ޔާމީން ކެލާގައި ވާހަކަ ދައްކަވަނީ: ކުށް ކުރެއްވިފައި ހުންނާނެ ކަމަށް ވިދާޅުވުމަށް ފަހު މިއަދު އެކަން ދިފާއުކުރައްވައި ވަނީ ވާހަކަ ދައްކަވާފައި.
17 އޮކްޓޯބަރ 2022 - 20:33
ވެރިކަމުގައި ގޯސްތައް ހެދި, ކުށް ކުރެއްވިފައި ހުންނާނެ ކަމަށް ރޭ ހއ. ކެލާގައި ވިދާޅުވި ވާހަކަފުޅު މިއަދު ތަރުޖަމާ ކޮށްދެއްވައި އެ މަނިކުފާނު ކުށެއް ކުރައްވާފައި ނޯންނާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް, ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ފަސް އަހަރުގެ ދައުރުގައި ގޯސް ހެދިފައި ހުންނާނެ ކަމަށް ޔާމީން ވިދާޅުވީ، މިހާރު ކުރައްވަމުން ގެންދަވާ ހއ. ދަތުރުފުޅުގައި ކެލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ މަނިކުފާނުގެ ވެރިކަމުގައި ގައުމުގެ މަސްލަހަތަށް ކުރެއްވި ކަންކަމާ މެދު ހިޔާލު ތަފާތުވުމާއި ހިތްހަމަނުޖެހޭ ބަޔަކު ތިބެދާނެ ކަމަށް ވިދާޅުވި އެވެ.
އެކަމަކު އެ ވިސްނުން މިހާރު ދޫކޮށްލަން އެދިވަޑައިގަތެވެ.
"އަޅުގަނޑަކީ އިންސާނެއް. އަޅުގަނޑު ވެސް ކުށްކުރާނެ. ކުށްކުރެވިފައި ހުންނާނެ, އަދިވެސް ކުށްކުރާނެ," ޔާމީން ވިދާޅުވި އެވެ.
އަޅުގަނޑަކީ އެމްއެމްޕީއާރުސީގެ ހަރާން ލާރި ގެންގުޅުނު މީހެއް ނޫން. މިއަދު ވެސް ގަބޫލުކުރައްވާ އަޅުގަނޑު ނުގެންގުޅެން. -- ޔާމީން
ބާރަށަށް މިއަދު ވަޑައިގެން ޔާމީން ވިދާޅުވީ، މީޑިއާގެ ފަލަ ސުރުހީތަކަށް އެރުވީ "ވިދާޅުވެވުނު ކުށް ބަހެއް" ކަމަށެވެ. އެހެން ވިދާޅުވީ ކުށް ކުރެއްވި މާނަ ދޭހަކޮށްދެއްވަން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު މިކުރާ ދަތުރުގައި ކޮންމެވެސް ތަނެއްގައި ބުނެފައި އޮންނާނެ, ބުނެވިފައި އޮތީމާ ޝައްކެއް ވެސް ނެތް ގޮތުގައި ފަލަ ސުރުހީ އަށް އަރައިގެން މި އުޅެނީ. އަޅުގަނޑަކީ ވެސް އިންސާނެކޭ އަޅުގަނޑަށް ވެސް ކުށްކުރެވޭނެއޭ. އެކަމަކު އެ ބުނި އެތި ކެންސަލް," ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު މިއީކީ ކުށެއް ކޮށްފައި ހުރި މީހެއް ނޫން. އަޅުގަނޑު ކުށެއް ނުކުރަން."
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ވިދާޅުވާން އުޅުއްވީ ވެރިކަމުގައި ހުންނެވި އިރު ވިސްނުންފުޅުގައި އަދި އެކި ބޭފުޅުންނާ މަޝްވަރާ ކުރައްވައިގެން ކުރެއްވި ބައެއް ކަންކަން އެންމެ ފުރިހަމައަށް ނުކުރެއްވިފައި ހުރެދާނެ ވާހަކަފުޅެވެ. އެއީ ޕްރޮސިކިއުޓާ ޖެނެރަލަށް އިތުރު ވަގުތާއި އިންސާފުވެރިކަމާ އެކު "ހުކުމް ލަޑަން ތިބޭ ފަނޑިޔާރުންނަށް ޖާގަ ދެއްވަން" ވިދާޅުވި ވާހަކަފުޅެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތަށް ތުހުމަތުކޮށް، ކޯޓުގައި މިހާރު ވެސް ޔާމީންގެ މައްޗަށް ޝަރީއަތްތަކެއް ހިންގި ނަމަވެސް ކުށެއް ނުކުރައްވާ ކަމަށް ތަކުރާރުކޮށް މިއަދު ވިދާޅުވި އެވެ.
މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާ ކަމަށް ކުރި ހުކުމާ އެކު ފަސް އަހަރު ޖަލުގައި ހުންނެވިއިރު ރައްޔިތުން އެ މަނިކުފާނުގެ ދިފާއުގައި އަޑުއުފުލައި ދުއާކޮށްދިނީ މައުސޫމް ކަމަށް ގަބޫލު ކުރާތީ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑަކީ އެމްއެމްޕީއާރުސީގެ ހަރާން ލާރި ގެންގުޅުނު މީހެއް ނޫން. މިއަދު ވެސް ގަބޫލުކުރައްވާ އަޅުގަނޑު ނުގެންގުޅެން," ޔާމީން ވިދާޅުވި އެވެ.
ހއ. ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ޔާމީން ގެންދަވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ހިންގެވި ކަމަށް ތުހުމަތުކުރާ ބައެއް ކަންކަމުގެ ދިފާއުގައި ގިނަ ވާހަކަފުޅުތަކެއް ދައްކަވަމުންނެވެ. ކުށެއް ނުކުރައްވާ ކަމަށް ވެސް ވިދާޅުވީ ވެރިކަމުގެ ފަސް އަހަރުގައި އެންމެން ހިތްހަމަޖެހޭ ނިންމުންތައް ނިންމެވިފައި ނުހުންނާނެ ކަަމަށް ދައްކަވައި ޖެއްސެވި މިސާލުތަކުގެ ތެރޭގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޭހުޔާމީނު
18 October 2022
ރައީސް ޔާމީނެކޭ ޝޭހުންނެކޭ ތަފާތެއްނެތް
ހަސަންކާރި
18 October 2022
އަނގައިން ނިކުންނަ ކޮންމެ ބަހަކީ ޔާމީނުގެ ވިސްނުން ސާފުވާ ބަސްތައް. އެމްއެމްއާރޕީސީގެ ހަރާން ލާރިއެއް ނުގެންގުޅެމޭ މިބުނަނީ އެއީ ޔާމީނަކީ އެއްއިރެއްގައިވެސް އެމްއެމްއާރޕީސީގެ ލާރިއަކީ ރައްޔިތުންގެ ލާރިކަމުގައި ގަބޫލުކުރާ މީހަކަށް ނުވާތީ!! އޭނަ ގަބޫލުކުރާގޮތުގައި އެއީ އިންވެސްޓަރުން އޭނައަށް "އިލެކްޝަނަށް ހަދިޔާ" ކޮށްދިން ލާރި. އެކަމަކު މިލާރި ނުދެނީސް ފަޅު/ރަށް ހަވާލެއްނުކުރޭ. އޭނަ ގަބޫލުކުރާގޮތުގައި އަދީބު އެލާރި ކަލެކްޓްކޮށްދިނީ. ތީހަމަ ބޮޑު...
ހަސީނާާ
18 October 2022
މާލެ ދާން ލެކައަށް ދިޔުން: ކެލާގައި ދެއްކޭ ވާހާކަ ބާރަށުގައި ބަދަލުވުން. މި މާނައަށް ބަދަލު ކުރުން ކިހިނެއްތޯ؟
ކުޗީ
18 October 2022
ސޯލިހު އަށް ސިޔާސީ ގޮތުން ދެން އެންމެ މޮޅުގޮތަކީ މީނާ ޕޕ އިން ނެރުން. މާނައަކީ ދެން މީނަ އަކަށް ހުކުން ނުކުރެވޭނެޔޭ ނޫނީ ހުކުން ކުރާނީ ޔާމީނު އާއެއްކޮޅަށޭ. އެހެންވީމަ ރަށްޔިތުންނަށް އިންސާފް އެހެރީ ލިބިފަ. ސޯލިހު ވެރިކަން ބޭނުންވީމަ އިންސާފް އޮންނަނީ ގޭގެ ބޮޑުއަލަމާރީގަ ... މިގޮތް ބޭނުން ނުވެގެން ޔާމީނު ބޭލުވީވެސް.
