މަރުގެ ހުކުމާ ގުޅޭ އިތުރު ސުވާލުތަކަށް ފުރުސަތު ނުދެއްވިޔަސް މިއަދުގެ މައުލޫއާ ނުގުޅޭ ސުވާލުތަށް އެމްޑީޕީގެ މެމްބަރުން ކުރެއްވި
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު، މަޖިލީހުގެ ރައީސް ނަޝީދު ބަލަހައްޓަވަނީ.---ފޮޓޯ: މަޖިލިސް
06 ޖޫން 2022 - 11:34
މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭ އިތުރު ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުރުސަތު ނުދެއްވުމުން އިދިކޮޅު ޕާޓީތަކުގެ މެމްބަރުން މަޖިލީހުގައި އަޑުގަދަ ކުރައްވައި، ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.
މިއަދުގެ ޖަލްސާ އަށް ތާވަލު ކޮށްފައި އޮތީ މަރުގެ ހުކުމް ތަންފީޒުކުރުމާ މެދު ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ އާއި އެފަދަ ހުކުމްތައް މި ސަރުކާރުން ތަންފީޒު ކުރާނެތޯ ސާފުކުރައްވަން މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ހުށަހެޅުއްވި ސުވާލުތައް ކުރެއްވުމެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ނޯޓިސް ފޮނުވައިގެން ކުރާ ސުވާލަށް ވަޒީރު ދެއްވާ ޖަވާބަކާ ގުޅިގެން އިތުރު ސުވާލު ކުރުމުގެ ފުރުސަތު މެމްބަރުންނަށް ލިބެ އެވެ.
މަރުގެ ހުކުމް ތަންފިޒު ކުރުމާ ބެހޭ ގޮތުން އިމްރާނާ ކުރެއްވި ސުވާލުގެ ޖަވާބުގައި އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ މޮރިޓޯރިއަމް ދެމެހެއްޓުން ކަމަށެވެ.
އެ ޖަވާބާ ގުޅިގެން އިތުރު ސުވާލު ކުރައްވަން ފުރުސަތު ލިބިވަޑައިގަތުމުން ތޯރިގް އުޅުއްވީ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މީހުންނަށް މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭ ގޮތުން ސުވާލެއް ކުރެއްވުމަށެވެ.
މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ތޯރިގް ވާހަކަ ދައްކަވަނީ: މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ އިތުރު ސުވާލުތައް، އިމްރާނާ ކުރައްވަން ރިޔާސަތުން ނަޝީދު ފުރުސަތު ނުދެއްވުމުން އެ ކަމާ ދެކޮޅަށް ވާހަކަ ދެއްކެވި.---ފޮޓޯ: މަޖިލިސް
ނަމަވެސް އޭނާގެ މައިކްގެ އަޑު ކަނޑާލުމަށް ފަހު، ރިިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ އެއީ އިމްރާނަށް ހުށަހެޅުއްވި، މަރުގެ ހުކުމާ ބެހޭ މައުލޫއާ ގުޅުން ހުރި ސުވާލެއް ނޫން ކަމަށެވެ.
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވެސް މަރުގެ ހުކުމާ ބެހޭ ސުވާލެއް އިމްރާނާ ކުރައްވަން މަސައްކަތް ކުރެއްވި އެވެ. އެކަމަކު، އެއީ ވެސް މައުލޫއާ ގުޅުން ހުރި ސުވާލެއް ނޫން ކަމަށް ވިދާޅުވެ، އެކަމަށް ޖަވާބު ދެއްވަން އިމްރާނަސް ޖެހިވަޑައިނުގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ އިތުރު ސުވާލުތައް ހޯމް މިނިސްޓަރާ ކުރެއްވުމުގެ ފުރުސަތު ނަޝީދު ނުދެއްވި ނަމަވެސް އެމްޑީޕީގެ މެމްބަރުން ވަނީ އެ މެމްބަރުންގެ ދާއިރާތަކުގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ނިމޭނެ ތާރީހުތަކާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފަ އެވެ. އެ ސުވާލުތަކަށް ނަޝީދު ފުރުސަތު ދެއްވުމުން އިމްރާން ޖަވާބު ވެސް ދެއްވި އެވެ.
އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރައްވައި، ނިޒާމީ މައްސަލައެއް ނަންގަވައި، ތޯރިގް ވިދާޅުވީ ރިޔާސަތުން މަޖިލިސް ކުރިއަށް ގެންދަން ޖެހޭނީ ގަވައިދާ އެއްގޮތަށް ކަމަށެވެ.
"ގަވައިދަކީ މަނިކުފާނުގެ [ނަޝީދުގެ] ހިތްޕުޅަށް އަރާ ގޮތަށް އޮންނަ އެއްޗަކަށް ހެދީމަކާ މިތާ ތިބި 85 މެމްބަރުން މި ތަނުން ފާސްކޮށްފައި އޮތް ގަވައިދެއް ތަންފީޒެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
އެމްޑީއޭގެ ނައިބު ރައީސް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް އެދިވަޑައިގަތީ މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނަންތޯ ނުވަތަ ނޫންތޯ އިމްރާން ސާފުކޮށް ވިދާޅުވުމަށެވެ.
އެއީ އިމްރާނަށް މިއަދު ހުށަހަޅާފައިވާ ސުވާލުގެ މައުލޫއާ ގުޅޭ ސުވާލަކަށް ވިޔަސް އެ ސުވާލާ ގުޅޭ ގޮތުން ޝިޔާމާއި އާމިރަށް ވެސް ނަޝީދު ފުރުސަތު ނުދެއްވި އެވެ.
އެ މައްސަލާގައި އިދިކޮޅު މެމްބަރުން ތެދުވެވަޑައިގެން، މަޖިލީހުގައި އަޑުގަދަ ކުރެއްވި އެވެ. އަދި އެހެން މެމްބަރުން ސުވާލު ކުރެއްވުމަށާއި އެ ސުވާލުތަކަށް އިމްރާން ޖަވާބު ދެއްވަމުން ގެންދެވުމަށް ރިޔާސަތުން އެންގެވިޔަސް މަޖިލީހުގެ ތަޅުން ހަލަބޮލިވެފައިވާތީ އެކަން ކުރިޔަށް ނުގެންދެވުނެވެ.
އެ އަށް ފަހު ނަޝީދު ކަނޑައެޅުއްވީ މިއަދުގެ ޖަލްސާގައި އެ ހިސާބުން އިމްރާނާ ސުވާލުކުރުން ނިންމައިލުމަށެވެ.
ވަޒީރާ ކޮށްފައިވާ ސުވާލުތަކާ ގުޅުން ހުރި އެހެން ސުވާލުތައް ކުރުމަށް ގަވައިދު ތަންދޭއިރު، މަޖިލީހުގައި މިހާތަނަށް އަމަލު ކުރަމުން އައި ގޮތަކީ ސީދާ މައުލޫއާ ނުގުޅޭ ސުވާލެއް ނަމަ ޖަވާބު ދިނުމުގެ އިހުތިޔާރު އެ ވަޒީރަކަށް ދޫކޮށްލުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސީ
06 June 2022
މަޖިލިސް ގޮޑިން ވަގުތުން ވަގުތައް ބޭރުކުރަން ވެފައި ތިހިރީ
އަލީ32
06 June 2022
ވައްކަންކުރާމީހުން އަތްކެނޑުމެއްނޯވޭތަ؟
ޢަބްދުލްކަރީމް
06 June 2022
ނަޝީދޫއެވެ. ތިބޭ ފުޅާ ޑިމޮކްރަސީގެ ޗެމްޕިއަންކަމުގެ ލަޤަބު ހޯއްވައިގެން ކުރައްވާ ކަންކަން ހާދަ ހުތުރެވެ.
