މީހަކު ފައިސާތަކެއް ދެނީ: އޮޕަރޭޝަނެއް ކުރަން ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މީހަކު ގޭ ބަންދުކުރަން ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/މިހާރު
12 އޮކްޓޯބަރ 2023 - 12:47
ކުޑަކުއްޖެއްގެ އޮޕަރޭޝަނަކަށް އެހީ ހޯދަން ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މީހަކު ނުވަ މަހަށް ގޭ ބަންދުކުރަން ހުކުމްކޮށްފި އެވެ.
ހދ. ކުޅުދުއްފުށީ މީހެއްގެ މައްޗަށް އެރަށު ކޯޓުން އެގޮތަށް ހުކުމްކުރީ 2020 ވަނ އަހަރު ތިން މަހުގެ ކުއްޖެއްގެ އޮޕަރޭޝަނަކަށް ފައިސާ ހޯދަން އެ ކުއްޖާގެ އާއިލާއިން ކޮށްފައިވާ ފޭސްބުކް ޕޯސްޓެއް ނަކަލުކޮށް، އަދި އެހެން އެކައުންޓް ނަމްބަރެއް ހިމަނައިގެން މީހުން އަތުން 2،000 އަށް ވުރެ ގިނަ ރުފިޔާ ހޯދުމުންނެވެ.
އެ މީހާގެ މައްޗަށް ކުރީ މަކަރާއި ހީލަތުގެ ދައުވާ އެވެ. އެ ދައުވާއަށް އޭނާ ކޯޓުގައި އެއްބަސްވިޔަސް، ގޭ ބަންދުގެ އަދަބަކަށް ބަދަލުކޮށްދޭން އެ މީހާ އެދުނެވެ. އެހެންވެ، މިދިޔަ ހަފުތާގައި ކުޅުދުއްފުށީ ކޯޓުން ހުކުމްކުރީ އެ މީހާ ނުވަ މަހާއި 18 ދުވަހަށް ގޭގައި ބަންދު ކުރުމަށެވެ.
އެ ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް، އަދަބުގެ ބާވަތް ގޭ ބަންދަށް ބަދަލު ކުރުމުން ޖެހެނީ ނުވަ މަހުގެ މުއްދަތެކެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކުގައި ކުރިން ވެސް ޖަލު ހުކުމާއި ގޭ ބަންދުގެ އަދަބުތައް މީހުންގެ މައްޗަށް އިއްވާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރަންޓު އެފެއަރޒް
14 October 2023
ގޭ ބަންދަކީ ތަންފީޒުކިރެވޭ ހުކުމެއްނޫން، އަބަދު މަގުމަތީ އުޅޭނީ
LaamuonlineDOTcom
12 October 2023
ގޭބަންދުކުރުން އަރުވާލުން އެއީ މިޒަމާނަށްބަލާއިރު އަދަބެއްނޫން، ގޭބަންދުކުރިޔަސް ކާކުގޭގަހުންނާނީ؟ ގޭބަންދުކުރީމާ ގޭގައިހުންނާނީ މޮޔައެއް!
ގޫޕޯ
13 October 2023
އިންޓަނެޓް މަނާކުރޭ
ބަލިގަނޑު
12 October 2023
ތިއޮތީ މުޅިދުނިޔެއަށް އިއުލާނު ކުރަންޖެހޭފަދަ ބޮޑު ހުކުމެއް ކޮށްފަ ބައްޔެއްހުވާ
ކެނެޑީ
12 October 2023
ޔާމީނުގެ އަސާސީ އަދަބު ބަދަލުވިބާ އަދަބުގެ ބާވަތް ބަދަލުވީމަ؟ ދެން ގޭބަންދުގަ ތިބޭމީހުން 24 ގަޑިއިރު ފޯނުގަ ހުއްޓަސް ވަރަށް ފޫހިފިލާނެ މިޒަމާނުގަ އަދި މަސައްކަތެއްނުކޮށް ގާތްތިމާގެ މީހުން ކާންދެންޏާ ކިހާފަސޭހަ
ޖޖިިުޔހހހ
12 October 2023
ޖަލުގަ ތިބޭ ސޮހޮލުން އަތު ނުވަނީ ކީއްވެތޯ