ފިލްމީތަރި މަލް: އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފައި
11 އޯގަސްޓް 2022 - 22:37
މަސްތުވާތަކެތި ގެންގުޅުނު ކަމަށް ބުނެ ފިލްމީތަރި މަލީހާ ވަހީދު (މަލް) ގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މަލް އާއި އިތުރު މީހެއްގެ މައްޗަށް ދައުލަތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާކުރީ އޮގަސްޓް، 2019 ގައި އެ ދެ މީހުން އދ. މާމިގިއްޔަށް ދިޔައިރު އެ މީހުން ގެންގުޅުނު ދަބަހުން 15 ގްރާމްގެ މަސްތުވާތަކެތި ފެނުނު ކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވަނީ މަސްތުވާތަކެތި ފެނުނު ދަބަސް މަލް އަދި ދެވަނަ މީހާ ވެސް ގެންގުޅެނިކޮށް ފެނިފައިނުވާ ކަމަށާއި އެ ދަބަސް ފުލުހުން ނެގީ ބަނދަރުމަތީގައި ހުއްޓާ ކަމަށް ހެކިން ބުނާ ކަމަށެވެ. އަދި މަސްތުވާތަކެތި އަޅާފައި އޮތް ސިގިރެޓް ފޮށީގެ ތެރެއިން އެ މީހުންގެ ފިންގަޕްރިންޓް ފެނިފައި ނުވާއިރު އަދި ދަބަހުން އެ މީހުންގެ އަންނައުނު ފަދަ އެއްޗެއް ފެނުނު ކަމަށް ވެސް ފުލުހުން ބުނެފައިނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.
"އެއްވެސް ފޮރެންސިކް ތަހުލީލެއްގެ ނަތީޖާއަކުން މި މައްސަލާގައި ދައުވާލިބޭ ފަރާތްތަކާ ގުޅުވާލެވޭނެ އެއްވެސް ކަމެއް ފާހަގަކޮށްފައެއް ނުވެ އެވެ. މިއީ ކުރެވޭ ތުހުމަތުތަކުން ދައުވާލިބޭ ފަރާތްތައް ދުރުކޮށްދޭ ކަމެކެވެ." ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އެ ދަބަސް އޭރު ހުރީ ތަޅުނުލާ ކަމަށްވާތީ އެ ދަބަހަށް ވާސިލްވުމުގެ ފުރުސަތު އެހެން މީހުންނަށް އޮތެވެ. އެހެންވެ، ދައުވާލިބޭ ދެ މީހުންނާ އެ މަސްތުވާތަކެއްޗާ ގުޅުވާލެވޭނެ އިތުރު ހެއްކެއް ނެތީސް، ކުށް ސާބިތު ނުކުރެވޭނެ ކަމަށް ގާޒީ ހުސައިން ފާއިޒް ރަޝާދު އިއްވެވި ހުކުމުގައިވެ އެވެ.
އެ ދައުވާ ސާބިތުވި ނަމަ، އުމުރު ދުވަހުގެ ޖަލު ހުކުމަކާ އެކު އެއް ލައްކަ ރުފިޔާއިން އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
އެ މައްސަލާގައި މަލް އޭރު ހައްޔަރު ވެސް ކުރި އެވެ. އެކަމަކު ކްރިމިނަލް ކޯޓުން ފަހުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
13 August 2022
ކޯޓުތަކުގައި ގެންގުޅޭ އުސޫލެއް މައްސަލަ ސާބިތުވާ ފުރަތަމަ ފަހަރަށް އަދަބު ނުދިނުން. ފުރަތަމަ ފަހަރަށް މާފު ދިނުން. ދެން ބަލަމާ ވާއެއްޗެއް
އިމަނާ
13 August 2022
އަހަރެންގެ ދެ ސުވާލެއް އެބައޮތް. ކިއުންތެރިން ޖަވާބު އެނގެންޏާ ދެއްވަބައްލާ! މިމީހުން ތަހްގީގު ކުރަނީ އެއްޗެއް އެނގިގެންތޯ؟ ނުވަތަ މިއީ ކަނޑުކޮހުންތޯ؟
ސަންގުމަރުމަރު
13 August 2022
އެމްޑީޕީގެ މި ވެރިކަމުގަ މަސްތުވާތަކެތި ވިއްކާ ޑީލަރުންނަށް އަދަބް ލިބޭ ތަނެއް ނުފެނޭ... ވެރިކަމަށް އައުމުގެ ކުރީގަ ވީހާ ވައުދުތަށް ހަދާނެއް ނެތް... މަސްތުވާތަކެތި ގެ ބޮޑުން ގެ ވެރިކަމެއް ވީމަ ބާ މަސްތުވާތަކެތި ވިއްކާ ޑީލަރުން ނަށް އަދަބް ނުދެނީ؟ އެތަކެއް ޒުވާނުން ގެ މުސްތަގްބަލް ހަލާކުކޮށްލާ ޑީލަރުންނަށް ހައްގު އަދްބް ލިބެން ޖެހޭ... 2023 ގަ ވޯޓް ދޭން ވަނީ ކޮރަޕްޓް ނޫން ބަޔަކަށް
÷ިޔޔގ
12 August 2022
ވީ ނޯ ދިސް..
