އިންޑިއާ އައުޓް ހުއްޓުވަން ފުލުހުން ހިންގި އޮޕަރޭޝަންގައި ފުލުހުންތަކެއް ހަރަކާތްތެރިވަނީ: އެ ފުލުހުންގެ މައުލޫމާތު ހާމަކުރަން އެންގި މައްސަލަ ހައިކޯޓަށް ފުލުހުން ވަނީ ހުށަހަޅާފައި --- ފޮޓޯ/މިހާރު
25 ސެޕްޓެމްބަރ 2022 - 11:47
"އިންޑިއާ އައުޓް" ހަރަކާތާ ދެކޮޅަށް ހިންގި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންގެ ނަމާއި މައުލޫމާތުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި މައްސަލަ ފުލުހުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރަން ގޮވާލައި އިދިކޮޅު ފަރާތްތަކުން ފެށި "އިންޑިއާ އައުޓް" ހަރަކާތްތައް ހުއްޓުވަން މިދިޔަ އޭޕްރީލް މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރާ އެކު، ފުލުހުން ވަނީ ގޭގޭގައި ހަރުކޮށްފައި ހުރި "އިންޑިއާ އައުޓް" ބެނާތައް ނަގައިފަ އެވެ.
އެ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި އޮޕަރޭޝަން ހިންގަން އަމުރު ނެރުނު މީހުންނާއި އެ ނޫނަސް އެ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ހޯދަން އަމިއްލަ ފަރާތަކުން އެދުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިދިޔަ މަހު ވަނީ އެ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންގެ މައުލޫމާތާއި އެ މީހުން އޮޕަރޭޝަންގައި އަދާކުރި ދައުރާއި އޮޕަރޭޝަންގެ ކޮމާންޑަރުގެ މައުލޫމާތު ދޭން އަންގައިފަ އެވެ.
އެ މައްސަލަ އިސްތިއުނާފު ކުރަން ފުލުހުންގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ރިޔާސީ ގަރާރު ނެރުމާއެކު، ހިންގި އޮޕަރޭޝަންތަކަށް ފަހު އެ ހަރަކާތްތައް މިހާރު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެސީ1
26 September 2022
ފުލުހުންވެސް ޤާނޫނާ އެއްގޮތައް ކަމެއް ކުރިނަމަ މައުލޫމާޔު ދޭންވީ، ތިއުޅެނީ ޕާޓޭން އުޅޭ ވައްތަރައް ފުލުހުންވެސް
މުލޭ
25 September 2022
އިންފޮމޭޝަން ކަމިޝަނަރަކީ ބޯހަމަޖެހޭ މީހެއްތޯ ސުވާލު އުފެދޭ. ވާނުވާ ނޭނގޭ މީހުން ބޮޑެތި މަގާމުތަކަށް ލައިގެން ބޭކާރު ގޮތުގައި އަހަރެމެންގެ ފައިސާކޮޅު ތަޅާ ހުސްކުރުމުގެ އިތުރުން ޒިންމާދާރު އެތައް މުވައްޒިފެއްގެ ވަގުތު ބޭކާރު މިކުރެވެނީ. އިންފޮމޭޝަން ކަމިޝަނަކާއި ކަމިޝަނަރެއް ހުރިކަން ދިވެހިނަށް އަންގަން ކޮށްގެންއުޅޭ ކަމަކާ ވައްތަރީ.
މުޙުއްމާ
25 September 2022
ހަމީދު 2023 އައްނަކަން ހަދާން ހުރިހެނެއް ހިޔެއް ނުވޭ. މިރާއްޖޭގަތިބި ހުރިހާ ސިފައިން އައުޓް.
ސުކުން
25 September 2022
މުއައްސަސާ ތަކަށް ނާގާބިލު މީހުންލީމަ ވާނެ ހައެތި ވެފަ ތިހުރީ. ވަރަށް ސަލާމް
ޙަސަން އަޙްމަދު
25 September 2022
ރައީސްގެ ގަރާރަކުން ހުއްޓުވިކަމެއްކަން އެބަ އެނގޭ. ދެން ވަޒީފާގެ ހައިސިއްޔަތުން އެކަން އަމަލީގޮތުން ތަންފީޒުކުރަންޖެހުނު ވަކިވަކި މުވައްޒަފުންގެ މައުލޫމާތު ހޯދަންޖެހޭ ސަބަބަކީ ކޮބާ؟ މިކަހަލަ މައުލޫމާތު ދޭކަށް ނުޖެހޭނެ. އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަންކުރަން ޖެހޭނީ ވެސް ތަންދޮރު ދަންނަ މީހުން. އަދި މިފަދަ ތާކުންތާކު ނުޖެހޭ ކަންކަމުގައި ދައުލަތުގެ ވަގުތު ބޭކާރުކުރުވަން އުޅޭ މީހުނާ ދެކޮޅަށް ދައުވާވެސް ކުރަންވީ.
