ޚަބަރު / ކުރީގެ މިނިސްޓަރު އަޒްލީން އަހުމަދު

ރާއްޖޭގެ މައްސަލަތަކަށް އިނގިރޭސި ވިލާތުން ހައްލެއް ނުލިބޭނެ: އަޒްލީން

ހޯމް މިނިސްޓަރު އަޒްލީން މިއަދު ވާހަކަދައްކަވަނީ: އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ސިޔާސީ ބޭފުޅުންނަށް ފާޑުވިދާޅުވި.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރާއްޖެ އަށް ދިމާވާ މައްސަލަތަކަށް އިނގިރޭސި ވިލާތުން ހައްލެއް ނުލިބޭނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީ އާއި ފުލުހުން ގުޅިގެން ފެށި "ރަހުމަތުލް އަމާން" ކެމްޕެއިން ލޯންޗް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަޒްލީން ވިދާޅުވީ، ރާއްޖޭގައި ރައީސްކަމާއި ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުން އެހެން ގައުމަކަށް ވަޑައިގެން އެ ގައުމުގެ އެހީތެރިކަމަށް އެދިވަޑައިގަތުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.

މިނިސްޓަރު އެ އިޝާރާތް ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ނައިބު ރައީސްގެ މަގާމުން ދުރުކޮށްފައިވާ މުހައްމަދު ޖަމީލް އަހުމަދަށެވެ. އެ ދެ ބޭފުޅުން ވެސް ވަނީ އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައި އެ ގައުމަށް ބަދަލުވެވަޑައިގެންފަ އެވެ. ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލާގައި 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގަތީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ބޭސްފަރުވާ އަކަށެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ރަަސްމިއްޔާތުގައި އަޒްލީން ވިދާޅުވީ ރާއްޖޭގައި މަތީ މަގާމްތަކާއި އިހުތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅުން އެހެން ގައުމުތަކަށް ވަޑައިގެން ރާއްޖެއާ ބެހޭގޮތުން ތަފާތު ވާހަކަތައް ދެއްކުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.

"މިއަދު އަޅުގަނޑުމެންނަށް ދިމާވާ މައްސަލަތަކަށް އިނގިރޭސި ވިލާތުން ހައްލެއް ނުލިބޭނެ. ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލާފައި ވަނީ އިނގިރޭސި ވިލާތުން. މަޖިލީހުގެ ތެރެއިން ނޯ ކޮންފިޑެންސް ނަގާފައި ވަކިކުރެއްވި ބޭފުޅާވީ އިނގިރޭސި ވިލާތުގައި. ޖަލުގައި ހުއްޓާ ބޭސްފަރުވާ އަށް ފުރުސަތު ދިނީމަ އިނގިރޭސި ވިލާތަށް،" އަމިއްލަ އަށް އަރުވާލެވިގެން އިނގިރޭސި ވިލާތުގައި ދިރިއުޅެމުން އަންނަ ސިޔާސީ ބޭފުޅުންނަށް ފާޑު ވިދާޅުވަމުން އަޒްލީން ވިދާޅުވި އެވެ.

"އެ މީހަކަށް ކޮށްފައިވާ ކުށަކާ ގުޅޭގޮތުން ސުވާލުކޮށްފާނެހެން ހީވާ ކޮންމެ މީހަކު އިނގިރޭސި ވިލާތަށް. ކޮބައިތޯ މެސެޖަކީ؟ ހިންގާ ކޮންމެ ނޭއްގާނީ ކަމެއްގައި އެހީތެރިވެދެނީ ފަރަންޖީ ގައުމުތަކޭ. ރާއްޖޭގެ އިސްލާމްދީނުގެ ހުދޫދުގައި ތިބި ބަޔަކު، އިސްލާމީ އުއްމަތުގެ ކަންތައްތައް ދިމާވާއިރުގައި، ޑޭވިޑް ކެމެރަން އަކަށް ނޭނގޭނެ އެ ވާހަކަ ދައްކާކަށް. އޭގެ ހައްލު ހޯދާކަށް އިނގިޭސި ވިލާތުގެ އެއްވެސް މީހަކަށް ނޭނގޭނެ. ރާއްޖޭގައި ވަރުގަދަ އިލްމުވެރިން އެބަތިބި."

