ސުމޮން: އޭނާ މަރަން ކުރި ހުކުމް ވަނީ އިސްތިއުނާފަށް ހުށަހަޅާފައި
20 ޖޫން 2022 - 12:32
ހއ. އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި މަރާލި އިސްމާއިލް އުމަރު (އިއްސެ) ގެ ގާތިލް ސުމޮން މިއާ މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފްކޮށްފި އެވެ.
ޖޫން، 2017 ގައި އިހަވަންދޫ އައިސްޕްލާންޓްގައި މަސައްކަތްކުރި ޅ. ހިންނަވަރަށް ނިސްބަތްވާ އިއްސެއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލީ އޭނާއާ އެކު އެތަނުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ މީހެއް ކަމަށްވާ ސުމޮން އެވެ.
ސުމޮންގެ މައްޗަށް ކުށް ސާބިތުވާތީ އޭނާ މަރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މާޗް މަހު އެވެ. އެ މައްސަލަ އިސްތިއުނާފް ކުރަން ސުމޮންގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ މިދިޔަ ހަފުތާގަ އެވެ.
އިއްސެ މަރާލި ކަމަށް ސުމޮން ކޯޓުގައި ފުރަތަމަ އިއުތިރާފްވެ، އެކަން ކުރި ގޮތް ވެސް ކިޔައިދިނެވެ. އެކަމަކު ފަހުން އޭނާ ދައުވާއަށް އިންކާރުކޮށް، ބުނަމުން ދިޔައީ އޭނާ އެއްބަސްވީ ބިރު ދެއްކުމުން ކަމަށެވެ.
ސުމޮންއާ އެކު ރާއްޖޭގައި ދެން މަރުގެ ހުކުމެއް އިއްވާފައިވާ ބިދޭސީއަކީ އދ. ދަނގެތީގެ ވިޔަފާރިވެރިއަކު މަރާލި ބަންގްލަދޭޝްގެ މީހެއް ކަމަށްވާ ޝާހް އަލޮމް މިއާ އެވެ. ރާއްޖޭގައި މަރުގެ ހުކުމެއް އެންމެ ފަހުން ތަންފީޒުކުރީ 1953 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުު
20 June 2022
ޤިޔާމަތް ދުވަހުން ޤާޒީ ކައިރީގައި ކީއްވެގެންތޯ މަރުގެ ހުކުމް ނުއިއްވީ އެހުމުން، ޤާޒީ : ހެއްދެވި ރަސްކަލާކޯ، ގާނޫނު އަސާސީގައި އޮތީ އެހެންގޮތަކަށް، އަޅުގަނޑު ކީއްތޯކުރައްވާނީ؟
ހަސަން
20 June 2022
މަރުގެ މައްސަލައެއްގައި 4 ލޮލަށް ފެންނަން ޖެހޭނެކަމަށް އޮތީ ކޯޗަކު ? ކިތާބުލް ޖާހިލިއްޔާގަތަ ?
ސިޔާދު
20 June 2022
2 ދިވެހިން އެ މަރާލީ. އަޅެ ދިވެހިންނާ ދިވެހި ސަރުކާރު ހޭއަރާނީ ކޮން ދުވަހަކުންބާ !
މިބުރުބުރު
20 June 2022
މީހަކައް ފެނުނުތަ؟ ދެންކޮންވާހަަކައެއް! 4 ލޮލައް ނުފެންނަންޏާ ކަނޑާހަމަ!