ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖުނަތު ސިންހްއާ ސަލާންކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
02 މެއި 2023 - 20:00
އިންޑިއާގެ އެހީގައި ރާއްޖޭގައި މިހާރު ހަދަމުން އަންނަ ހައިޑްރޯގްރަފީ ސާވޭތަކުގައި ތައްޔާރުކުރާ މެޕްތައް ކުރިއަށް އޮތް ތަނުގައި އަޕްޑޭޓްކުރުމަށް ވެސް އެ ގައުމުގެ އެހީތެރިކަން ލިބޭނެ ކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖުނަތު ސިންހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާއްޖެއަށް މިހާރު ކުރައްވާ ދަތުރުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް މިއަދު ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައި ރައީސް ވަނީ އިންޑިއާ ސަރުކާރުގެ އެހީތެރިކަމާ އެކު ރާއްޖޭގައި ހަދަމުން އަންނަ ހައިޑްރޯގްރަފީ ސާވޭގެ ބޮޑުބައި ނިމިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މަސައްކަތަށް އިންޑިއާ އިން ދޭ އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރެއްވި ކަމަށް ވެސް ބުންޏެވެ.
ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރާ އެކު، ހައިޑްރޯގްރަފީ އެންޑް އޯޝަން އިކޮނޮމީ އެއްބަސްވުމެއްގައި ސޮއިކުރީ 2019 ވަނަ އަހަރު އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖުނަތު ސިންހްއާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
"އިންޑިއާގެ ޑިފެންސް މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖޭގެ ނޫ އިގުތިސާދުގެ ސިޔާސަތަށް އެހީތެރިވެދިނުމުގެ ގޮތުން ޖުމްލަ ތިން ބުރެއްގެ ސާވޭގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވާކަން ފާހަގަކުރެއްވި އެވެ. އަދި މި ސާވޭގެ ދަށުން ތައްޔާރުކޮށްފައިވާ ޗާޓުތައް ދިވެހި ސަރުކާރާ ހިއްސާ ކުރައްވާފައިވާ ކަން ފާހަގަކުރައްވައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ވަނީ ޗާޓުތަކަށް އަޕްޑޭޓްކުރުމުގެ މަސައްކަތުގައި ވެސް އިންޑިއާގެ އެހީތެރިކަން ލިބިގެންދާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ދިފާއީ ދާއިރާއިން ރާއްޖެއަށް އިތުރު އެހީތައް އަދިވެސް ދޭނެ ކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ވިދާޅުވި ކަމަށެވެ.
އިންޑިއާ އިން ވަނީ އެ ގައުމުން ރާއްޖެއަށް 2006 ވަނަ އަހަރު ހަދިޔާކުރި އަސްކަރީ އުޅަނދު "ޝިޕް ހުރަވީ"ގެ ބަދަލުގައި އެއަށް ވުރެ ފަހުގެ އަދި ވަރުގަދަ އުޅަނދެއް ހަވާލުކޮށްފަ އެވެ. ރަސްމީކޮށް އެ އުޅަނދު ދިވެހި ސިފައިންނާ ހަވާލުކުރީ މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
"މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް"ގެ ނަމުގައި ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ހާއްސަ އިދާރާއެއް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އަހަރު ވަނީ އުފައްދަވައިފަ އެވެ.