ހޯމް މިނިސްޓަރު އަޒްލީން (ވ)، ރަހްމަަތުލް ލިލް އާލަމީން ކެމްޕެއިން ރަސްމީކޮށް މިއަދު ފައްޓަވައިދެއްވަނީ.-- ފޮޓޯ: އިސްލާމިކް މިިނިސްޓްރީ

އޭނާ ވިދާޅުވީ ވަމުންދާ ކަންތައްތަކުން، ހުރިހާ ނޭއްގާނީ އަމަލެއް ހިންގުމަށް ފަހު އެހީތެރިކަމަށް އެދެނީ ބޭރުގެ ގައުމުތަކުގައި ކަމަށާއި ނަމަވެސް، އެ މީހުން ދުވަހަކު ވެސް މުސްލިމުންނަށް ހެވެއް ނޭދޭނެ ކަމަށެވެ.

އަޒްލީން ވިދާޅުވި ގޮތުގައި ރާއްޖެ އަކީ 100 ޕަސެންޓް މުސްލިމް ގައުމަކަށް ވާތީ މޭކަރާ ބަޔަކު އެބަތިއްބެވެ. ނަމަވެސް އެކަމަކަށް ފުރުސަތެއް ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ކުރިން ވެސް ފަރަންޖީންގެ ބަހަށް ހެއްލުމުގެ ސަބަބުން ރާއްޖޭގެ އަމާންކަން ގެއްލިގެން ދިޔަ ނަމަވެސް ދެން އެކަން އެހެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެންނަށް ދިމާވާ މައްސަލަތަކަށް އިނގިރޭސިވިލާތުން ހައްލެއް ނުލިބޭނެ. ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލާފައިވަނީ އިނގިރޭސިވިލާތުން. މަޖިލީހުގެ ތެރެއިން ނޯ ކޮންފިޑެންސް ނަގާފައި ވަކިކުރެއްވި ބޭފުޅާވީ އިނގިރޭސިވިލާތުގައި. ޖަލުގައި ހުއްޓާ ބޭސްފަރުވާއަށް ފުރުސަތު ދިނީމަ އިނގިރޭސިވިލާތަށް. އެ މީހަކަށް ކޮށްފައިވާ ކުށަކާ ގުޅޭގޮތުން ސުވާލުކޮށްފާނެހެން ހީވާ ކޮންމެ މީހަކު އިނގިރޭސިވިލާތަށް. ކޮބައިތޯ މެސެޖަކީ؟ ހިންގާ ކޮންމެ ނޭއްގާނީ ކަމެއްގައި އެހީތެރިވެދެނީ ފަރަންޖީ ގައުމުތަކޭ،"

"ކުރިއަށް އޮތް ޖީލުތަކަށް، ރައްކާތެރިކަމާ އެކު ރާއްޖެ ހަވާލު ކޮށްދިނުމަކީ މާ ބޮޑު ޒިންމާއެއްކަން. މާބޮޑު މަސައްކަތެއް،" އިސްލާމިކް މިނިސްޓްރީގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި ހަފުލާގައި އަޒްލީން ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީއާ ގުޅިގެން މިއަދު ފެށި ކެމްޕެއިންނަކީ ރާއްޖެ އަށް ވަރަށް މުހިއްމުވެފައިވާ ކެމްޕެއިނެއް ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.

މިއަދު ފެށި ކެމްޕެއިންގެ ދަށުން، ފުލުހުންނާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ރަށްރަށުގައި ކެމްޕެއިންތައް ހިންގާނެ އެވެ. އަދި ޓީވީ އާއި ރޭޑިއޯ މެދުވެރިކޮށް ތަފާތު އެކި ޕްރޮގްރާމްތައް ހިންގަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

35 ކޮމެންޓް, 81 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތުއްޕުޅު

10 February 2017

ތި ކެމްޕޭނުގައި ކުރާކަމަކާ ހާސިލްކުރަން ބޭނުންވާ ކަމަކީ ކޮބާބާ؟ މިލިއުމުގައި އެއެއްނެތް. މިނިސްޓަރަކަށް ވިދާޅެއް ނުވެވުނު. ޕޯޑިއަމް އަކަށް އެރިއްޖެއްޔާ އިދިކޮޅު މީހުންނަށް މަލާމަތާ ފުރައްސާރަކުރުން ނޫން ކަމެއް ނެތެއްނު؟ އެންމެފަހަރަކުވެސް އެމްއެމްޕީއާރުސީ އިން ވަގަށްނެގި ލާރީގެ ވާހަކަ ދައްކަންކެރުނުބާ ކާޑުއަގުބޮޑުވެ ކަރަންޓްބިލް ބޮޑުވީމާ އެވާހަކައެއްނުދެއްކެވި.

