މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ: ބައެއް މިސްކިތްތަކުގައި ވެސް އީދު ނަމާދުކުރާނެ. -- ފައިލް ފޮޓޯ: މިހާރު
01 މެއި 2022 - 13:13
މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގެ އިތުރުން 27 މިސްކިތެއްގައި ވެސް މާދަމާ އީދު ނަމާދުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އީދުގެ ބޮޑު ޖަމާއަތް ހެދުމަށް މިނިސްޓްރީން ވަނީ ތިން ތަނެއް ކަނޑައަޅައިފަ އެވެ. އެއީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދާއި ވިލިމާލޭ ފުޓްބޯޅަދަނޑާއި ހުޅުމާލޭގެ ސްޓޭޑިއަމް ސަރަހައްދެވެ.
މިނިސްޓްރީން ވަނީ ނަމާދަށް ދިއުމުގެ ކުރިން ބައެއް ކަހަލަ ކަންކަމަށް ސަމާލުވުމަށް ވެސް އެދިފަ އެވެ.
ގެއިން ވުޟޫކޮށްގެން ދިއުން.
އަމިއްލަ މުސައްލައެއް ގެންދިއުން.
އަމިއްލަ ފެންފުޅިއެއް ގެންދިއުން.
ފައިވާން ލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ގެންދިއުން.
މިނިސްޓްރީން ބުނީ ބޮޑު ޖަމާއަތުގައި ނަމާދުު ކުރާ ތިން ސަރަހައްދުގެ އިތުރުން މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން ވެސް ގިނަ ބަޔަކަށް ޖާގަ އޮންނަ މިސްކިތްތަކުގައި އީދު ނަމާދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އިސްލާމީ މަރުކަޒު
ސަލްމާން މިސްކިތް
ފުރުގާން މިސްކިތް
ނޫރު މިސްކިތް
ޝަހީދު އަލީ މިސްކިތް
ހަސަން އިއްޒުއްދީން މިސްކިތް
މަސްޖިދުއް ސުލްތޯން މުހައްމަދު ފަރީދުލް އައްވަލް
ފަނޑިޔާރު މިސްކިތް
ޝަމްސުއްދީން މިސްކިތް
ސޮލާހުއްދީން މިސްކިތް
ޖަލާލުއްދީން މިސްކިތް
އިބްރާހީމީ މިސްކިތް
އިސްކަންދަރު މިސްކިތް
ވަގުތީ މިސްކިތް (ބޮޑުގެ)
މަސްޖިދުއް ސުލްތޯން މުހައްމަދު ބިން އަބްދުﷲ
މަސްޖިދުއް ސުލްތޯން މުހައްމަދު އިމާދުއްދީން
މަސްޖިދުއް ޝައިޚް މުހައްމަދު ޖަމީލްދީދީ
އަފީފުއްދީން މިސްކިތް
ޒިޔާރަތް މިސްކިތް
މަސްޖިދުލް ބިއްރި (ވިލިމާލެ)
މަސްޖިދުއް ޝައިހް ގާސިމް ބިން މުޙައްމަދު އާލް ސާނީ (ހުޅުމާލެ)
ހުޅުމާލެ ވަގުތީ މިސްކިތް (ނޭބަރހުޑް 3)
މަސްޖިދު އަބޫބަކްރުއް ސިއްދީގު (ހުޅުމާލެ ފޭސް 2)
މަސްޖިދު އުސްމާނު ބިން އައްފާން (ހުޅުމާލެ ފޭސް 2)
މަސްޖިދު އަމީލް ޖަލީލް (ހުޅުމާލެ ފޭސް 2)
މަސްޖިދުއް ސަބީލް (ހުޅުލެ)
މަސްޖިދުލް އިންތިސާރު (ހުޅުލެ)
މިނިސްޓްރީން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން އީދުގެ ބޮޑު ޖަމާއަތް ހެދުމަށް ކަނޑައެޅިފައިވާ ތިން ސަރަހައްދުގައި ޖަމާއަތް ނުބޭއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކަނޑައަޅާފައިވާ މިސްކިތްތަކުގައި އީދު ނަމާދު ކުރެވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭމް
02 May 2022
ބަލަތިޔަބުނާއެއްޗެހި ކެޔަސް ޚުތުބާއަޑުއިވޭނޭ.
އަބްޑޫޅް
01 May 2022
ކުރާކަމެއް ގޭގަ ކޮށްލާ! ބޯކިބާކޮޅެއް ކާލައްޗޭ!
ޥާނުވާ
01 May 2022
ކޮން ގަޑިއެއްގަތަ ނަމާދު ފެށެނީ؟
ޖުއްބާ
01 May 2022
ހިތާމައަކީ ޢީދު ނަމާދު ނިމުމާއެކީ އެންމެން ހުތުބާ އަޑުއަހަން މަޑުނުކޮއް ބޮނޑިބަތާ ކުކުޅު ފަރާޓާކާން ދުއްވައިގަންނާތީ....