މަމޮޅު
25 September 2022
ހަސަނާ ތިޔާބުނީ ހަމަ ހެޔޮކޮށް. "އިންފޮމޭޝަން" އޭ ކިޔާތީ ބައެއް ބޭފުޅުންނަށް ހީވަނީ ކަންނޭނގެ ދުނިޔޭގައި ލެއްވި ކޮންމެފަދަ މައުލޫމާތެއްވެސް ދޭންޖެހޭނެއޭ. އެތާގައި ކުރީގައި ހުރި ބޭފުޅަކުވެސް ވިޔަފާރި ކުންފުންޏެއްގެ ސިއްރު މައުލޫމާތުތަކެއް ހާމަކުރަން އަންގައިގެން އެނުލިބިގެން ބޮޑާހާކައި އުޅުނު ޚަބަރެއްވެސް މީގެ ތަންކޮޅެއް ކުރިން އުޅުނު.
ޒިކް
25 September 2022
ތީގަ ފިޔަވަޅެއް އަޅަންޏާ އަޅަންޖެހޭނީ އެ އަމުރެއް ކުރި ވެރިންނަށް.. އާދައިގެ ފުލުހުންނަކަށް ނޫން.. ކޮންމެ ފަހަރަކު ތިހެން ތެޅެންވެއްޖެއްޔާ ޤައުމީ ފޭރާން ވީދި ހަލާކުވާނެ..
ދޮން މަނިކު
25 September 2022
ދޭނެ ކަމެއްނެތް. ކޯޓައްވެސް ދާނެކަމެއް ނެތް. ފުލުހުންނަށް އެކަށީގެންވާ ބާރުތައް ނުލީބޭނަމަ ރައްޔަތުންނަށް ފެންނާނީ ފުލުހުންގެ ނާގާބިލް ކަން.
މނޔ241
25 September 2022
ނުޖެހޭނެ ދޭކަށް
ތުނޑުހަސަނު
25 September 2022
މިކަހަލަ މަޢުލޫމާތެއް ހާމަނުކުރެވޭނެ. ކޮންމެ ސަރުކާރެއް އޮތަސް އަދި އޮޕަރޭޝަނާ މެދު ސުވާލު އުފެދޭ ކަންކަން ހުއްޓަސް ބައިވެރިވި މީހުންގެ މައުލޫމާތު ހާމަނުކުރެވޭނެ. މިއީ މުއައްސަސާގެ ކަރާމާތާ ގުޅިިފައިވާ ކަމެއް. ކަމެއް ގޯސްކޮށް ކޮށްފިނަމަ މުއައްސަސާގެ ވެރިންނަށް ނުވަތަ އަމުރުވެރި ކޮމާންޑަރަށް ފިޔަވަޅުއަޅާ. ސަލާމަތީ ޚިދުމަަތްތަކާއި ސަލާމަތީ ބަރަކީ ކުޅޭކުޅޭ ތަންތަނަށް ނަހައްދަވާ. ވެރިކަން ބަދަލުވިޔަސް މުއައްސަސާ ދެމިއޮންނާނެެ.
ތުއްރަވާސް1
25 September 2022
މައުލޫމާތު ނުދީފިނަމަ އޭނާއަށް އޮތް ގެއްލުމަކީ ކޮބައިބާ؟ އަދި މައުމޫލާތު ދީފިނަމަ އޭނާއަށް އޮތް ފައިދާއަކީ ކޮބައިބާ؟ މައުލޫމާތު ނުދޭނީ ކޮންމެވެސް ސަބަބެއް އޮތީމަ. ތިބުނާ ބެނާ ބާލަން ކޯޓުއަމުރު ނެރުނު ގާޒީގެ ކަރުގައި ވާޖަހާ މަގުމަތީގަ ދަމަންވީކަމަށް ބުނެ އިންޒާރުދީފަ ޓުވީޓެއް ކޮށްފައޮތްކަމަށްވޭ. އަދި އެކަމުގައި އުޅުނު ފުލުހުންނަށް ބިރުދައްކާ ޕޯސްޓްތައްވެސްހުރިޔޯ. ނުރައްކަލެއް ވެއްޖެއްޔާ ކޮމިޝަނުން ޒިންމާވާނެބާ.