އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ޓީބީ ބޭސް، އިންޑިއާ ހައިކޮމިޝަންގެ ޗާޖު ޑި އެފެއާޒް ރޯހިތު ރަތީޝް (ވ)، ހެލްތުގެ ސްޓޭޓް މިނިސްޓަރު ޝާހް އަބްދުﷲ މާހިރްއާ ހަވާލުކޮށްދެއްވަނީ -- ފޮޓޯ: ހެލްތު މިނިސްޓްރީ
20 މެއި 2022 - 11:59
ރާއްޖެއިން ޓީބީ ނައްލާތުމުގެ ގައުމީ ކެމްޕެއިނަށް އެހީވުމުގެ ގޮތުން އިންޑިއާ ސަރުކާރުން ރާއްޖެއަށް، އެންޓި-ޓީބީގެ އެކި ބާވަތުގެ 27،000 އަށް ވުރެ ގިނަ ބޭސް ގުޅަ ހަދިޔާކޮށްފި އެވެ.
ރޯޝަނީ ބިލްޑިންގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވަނީ އެ ބޭސް ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި، ހެލްތުގެ ސްޓޭޓް މިނިސްޓަރު ޝާހް އަބްދުﷲ މާހިރްއާ އެ ބޭސްތައް ހަވާލުކޮށްދެއްވީ، ހައިކޮމިޝަންގެ ޗާޖު ޑި އެފެއާޒް، ރޯހިތު ރަތީޝް އެވެ.
އިންޑިއާ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހަދިޔާކުރެވުނު ޓީބީ ބޭހަކީ 2025 ވަނަ އަހަރަށް ޓީބީގެ ބަލި ރާއްޖެއިން ނައްތާލުމަށް ކުރަމުން އަންނަ މަސައްކަތަށް ދެވޭ އިތުރު އެހީއެއް ކަމަށެވެ. އަދި ހަދިޔާކުރެވުނު ބޭސްތަކުގެ ތެރޭގައި އެންޓި-ޓީބީގެ އެކި ބާވަތުގެ 27،000 ވުރެ ގިނަ ބޭސް ގުޅަ ހިމެނޭނެ ކަމަށެވެ.
Handover ceremony held today for donation of Anti-TB drugs to Ministry of Health , @HPA_MV by the Government of India @HCIMaldives pic.twitter.com/AwJopniL1j
— Ministry of Health (@MoHmv) May 19, 2022
ޓީބީ ބޭސްތައް ހަދިޔާކުރީ އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން، އެ ގައުމުގެ ނެޝަނަލް ޓިއުބަކިއުލޮސިސް އެލިމިނޭޝަން ޕްރޮގްރާމް (އެންޓީއީޕީ)ގެ ސްޓޮކްއިން ކަމަށާއި ރާއްޖޭގެ ސަރުކާރުން ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތުގައި އިންޑިއާ އިން އެހީތެރިކަން ދިނުމުގައި ސާބިތުކަމާ އެކު ދެމި ތިބޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ޓީބީ އަކީ ސަލާމަތްތެރިވެ، އެއިން ރަނގަޅުވެވޭ ބައްޔަކަށް ވިޔަސް، ދުނިޔޭގައި އެންމެ ހަލުވިކަމާ އެކު ފެތުރި އަދި އޭގެ ސަބަބުން އެންމެ ގިނަ މީހުން