ޖޭއެސްސީގެ ރައީސް ހިސާން: މިދިޔަ އަހަރު ހުށަހެޅި ގިނަ މައްސަލަތަކުގައި އެ ކޮމިޝަނުން ނިންމީ ނުބަލަން --- ފޮޓޯ/މިހާރު
03 ޖެނުއަރީ 2023 - 12:06
މިދިޔަ އަހަރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅުނު ޝަކުވާތަކުގެ ތެރެއިން ގިނަ މައްސަލަތަކުގައި ތަހުގީގު ކުރަންޖެހޭ ވަރުގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ނިންމާފައިވާ އެ ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޖޭއެސްސީން އާންމުކުރި މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 393 ޝަކުވާއެއް ކޮމިޝަނަށް ހުށަހެޅިއިރު، 87 ޕަސެންޓް މައްސަލައެއްގައި ނިންމާފައިވަނީ ތަހުގީގު ކުރަންޖެހޭ ފަދަ ސުލޫކީ މައްސަލައެއް ނޫން ކަމަށެވެ.
ތަހުގީގު ކުރަން ނިންމީ އެންމެ ހަތަރު ޕަސެންޓް މައްސަލަ ކަމަށާއި އަދި އިތުރު އަށް ޕަސެންޓް މައްސަލައާ ގުޅޭ އިތުރު ކަންކަން ބަލަމުންދާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި 2021 ވަނަ އަހަރުގެ މައްސަލަތަކާ އެކު، މިދިޔަ އަހަރު 70 މައްސަލައެއްގެ ތަހުގީގު އެ ކޮމިޝަނުން ކުރިއަށް ގެންދިޔަ އެވެ.
އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 46 މައްސަލައެއް ޖޭއެސްސީން ނިންމިއިރު، ސާބިތުވީ އެންމެ 22 މައްސަލަ އެކެވެ. އޭގެ ތެރެއިން ހަތަރު މައްސަލައެއްގައި ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވި އެވެ.
މީގެ އިތުރުން ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރަންޖެހޭ ގޮތަށް ނުވަ މައްސަލައެއްގައި ނިންމިއިރު އިތުރު ތިން މައްސަލައެއްގައި ނިންމީ ސަސްޕެންޑް ކުރުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަބާއައިސަތު
03 January 2023
ޖުޑީޝަރީގެ އެންމެ އިސް ފަރާތް ސުޕްރީމް ކޯޓުގެ ބާރެއް ނެތި، އަދި އުއްތަމަ ފަނޑިޔާރުގެ ލަފާއެއް ނުހޯދައި، ޖުޑީޝަރީގެ ކަންކަން ސަރުކާރުންނާއި މަޖިލީހުންގެ މެޖޯރިޓީ އޮވެ، ލޯފާމްތަކުގެ އިސްވެރިން ޖުޑީޝަރީ ހިނގާ ގައުމެއް މިނޫނީ ނޯންނާނެ. ވަރަށް ވެދުން.
އަސްލު
03 January 2023
އިންސާފު ހޯދަދޭން އައި މީހުންގެ އިންސާފުވެރިކަން ތިފެންނަނީ
ކަރަމަލް
03 January 2023
އެތަނުގަ މާބާރުގަދަ ރައީސަކު އިންނަވާތީ ސޯ ރައީސަކަށް ކުރެވޭނެ ކަމެއް ނެތޭ. ކީއްކުރަންތަ މިތަނަކީ ސޯ ރައީސް އަތް ނުބާނަން ބުނެފަ އިންނަތަނެކޭނު.
ސަރީފް ފަންކާ
03 January 2023
ކިހިނެއް ބަލާނަ ގަޒީން އުޅެނި އަވަދިނެގި ސަރުކާރު ދިފުކުރަށް.
ފިޔަން
03 January 2023
ވާނީ އެހެން މައްސަލަތައް ބަލައިފިނަމަ ތިމަރިމާމެންގެ ބޮޑުމަންޒަރު ހާމަވާތީ ނިންމިފަ ހުރިހުރުން
ބޯދިބޯ
03 January 2023
ރިއެކްޓު ނުކުރަން ނިންމީ ދީ.
ނޫސްކިޔާ މީހާ.
03 January 2023
މި ސަރުކާރު ވަރައްކަޑަ ރާއްޖެ ފުނޑާލަނީ.