އިދިކޮޅު ބައެއް މެމްބަރުން މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގެ ބޭރުގައި.
21 ޖޫން 2023 - 10:23
ގާނޫނީ ހުސްކަމެއް ކުރިމަތިވެ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓާލާފައި އޮތަސް، އިހުތިޖާޖު ކުރުމަށް އިދިކޮޅު މެމްބަރުން ނިންމި ނިންމުމާ އެއްގޮތަށް މަޖިލީހުގެ ތަޅުމަށް މިއަދު ވަދެވޭ ގޮތެއް ނުވި އެވެ.
މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ބޭފުޅަކު ނެތިގެން، އިއްޔެ އާއި މިއަދުގެ ޖަލްސާ ތާވަލުކޮށްފައެއް ނުވެ އެވެ.
އެކަމާ ދެކޮޅަށް އަޑުއުފުލަން މަޖިލީހުގެ ތަޅުމަށް ވަންނާނެ ކަމަށް އިދިކޮޅު މެމްބަރުން އިއްޔެ ވަނީ އިއުލާން ކުރައްވައިފަ އެވެ. އެކަމަކު ޖަލްސާ ކުރާ މާލަން ތަޅުލާފައި ހުރުމުން ތަޅުމަށް ވަދެވަޑައިނުގެންނެވުނު މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާތައް ނުބާއްވާ ދުވަސްތަކުގައި ޖަލްސާ ކުރާ މާލަން އާންމު ގޮތެއްގައި ހުންނަނީ ތަޅުލައިފަ އެވެ.
މަޑުއްވަރީ ދާއިރާގެ އާދަމް ޝަރީފް "މިހާރު" އަށް ވިދާޅުވީ، މަޖިލިސް ހުއްޓިފައިވާ މައްސަލަ ހައްލުކުރެވޭތޯ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާއާ ބައްދަލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"މި ކަމުގައި ހައްލެއް ލިބޭތޯ ރައީސް [އިބްރާހިމް މުހައްމަދު ސޯލިހު] އާ ބައްދަލުވޭތޯ ރައީސް އޮފީހަށް ވެސް ދާން އަޅުގަނޑުމެން ވަނީ ނިންމާފައި،" ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މަޖިލިސް ހުއްޓުމަކަށް ގެނައީ، ސަރުކާރުން ގަސްދުގައި، ސަރުކާރު ޖަވާބުދާރީ ކުރުމުގެ ފުރުސަތު ގެއްލުވާލަން ކަމަށެވެ.
ޖަލްސާތައް ނުބޭއްވި، މަޖިލިސް ހުއްޓުމަކާ ހަމައަށް އައީ ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީން އިސްވެ ހުށަހެޅުމާ ގުޅިގެންނެވެ.
އިތުބާރުގެ މައްސަލަ އޮތުމުން ނަޝީދާއި އީވާ ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެވަޑައިގަންނަވާތީ މިދިޔަ ތިން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. ނަމަވެސް މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ނަމަ، އެހެން މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގައި ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެ އެވެ.
އެހެންވެ މަޖިލިސް އިތުރަށް ކުރިޔަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި މި މަރުތަޅު ނެއްޓޭނީ އިތުބާރު ނެތް ކަމުގެ ކޮންމެ ވެސް އެއް މައްސަލައެއް އަނބުރާ ގެނެސްގެން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތްތަކެއް މަޖިލިހުގެ އަމީން އާންމު ލިޔުމަކުން ނަޝީދަށް ދެއްވިޔަސް އެ މަނިކުފާނު އެ އަށް އަމަލެއް ނުކުރައްވަ އެވެ. އޭގެ ބަދަލުގައި ދައްކަވަނީ މައްސަލަ ހައްލު ކުރެވޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށެވެ.
ނަމަވެސް ސަރުކާރުގެ މެޖޯރިޓީ އޮތް އެމްޑީޕީން އެކަން ގަބޫލެއް ނުކުރެ އެވެ. އެ ޕާޓީން އަދިވެސް ބުނަނީ މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދެވެން ޖެހޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަމްބޯލް
21 June 2023
އެހެންވީމާ މަޖިލިސް ރައިސް ނާންނަ ދުވަސްތަކަށް ކުށުގެ ދަރަޖަ 3 އިން ފިޔަވަޅު އަޅައި ވަކިކުރޭ.