ތޮފަޅަ
18 October 2022
އޭނާއަކީ ދަރިންގެ ޓިއުޝަންފީދައްކާލާނެހާވެސް ވަރުނެތް ބޮޑު ފަގީރެއް އެކަމަކު އެކައުންޓުތަކުގަ މިލިއަނުންމިކިއަނުން ފައިސާ ވައްކަމެއް ނުކުރޭ ހަމަ ހެޔޮއެދޭމީހުން އޭނަ އެކައުންޓަށް މިލިއަނުން މިލިއަނުން ޗެކުތައް ޖަމާކުރަނީ އޭނައަށް ނުވެސް އިނގޭ ފައިސާ ޖަމާކުރާކަން އެއީ ޔާމީނުގެ ތެދުވެރިކަން ހުރިމިންވަރު
ވޯލް
18 October 2022
އެމްއެމްޕިއާރުސީ އޭކިޔާގެން ޔާމިނު ރަގަލު ވާނީ ވާހަކަ ނުދެއްކީޔާ. ކުރީގެ އޮޑިޓަރ ޖެނެރަލް މަޤާމުން ވަކި ކުރިވެސް އެމްއެމްޕީއާރުސީގެ މައްސަލަ ބަލާނެތީ. މިއި ސީދާ ރައީސަށް އެނގިގެން ހިންގާފަ ހުރި އަދި ސީދާ ރައީސްގެ އަމުރަށްކޮށްފަ ހުރި ކަންކަން. ދޮގު ހަދާ އޮޅުވާލެވޭނީ ވަކި ވަރަކަށް.
އިބްރ
18 October 2022
ރާއްޖޭގެ ސިޔާދަތު ގެއްލުވާލީ އެމްޑީޕީން. ތަކުރާރުކޮށް އިންޑިއާއިން ދަނީ ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް އަރައިގަންނަމުން. ދިވެހިން ވިސްނަންޖެހޭ ވަގުތު މިއޮތީ އައިސްފަ. އިންޑިއާ މީހުންނާއި އިންޑިއާގެ ކުންފުނިތަކުން ރާއްޖޭގައި ކުރާކުއްތަކަށް ރާއްޖޭގައި އަދަބެއްނުދެވޭ. އަދި އިންޑިއާގެ ކުންފުންޏަކާއި އެމްޑީޕީ ސަރުކާރުން ހެދި އެއްވެސް އެގްރިމެންޓެއްގައި އިންޑިއާ ކުންފުނިން އެ މަސައްކަތެއް ނުކޮށްފިނަމަ ދެންވާނެގޮތެއް ބަޔާކޮށްފައިނެތް.
ބިހުރޯޒް
18 October 2022
ދަބަސް ގަބަހުގަ ފައިސާވަނީ ހަމައެކަނި ދޫވެއްސަކަށްނޫން އެހެން ގޭގެއަށްވެސް އެފައިސާ ވަތް އެހެންވީމަ އަހަރުމެންގެޔަށް ވަނީ ހަލާލު ފައިސާއެއްނޫން، މިވަރުގެ ދޮގުވެރިއެއް ދުށިންތަ
ބޮޑުމީހާ
18 October 2022
އިންސާނަކަށް ވީތީ އަބަދުވެސް ކުށްކުރެވޭނެ! ދެން ޔާމީނު ކުށެއްކުރިތޯ ނޫންތޯ ނިންމާނީ ކޯޓުން. މިގައުމުގެ ގާނޫނު އަސާސީ ބުނަނީ ކޯޓަކުން ސާބިތުނުވާހާ ހިނދަކު ބަލަންޖެހޭޏީ އިނޮސެންޓް މީހެއްކަމަށް. ޔާމީންގެ ވާހަކަ ދައްކާއިރު މި ޒީރޯޓޯލަރެންސް ސަރުކާރުން ކޮށްފައިވާ ކުށްތަކުގެ ވާހަކަވެސް ދެއްކުން ރަގަޅު. ކޮންމެގޮތެއްވިޔަސް އެގޭކަމަކީ ކުށްކުރިޔަސް ނުކުރިޔަސް ޔާމީން ސަރުކާރުން ރައްޔިތުންނަށް ކޮށްދީފަހުރި ކަންތައްތައް މިސަރުކާރާއި އަޅާބަލާއިރު ހާސްބައި ގިނަ
އަފްރާސިޔާބު
18 October 2022
"އަޅުގަނޑަކީ އިންސާނެއް. އަޅުގަނޑު ވެސް ކުށްކުރާނެ. ކުށްކުރެވިފައި ހުންނާނެ, އަދިވެސް ކުށްކުރާނެ," ޔާމީން ވިދާޅުވި އެވެ. ވަރަށް ސާފު ނޫންތޯ؟ ޔާމީނު އެވިދާޅުވި އެއްޗެއް. ކުށްކުރާނީ އެކަމުގެ ނިޔަތް އޮތީމައެވެ. އަދިވެސް ކުށްކުރާނަމޭ ވިދާޅުވީމާ އެއީ ތިމަންކުރާކުށް ކުރަމުންނޭ ދާނީ އިންސާނެއްގެގޮތުގައި ހުރީތީ. ދެން އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ކުށްކުރީމާ ހަގީގަތުގައި އެކުށަށް މަގުފަހިކޮށްދިނީ ރައްޔިތުން ކަމަށްވާނީ. މުޅިއާބާދީއަށް އަދަބެއްނުދެވޭނެ