މީހަކު ކުނި ނަގަނީ: އެންސީއައިޓީން ވައްކަން ކުރި މީހާ މުޖްތަމުއަށް ހިދުމަތް ކުރަން ވަނީ އަންގާފައި --- ފޮޓޯ/މިހާރު
16 އެޕްރީލް 2023 - 14:39
ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ވައްކަން ކުރި މީހަކު އެއް މަހަށް ޖަލަށްލައި އަދި 800 ގަޑިއިރު މުޖުތަމައަށް ހިދުމަތް ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެންސީއައިޓީ އަށް ވަގަށް ވަދެ 500ރ. އާއި މޮބައިލް ފޯނެއް ނެގި މައްސަލާގައި ވައްކަމުގެ ދައުވާ އާއި މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ލިބޭ މީހާ ކުށަށް އިއުތިރާފުވި އެވެ. އެ ކުށްކުރީ މަސްތުވެގެން ހުރެ ކަމަށް ވެސް ކޯޓުގައި ބުނެފައި ވެ އެވެ.
އޭނާ ލުއި އަދަބެއް ދޭން އެދުމުން ދައުލަތުން ވެސް އެ ކަމަށް ދެކޮޅެއް ނެހެދި އެވެ.
އެހެންވެ، ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމް ކުރީ ވައްކަމުގެ ކުށުގައި 24 ދުވަހަށް ޖަލަށްލައި އަދި 640 ގަޑިއިރު މުޖުތަމައަށް ހިދުމަތް ކުރުމަށާއި މުދަލަށް ގެއްލުން ދިނުމުގެ ކުށުގައި ހަ ދުވަހަށް ޖަލަށްލުމާ އެކު 160 ގަޑިއިރު މުޖުތަމައަށް ހިދުމަތް ކުރަންޖެހޭ ގޮތަށެވެ.
ގާނޫނުލްއުގޫބާތުގެ ދަށުން ކަނޑައެޅޭ އަދަބުތައް ޖޫރިމަނާ އާއި މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބަށް ބަދަލު ކުރެވެ އެވެ. މުޖުތަމައަށް ހިދުމަތް ކުރުމުގެ ގޮތުން ކުރުވޭނެ މަސައްކަތްތައް ކަނޑައަޅާނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކަރެކްޝަނަލް ސާވިސް އިންނެވެ.
އޭގެ ތެރޭގައި ކުނި އުކުމާއި ތަންތަން ސާފުކުރުން ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
17 April 2023
އެންސީއައިޓީ ސެކިއުރިޓީ އެންމެ ރަނގަޅު ވާން ޖެހޭ އެއް އޮފީހެވެ. ވީމާ ތިޔަ ތަނައް ފަސޭހައިން ވަދެ ވައްކަން ކުރި މައްސަލައިގެ އެކަމާ ގުޅުން ހުރި މުވައްޒަފުންނާ ސުވާލު ކޮށް މައްސަލަ ނަލަން ޖެހެ އެވެ. މިދޭތެރެއިން މީރާ އަށް ވެސް ވ ފަސޭހައިން ވަގައް ވަދެފި އެވެ.
އެދުރުކަލޭގެފާނު
17 April 2023
އެންސީއައިޓީ ފަޅާލި މީހާ ޖޫރިމައިނާކޮށް ކޮމިއުނިޓީ ސާރވިސްއަށް ނެރުނުއިރު އެންސީއައިޓީގައި ތިބި ސްޓޭޓް މިނިސްޓަރުން އެކިއެކި ވިޔަފާރިވެރިންނާއި އެކި ދައުރުގައި ގުޅުން ބާއްވައިގެން ދައުލަތުގެ އެތެއްފައިސާއެއް ނުހައްގުން ބޭނުންކުރުމުން ކުރާ ޖުރުމާނާއެއްވެސް ނެރޭނެ ކޮމިއުނިޓީ ސާރވިސްއެއް ނެތީތޯއެވެ. ނިކަމެތީންގެ މައްޗައް ހިނގާ ގާނޫނުތަށް ހުސް މިހުންނަނީ!