މަރުވަމުންދާ އެއް ބައްޔެވެ. ދުނިޔޭގައި ޓީބީ ޖެހޭ މީހުންގެ އަދަދުގެ 43 ޕަސެންޓަކީ، ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ގައުމުތަކުގެ މީހުން ކަމަށްވާއިރު، ބޭސްފަރުވާއިން ރަނގަޅު ކުރެވޭ މީހުން ވެސް އެންމެ ގިނައީ މި ސަރަހައްދުގައި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ރާއްޖެ އިން ޓީބީ ނައްތާލުމުގެ ގައުމީ ކެމްޕެއިނެއް ސަރުކާރުން ފެށީ 2018 ވަނަ އަހަރުގަ އެވެ. އެ ކެމްޕެއިންގައި އަމާޒަކަށްވީ 2022 ގެ ކުރިން ރާއްޖެއިން އެ ބަލި ނައްތާލުމެވެ. ނަމަވެސް ކޮވިޑް-19ގެ ހާލަތާ ގުޅިގެން އެ އަމާޒު 2025 ގެ ނިޔަލަށް ހާސިލްކުރަން ނިންމި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނެއްހިސާބު
21 May 2022
ޓީބީއަކީ 6 މަސް ނުވަތަ 9 މަހަށް ބޭސްކުރަންޖެހޭ ބައްޔެއް ކަމަށް އެނގިފަ އޮތީ. އެހެންވީމަ ދުވާލަކަށް އެންމެ މަދުވެގެން 2 ބޭސްގުޅަ ކައިފިނަމަ ކިތައް މީހުންގެ ބޭސްފަރުވާބާ 27،000 ގުޅައިން ހަގީގަތުގަ އެ ކުރެވެނީ؟ ދެން އުފެދޭ ސުވާލަކީ މިގައުމުގެ ރައްޔިތުންނަށް ނޭނގި މިގައުމުގަ ޓީބީ މާ ގިނަވަނީބާއޭ.
ބީޓީޔޫ
21 May 2022
އަނެއްކާ ވެކުސިން ގޮތަށް، ތިޔަ ކާން މަޖުބޫރު ނުކުރުވައްޗޭ އެންމެނަށް، ހިލޭ ލިބުނު އެއްޗެކޭ ކިޔާފަ
ޞިޞީ
21 May 2022
ޓީބީ ފަރުވާއަކީ ހިލޭ ޑަބްލިޔޫ އެޗް އޯ އިން ގައުމުތަކަށް ފޯރުކޮށްދޭ ފަރުވާއެއް....މިއީވެސް އިންޑިޔާގެ އެހީ ދައްކަންކުރާ ކަންތަށް....ސަރުކާރުން މިވަރުގެ ބޮޑެތި އެހީހޯދާފާ ބިންދޫކުރަނީ...2023 މިސަރުކާރުން ހަނދާންނައްތާލާ...ފުދިއްޖެ
ޓީބީ
20 May 2022
ޓީބީ އޮތީ ނައްތާލާފައެއްނޫންބާ؟
ގުޅަބޭސް
20 May 2022
27،000 ގުޅަ، ކާޑެއްގައި އެވަރޭޖްކޮށް 12 ގުޅަ،2250 ކާޑު، ފޮއްޓެއްގައި 10 ކާޑު (އާއްމުކޮށް އެއަށްވުރެ ގިނަވާނޭ)ގެ ރޭޓުން ހެދިޔަސް 225 ފޮށި، އެހެންވީމާ ގައިގަނޑަކަށް 19 ޑަޒަން ބޭސް. ސުރުހީއަޅަން މޮޅުބައެއް އިންޑިއާ އެންބަސީއަކީ. 3ވޭން، 1000 ބިންބިގަސް، 1 މިލިއަން ކުދިބަތް އޮށް، 3 މިލިއަން ބްރައިން ޝްރިިންޕް ބިސް. މުޅިންވެސް މިކަހަލަ ކޫސަނި އެހީ ދީފަވެސް ސުރުހީ ބޮޑުވާނެ.