The name is already taken The name is available. Register?

މީނާޒު އަހުމަދު

10 February 2017

ދިވެހީންނަށް ފުރަތަމަ ގާނޫނު އަސާސީ ލިޔެދިނީ އިގިރޭސީން އެއީ 1932 ގަ މިހާރު އަމަލު ކުރަމުން މިދާ ގާނޫއަސާސީ ގެ ޓެކްނިކަލް ހުރިހާ އެހީތެރިކަމެއް ދިނީ ކޮމަންވެލަތުން ކޮމްނަވެލްތްގެ ފުރަތަމަ ނަމަކީ ބްރިޓިޝް ކޮމަންވެލްތް ވަޒީރު އުގަންނާދިނުމުގެ ދާއިރާގަ މަސަތްކަތް ކުރެއްވި ބޭފުޅަކު މިފަދަ މައޮލޫމާތު ހޯއްދަވާފަ ނުވާތީ ވެ ލަދުވެތިވަން..ޙަބޭސް ބާކީއެއްމަސް

The name is already taken The name is available. Register?

ޝިޔާމާ

09 February 2017

މިމަސް ނުނިމެނީސް ސައިން އޮފް އެބަވޭ... ގާބިލުކަމެއް ހުރިކަމަކައް ނުވޭ.!!!!

The name is already taken The name is available. Register?

މެންޓަލިސްޓް

09 February 2017

އެކަމެށްވާނޭންގާތާ ،،،، ސަރުކާރުން އެތަން މިލިއަނެއް ޙަރަދުކޮއްގެން ޔޫކޭގެ ޕީއާރފާމްތަށް ހަޔަރކޮއްގެން ގެންގުޅޭ ،، އަދި އެމެރިކާގެ ޕާއާރފާމްތަކަށް ވެސް ފައިސާދީގެން ގޭސްއަނބުރާ ،،،، އަޅުގަނޑަށް ހީވަނީ މިހާރުގެ ހޯމްމިނިސްޓަރަކީ ރަގަޅަށް ދުނިޔޭގެ އާޖްފާޖްނޭންގޭ ރާއްޖޭގެެވެސް ސިޔާސީ މަޝްރަހު ނޭންގޭ ބޭފުޅެއްކަމަށް ،،،، ވަރަށްވެދުން

The name is already taken The name is available. Register?

GAN Island

09 February 2017

ކޮއިފުޅާ.. !! ކޮއިފުޅަށް އިޤިރޭސިވިލާތް ނޭގުނު ކަމުގައި ވިޔަސް މިއަދު މިރާއްޖޭގެ ރައްޔިތުންނަށް ޢިްިރޭސިވިލާތާއި ޔޯރަޕިއަން ޔޫނިއަން އަކީ ކޮންބައެއްކަން އޮޅިފައެއްނެތް. . . އޭރުވެސް މިހާރުވެސް ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވި ހުރިހާ ކަމެއްގެ ''ހައްލު'' ހޯދާދިނުމަށް ''އިޤިރޭސިދައުލަތް ވަނީ މުހިންމު ރޯލެއް އަދާކުރައްވާފައި'' ކަން ތާރީހް ހެކިދޭ. . .. . މީގެ 55 އަހަރު ކުރިން މާލޭ ސަރުކާރުން ދިވެއްސަކު ހިފާ ހައްޔަރުކޮށް ''އުލުބައިންދަން'' އުޅުމުން އޭނާ އަށް އިޤިރޭސި ދައުލަތުން ހިމާޔަތާއި ރައްކާތެރިކަން ދެއްވި. އަދި އޭނާގެ މުޅި އާއިލާ ހަމަޖެހޭ ދިރިއުޅުމެއްގައި އެހެން ޤައުމެއްގައި ބައިތިއްބާ އޭނާގެ ދަރިންނަށް މަތީ ތައުލީމް ލިބޭނެ އިންތިޒާމް ހަމަޖެއްސި. އެމީހުންނަކީ މިއަދު އެ ޤައުމުގެ ޝަރަފުވެރި ދަރިންތަކެއް. . . . ރާއްޖޭގެ ވެރިކަމުގައި ''އަތްދަގަކޮށްގެން'' އެކަކު ވެރިކަމުގައި ހުންނަތާ 30 އަހަރުވުމުން ރައްޔިތުން އެކަން ބަދަލު ކުރުމަށް Multi-party system އެއްގެ ތެރެއިން ނެރެންބޭނުންވި ކެންޑިޑޭޓަށް އޭރު ހުންނެވި ވެރިޔާގެ ސަރުކާރުން ހުރަސް އެޅުމުން އެކަންކަމަށް މަގުފަހިކުރުމަށް ''ދިވެހި ރައްޔިތުންނަށް އެއްބާރުލުން ދެއްވީ އިޤިރޭސިވިލާތުން'' ކަން ނޭގޭ ދިވެއްސަކުނެއް. .. ދެން މަނިކުފާނު ކޮންވާހަކައެއްތޯ ތިދައްކަވަނީ ؟؟؟ ދިވެހިން ދިވެހިންގެ ގޮތުގައި - ޤަމާރުކަންމަތީ ބައިތިއްބަން ބޭނުން ވިޔަސް ދެން އެކަމެއް އެމަގަކުނ ނުދާނެ.