އަލީ ރަމީޒު
21 June 2023
މަޖިލީހުގެ ރައީސްކަމުން ނަސީދު ނުފައިބަންވެގެން ދައްކާހާ އުޒުރުތީ. ކަންބޮޑުވާނެ ކަމެއް ނެތް އަދި އަމިއްލައަށް އިސްތިއުފާވެސް ދޭނެ، ތިމާއަށް ހައްގުނުވާ ކަންކަންވެސް ފޭރިގަނެގެވޭތޯ އެ އުޅެނީ. ދެންވީނު އިސްތިއުފާދޭން
ސުންދުސް
21 June 2023
ޕީޕީއެމް އިން އަންނިއާ ގުޅިގެން މަޖުލިސް ހުއްޓުވީ. ނިޒާމީ ނުކުތާ ނަގައިގެން ނިޒާމު ގަޑުބަޑުކޮށް އިމްތިޔާޒޭ ކިޔައި އެކަން ވޯޓަށް ނާހާ. ރިއްފަތުގެ އިތުބާރުނެތް ކަމުގެ މައްސަލައިން ބޮޑުތަނުން އިދިކޮޅު ބަލިވާނެތީ ކުޅޭ ޑްރާމާ.
އަންދަލޫސިޔާ
21 June 2023
މިއީ ކަނޑައެޅިގެން ދޮގެން. ތިޔަހެން ނުހައްދަވާ. ނޫސްވެރިން ވެސް ޒިންމާ އަދާކުރައްވާ. ރައީސް ނަޝީދު ރިޔާސަތުގައި އިންނަވަން ހުރަސް އޮތީ ހަމައެކަނި އެ ބޭފުޅާގެ މައްސަލަ ބަލަން. ކޮމެންޓް ޖަހާލަދޭނެކަމަށް އުންމީދުކުރަން. "ޖަލްސާތައް ނުބޭއްވި، މަޖިލިސް ހުއްޓުމަކާ ހަމައަށް އައީ ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީން އިސްވެ ހުށަހެޅުމާ ގުޅިގެންނެވެ."
އަސްލު...
21 June 2023
ވަރަށްބޮޑުފިޑި އެއް ޏަޝީދު އަކީ 54މެމްބަރުން ސޮއިކުރީމަ އަދިވެސް އޮޅުވާލައިގެން ހުންނެވޭތޯ މަސައްކަތް ކުރައްވަނީ ނާތަހުޒީބު ދަށުދަރަޖައިގެ ކަމެއް.
ތައްޓޭ
21 June 2023
އަހަރެން ހައުރާންވޭ މިފަދަ މީހުންކުރާ މިކަހަލަ މޮޔަކަންކަމުގެ ވާހަކަ ނޫސްތަކުގައި ޖަހާތީ...
ސީޒަން ޖެކްޝަން
21 June 2023
ތިހިރަ ގައްސާނު ވަރަށް ބާރުގަދަވާނެ. އޭނާ ލައްވާ ދޮރު ހަލާކުކޮށްލެވޭތޯ ބަލަންވީއެއްނު.
އަލީހަމީދު
21 June 2023
ރައީސްއޮފީހަށް ކިއްކުރަންތޯދަނީ، މަޖިލިސް ހިސޯރުކޮއްގެން އުޅެނީ ނަޝީދު ނޫންތޯ. ތާކަށް ދާހިތްވަންޏާ މުރައިދޫގެ ދޮށަށް ދޭބަލަ. ކުޑަދަށުގަ ދެއްކި ވާހަކައިން ނަޝީދު އެންގީ ރައީސްއޮފީހަށް ދާށޭތޯ. ހާދަ ގަމާރޭ ތިތިބީ ނަޝީދުގެ ގުއިރޯނުގަ ޖެހިފަ.
ފޯޅަވެހި
21 June 2023
ޝަރީފޫ ، މިހާރު ތިކުޅުއްވަން ތިއުޅުއްވަނީ މާކުރިން ދިވެހިން ބަލާ ފޫހިވެފަ އޮތް ޑްރާމާއެއްގެ ރިޕީޓް.. ތިކަހަލަ ޑްރާމާތައް ބަލައި ދިވެހިން މިހާރު ފޫހިވެއްޖެ… ކޮންމެވެސް އައު ޑްރާމާއެއް ކުޅުނިއްޔާ ރަގަޅުވާނެ..
އެމްޑީޕީ ސަޕޯޓަރުން
21 June 2023
އާދަނުމެންގެ ހިތްވަރެއް ނެތް. އިންތިހާބުންވެސް ބަލިވާތަން ފެންނާނި އިންސާﷲ