އިންޑިއާ އިން އެމްއެންޑީއެފަށް ހަދިޔާކުރި އާ މަނަވަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވާލައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
02 މެއި 2023 - 12:36
ރާއްޖޭގެ ކަނޑުގެ އަސްކަރިއްޔާގެ އެންމެ ބޮޑު އުޅަނދު ކޯސްޓްގާޑް "ޝިޕް ހުރަވީ"ގެ ބަދަލުގައި އިންޑިއާ ސަރުކާރުން ދިން މަނަވަރު ރަސްމީކޮށް މިއަދު ހަވާލުކޮށްފި އެވެ.
މި އުޅަނދު ކޮމިޝަން ކުރުމަށް މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއާ އެ އުޅަނދު ރަސްމީކޮށް ހަވާލުކޮށްދެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނާތު ސިންހް އެވެ.
އިންޑިއާއިން އެމްއެންޑީއެފަށް ހަދިޔާކުރި އާ މަނަވަރުގައި ދިވެހި ދިދަ ނަގައިފައި.-- ފޮޓޯ: ރައީސް އޮފީސް
ދިވެހި ކަނޑުގެ ސިފައިންގެ އެންމެ ބާރުގަދަ އުޅަނދު ކަމަށްވާ "ހުރަވީ" އަކީ ވެސް 2006 ވަނަ އަހަރު އިންޑިއާ އިން ހަދިޔާކުރި އުޅަނދެކެވެ.
އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި، އޭގެ ފަހުން ކޮންމެ ދެ އަހަރަކުން އެ އުޅަނދު މަރާމާތު ކުރުމުގެ މަސައްކަތް އިންޑިއާ އިން ހިލޭ ކޮށްދިނެވެ. އިންޑިއާގެ ނޭވަލް ޑޮކްޔާޑްގައި މުޅި އުޅަނދު ހަ ފަހަރެއްގެ މަތިން މަރާމާތުކޮށްދީފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އިންޑިއާ އިން އެމްއެންޑީއެފަށް ހަދިޔާކުރި އާ މަނަވަރު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނާތު ސިންހް އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު.-- ފޮޓޯ: ރައީސް އޮފީސް
އެމްއެންޑީއެފުން ބުނީ އިންޑިޔާއިން މިފަހަރު ހަދިޔާކުރި އުޅަނދަކީ ހުރަވީއަށް ވުރެ ބޮޑު އަދި އޮޕަރޭޝަނަލް ގާބިލުކަން އިތުރު، ފަހުގެ އުޅަނދެއް ކަމަށެވެ.
މި އުޅަނދު އެމްއެންޑީއެފަށް ހަދިޔާކުރުމާއެކު، ކޯސްޓްގާޑް ޝިޕް ހުރަވީ ވަނީ ޑީކޮމިޝަން ނުވަތަ ބޭނުންކުރުން ހުއްޓާލައިފަ އެވެ.
އިންޑިއާ އިން އެމްއެންޑީއެފަށް ހަދިޔާކުރި އާ މަނަވަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވާލައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެމްއެންޑީއެފުން ބުނި ގޮތުގައި، އާ އުޅަނދު މާލެ ގެނައުމުގައި ހަރަކާތްތެރިވި އިންޑިއާގެ ކުރޫ ރާއްޖެއިން ފުރާނީ އެ އުޅަނދުގައި މަސައްކަތްކުރާ އެމްއެންޑީއެފްގެ އޮފިސަރުން ތަމްރީން ކުރުމަށް ހިންގާ ދެ ހަފުތާގެ ތަމްރީން ޕްރޮގްރާމަކަށް ފަހު ރަސްމީކޮށް އުޅަނދު ހަވާލުކުރުމުގެ ކަންކަން ނިމުމުންނެވެ.
މީގެ ކުރިން 2019 ގައި ވެސް އިންޑިއާ އިން ވަނީ ރާއްޖެއަށް ކަނޑުގެ އަސްކަރީ އުޅަނދެއް ހަދިޔާކޮށްފަ އެވެ. އެ އުޅަނދަށް އެމްއެންޑީއެފުން ނަން ދީފައި ވަނީ ކޯސްޓްގާޑް "ކާމިޔާބު"ގެ ނަމުންނެވެ. ސިފައިން އަންނަނީ އިންޑިއާ އިން ހަދިޔާކުރި ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ވެސް ބޭނުންކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނރުޓޭ
03 May 2023
މި ރަސްމިއްޔާތުގައި ރައީސާއި، ދެ ގައުމުގެ ޑިފެންސް މިނިސްޓަރުން ބައިވެރި އިރު، ކޮބާހޭ ޗީފް އޮފް ޑިފެންސް ފޯސް ނޫނީ ވިއްޔާ ޑިޕިއުޓީ ޗީފް އަދުރޭ؟ މި މީސް މީހުން މި ރަސްމިއްޔާތުން ނުފެނުމަކީ މައްސަލަ އެއް ކަމަށް ދެކެނީ! ރައީސް އޮފީހުންވެސް ބަލަން ޖެހޭނެ ކަމެއް ކަމަށް ދެކެން!