The name is already taken The name is available. Register?

މޭވާ

09 February 2017

ޑރ. ޖަމީލު އަދި ނަޝީދު ހިނގާމަގަކުން ހިނގަންވެސް އަދި 100 އަހަރު ބޭނުންވާނެ ޕީޕީއެމްވެސް އޭގެޒާގުތައި ހިނގީ ޖަމީލުމެންގެ މަސައްކަތުންކަން މިހާރު ދިވެހިންނަށް އެނގޭނެ ޕާޓީގެކަންކަން މިހިސާބަށް ދުއްވާލައި ސަރުކާރު ބޮއްސުންލީ ހިންގަންނޭންގުނީމާ އެއީ ޖަމީލުގެ މައްސަލައެއްނޫން ކޮއިފުޅާ ނަޝީދުގެ ވާހަކަނުދައްކާ އޭނާއަކީ އަބަދުވެސް ޕިންކީންގެ ވެރިކަމުގައި ޖަލުގައި ބަހައްޓާ މީހެއް ބާރުތަކެއްލިބި ލީޑަރޝިޕްކޮލިޓީނެތުމަކީ ޖަމީލު ޒިންމާވާންޖެހޭކަމެއްކަމަށް ދައްކަންނޫޅުއްވާ އަމިއްލައަށް ކެހި ކަނޑުލުގެ ހިތިފިލުވޭތޯބަލާ މީ ނަޝީދަކާބެހެކަމެއްނޫން ޖަލުގަ ހުއްޓަސް ޖަލުންބޭރުގަހުއްޓަސް ލީޑަރޝިޕްކޮލިޓީދެއްކޭނީ ހަގީގީ ލީޑަރުންނަށް އެކަމާ މޭކަރާމީހަކު މޭކަރަންވީ ލަނގޮނޑި ބޮޑުވާމީހަކު ބޮޑުވާންވީ

The name is already taken The name is available. Register?

މުންނާރު

09 February 2017

މިރާއްޖެ ހަލާކުކުރުމުގައި އެންމެ އިސްދައުރެއް ކުޅުނީ ފުލުހުން އޭގެތެރޭގައި 7 ފެބުރުއަރީ ރައްޔިތުންގެ ވެރިކަން ފޭރިގަތުން ހިމެނޭ އޭގެފަހުން މީހުން ފްރޭމްކުރުމާ ސިޔާސީމީހުން ޖަލަށްލުމުގައި ތަހުގީގުކޮށް ހެކިބަސްދީ ހެނދުން ހިމެނޭ އަދި މިހާރުގެ ރައީސް ވިދާޅުވާތީ އިވޭ ފުލުހުންގެ މުއައްސަސާވެސް ވަނީ ފައިސާގަޖެހި ހަލާކުވެފައޭތޯއްޗެކޯ މިހާރު ދީނީކާޑުކުޅެންވެސް ހަމަ ފުލުހުން ވަރަށްފުރިހަމަ ސަރުކާރެއްމި ހުރިހާ ނުބައިކަމެއް އެއްބަޔަކުލައްވާ މޫނުގަ ފޮތިބަނދެގެން ފެންފޯއްރުއްކެނޑުންވެސް ހަމަ މިމީހުނަށް ވާސަރީއޭ ދެންބުނެވޭނީ

The name is already taken The name is available. Register?

