އެޗްޑީސީގެ އޮފީސް: ވޯޓާ ތީމް ޕާކް އެއްބަސްވުން ބާތިލްކުރުން ހައިކޯޓުން ހުއްޓުވުމުން އެ ކުންފުނިން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައި --- ފޮޓޯ/މިހާރު
06 އޮކްޓޯބަރ 2022 - 10:55
ހުޅުމާލޭ ވޯޓާ ތީމް ޕާކު ހެދުމުގެ އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލަން އެޗްޑީސީން ނިންމި ނިންމުން ހައިކޯޓުން ހުއްޓުވި މައްސަލަ އެ ކުންފުނިން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ވޯޓާ ތީމް ޕާކަކާއި ހަ ބުރީގެ ލެޝާ ހޮޓަލެއް އަޅަން ވޯޓާ ފްރަންޓް އެންޑް ލެޝާ ކުންފުންޏާއެކު 2017 ވަނަ އަހަރު އެޗްޑީސީން ސޮއިކުރި އެއްބަސްވުން މިދިޔަ އޮގަސްޓް މަހު އުވާލުމަށްފަހު އެތަން ހަވާލުކުރަން އެންގި އެވެ. އެ މައްސަލަ ސިވިލް ކޯޓުގައި އަންނަނީ ހިނގަމުންނެވެ.
ސިވިލް ކޯޓުން ނިންމާފައި އޮތީ މައްސަލަ ނިމެންދެން އެތަން އަތުލުން ހުއްޓުވުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އެ ނިންމުން ލެޝާ ކުންފުނިން އިސްތިއުނާފް ކުރުމުން ހައިކޯޓުން މިދިޔަ މަހު އެންގީ ހައިކޯޓުން ގޮތެއް ނިންމެންދެން އެތަން އަތުލުން މަޑުޖައްސާލުމަށެވެ.
ހައިކޯޓުގެ އެ ނިންމުން އެޗްޑީސީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
އެޗްޑީސީން އަންގާފައި އޮތީ 30 ދުވަސް ތެރޭގައި ތަން ހަވާލުކުރުމަށެވެ. ހައިކޯޓުގެ އަމުރާ އެކު، އެކަން ވަނީ ހުއްޓާލަން ޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމީބަލާ
06 October 2022
މިގައުމުގައި މިހާރު މިވަނީ ރައްޔިތުންނަށް ދުއްޕާންކުރުމުގެ އާ ސިލްސިލާއެއް ފެށިފައި. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ދެކޮޅުގައި އޮތީ ދެ ޝަރީޢަތް. އެއްކޮޅުގައި ވޯޓާތީމްޕާކުގެ ޝަރީޢަތް. އަނެއްކޮޅުގައި މަހުޖަނުގެ ނޭޅުނު ފްލެޓްބަރީގެ ޝަރީޢަތް. ކޮންމެ 5 އަހަރަކުން މިދެތަނުގެ ޝަރީޢަތް ކޮށްފައި ރައްޔިތުންގެ ޚަޒާނާއިން ފައިސާ ދިނީމާ ހުންނާނީ ރައްޔިތުންނަށް ފައިދާވެފައި.