ސުޕްރީމް ކޯޓު: އަލުން ބަލަން އަންގާ މައްސަލަތައް އިސްތިއުނާފް ނިމެންދެން މަޑުޖައްސަން ވަނީ އަންގާފައި --- ފޮޓޯ/މިހާރު
06 ސެޕްޓެމްބަރ 2022 - 19:33
ދަށު ކޯޓުން އަލުން ބަލަން އަންގާ މަދަނީ މައްސަލަތަކުގައި އިސްތިއުނާފް ނިމެންދެން ޝަރީއަތް މަޑުޖައްސާލަންޖެހޭ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ހަމަޖައްސައިފި އެވެ.
ކޯޓުތަކާބެހޭ ގާނޫނުގެ ދަށުން ބައެއް މައްސަލަތަކުގައި ދަށު ކޯޓުން އަލުން ޝަރީއަތް ހިންގުމަށް ހައި ކޯޓުން ބައެއް ފަހަރު އަންގަ އެވެ.
އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން މިއަދު ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައިވަނީ މަދަނީ މައްސަލައެއް އަލުން ބަލަން ހައި ކޯޓުން އަންގާފައި ވަނިކޮށް އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި ނަމަ، އިސްތިއުނާފް ނިމެންދެން ދަށު ކޯޓުން ޝަރީއަތް މަޑުޖައްސާލަން ޖެހޭނެ ކަމަށެވެ.
ޝަރީއަތް މަޑުޖައްސާލިޔަސް، އެ މައްސަލައެއް އެ ކޯޓުގެ ގަޒިއްޔާތަކުގެ ދަފްތަރުގައި ބާއްވަން ޖެހޭނެ ކަމަށް އެ ޑައިރެކްޝަންގައިވެ އެވެ.
އިސްތިއުނާފް ނިމުމުން، ސުޕްރީމް ކޯޓުން އެ މައްސަލައެއްގައި ނިންމި ގޮތަކަށް ދަށު ކޯޓުން އަމަލު ކުރަން ޖެހޭނެ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަހާދުރު
07 September 2022
ސުޕްރީމަކީ ހެޔޮ ބަދަލެއް. ޖޭއެއްސީ ބަދަލެއް ނުވި. ވީ ގޯސް
އޮނަރަބްލް އަފީފު ދީދީ
06 September 2022
ސޯލިޙްގެ ވެރިކަމާއިއެކުގައި އޭނާއަށް ވޯޓްދިން މީހުން އުއްމީދުކުރި ހެޔޮބަދަލެއް ފެނުނުކަމުގައިވާނަމަ އެބަދަލު ފެނިގެން މިދިޔައީ ސްޕްރީމް ކޯޓާއި އަދުލު އިންސާފު ޤާއިމްކޮށް ދިނުމުގެ ނިޒާމްގެ ތެރެއިން އެކަނި. # މިފަދަ އިލްމީ ވިސްނުންތެރި ޒަމާނަށް އަހުލުވެރި މަޖިލިސް މެންބަރުންތަކެއްގެ މައްޗަށް އެކުލެވިފައިއޮތް ޤާނޫނު ހަދާ މަޖިލީހެއް އޮތްނަމަ މިސަރުކާރުވެސް ހަމަމަގަށް އަޅުވާ ވައްކަމާއި ޙިޔާނާތްވެސް ހުއްޓުވާނެކަން ކަށަވަރު.
މަސްނަ
07 September 2022
ތާކުން ތާކު ނުޖެހޭ. ސިވިލް ކޯޓުން ނިންމާ މައްސަލައެއް އިސްތިއުނާފު ކުރިޔަސް، ތަންފީޒު ކުރުން ފަސްކުރާކަށް ނުޖެހޭ ގޮތަށް އޮންނަނީ. އެކަމަކު، އެ މައްސަލަ ސުޕްރީމު ކޯޓަށް އިސްތިއުނާފު ކުރީމަ އެބަޖެހޭ ތަންފީޒު ފަސްކުރަން. ހަމަޖެހޭ ކަމެއް ނޫން ދެ މަރުހަލާގައި ދެގޮތަށް އޮންނަން. ސުޕްރީމު ކޯޓު މަރުހަލާގައިވެސް ތަންފީޒު ފަސްކުރަން ޖެހޭނީ،ސުޕްރީމު ކޯޓުން އެ މައްސަލަބަލާއިރު އެގޮތަށް އަމުރެއް ނެރުނީމަ. އޮޓޯއިން ފަސްކުރަންޏާހައިކޯޓަށްވެސް އެހެން ހެދެންޖެހޭ.