އުމަރޭ

09 February 2017

ޓެރަރިޒަމްގެ ކުށް ސާބިތުވެއްޖެމީހަކީ ޓެރަރިސްރެއް. އިނގިރޭސިންނަކީ ޓެރަރިސްޓުންނަށް ހިމާޔަތްދޭ ބައެއް. މިހާރު ހިނގަމުންދާ ނިޔުކްލިޔާ ޖަލްސާގައި އިންޑިޔާގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނީ ބައެއްގަމއުމުތަކަކީ ޓެރަރިސްޓުންނަށް ހިމާޔަތްދޭ ގައުމުތައްކަމަށް.

The name is already taken The name is available. Register?

އޯކޭ

09 February 2017

ދީނޭ ދީނޭނުކިޔާތިބެ ވައްކަމާ ފޭރުމާ ރިސްވަތާބެހޭގޮތުން ޙުތުބާއެއްވެސް މިހާރު ކިޔޭކައްނޯވޭ.

The name is already taken The name is available. Register?

ޝާމް

09 February 2017

އެބުނާހެން މިއީ އެހެން ޕުލެނެޓެއްގައި އޮތް ގައުމެއް. މިގައުމުގައި ކިޔަވައިދެނީ އަމިއްލަބަސް. ގްރޭޑް 10ގައި ފައިނަލް އެގްޒާމް ހަދަނީ އަމިއްލައަށް. ރާއްޖެއިން ބޭރުން އެއްވެސް މުދަލެއް އިމްޕޯޓެއް ނުކުރޭ. މުޅިން އަމިއްލަ އުފެއްދުންތައް. ބޭރު ހުރިހާ ގައުމަކުން ބޭނުން ކުރަނީ މިގައުމުގެ ފައިސާ. އެމެރިކާވެސް ބިރުން ހަމަ ތެޅެނީ ދިވެހިރާއްޖެއޭ ބުނީމަ. ދެން ކިހިނެއް އިނގެރޭސިވިލާތައް ފާޑު ކިޔޭނީ. މިގައުމުގައި އުޅެނީވެސް އޭލިއަންޓުން. އިންސާނުންނެއްނޫން. ބަލަ މުޅި ދުނިޔެއަށްވެސް މިގައުމާއިވެސް އެހެން ގައުމުތަކާއިވެސް ބެހެވޭނެ. އެއީ އިންސާނުންނަކީ ވަކިހަމަތަކަކާއި އުސޫލުތަކުން ކަންތައް ކުރަންޖެހޭ ބައެއް. މިއުސޫލާއި ހިލާފުވީމައި އެންމެންވެސް ބެހޭނެ. އެފްރިކާގެ ގައުމެއްގައި އެސަރަހައްދުގެ އެހެން ގައުމުތަކުގެ ސިފައިން ނިކުމެ ވެރިކަމެއްވެސް ބަދަލުކޮށްފި. މިސަރުކާރުން މިކަންވެސް ހެދީ ޖޯކަކަށް. ބަލަ މިތަން ހިފަން ބޭރުގެ ސިފައިންނަށް ނަގާނީ ފަޅި ސިކުންތެއް އިންސާނީ ނިޒާމުން ބޭރުން ވެރިކަން ކުރާނަމަ. ތަމަޅަ ހައެއްކަ ކެރައިން އައީމަވެސް ގައުމު ދިފާއުވީ އިންޑިއާ ސިފައިންގެ މަސައްކަތުން. މިއަދު ހީކޮށްގެން ނުވާނެ 18000ގައި މިގައުމުގައި ވެރިކަންކުރި ގޮތަށް ކުރެވިދާނެކަމަށް. ރައްޔިތުންއަތުގައި ބަޑިއާއި ބޮން ނުހުރެދާނެ. އެކަމު އެމީހުން މާވަރުގަދަވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454