ޔާމީންގެ ގެކޮޅު، ހ. ދޫވެހީގައި ހަރުކުރި ބެނާ: އެ ބެނާ ނަގަން ނެރުނު އެމަނިކުފާނުގެ ފަރާތުން ވަނީ އިސްތިއުނާފް ކޮށްފައި -- ފޮޓޯ/މިހާރު
17 މެއި 2022 - 17:17
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާތައް ނަގަން ނެރުނު އަމުރު އެ މަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން އިސްވެ، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފައިބައިގެން ދިއުމަށް ގޮވާލައި ހިންގާ "އިންޑިއާ އައުޓް" ހަރަކާތުގައި ޔާމީންގެ ގެކޮޅު ހ. ދޫވެހީގައި ހަރުކުރި ބެނާ މިދިޔަ މަހު ފުލުހުން ނެގީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެ ގެކޮޅަށް ވަދެ އެވެ.
އެ އަމުރު އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހަޅާފައިވާ ކަން ޔާމީންގެ ވަކީލުންގެ ޓީމުން ކަށަވަރުކޮށް ދިނެވެ. އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
ޔާމީންގެ ގެކޮޅުގެ އިތުރުން ޕީޕީއެމްގެ އޮފީހާއި އަމިއްލަ މީސްމީހުންގެ ގޭގޭގައި ވެސް "އިންޑިއާ އައުޓް" ބެނާތައް ހަރުކުރުމުން އެ ތަކެތި ފުލުހުން ނެގި އެވެ. ފަހުން ސްޕެލިންގާއި ކުރެހުން ބަދަލުކޮށްގެން ވެސް "އިންޑިއާ އައުޓް" ބެނާތައް ހެދި އެވެ. އެ ބެނާތައް ވެސް އިތުރު އަމުރުތައް ހޯދައިގެން ފުލުހުން ނެގި އެވެ.
އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ މަހު ވަނީ ރިޔާސީ ގަރާރެެއް ނެރުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސް
17 May 2022
އިންޑިޔާ އައުޓަކީ އެހެން ކަމެއްގެ އަޑު ކަޑުވާ ބޭސް. ޔާމީނަށް ހީވަނީ މިތާ ތިބީ ހުސް މޮޔައިންނޭ
އަސްއަސް
18 May 2022
އިންޑިއާއައުޓް ހުއްޓުވަން ނެރުނު ރިޔާސީ ގަރާރަކީ އިންޑިއާގެ ފަރާތުން ރާއްޖޭގެ ސަލާމަތަށް އޮތް ނުރައްކާ އިބޫއަށް އަންގާލުމުން ބިރުން ފިތްކެނޑިގެން ގޮސް ނެރުނު ގަރާރެއް.
އަސްރަފް
17 May 2022
ބޭނުމީ އަނެއްކާވެސް ރޔ ވެރިކަމަށް ގެންނަން
އަހުމަދުބެ
17 May 2022
އިހައްދުވަހުއެއް ނު ޔާމީނު ބުނީ މައުމޫނު ހައްޔަރުކުރަން އަމުރު ކުރީ ތިމަންނައެއް ނޫނޭ! އެއީ ސިކިއުރިޓީ ކައުންސިލުކުުރި ކަމެކޭ، އެހެންވީއިރު އެކަން ގަބޫލުކޮށްފައި މިހާރު މިކަން ގަބޫލުނުކުރެވިގެން މިއުޅޭނީޔޯ؟
އަހުމަދުބޭބޭ
18 May 2022
ޔާމީން އިރުގަ އެކަން ކުރީ ޔާމީން ކަމަށް ބަޔަކު ގަބޫލުކުރިއިރު މިހާރު މިއީ އިބޫގެ ކަމެއްކަން ކީއްވެ ވަކި ގަބޫލުނުކުރެވެންވީ.
ލޯވަޅު
17 May 2022
ގެ ކޮޅޭތޯ ޔާމީނުގެ ގެ
ޙަބީބު.
17 May 2022
ކޯޓުން ބުނާނެ އެއީ ހަމަނުޖެހުން އުފެދޭ ކަމަކައްވާތީ އެއީ މަނާކަމެކޭ ވެރިކަން ބަދަލުވާނެ ޕީޕީއެމް ވެރިކަމެއްގަ އެމްޑީޕީ މީހުން ނިކުންނާނޭ ޗައިނާ އައުޓް ގޮވަމުން އެހާތަނުން މިހުކުމުގެ ސަބަބުން އެމްޑީޕީ އަނގަމަތީ މަލަން އެޅޭނެ ވީމާ ދެރަގޮތެއް ނުވާނެ
ޙިނި
17 May 2022
ތި ގެ ނުނިންމައި ތިހިރީ ދެން ވެރިކަމައް އައިމަ ހަދަންތަ. ޜައްޔިތުންގެ ފައިސާއިން ހަދަންތަ؟
ގިނި
18 May 2022
އެމްޑީޕީ މީހުންނަށް ފެންނަ ގޮތުން ނިންމާފަ ހުރި ގެއެއް އެއީ.
އަހުމަދުބޭ
17 May 2022
ހައިކޯޓުން ހުކުމަށް އިންތިޒާރުކުރަން، ބެނާތަކަކީ ދެމިގެންވާނެ ބެނާތަކެއްނޫން،
އުދުހޭ
17 May 2022
ސޯލިހު އަމިއްލައަށް އެ ގުއިރޯނުގައި ޖެހުނީވިއްޔާ. ދެން ތެޅުންވަރަކަށް އިތުރަށް ޖޭކެނީ ގައިގަ އަދި ވަސް ދަނީ ގަދަވަމުން. އަނގަމަތީކާ ހޭކެން މިހާރު މިއޮއް ކައިރިވަނީ. ސޮއިކުރި ބޭގަރާރު އުވާލައި ރައްޔިތުންގެ ކިބައިން މާފަށް އެދޭކަށް ނުވޭބާ؟
ރަދީފްއޮފިޝަލް
17 May 2022
ސާބަހޭ ވާންކޮއްފަ ބަހައްޓާތި.ވ.ވެދުން