ކްރޫސް
02 May 2023
ދިވެހިރާއްޖޭގެ ދިފާއަށް ނެތް ދޯ މިނޫންގޮތެއް؟ މަނަވަރު އިންޑިއާއިން. ހެލިކޮޕްޓަރު އިންޑިއާއިން. ޑޯނިއަރ އިންޑިއާއިން. ރާޑަރ ސްޓޭޝަންތައް އިންޑިއާއިން. ދިފާއީ ބާރުގެ ވެހިކަލްތައް އިންޑިއާއިން. ދެން އޮތީ ދިފާއީ ބާރުގެ ސިފައިން އިންޑިއާ ސިފައިންނަށް ބަދަލުކުރުން އެކަނި. އޭރަށް ތީތި ފުރިހަމަ ވާނީ..
ނުކިޔަވާ
03 May 2023
ސޯލިހުގެ ފެންވަރުންތާ ސޯލިހު އުޅޭނީ ކިޔަން ވީމަ ލިޔެލާނީ ކޮންމެފަހަރަކު
ބަސްޓް
02 May 2023
މީހަކު ހަދިޔާ ކުރި މަނަވަރެއް. ދުވަސްވެ ބާވީމާ އަލުން އޭތި ގެންގޮސްފައި އައު މަނަވަރެއް ހަދިޔާ ކޮށްފި ކަމަށް ބުނީމާ އެއީ ހަދިޔާ ކޮށްފައި އޮތް އުޅަނދަކަށް ވާނެތަ. ނުވާނެ. ހަމަ ސީދާ ޖާސޫސީ އުޅަނދު ފަހަރު އިންޑިޔާއިން ދެނީ ކަމަށްބުނެ ދޮގުހަދަނީ
ކޮރަލް
02 May 2023
ކޮރަޕްޝަން ގެ ބޮޑެތި މައްސަލަ ތައް ބަލާ ފައިސާ އާ އެސެޓް ތައް ސަރުކާރަށް ނެގީމަ ދެތިން މަނަވަރު ގަންނަ ހާ ފައިސާ ލިބޭނެ އެވެ.
ފޮނިޓައްޕު ހަސަނު
02 May 2023
ތި މިނަވަރުގެ ތަފްސީލް ހޯދަން ސުވާލު ކޮށްލާނެ ސޫސްވެރިއެއް ވެސް ނެތް ދޯ؟ ތި މަނަވަރުގެ އުމުރާއި، ބަނދެފައިވާ ގައުމު، އަދި މީގެކުރިން ބޭނުންކޮށްފައިވާ ތަންތަން ވެސް ހިމަނާލަން ޖެހޭ ދޯ.
ބަޓްލާ
02 May 2023
ތިއީ ގައުމީ ސަލާމަތަށް ނުރައްކާ ވާނެފަދަ ސުވާލުތަކެއް. އެހެންވީމަ ތިއަކަށް ނެތް ޖަވާބު އެރުވޭކަށް..
ކައުންސެލަރު
02 May 2023
ދެހަފުތާ ފަހުންވެސް ތިޔަބަޔަކު ފުރައިފިއްޔާ ރަނގަޅު. މިއުޅެނީ ބާ ހެލިކޮޕްޓަރުގަނޑެއް ދުއްވަން އައިބަޔަކު ރާއްޖެއިން ނުފުރައިގެން
އިބްރ
02 May 2023
ތިއެތި ބަލަހައްޓަން އަނެއްކާ އިތުރު 100 ތޯ؟
ސަލީމް އަލީ
02 May 2023
ކުރިން ދިން އެޗެގެ ބަދަލުގާ ؟؟؟؟ ނު ވިސްނުނު!! ވަގުތީގޮތުންތޯ މިފަހަރުވެސް ދިނީ ބޭނުން އިރަކު އަތުލެވޭގޮތްއް!!
ބޮޑުމީހާ
02 May 2023
މިގައުމަށް އެކަށީގެންވާ ހަރުމުދަލެއް ރަގަޅު އިމާރާތެއް ލިބިފަ ހުރިއްޔާ ވާނީ ކޮންމެވެސް ބޭރު ބަޔަކު ހަދިޔާކުރި އެއްޗަކަށް. މިގައުމަށް ލިބޭ ވަންނަ ފައިސާތަކަށް ވާއެއްނުވާއެއް ނޭގޭ. އެކަމަކު ސިޔާސީ މީހުންގެ އަތުގައި ފުދޭވަރަކަށް ހަރުމުދަލާއި، ވިޔަފާރި އޮވޭ
ދަބަރު ޓައްޕެއް.
02 May 2023
ބާވެ ދަބަރުޖަހާފަ އޮއި މަނަވަރެން. މީހާރުވެސް އެހެރީ އަރިމަތީގަ ދަބަރު ފޮޅިފަ. ތީގަ ހުންނާނެ ފޮރުވިފާ މޮނިޓަރިންގް ޑިވައިސް ހަުރުކޮށްފަ. ނުވިތާކަށް ދައްކާހުރިހާ ވާހަކަ އެއްވެސް ނިޔު ދިއްލީއަށް އިގޭ ގޮތަށް ހަދާފަ. ދިފާއީ ބާރުގަ އާ ނޭވަލް ޝިޕެއް ގަނޭވަރަށް ބަޖެޓެއްވެސް ހަމަނެތީތޯ؟
ކިޓް
02 May 2023
މަރާމާތުކުރަންޖެހޭ އެއްޗެހި ހަދިޔާ ކުރީމަ އެގައުމުގެ މީހުންގެ 'ހެޔޮކަމުން' އެމީހުން މަރާމާތުކޮށްދޭނަމޭ ބުނާނެ އަދި އަބަދުވެސް މިގައުމުގަ އެކަމަށް މީހުން ބޭތިއްބޭނެ.