ބޮޑުމީހާ
20 May 2022
މިސަރުކާރުން ހޯދި ބޭރުގެ އެންމެ ބޮޑުއެހީ. ސެންޓްރަލް ޕާކުކުގައި ޗާޖިން ސްޓޭޝަނެެއް ހެދުމާއި ބޭސް ގުޅައެއް ހޯދުމާައި، އިންޑިއާގެ އެހީގައި ލޯންޗެއް ހޯދުން މިސަރުކާރުގެ މެގަ ޕްރޮޖެކްޓްތައް. މިވަރުންވެސް 2023 ހޯދަންއެބައުޅޭ
ބައިރަހާ
20 May 2022
ރާއްޖޭގައި ތިބަލި ފެތުރޭނަމަ އޭގެ ސަބަބަކީ މިގައުމުގައި ތިއްބަވާ ބަންގާޅީބޭފުޅުން. އެގައުމަކީ މުޅި ދުނިޔޭގައިވެސް އެބަލި އެންމެ ގިނަ އެއްގައުމު. އަދި ބަލި ފެތުރޭގޮތަށް އާދަަތައް ގެންގުޅުން އާންމު ބަޔަކު އުޅޭ ތަނެއް. މިގައުމުގެ މަގުމަތިން އެކަން ފެނޭ. އެކަމަކު އެބޭފުޅުންނަކީ ހިމާޔަތް ކޮށްފައި ދިވެހިރާއްޖޭގައި ތިއްބަވާ ބައެއް.
1828
20 May 2022
އިންޑިއާ މިހާރު ބޮޑު ޖޯކަކަށް ވެއްޖެ. މައުލޫމާތު ކުށްކަމުގައި ނުވާނަމަ އައިޖީއެމްއެޗް އެޅުމަށް 11 އަހަރު ހޭދަވި. ދެން އެވަރުގެ ބަޔަކަށް ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ކޮށްދެވޭނީ ކޮންކަމެއް؟ މައްސަލައަކީ ސަރުކާރުތަކުގެ މައްސަލަ. ސަރުކާރުތަކުން އިންޑިއާގެ އުނގަށް ވެއްޓިގަންނަނީ. އެހިސާބުން އިންޑިއާއިން ހަދަނީ ހަދާނެއެއްޗެއް. އޭގެ ބަދަލުގައި އަމިއްލަ މަސައްކަތުން ރާއްޖޭގެ ސިއްހީ ނިޒާމް ކުރިއަރުވަން މަސައްކަތް ކުރީމައި ހުންނާނީ ރަނގަޅަށް.
ނަމްބަރުޕުލޭޓޫ
20 May 2022
މިހާރު ބަޔަކު ހޭބުއްދި ފިލައިދިޔަޔަސް ރާއްޖޭގެ ސިއްހީ ދާއިރާއަށާއި ދިވެހިންގެ ސިއްހަތައް މިހާތަނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައި އޮތީ އެގައުމުން.
މީހަކު
20 May 2022
މިއީ އިންޑިއާއާއި ގާތް ގުޅުން ބާއްވަން ޖެހޭ ސަބަބަކީ؟ މިހުރީ މުޅި ޤައުމާ ނުބައްދަލު ބޮޑަތި އެހީ. މުޅި ޤައުމު ވިއްކައިގެންވެސް ހަތާވީސް ހާސް ބޭސްގުޅަ މިރާއްޖެއިން ހޯދާނީ ކިހިނެތް؟
ތީވާމީހެއް
20 May 2022
ކަލޭ އެގައުމުގެ ބޭސްނުކައި ހުރެބަލަ
ބަޖިޔާ
20 May 2022
ހަވާ އަރުވަން ޖެހޭނެ ތި ރަސްމިއްޔާތުގަ
މަސްރޮށި
20 May 2022
ނޫނޭ ޑަކްޓަރީ ބޭސް ނުކާތި. ހަކީމެއްގެ ކާރިޔަށްދޭ
1828
20 May 2022
އޭގެ ބަދަލުގައި އިންޑިއާއިން އެދޭނީ އިތުރު ސިފައިން މިޤައުމުގައި ބައިތިއްބަން.
ނަމްބަރުޕުލޭޓާ
20 May 2022
އޭރުން އެދޭނީ ތިގޭގެ ރަޖިސްޓްރީ ހޯދަން. ތިގޮތަށް ސިފައިން ބޭތިއްބިނަމަ މިހާރު މިރާއްޖޭގައި އެހެންބަޔަކު ނުތިބޭނެ