އައްޕަ
06 June 2022
މިވަރުންވެސް ބަޔަކަށް މީނަ ފެންނާނީ ޑިމޮކްރަސީގެ އައްޕަގެ ގޮތުގަ. މިވަރުގެ އަމިއްލަ އެދުން ބޮޑު ޑިކްޓޭޓަރެއް ރާއްޖެ މިނިވަންވީ ފަހުން ފެންނާކަށް ނެތް.
ލާމަސީލު
06 June 2022
7 އަހަރު އާރާއި ބާރުގަ ވެރިކަންކުރިއިރު ކީއްވެބާ މަރުގެ ހުކުން ތަންފީޒު ނުކުރީ. ވެރިކަމުގެ ބާރުނެތި ދިޔައީމާ މާބޮޑަށް ދީންވެރި ވާކަމަށް ތިހެދެނީ ކީއްވެ؟ މުޅިންވެސް ދެއްކުން ތެރިކަން.
ވަކީލްް
06 June 2022
ނަޝީދު މަޖިލީހުގެ ރައީސަށް އިނދެގެން ބަހުސްތަކުގައި ބައިވެރިވެ ހިތުހުރިހުރިހާ ވާހަކަތަކެއް ދައްކަމުންދާ ދިއުން ހުއްޓުވަން އެބަޖެހެއެވެ.
ކުޗީ
06 June 2022
ނަޝީދު ގެ އަމަލާއި ނިޔަތާ ބެހޭގޮތުން ސުވާލު ކުރެވޭނެ ދުވަހެއް އަދި އެބައޮތް ކަން ދަންނާތި.
ލާމަސީލު
06 June 2022
އިދިކޮޅުން ވެރިކަމުގަ 7 އަހަރު އާރާއި ބާރުގައި ތިބިއިރުގަ މަރުގެ ހުކުން ތަންފީޒުނުކުރީ ކީއްވެ؟ ތިއުޅެނީ އިޚްލާސްތެރި ކަމަކުނޫން. ޖެއްސުންކުރަން. 7 އަހަރު ވެރިކަނ ކުރަން ލިބުނޭ. އަނގަފުޅާކޮށްފަ ވާހަކަދައްކަން ރީއްޗެއްނޫން.
ރަދީފްއޮފިޝަލް
06 June 2022
އެމީހުން އެޓްލީސްޓް މަރުގެ އަބަދު ގަބޫލުކުރޭ ދޯ.ތަ ތިޔާ އުޅެނީ އެ ހުކުމް ގަބޫލުނުކުރާ މީހުންގެ އަމަލުތައް ދިފާޢުކުރަން؟؟؟!!! ލަދު ކޮބާ؟؟
ކިރު ސައި
06 June 2022
ރަދީފުމެން ކަހަލަ ސީޔާސީ މުފައްކިރުން ގިނަވީމަ މިގައުމު ހަލާކުވަނީ.
ށަވިޔަނި
06 June 2022
ދީނުގައި ޤަޠްޢިއްޔުއްސުބޫތި ވައްދަލާލާގެ ނައްޞަކުން ސާބިތުވާ ކަމެއްގައި ބަހްސުކުރުމާ ނުކުރުމުގެ ޙައްޤު އެއްވެސް މުސްލިމަކަށް ލިބިގެންނުވޭ. އެނޫން ކަންކަމުގައި ބޭނުންކޮޅަކަށް ވާންކުރެވިދާނެ.
ކިރު ސައި
06 June 2022
މާ ދެން މޮޅީ
ފޫހި
06 June 2022
ނަޝީދުގެ އަސުލު ސިފަ އެފެންނަނީ. ނިކަންވިސްނާލާ އޭނާގެ ހުރި ހުދުމުހްތާރުކަން. އޭނާ ބޭނުންވާ ސުވާލެއް އެކަނި ކުރާނަމަ މެމްބަރުންގެ ބޭނުމެއްނެތް. އޭނާ އެކަނި އިނދެކުރާކަމެއްކޮށްނިންމާލާ.