ފުލުހުން އަތުލައިގެންފައިވާ ބަނގުރާ ފުޅިތަކެއް: ބަނގުރާ އުފުލަނިކޮށް އެކްސިޑެންޓްވި ބަޔަކު ވަނީ ފިލާފައި --- ފޮޓޯ/ޕޮލިސް
05 ޖެނުއަރީ 2023 - 21:09
ހުޅުމާލޭގައި ބަޔަކު ބަނގުރާ ކޭސްތަކެއް ހިފައިގެން ދަނިކޮށް އެކްސިޑެންޓްވުމުން އެ ތަކެތި މަގުމައްޗަށް ދޫކޮށްލާފައި ފިލައިފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭ މަގެއްގެ މަތިން މިއަދު ހަވީރު ބަނގުރާ ކޭސްތަކެއް ހިފައިގެން ސައިކަލުގައި ދިޔަ ދެ މީހަކު އެކްސިޑެންޓްވީ ފުލުހުން ފެނުމުން ފިލަންވެގެން އުޅުމުގެ ތެރޭގައި، ޕާކްކޮށްފައި އޮތް ވެހިކަލެއްގައި ޖެހިގެން ކަމަށެވެ.
ފުލުހުން ބުނީ އެކްސިޑެންޓްވުމުން ސައިކަލުގައި ތިބި ދެ މީހުން އެ ތަކެތި މަގުމައްޗަށް ދޫކޮށްލާފައި ފިލާފައިވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިތޮށި
07 January 2023
އެގޮލާމެން ސުމާޓީ ޕުލުހަށްވުރެން
ނޮޓް ސްމާޓް
06 January 2023
ދިވެހި ސިފައިންގެ ބޮލުގައި ކުޑަނަމވެސް ތެތްކަމެއް ހުރިނަމަ ސްޓިކާ ޖެހުމުގެ ބަދަލުގައި މަގުމަތީގައި ނުގަވާއިދުން ދުއްވާ މީހުން ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކުރަން ފެށީސް. ގައިމުވެސް ސްޓިކާ ޖަހަގެން ލިބޭ އާމްދަނީއަށްވުރެ އެތަށްހާސްގުނަ ބޮޑު އާމްދަނީއެއް އެގޮތުން ސަރުކާރަށް ލިބޭނެކަމީ ޝައްކެއްނެތް ކަމެއް!!!
ކޮރަލް
06 January 2023
ފިލާ ނެ ކަމެއް ނެތެވެ. ސަފާރީ ތަކުން ހުޅުމާލެ އަށް ފަސޭހަ ކަމާއެކު އެތެރ ކުރަނީ އެވެ. ޗެކް ޕޯސްޓް އެއް ނެތެވެ. ޗެކް ކުރާނެ ބަޔަކު ނެތެވެ. ފާލަން ކައިރި އަށް މަޑުކޮށްފަ ޓެކްސީ އަކަށް ނޫނި ސައިކަލަށް އަރުވައިގެން ދަނީ އެވެ.
އެމްޑީޕީ އިބޫ
06 January 2023
ތިއީ އަލަށްވާކަމެއް ނޫނެއްނުން
އެމްސް
06 January 2023
މަގުމަތީ ޓްރެފިކް ނުބެލެހެއްޓޭ، ދުއްވާނެ ގޮތަކަށް މިޤައުމުގަ އުޅޭ ބޮންދުންވެސް އެދުއްވަނީ! ފުލުހުން މަގުމައްޗަށް ނިކުމެއްޖެއްޔާ އަބަދުވެސް އުޅެނީ ސައިކަލުތަކުގެ މަޑިދަށުން ބަނގުރަލާއި ސްޓިކާ ހޯދަން! ނުޤަވާޢިދުން ދުއްވާމީހުން ހުއްޓުވާ އިސްލާޙީ ފިޔަވަޅު ނޭޅުމުގެ ނަތީޖާއަކީ ދުވާލެއްގެ މައްޗަަށް ވިއްސަކަަށް އެކްސިޑެން މި މާލޭގަވެސް ހިނގުން! ހީވަނީ ފުލުހުންތެރޭގަ ތިބީ ތަޙްޤީގީމީހުން އެކަނިހެން! އުޅަނދުފަހަރުގަ އުޅުން ހުއްޓާ ފައިމަގުގަ ނޫޅެއެއް ނުވާނެ!
ނަންނ
06 January 2023
ކޮބާތަ އިސްލާހީ ފިޔަވަޅަކީ، ޖަލަށް ލިޔަސް ވަނީ އަނިޔާދިންކަމަށް
2% އޮޕަރޭޝަން ވެސް ކާމިޔާބު ނުވޭ!
06 January 2023
މަގޭއެއްޗެއްނޫނޭ ބުނީމަ ތިކަން ނިމުނީ! މިގައުމުގެ ފުލުހުންނަކައް ޕްރޫވްއެއް ނުކުރެވޭނެ އެއީ އެމީހުން ހިފައިގެންދިޔަ އެއްޗެހި ކަމަކައް. ތަފާސް ހިސާބުގަ ލިޔެލާ މިއީ ފެއިލްވި 1576 އޮޕަރޭޝަން ކަމައް!
އެމްސް
06 January 2023
މަގުމަތީގަ ދުއްވާ އުޅަނދުތައް ދުއްވަނީ ޤަވާޢިދުންތޯ ފުލުހުން ނުބަލާނެކަމުގެ %100 ޔަޤީންކަން އެގޮތަށް ދުއްވާ މީހާއަށްވެސް އޮވޭ! އެހެނީ ފުލުސް އޮފީސް ދޮރުމަތިންނާއި ޔުނިފޯމްއެޅި ފުލުހުންނަށް ފެންނަ ގޮތަަށްވެސް އެގޮތުގަ ކިތަންމެ ބަޔަކު ދުއްވިޔަސް ފުލުހަކު އަޅާވެސް ނުލާނެ! ހީވާގޮތުން ފުލުހުންގެވެސް ފަރުދީޒިއްމާ ގޮސް ނިމެނީ އަތްދޮވުމަަށް، އެވެސް ރޯގާއެއްގަ ދުވަސްވަރު އެކަނި/އެގޮތަށް އެހެން މުވައްސަސާއަކުން މަޖްބޫރުވެސް ކުރީމަ! ވިސާއެއް ނެތި އުޅެން....
ހިބިރިންބެއްޔާގެ ކުޑަސޮރު
05 January 2023
އަޅެ މިހާރު އާއަހަރުވެސް ނިމެއްޖެއްނު. ދެން ކޮން ބަނގުރަލެއް؟