ނޫނާ
17 April 2023
ގަދަކުލައެއްގެ ޔުނިފޯމެއްލައްވާފަ މަގުތައް ސާފުކުރަން ނެރެންވީ. އެމީހުންނަށް ކަންކަންކިޔާދީ އިރުޝާދުދޭން 1 ސަރުދާރު އަދި ސަލާމަތީކަންކަން ބެލެހެއްޓުމަށް ޓޭޒާގަންދީފަ ދެތިން ފުލުހުން ބައިތިއްބަންވީ. މަގުތައްބިޒީވާ ގަޑިތަކުގައި މީހުންގެ ކުރިމަތީ މިގޮތަށް ތިބެން ލަދުގަންނާނެ އެތައް ޒުވާނުންނެއްތިބޭނެ. މިކަންމީ ކޮންމެ ގައިދީއަކުވެސް ކުރަންޖެހޭކަމެއްގެގޮތުގައި ހަދައިފިނަމަ، ކުއްކުރާ މީހުން މަދުކުރެވި، މަގުތައް ސާފުކުރުމަށްކުރާ ޚަރަދުތައް ކުޑަކުރެވޭނެ.
ވޯޓާ
17 April 2023
މި ކޮމެންޓުކުރި މީހާ ރައީސްކަމައް ލާން ފެނޭ
ވެންތިލޭޓަރު 3
16 April 2023
ސަރުކާރު ވަޒީރުންނާ ސަރުކާރު ކުންފުނިތަކުގެ ސިޔާސީ މަގާމުތަކުގައި ތިބެ ހިޔާނާތް ހިންގާ ނުހައްގު މުއްސަންދިކަން ސާބިތުވާ ފަރާތްތައް 640 ގަޑިއިރު ގޭބިސީތަކުން ކުނިނަގަން ނަރުދަމާ ހޮޅި ސާފުކުރަން ވެސް ފޮނުވަން ޖެހޭ ...............................................
ވައްކަމޭ
16 April 2023
ވައްކަންކުރިކަން އެނގޭ މީހަކު ގޭގެއަށް ކުނިނަގަން ފޮނުވުމަކީ އެހާ ރަގަޅު ގޮތެއްތަ؟
އެއީ
16 April 2023
ދައުލަތުގަ އިންސާފު އޮވެއްޖެ ކަމަށް ގަބޫލުކުރާނީ މަހުލޫފު ގޮނޑު ސާފުކުރަން ފޮނުވި ދުވަހަކުން
ރަނާ
16 April 2023
މަސްތުވާ ތަކެތި ބޭނުން ކުރީމަ އަދަބެއް ނޯވޭތަ.ބަލަ އެއީ މުސްލިމުންނަށް ހަރާން އެއްޗެއްނު.
ބޮޑުމީހާ
16 April 2023
4.2 ބިލިއަން ރުފިޔާ ދައުލަތުން ނެގުމުގައި ބައިވެރިވިމީހުން ކޯޓް ފަޓުލޫނުގަ މަޖްލީހުގަ، ރައީސް އޮފީހުގަ، ސަރުކާރުގެ އިދާރާތަކުގެ އިސްމަގާމުތަކުގަ...500ރ ނެގި މީހާއާއި ހަމައަށް ގާނޫނީ ދިގުއަތް މިފޯރަނީ. ކީއްކުރާނީ، ރައްޔިތުން އެދޭކަހަލަ ވެރިކަން މިހިންގަނީ. އިއްޔެ ނެގި ވޯޓުންވެސް ގުރައިދޫ ރައްޔިތުންވެސް ބުނީ މި ސިސްޓަމް ރަގަޅޭ، އިބޫ ތިގޮތުގައި ކުރިއަށް ވަޑައިގަންނަވާ!
މިވީ ކިހިނެއް
16 April 2023
ނިކަމެތި މީހާ ގޮނޑު ސާފުކުރަން ފޮނުވާފަ... ދައުލަތުން ލިބުނު ލާރި ޑޮލަރު މާރުކުރީއޭ ބުނި ވަޒީރުގެ ދައުވާ އަނބުރާ ނެގީ. މިއީ އިންސާފު؟
ވެންތިލޭޓަރު
16 April 2023
ސަރުކާރު ވަޒީރުންނާ ސަރުކާރު ކުންފުނިތަކުގެ ސިޔާސީ މަގާމުތަކުގައި ތިބެ ހިޔާނާތް ހިންގާ ނުހައްގު މުއްސަންދިކަން ސާބިތުވާ ފަރާތްތައް 640 ގަޑިއިރު ގޭބިސީތަކުން ކުނިނަގަން ނަރުދަމާ ހޮޅި ސާފުކުރަން ވެސް ފޮނުވަން ޖެހޭ