ފުލުހުންތަކެއް މަގުމަތީގައި: ފުލުހުން އެންގުމުން މަޑުނުކޮށް ދިޔަ މީހަކު ޖޫރިމަނާ ކުރަން ވަނީ ހުކުމްކޮށްފައި --- ފޮޓޯ/މިހާރު
27 އޯގަސްޓް 2023 - 13:27
ފުލުހުން އެންގުމުން މަޑުނުކޮށް ދިޔަ މީހަކު 21،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޏ. ފުވައްމުލަކު މީހެއްގެ މައްޗަށް އެ ހުކުމް އައީ ޑިސެމްބަރު 2020 އޭނާ ސައިކަލުގައި ދުއްވާފައި ދަނިކޮށް މަޑުކުރަން ފުލުހުން އެންގުމުން މަޑުނުކޮށް ގޮސްފައި ވާތީ އެވެ. އެ މައްސަލާގައި ދައުލަތުން އުފުލީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ.
އޭނާ ކުށަށް އިއުތިރާފުވެ، ޖޫރިމަނާގެ އަދަބަކަށް ލުއިކޮށްދޭން އެދުނެވެ. އެ ކުށުގެ އަދަބަކީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ވިޔަސް، އަދަބު ޖޫރިމަނާއަކަށް ބަދަލު ކުރުމުން ޖެހެނީ 21،600ރ. ގެ ޖޫރިމަނާ އެކެވެ.
މިިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި އޭނާއަށް އަންގާފައިވަނީ އެ ފައިސާ ތިން މަސް ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓެރޭ
27 August 2023
މާ ބޮޑަށް ހާސްވާނެ ކަމެއްނެތް. ދައްކަން ޖެހޭ ފައިސާއެއް ދައްކަން ޖެހޭނީ... ދެން އެފައިސާ ދައުލަތުގެ ތެރެއިން ހޯދޭނެ 20 ހާސް ރުފިޔާގެ މަގާމެއް ހޯދައިގަތީމަ.
ކަމޮ
27 August 2023
ތީ މާލެ ނަމަ ނުކުރެވޭނެ އެއްވެސް ކަމެށް.
ބަމާ
27 August 2023
ކޮބާ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުޅުމާލެއިން ފުލުހުންގެ އެންގުމަށް މަޑުނުކޮށް ގޮސް، ފުލުހުންނާ ޒުވާބުކޮށް ހެދި މައްސަލަ. ޖޫރިމަނާ ކުރަން ކެރޭނެބާ؟ އާދައިގެ މީހުންނަށް އަބަދުވެސް ޖަލާއި ޖޫރިމަނާއާއި ފޫކޮޅުން ހަންނެގުން އަންނަނީ. ބޮޑުންގެ މައްޗަށް ދައުވާވެސް ނުކުރެވޭނެ.
ރަދީފްއޮފިޝަލް
27 August 2023
ވަރަށް ބޭއިންސާފް ހުކުމެއް.
ކޮރަލް
27 August 2023
ޑިސެމްބަރު 2020 ވަނަ އަހަރުގަ ފުލުހުންގެ އެންގުމަށް މަޑު ނުކޮށް ދިޔަ މައްސަލަ އެއްގަ ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ހާދިސާ ހިނގިތާ މިހާރު 3 އަހަރު ވަނީ އެވެ. މައްސަލަތައް ކުރިއަށް ދާ ސްޕީޑް މިހިރަ ފެންނަނީ އެވެ.
ހާމިދު ޝާހިދު
27 August 2023
ތިޔަށްވުރެއް މާރަނގަޅު ވާނެ ދޯ 3 މަސް ދުވަހު ޖަލުގެ ހަވާ ކައިގެން އައީމާ. އާ އެކްސްޕީރިއަންސަކަށް ވެފައި ފައިސާ ނުދައްކާ ފަރުޖެހުނީހެންނޫންތޯ!
ވެނީލާ ގޮލާ
27 August 2023
ބުރޯ ނުދައްކާ މަޑުކުރައްޗޭ. އިންތިހާބު ދުވަސްކޮޅު މިއީ. މައާފު ކޮއްދޭނެ ހުރިހައި އެއްޗެއް.
ސުލޭމާނު
27 August 2023
ކުއް ކުރީ ފޯއްމުލަކު މީހާ. ހިލާފު ވީ ފުލުހެއްގެ އަމުރަކަށް. ޖުރިމަނާ މިދައްކަން ޖެހެނީ މާލޭގަ ހުރި މީރާ އަށް. މި ދެން އަރަތެއްނު؟
1828
27 August 2023
ލާމަރުކަޒީވަނީ ދެން މިހާކަންހާވަރަށް.
1828
27 August 2023
މިއީ އަދުލު އިންސާފް ލިބުމުގައި ބޮޑުވަރު. 02 އަހަރާއި 08 މަސް ފަހުން ހުކުމް. އަދި އެއްވެސް ކުށަށް އިއްތިރާފްވީމައި. އަދަބު މާބޮޑަށްވެސް ބޮޑު.