ނުހިފޭ ދޮގު ވާހަކަ ތައް ފެތުރުމަކީ ކިހާ ބޮޑު ފާފައެއް ކަން އެނގޭނަމަ ތިއިން އެކަކުވެސް ތިކަން ނުކުރީސް ކަން ޔަގީން. ތިޔަ އަރައިގަނެވެނީ މީހެއްގެ ހައްގަކަށް ކަން ނޭނގި ތިބެ ތިކުރެވެނީ ވަރަށް ދަށުދަރަޖައިގެ ކަމެއް. ތިއެންމެންނަށް ހެޔޮވިސްނުން ދެއްވާށި