ފުލުހުންގެ މަރުކަޒެއް: އައިޖީއެމްއެޗްގެ ޕޯޓަލުން މައުލޫމާތު ވަގަށްނެގި މައްސަލާގައި ނައިބު ރައީސްގެ ކޮއްކޮއަކު ހިމެނޭ. -- ފޮޓޯ: މިހާރު
18 އޯގަސްޓް 2022 - 21:51
އައިޖީއެމްއެޗްގެ ޕޯޓަލުން މީހުންގެ ޒާތީ މައުލޫމާތު ހުއްދަނެތި އެކްސެސްވި މައްސަލާގައި ފުލުހުން ކުރިއަށް ގެންދާ ޖިނާއީ ތަހުގީގަށް، ނައިބް ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު ވެސް ހާޒިރުކޮށްފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ނައިބް ރައީސްގެ ކޮއްކޯފުޅު، ޚައިބަރު ނަސީމް ފުލުހަށް ހާޒިރުކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އައިޖީއެމްއެޗުގެ ވެބްސައިޓް ހެކުކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިތުރު އެތައް ބައެއްގެ މެޑިކަލް ހިސްޓްރީ ވަގަށް ނެގިކަމުގެ ތުހުމަތުގަ އެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
ޚައިބަރު މަސައްކަތްކުރައްވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ދަށުން ހިންގާ އެއާލައިން، ފްލައިމީގެ އައިޓީ ޑިޕާޓްމަންޓްގަ އެވެ.
އެ މައްސަލައިގެ ތުހުމަތުގައި މީގެ ކުރިން "ދިޔަރެސް" ނޫހުގެ ފައުންޑަރުން އަދި ނޫސްވެރިޔާ އަހްމަދު އަޒާން ވެސް ފުލުހަށް ހާޒިރުކޮށް، ސުވާލުކޮށްފައިވެ އެވެ.
ޢެކަމަކު އަޒާން ބުނި ގޮތުގައި އެ މީހުންގެ ޒާތީ މައުލޫމާތު ލީކުކުރުމާ އޭނާއާ ގުޅުމެއް ނޯންނާނެ ކަމަށެވެ. އެކަމަކު އައިޖީއެމްއެޗުގެ ޕޭޝަންޓް ޕޯޓަލުގައި ހުރި މައްސަލަތަކެއްގެ ސަބަބުން ބަލި މީހުންގެ ޒާތީ މާއުލޫމާތު އެންމެނަށް ވެސް ބެލޭކަން އެ ނޫހުން ރިޕޯޓްކޮށްފައިވާނެ ކަމަށް އޭނާ ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން އޭރު ބުނީ އަޒާން ހާޒިރުކުރަނީ އާންމު ރައްޔިތުންނާއި ދައުލަތުގެ އިސް ފަރާތްތަކުގެ ޒާތީ މައުލޫމާތު ހުއްދަ ނެތި އެކްސެސްވި ގޮތާ ގުޅިގެން ހިންގާ ޖިނާއީ ތަހުގީގަކަށް ސުވާލުކުރަން ކަމަށާއި އެއީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައެއް ކަމަށެވެ.
އެ މައްސަލާގެ ތަހުގީގަށް އިތުރު ބަޔަކާ ވެސް ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އަޒާން ހާޒިރުކުރަނީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިޔެފައިވާ ލިޔުމެއް ނުވަތަ ނޫސްވެރިކަމާ ގުޅުންހުރި ކަމަކާ ގުޅިގެން ނޫން ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ރާއްޖޭގައި އޮތް ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އެޅިދާނެ ފަދަ އެއްވެސް ކަމެއް ދިވެހި ފުލުހުންގެ ހިދުމަތުން ނުކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބނޑއކރ
19 August 2022
މިފެންނަނީ ޕޯޓަލްތައްހަދައިގެން ކުރާކަންތައް. ކޮންމެމުވައްސަސާއަކުން ޕޯޓަލެއްހަދައިގެން އެކަމަށް އަހަރުމެންގެ މާލިއްޔަތުން ޚަރަދުކޮށްފައި މިކޮށްލަނީ ބަރަހަނާ. ނޫނޭ! ނޫނޭ! ސާބަސް. މިވަރުވެގެންދާއިރުވެސް ދައުލަތުގެވެރިންނަށް ވަރިހަމަ. ތިކަންކުރިބަޔަކަށްވެސް ތިކަންކުރިޔަދިންބަޔަކަށްވެސް އެއްވެސްކަމެއްނުވާނެ. ބަލަންތިބޭ. ތިކަމުގެވާހަކަ 3 ހަފުތާވަންދެން ދައްކާފަ ދެންނުދައްކާނެކަން ވެރިންނަށްއެނގޭ. ނިމުނީނު.
