ދަރިވަރުންނަށް ނަފްސާނީ އެހީދޭނެ ހޮޓްލައިން، ފަސްޓް ލޭޑީ ފަޒްނާ މިއަދު ލޯންޗުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
13 ޖޫން 2023 - 13:01
ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ދޭނެ ހެލްޕްލައިނެއް މިއަދު ލޯންޗުކޮށްފި އެވެ.
ކޮންމެ ދަރިވަރަކަށް ވެސް މެންޓަލް ހެލްތު އަދި ސައިކޯ ސޯޝަލް ސަޕޯޓު ލިބޭނެ ގޮތް ހަމަޖެއްސުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަދި ޔުނިސެފާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ގާއިމްކުރި ހޮޓްލައިން، 1484 ލޯންޗުކޮށްދެއްވީ ފަސްޓްލޭޑީ ފަޒްނާ އަހުމަދެވެ.
މިނިސްޓްރީން ބުނީ އެ ހޮޓްލައިނުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރު ފަހު 3:00 އިން ރޭގަނޑު 9:00 ޖަހަންދެން ހިދުމަތް ލިބޭނެ ކަމަށެވެ. އެ ނަމްބަރު ބޭނުންކުރާނީ ސައިކޮލޮޖިކަލް ފަސްޓް އެއިޑް ދިނުމަށް ކަމަށާއި އިމަޖެންސީ ހާލަތްތަކުގައި ބޭނުމެއް ނުކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
This morning, First Lady Fazna Ahmed launched a Psychological First Aid Helpline (1484) for students. The helpline will provide Mental Health and Psychosocial Support (MHPSS) to all students. The helpline will be available starting June 18. pic.twitter.com/9dSIkf9WVl
— The President's Office (@presidencymv) June 13, 2023
ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ދިނުމަށް ފޯން ކޯލުތަކަށް ޖަވާބު ދޭނީ އެ ދާއިރާއިން ތަމްރީނު ލިބިފައިވާ ކައުންސެލަރުންނެވެ.
މިނިސްޓްރީން ބުނީ ސައިކޮލޮޖިކަލް ސަޕޯޓު ދޭ ހޮޓްލައިން ގާއިމްކުރީ ސްކޫލު ކައުންސެލިންގެ ހިދުމަތް ހަރުދަނާކޮށް، މިހާރު ތިބި ކައުންސެލަރުންގެ ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށެވެ.
އޭގެ އިތުރުން ސްކޫލު ފެންވަރުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ދަރިވަރުން ދެނެގަތުމާއި އެހީތެރިކަން ލިބޭނެ ގޮތް ކަށަވަަރުކޮށް ކްލިނިކަލް އިންވެންޝަން ބޭނުންވާ ދަރިވަރުންގެ އަދަދު މަދުކޮށް އަދި އަވަސް އިންޓަވެންޝަނަކަށް މަގުފަހިކޮށްދިނުމަކީ އެއް ބޭނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮމެންޓޭދް
15 June 2023
90 ގެ އަހަރުތަކުގައި ޖެނެރޭޝަނެއް ހަލާކުކޮށްލީ ޑްރަޤްއެވެއަރނަސް ކިޔާފަ ކޮންމެސް ހުވައެއްގަ ސެކަންޑަރީ އުމުރުގެ ހުރިހާކުދިންލައްވައި ސޮއިކުރުވައިގެން. އެކަމުގެ މޭސްތިރިއަކަށް ހުންނެވީ ޑރ. ލަތީފް. މިހާރު ތިޔަ އުޅެނީ ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ދޭށޭކިޔައިގެން ކުދިންގެ ސިކުނޑިތަށް ހަލާކުކޮށްލަންވެގެން. މިކަމުގައި އިސްވެ ތިޔަހުރީ ޑރ. އާއިޝަތު ޢަލީ.
ބޮއްޅަބެ
13 June 2023
މޮޅެތި ނަންނަން ކިޔާފައި މޮޅެތިހެންހީވާ ކަންކަންކުރަން އުޅޭނެ، ތިއިން އެއްވެސް ކަމަކުން ކުރާ ހަރަދާއި ބަލާފައި ނުކުންނަ ނަތީޖާއަކީ ހަމަ ސުމެއް. މިއަދި މިއޮތް ސަރުކާރުން ކުރާހާވެސް ކަމަކީ ހަރަދުކޮށް މިފަދަ ތާކުންތާކު ނުޖެހޭ، ދައުލަތުގެ ހަރަދުތައް އިންތިހާއަށް ބޮޑުވާނެ ކަންކަން ކުރުން. މިއަދު މިހުރި އެޑިއުކޭޝަން މިނިސްޓަރަކީ ފާއިތުވި 40 އަހަރު ތެރޭގައި ފެނުނު ސިޔާސަތުތައް، އެންމެ ދޯހަޅި އެޑިއުކޭޝަން މިނިސްޓަރ.
ނަމްޒާ
13 June 2023
މީތި ކަޑަ!! ސައިކޮލޮޖިކަލް ފަސްޓްއެއިޑް ހޯދަން ގުޅީމަ ކޮން ސްކޫލެއްގެ ކުއްޖެއްތޯ ނާޙާނެ ދޯ؟ އެހެންވީމަ ސްކޫލު ކުދިންނަށް ޚާއްޞަކޮށްގެން މިކަން ކުރާނީ ކިހިނެތް؟ އެހެން ނޫނީ ދެން ތިބި ދިވެހި ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހަމަ އެއްވެސް އަޅާލުމެއް ނެތީތަ؟ އޯގާތެރި ސަރުކާރު؟ އެހެން މީހުން ގުޅާލާ ނަމްބަރު ގަނޑެއްވެސް ނެތްތަ؟ ކޮބައިތަ ނޭޝަނަލް މެންޓަލް ހެލްތް ސެންޓަރ؟ ކޮބައިތަ ޒުވާނުން ބާރުވެރި ކުރުވާ، ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓްރީ.
ގެދާނޯމޮސް
13 June 2023
ސައިކޮލޮޖިކަލް ފަސްޓް އެއިޑް ގެ އެހީ ފޯރުކޮށްދޭންވެސް ބޮޓެއް ދެއްވުން އަދި މާރަނގަޅުވެދާނެެވެ.
ޞަލާހު
13 June 2023
"ސައިކޮލޮޖިކަލް ފަސްޓް އެއިޑް" އާއި "އިމަޖެންސީ ހާލަތް" މާބޮޑު ތަފާތެއް އޮވޭތަ؟ ގުޅާމީހާއަށް ހާލަތު ދެނެ ނުގަނެވިދާނެ. ބޭނުންވަނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ފަރާތެއް. ހާސްކަމުގެ ތެރޭގައި ތިނަންބަރަށް ކުއްޖަކު ގުޅުމުން، ތިޔަކަމުގައި ގުޅަންޖެހޭނީ އެވެނި ނަންބަރަކަށް މިވެނި ނަންބަރަކަށޭ ނޫން ބުނާނީ. މީ ރާއްޖޭގައި ކަންތައް ހިނގާ ގޮތް.