ހައި ކޯޓް: ކޮލެޖްތައް އަލުން ރަޖިސްޓްރީވާން ޖެހޭ ގޮތަށް އޮތް މާއްދާގެ މައްސަލަ ހައި ކޯޓުން ވަނީ ބަލައިނުގަތުމަށް ނިންމާފައި --- ފޮޓޯ/މިހާރު
02 ޑިސެމްބަރ 2022 - 14:40
ރާއްޖޭގައި ހިންގާ ކޮލެޖްތަކާއި މަތީ ތައުލީމު ދޭ ތަންތަން އަލުން ރަޖިސްޓްރީކުރަން ޖެހޭ ގޮތަށް ގަވާއިދުގައިި ހިމެނި މާއްދާ ބާތިލްކުރަން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިނުގަންނަން ނިންމައިފި އެވެ.
ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދު ބުނާގޮތުން އަންނަ އަހަރުގެ ޖުލައި މަހުގެ ކުރިން، ހުރިހާ ކޮލެޖްތަކާއި މަތީ ތައުލީމު ދޭ މަރުކަޒުތައް ސަރުކާރުގައި އަލުން ރަޖިސްޓްރީ ކުރަން ޖެހޭނެ އެވެ. އެ މުއްދަތުގައި އެކަން ނުކޮށްފިނަމަ، މިންގަނޑުތަކަށް ނުފެތޭ ނަަމަ އެތަނެއް އުވާލެވޭ ގޮތަށް ހިމަނާފައިވެ އެވެ.
ގަވާއިދުގެ އެ މާއްދާ ގާނޫނު އަސާސީއާ ޚިލާފްވާ ކަމަށް ބުނެ އެ މާއްދާ ބާތިލްކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ މަންދު ކޮލެޖް ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑުންނެވެ.
ނަމަވެސް ހައި ކޯޓުގެ ރަޖިސްޓްރާ މިދިޔަ ހަފުތާގައި ނިންމެވި ނިންމުމުގައިވަނީ މަތީ ތައުލީމު ދޭ މަރުކަޒުތައް ހިންގަން ޖެހޭނީ ރަޖިސްޓްރީކޮށްގެން ކަމަށް ގާނޫނުގައި ބުނާއިރު އެ ގާނޫނު އައުމުގެ ކުރިން އުފެދިފައި ހުރި ކޮލެޖްތަކާއި މަރުކަޒުތައް އަލުން ރަޖިސްޓްރީކުރަން ހުރަހެއް ނެތް ކަމަށެވެ.
އެހެންވެ، އެއީ ގާނޫނު އަސާސީއާ ޚިލާފް މާއްދާއެއް ނޫން ކަމަށް އެ ނިންމުމުގައިވެ އެވެ.
ކޮލެޖްތައް އަލުން ރަޖިސްޓްރީކުރަން ސަރުކާރުން ފުރަތަމަ ދިނީ މިއަދާ ޖުލައި މަހާ ހަމައަށެވެ. އެކަމަކު ފަހުން ގެނައި އިސްލާހެއްގެ ދަށުން އެއް އަހަރުގެ މުއްދަތެއް އެކަމަށް ވަނީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
03 December 2022
ކޮލެޖްތައްވެސް ޒަމާނަށް ފެތި، ކުރި އަރަން ޖެހޭ!
މިއީވާ ގައުމެއް
02 December 2022
ކުރިންކުރި ރަގިސްޓްރީ ފޮރުވާލީތަ، ގެއްލުވާލީތ؟ ހުސް ދުއްތުރާ
ހަކީމް
02 December 2022
މަންދު ކޮލެޖު ވާޗުއަލް ވެގެންގޮސް އެތާގަ އެއްވެސް ޚީދުމަތެއް ނުދެވޭ
މަބުނީ
02 December 2022
މަ ބުނީ މި ސަރުކާރުން މަންދު ކޮލެޖަށް އަނެއްކާވެސް ޑޮޓު ނުފެންނަ ބޮޑު ބަދަލެއްދެވޭނެ މަގެން ކޮށައިދެނީބާ އޭ !!!؟؟؟؟.
ސުވާދީބުރާނީ
02 December 2022
ހަހަަހަ. މި ސުރުޚީ ފެނުނީމަ ވެސް އެނގިއްޖެ މި ކޮލެޖަށް އަލުން ރަޖިސްޓްރީ ކުރަން ނުލާން އުޅޭނެކަން.