ކުޑަކަކޫ
20 August 2022
މީގެން އެނގެނީ ސަރުކާރު/ ދައަލަތުގެ ދޯހޮޅިކަން. ރާއްޖޭގެ އޮންލައިން ޑޭޓާބޭސްތަކަކީ ހެކަރުން ގެ ޕްލޭގްރައުންޑް. ސަރުކާރުގެ ވެެބްސައިޓެއް ވިޔަސް ވަރަށް ދޯހޮޅި
އައިޖީއެމްއެޗް
19 August 2022
ރައްޔިތުންގެ ޑޭޓާއަށް ފަރުވާ ކުޑަކޮށް ޚިޔާނާތްތެރިވި އައިޖީއެމްއެޗް ގެ ޒިންމާ ނަގަނއ ޖެހޭ މީހުން ކޮބާ؟ ޕާސްވޯޑު ކިޔަން އެނގޭހެން ބަހަށްޓާފަ ނުކުރާނީ ކޮން ކަމެއް.
ބުރުގާ
19 August 2022
އައިޖީއެމްއެޗްގެ ޕޯޓަލޭ؟؟! އެތާގަ ޕޯޓަލެއް އޮވޭތަ؟
ކިލ1ފ1
19 August 2022
ހުރިހާ ބަގާވާތެއްގެ އަޑީގަ ޖޭޕީ އޮންނާނެ
ލިޔުމުގެކު
19 August 2022
ބުރޯސް ގިނަ މީހުންނަށް ނިސްބަތްކޮށް ބުނާނީ ކިޔަވައިގެން ތިބިމީހުންނޭ. ކިޔަވައިގެން ހުރި މީހުންނެކޭ ނުކިޔާނެ
ސަލީމަބައި
19 August 2022
ސައިބަރ ސެކިއުރިޓީ އެއީ ކޯޗެއްކަން ފުލުހުންނަށް ކިޔާދެންވީ. ޢައިޖީ އެމް އެޗް ގޭޓް ހުޅުވައިފައިވާ ހުުއްޓާ މީހަކު އެގޭޓުންވަނުމުން އޭނަ ފުލުހަށް ގެންގޮސްގެން ތަހްގީގް ކުރަންޖެހޭތަ. ޢޭނަ އެތަނަށް ވަނީ ގޭޓްގެ ތަޅުހަލާކުކޮށްލާފއި ކައި ނޫން. ތި ކަމުގައި ތަހްގީގް ކުރަންވީ ތިތނުގައި އައިޓީ އާް މީހުން ރެކްރޫޓްކުރިގޮތް. ކޮލިފައިޑް ނޫން މީހުންނަށް ވަޒީފާ ލިބުނުގޮތް
ސަައިބާ މަރީ
19 August 2022
ގޭޓުން ވަނަސް އޯކޭ. ބަޓް އެތާ ހުރި އެެއްޗެހި ޕަބްލިކު ގަ ށެއާ ނުކުރޭވޭނެ.
ލެޓިއުސް
19 August 2022
މަ ބުނީ ކޮބައިހޭ ކުރިން އެމްކިއުއޭގެ ޑޭޓާބޭސްގަ ހުރި މައުލޫމާތު އިންތިހާބު ދުވަސްވަރު އެޕް އެއް ހަދައިގެން ވިއްކަން އުޅުނު އައިޖީއެމްއެޗްގެ ކަލޭގެ. އޭނާގެ އަތެއް ނުވޭހޭ ތިޔަ ކަމުގަ
ތުނިޔަ
19 August 2022
ޚައިބަރޭ...އެގެއަކު ނޫޅޭނެ ތިނަންކިޔާ މީހެއް.. ޔަގީން ތީ ނުބައި ނަމެއްކަން.
އޭނަ
19 August 2022
އޭނަ އަށް ކިޔަނީ ހައިބަރު. މާ އެނގިގެން ނޫޅެ ހުރޭ
ޓިންކުލް ފަލާހު
19 August 2022
ނަޝީދު ބޭނުންވާ ފޮޓޯވެސް ފަހަރުގާ ތިތާ އޮވެދާނެ. ފޯނު ގެއްލުނުފަހުން އޭނާ އެހުންނަނީ ވަރަށްބޮޑަށް މޮޅިވެރިވެފާ.
ނާއްޕެ
19 August 2022
ޒާތީ މައުލޫމާތު ރައްކާކުރަން ޖެހޭނީ އެކަމަށް އެކަށޭނަ ސެކިއުރިޓީއާއި އެކީ. ރޯދިމާލަށް ފެންނަ ގޮތަށް މައުލޫމާތު ރައްކާ ކޮށްފަ އެމައުލޫމާތު އެންމެނަށް ފެނި އާއްމުވީމަ އޭތި ފެނުނު މީހުންނާއި ކިޔާފައި ހުރި މީހުން ކުށްވެރިވެ، މައުލޫމާތު ރައްކާކުރަން ހަވާލުވި މީހުން ޒިންމާވާން ނުޖެހުމަކީ ޖޯކެއް. މިރާއްޖޭގަ ދުވަހަކުވެސް ޒިންމާއަށް އިހުމާލުވީ މީހާ ކުށްވެރިވެ ކުށް ސާބިތުވީ ދުވަހެއް ނާދޭ.