އަދުލުއިންސާފު100
12 August 2022
ހަނދާނަށް އަންނަނީ ފްރާންސްގެ އަންހެނެއްގެ މައްޗަށް މަރުގެ ދައުވާ ދައުލަތުން ފަސްވަރަކަށް އަހަރު ކުރިން އުފުލި ހަނދާން. ސީނިއާރ ގާޒީއަށް އޭނައަށް މެސެޖްކޮށް އޭނަ މަސައްކަތްކުރާ ރިޒޯޓުން ދިމާވަން އެދި، ބައްދަލުވެއްޖެ ނަމަ މައްސަލަ ނިންމައިދޭން ހުށަހެޅި…ފިރިހެނެއް މިމައްސަލައިގަ ދައުވާ ލިބުނު ނަމަ މި ނިންމަމަށް ކޯޓުން ނާންނާނެ.
ޙަބީބު
12 August 2022
އާދެ ސާބިތެއްނުވާނެ ހުރިހާ ބާރެއް މިވެރި ކަމައް ރައްޔިތުންދިނީމަ މީތޯ ކަންކުރަންވީ ގޮތަ ކީ މި ކަމުގެ ޒިންމާ ޖޭޕީ އަދާލަތު އެމްއާރުއެމް ނަގާ ކައް ނުޖެހޭބާ ފުޅާ ކޯލިޝަން ހަދައިގެން ޖަރީމާތައް ފޮރުވާފަ ދެންނުކުޔާތި ވޯޓުދޭށޭ ޔާމިނު ނޫނީނެތް ކުފޫހަމަވާ ވެރިޔެއް
އަފްރާސިޔާބު
13 August 2022
ޔާމީނުގެ ވެރިކަމުގައި ކާކަށްތޯ ޑްރަގުގެ ކުށް ސާބިތުވެގެން ހުކުމެއް އައީ. ވެރިކަމުގައި ތިބޭ މީހުން ފައިސާ ހޯދުމަށް ހިންގާ ޖަރީމާއެއް ޑްރަގުގެ ވަބާއަކީ. އޭގެތެރޭގައި ފުލުހުންނާއި ފަނޑިޔާރުންނާއި ވަކީލުންވެސް ހިމެނޭ ގޮތުން. ބަލަ ކަލޯ ގާޒީގެ ކުރިމަތީގަޔޭ ކުށުގެ ތުހުމަތު އެޅުވިފައިވާ މީހުން ކައިރީގައި ވަކީލު އެބުނަނީ މިވެނިގޮތަކަށް ބުނާށޭ. ދައުލަތުގެ ވަކީލު ވެސް ހިނިގަނޑެއް ޖަހާލާފައި އިތުރަށް ދައްކާނޭ ވާހަކައެއްނެތޭ ބުނެ މައްސަލަ ނިންމާލަނީ.
ޑުރަގޮބު
12 August 2022
ޑުރަގެއްނު. އެތެރެކުރާމީހުނާއި، ވިއްކާމީހުނާއި، ގެންގުޅޭމީހުންގެ މައްސަލަތައް ސާބިތުވެ، ކުށްވެރިއެއްނުވާނެ. ނަންވެ، ކުށްވެރިވާނީ ބޭނުންކުރާމީހުން. އެތެރެކުރާމީހުނާއި، ވިއްކާމީހުނާއި،، ގެންގުޅޭމީހުން ހިފައި،، ހައްޔަރުކޮށް ކުށްވެރިވާނަމަ، ވިޔަފާރި ބަނގުރޫޓުވެ އެތަކެއްބަޔަކަށް ގެއްލުންވެދާނެ.
މުޙުއްމާ
12 August 2022
ތި ފަނޑިޔާރުން ތިބެގެން އެއްވެސް ކަމެއް ސާބިތެއް ނުވާނެ. މިއޮތީވާ ރާއްޖެއެއް.
ރެފްރީ
12 August 2022
ދަބަހުންފެނުނު ... ބޯންހުއްޓާފެނުނު ... އެކަމަކު ގެންގުޅުނުތަންނުފެންނާތީއާއި ތިމަންނަމިހުރީ މަސްްތުވާއެއްޗެއްބޭނުންކުރާށޭނުބުނީތީ ސާބިތުނުވި؟ އަކުން ބަކުން .. ގާނޫނުގެހެދިމީހުންގެ ނުކުޅެދުންތެރިކަމާއި ނޭގޭކަން.. ގާނޫނުހެދިމީހުންގެ ގަމާރުކަމާއި ތަސައްރަފުނުފުދޭކަން!! އެފަދަ މީހުން މަޖިލީހަށްހޮވުމުގެމައްސަލަ !!!!!
ޙިނި
12 August 2022
ފުލުހުންނާ އޭޖީ އޮފީހައް ދައުވާކުރޭ.