އިންޑިއާގެ ނޭޝަނަލް ހައިޑްރޮގްރެފިކް އޮފީހާ ގުޅިގެން 2007 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ހައިޑްރޮގްރެފިކް ސާވޭއަކީ ރާއްޖޭގެ ނިޔަމި ކަމަށް ބޭނުންކުރަމުން އަންނަ ކަރުދާސް ޗާޓާއި ޖީޕީއެސް އަދި އެކްޑިސްގައި ބޭނުންކުރާ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓްކުރުމަށާއި އެންކަރޭޖް އަދި އެޕްރޯޗް ޗާޓް ހެދުމަށް ކުރެވޭ ސާވޭއެއް ކަމަށް ސަރުކާރުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެމެރިކާ
03 May 2023
ކޮން އެހިއެއްތަ ކިޔާކައްތަ؟ އިންޑިޔާގެ ބޭނުމަ ސިއްރުކުރަން ޖެހޭ ކަންތަ އިންޑިޔާއް ދައްކަނީ. ދެރަ
ހިތަދޫ 1
03 May 2023
ވަރަށްވެސް ދޯހަޅި ސިޔާސަތު ގެންގުޅޭ ބައެއް މީ، ގައުމުގެ ސަލާމަތާ މިނިވަންކަމެއް ނެތް އެއްވެސް ރޮނގަކުން. މުޅިން ބޭރު މީހުން ރުއްސުވަން އެމީހުން ބޭނުންހާ ގޮތަކަށް،
ކޮތަޅު އިބްރާހީމް
03 May 2023
ރާއްޖޭގެ ޗާރޓް ވިއްކައިގެން އިންޑިޔާއަށް ލިބޭފައިދާ ބޮޑު ދެން ކޮން އެހީއެއްގެ ވާހަކަތޭ ތިޔަ ގޮވާ ނަގަނީ
ބުރޯބާ
03 May 2023
ކަޑުކޮސް ބައެއް އަބަދު ސަލާންޖަހަނީ ބޭރމީހުންގެ އުގަށް ވެއްޓުން ނޫން ހައްލެއް ހޯދާކަށް ނޭންގޭ.......އަދިވެސް ކިޔަނީ މަށަށް ވާނެއޭ...... ބޯހަލާކު ވެއްޖެ
ޑުރެކިއުލާ
03 May 2023
ރާއްޖޭ ސަރަހައްދުގެ ކަނޑުއަޑީގަ ބޭރުގެ ނޭވީއެއްގެ ސެންސަރު ނެޓުވޯކު އެޅިއަސް ކަލޭމެން ބުނާނެދޯ ދެގައުމު ގުޅިގެން ދިރާސާކުރަނީއޭ. ނާފަހެ ސައުތުޗައިނާ ކަނޑުގަ ނޭޓޯ ނޭޓޯ ގައުމެއްގެ ގުރޫޕެއް އިހައްދުވަހު އައިސް އެދިއައީ އައްޑޫ ދެކުނު ތިލައިގެ ސާވޭ ހަދައިގެން ސަބްމެރިން ހިފައިގެން އައިސް، އެއަށްވެސް ސައިންޓިސްޓުންނޭކިޔާފަ އޮފީސްތަކު ކުދިން އަރުވައިގެން ފޮޓޯނަގަނަގާފަ ނޫސްތަކުގަ ޖަހަޖަހާ ކަލޭމެން ތިބީ އަތްޖަހަންނޫންތޯ.
ނަތިން
02 May 2023
ދިވެހިންނަށް ނޭނގޭ ގޮތަށް ރާއްޖެ ބޭނުންކޮށްގެން އަމިއްލަ ގައުމުގެ އަސްކަރީ ބޭނުންތަކަށް ޖާސޫސްކުރާކުރުން މިގައުމުން ބަލާނީ އެގައުމުން ހެޔޮއެދިގެން އެހީތެރިވަނީ ކަމަށް
ހިމާރުލްގައުމު
03 May 2023
ކޮތަޅޭ ބުނަނީ އެހީވުމޯ އެއީ
ގުދުގުދުލީބެއްޔާގެ ތެދުބަސް
02 May 2023
އިންޑިޔާގެ އަޅުވެތިކަމަށް ދާން އިންޑިޔާއިން އަބަދުވެސް އެހީވާނެ.
ހިމާރުލްގައުމު
02 May 2023
މިވަރުގެ ގަޅިއެއް ވެރިކަމުގަ ހުރި މީހެއް އެކާވީސްވަން ގަރުނުގަ ދުނިޔެއަކު ނެތް މި ނޫނީ. ކީކޭ އަޅެފަހެ ދެން ބުނާނީ. ގައުމުގަ ނެތޭ މީނަ ނީލަން ނުކިޔާ އެކައްޗެއްވެސް.
އޮނަރަބްލް އަފީފު ދީދީ
02 May 2023
އަހަރުމެންގެ ވެއްޓާއި ފަޤީރުޤައުމުތަކުގައި ތަޙްޤީގީ މަރުޙަލާއާއި ޕްރޮސިކިއުޓްކުރުމުގެ މަގުމަތީގައި ނުވަތަ ކޯޓްތެރޭގައިވެސް ފައިސާއާއި ނުފޫޒުބޭނުންކޮށް މައްސަލައިގަ "އަތްއަޅަައި" މުޅިއެތި ބަދަލުކޮށްލުމަކީ އާދައެއް. # އިންޑިޔާ އަމިއްލައަށް އިސްނަގައި ސޯލިޙްގެ ސަރުކާރަށްދިން 800މ ޑޮލަރުގެ ލޯނާއި، ރާއްޖޭގެ ހައިޑްރޯގްރަފީ ސާވޭތަކާއި ޗާޓް ކުރެހުމަކީވެސް "މިފަދަ އަމަލެއް" ކަމަށް ބައެއްފަރާތް ތަކުން ތުހުމަތުކުރަނީވެސް އިޓްލޮސްގެ މައްސަލަ ނިމިދިޔަގޮތުން.